ލޯބީގެ ހިނދުކޮޅު 3
*ނޮކް ނޮކް” ކަމް އިން ” އިވާން ބުނެލި އެވެ.” އިވާން އަހަރެން ކައިރީގައި ނުބުނެ ކީއްވެ އެހެންމީހަކު ހަޔާ ކުރީ ؟” ކޮންޕެނީ ގެ ސީ. އީ. އޯ ޗެއަރ މެން ގެ އޮފީހަށް ގޮސް ބުނެލި އެވެ. “މާއިން ޗިލް ބްރޯ އަހަންނަކީ މި ކޮންޕެނީ ގެ ޗެއަރ މެން އަހަރެން ކީއްވެ ސީ. އީ. އޯ ކައިރީގައި ބުނަނީ” އިވާން ބުނެލި އެވެ. “ބަޓް…. އިވާން…… ހަހް އަހަރެން ބުނާކަށް އެއްޗެއް ނެތް” މާއިން ބޯކަހައިލި އެވެ. އިވާން ގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. “ޕިސް ޕިސް މާއިން ހާދަހާ ސްޓްރެސް ވެފައި އެއީ އަނެއްކާ މިއަދު ހެނދުނު އަހަރެން ގެ މަންމަ ކަލޭ ވިޓްނެސް އަކަށް ހެދީމަތަ ؟” އިވާން ޖެއްސުން ކުރުމުގެ ގޮތުން ބުނެލި އެވެ. “މަ ބޯ ހަލާކު. އިވާން ގެ މަންމަ ހާދަ ރުޅިއެއް އައިސްފައި މިއަދު ހުރީ” މާއިން ބުނެލި އެވެ. “އާން މީގައި ހުންނާނެ އޭނަ އާއި ބެހޭ ގޮތުން ހުރިހާ މަޢުލޫމާތެއް ކިޔާބައި ނިކަން” އިވާން މާއިން އަށް ފައިލް ތަކެއް ދިނުމުން އިވާން ބުނެލި އެވެ. މާއިން ގޮސް އެތާނގައި ހުރި ސޯފާ ގައި އިށީނދެ ލި އެވެ. އިށީންދެލާފައި ފައިލް ހުޅުވައިލި އެވެ. ފައިލް ހުޅުވާ ލި އިރަށް މާއިން ގެ ދެ ލޯ ބޮޑު ވި އެވެ. “އެ….. އެ…. އެ އަންހެން ކުއްޖާ އަކީ……*
(3 ވަނަ ބައި…)
އިއްޔެ އިވާން ގެ ބޫޓަށް އައިސް ކްރީމް އެޅި ކުއްޖާ” މާއިން ހައިރާން ވި އެވެ. “ބޫޓަށް އައިސް ކްރީމް އެޅި ކުއްޖާ ވެސް ނަމެއް އޮވޭ ބަލަ މިތާން މަތީގައި މިއޮތީ އޭނާގެ ނަން ކިޔާ ބަލަ” އިވާން ބުނެލި އެވެ. “މަރިޔަމް ރާޔާ އެއީ އޭނަ އަށް ކިޔާ ނަމަކީ. އައިމް ޝޮކްޑް ” މާއިން ބުނެލި އެވެ. “ކިހިނެތް ވެ ތަ ހައިރާން ވާންވީ؟” އިވާން އަހައިލި އެވެ. “އެހާ ރީތި ނަމެއް އޮންނަ އިރު ހާދަ އަޚުލާޤެއް ނޯވޭ” މާއިން ބުނެލި އެވެ. “މާއިން އަޚްލާގަކަށްށެއް ނޫން ބަލަން ވީކީއެއް އަހަންނަށް ހާޑް ވޯކިން އަށް ބަލަން ވީ ގެޓް ވެއްޖެ ތަ” އިވާން މާއިން އަށް ލެކްޗަރެއް ދިނެވެ. “ހިންގާ ބަލަ މީނައާ ބެހޭގޮތުން ކުޑަ ކުޑަ މައުލޫމާތު ކޮޅެއް ކިޔާލަން” މާއިން ފައިލް އަށް ބަލާލާފައި ބުނެލި އެވެ. “ހްމްމްމްމް ކިޔާބައި” އިވާން ލާނެތް ގޮތަކަށް ބުނެލި އެވެ. “އުމުރުން 20 އަހަރު، އުފަން ދުވަހަކީ 17 އޮގަސްޓް 2001، އެއްބަނޑު އެއްބަފާ ބޭބެ އެއް ދައްތަ އެއް ނުހުރޭތަ ހުންނަނީ 2 އަހަރު ކުޑަ ކޮއްކޮ އެއް . ދިރިއުޅުމުން އަންނަނީ މާމަ އާއި އެކުގަ، ގްރޭޑް 10 ނިންމީ އަމީނިއްޔާ ސްކޫލް ގަ، އެޑްރެސް އަކީ ވައި ރޯޅި ގެ (ޙިޔާލީ ނަމެއް)… އިވާން ކުޑަކޮށް ވިސްނާ ލި ނަމަ. މި ކޮންޕެނީ އަށް ތި ގެނައީ ބޮޑު ފަގީރު ކޮއި އެއް އަހަރެމެންގެ ކޮންޕެނީ ގެ ރެޕިޔުޓޭޝަން ދަށް ވާނީ އަވަހަށް އޭނަ ކަނޑާލާ ޕްލީސް ” މާއިން ފައިލް ކިޔުމަށް ފަހު އާދޭސް ކުރަން ފެށި އެވެ. ” އަދި މިއަދު އޭނާ މިތާނގައި މަސައްކަތް ކުރަން އެ ފެށީ އެއް މަސް ތެރޭގައި ރަނގަޅަށް މަސައްކަތް ނުކޮށް ފިއްޔާމު އަހަރެން އޭނަ ކަޑާލާނަން. އޯކޭ “އިވާން ބުނެލި އެވެ. އިވާން މިހެން ބުނުމުން މާއިން ހަމަ ޖެހުނެވެ.
މިހެން އިންދާ މީހަކު ދޮރުގައި ޓަކި ޖެހި އެވެ.” ވަދޭ “އިވާން ޖަވާބު ދިނެވެ.” ސަރ!! ސަރ ހޯދަން ކޮންމެސް އަންހެން ކުއްޖަކު އައިސް ފައި އެބަހުރި ” އެތެރެއަށް ވަތް މީހާ ބުނެލި އެވެ.” އަހަ ރާޔާ ކާކުތަ އައީ އިވާން އާއި ބައްދަލު ކުރަން ” މާއިން ބުނެލި އެވެ.” އަހަންނަކަށް ނޭނގޭ. އޭނާ ބުނީ ވަރަށް ކުޑަ އިރުން ސުރެ ފެށިގެން އިވާން އެންގޭ”ރާޔާ ލާނެތް ގޮތަކަށް ބުނެލި އެވެ. ރާޔާ މިހެން ބުނުމުން މާއިން އަނގަ ބަންދު ވި އެ އެވަގުތު އިވާން ގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ނަމަވެސް އެ ހިނިގަނޑު އިވާން ދިރުވައިލި އެވެ.” ބުނެ ބަލަ އެ އަންހެން ކުއްޖާ ކައިރީގައި ވަންނާށޭ ” މާއިން ނުވާކަމަށް ހެދި ލައިގެން ބުނެލި އެވެ.” އޯކޭ ސަރ “ރާޔާ މިހެން ބުނުމަށް ފަހު ދިޔައީ ބޭރުގައި ހުރި އަންހެން ކުއްޖާ ގާތަށް ށެވެ.” އާދޭ އަހަންނާ އެކު ” ރާޔާ މިހެން ބުނުމުން އެ އަންހެން ކުއްޖާ ގޮވައިގެން ދިޔައީ އިވާން ގެ އޮފިސް އަށް ށެވެ. ” ހެއި ޔައާލް ” އެ އަންހެން ކުއްޖާ ބުނެލި އެވެ . މި ހެން ބުނި އަޑު އިވުމުން މާއިން އާއި އިވާން ގެ ދެލޯ ބޮޑު ވި އެވެ. ” މާއްކޮ!! ” ސޯފާ ސީޓަށް ވެއްޓިގެން އޮތް މާއިން ކޮޅަށް ތެދުވުމަށް ފަހު ބުނެލި އެވެ. “ޔެސް ދޮންބޭ” އެ އަންހެން ކުއްޖާ ބުނެލި އެވެ. “މާޔާ!” އިވާން ފޫހި އަޑަކުން ބުނެލި އެވެ. “ހައި އިވާން” މާޔާ ބުނެލި އެވެ. “ދޮންބޭ އަހަރެން ދޮންބެ އަންނަ ދޭކަށް އެއާރޕޯޓް ގަ މަޑުކުރަން ހާފް އެންޑް އަވާ އެކަމު ދޮންބެ އެއް އަހަރެން ބަލަ އެއް ނައި ވައި ރީޒަން އެއް އޮންނަން ޖެހޭނެ” މާޔާ ބުނެލި އެވެ. “މާއްކޮ ބުނީ ދޮންބެ ކައިރީގައި މާދަންނޭ އަންނާނީ އެހެންވެ ދޮންބެ ހުރީ ވަރަށް ތައްޔާރުވެގެން” މާއިން ބުނެލި އެވެ. “އޭ މިހާރު ރާއްޖޭގެ ގަޑިން 9:00 އޭގެ މާނަ އަކީ މިހާރު ބެންކޮކް އިން އަނެއް ދުވަސް ވިސްނާ ބަލަ” އިވާން މިހެން ބުނުމުން މާއިން ރަކި ވީ އެވެ.
10 ގަޑިއިރު ފަސް….
ރީށާ ގަޑި ޖެހުމާއި އެކު ނިކުތީ އަވަހަށް ގެއަށް ދާން ށެވެ. ބަސް ސްޓޮޕް އާއި ހިސާބަށް ދާން ހިނގާ ގަތް ވަގުތު އެތާ ފާރުމަތީގައި އިށީނދެ ގެން ސިނގިރޭޓު ބޯން ހުރި ތިން ފިރިހެން ކުދިން ރީށާ ގެ ފަހަތުން ހިގައިގަތެވެ. އެތަނުން އެއް ފިރިހެން ކުއްޖަކު ރީށާ ގެ އަތުގައިހިފި އެވެ. “ބޭބީ ކޮންތާކަށް އެހާ އަވަސް އަޅުވާލާ ފައި ތި ދަނީ ކަމްއޮން ހޭންގް އައުޓް ކޮށްލަން ހިނގާ ބަލަ އެހާ އަވަހަށް ގެއަށް ދާ ކަށް ނުޖެހޭނު” ރީށާ ގެ އަތުގައި ހިފި ފިރިހެން ކުއްޖާ ބުނެލި އެވެ. “އަހަރެންގެ އަތުން ދޫކުރޭ” ރީށާ ރުޅި އައެވެ. “ބޭބީ ރުޅި އަންނަން ޖެހޭ ކަމެއް ނޫނޭ މީ ކޮންމެ އަންހެނަކު ފިރިހެނަކާ އެކު ލޯބީގެ ކަންކަން ހިނގާ ނެ….” އެ ފިރިހެން ކުއްޖާ ބުނަން އުޅޭ އެއްޗެއް ނުބުނެ ވުނީސް ރީށާ އޭނާގެ ދަބަހުން އެ ފިރިހެން ކުއްޖާގެ ބޮލުގައި ޖެހި އެވެ. އެ ފިރިހެން ކުއްޖާ ބޮލަށް ވީ ތަނަކުން ރީށާ ގެ އަތަށް ބާރަށް ފިއްތާލި އެވެ. “ކަލެ އަށް ލިބިފަ ހުރި މަޔަކީ ވަރަށް ރަނޑާލި މީހެއް… ކިތަންމެ ވަރަކަށް އަހަރެން ކައެ ނައްޓަން އުޅުނަސް އަހަރެން ނުނައްޓާނެ” ރީށާ ގެ އަތަށް ވާ ތަދަކުން ރީށާ އަށް ހަޅޭއް ލައްވާ ލެވުނެވެ. އެތާން ކައިރީގައި ހުރި ކެފޭ ގައި ކޮފީ ބޯން ހުރި މީހާ އަށް ރީށާ ހަޅޭއް ހައްވާ އަޑު އިވިގެން ކޮފީ ތަށި ހުރި ތާންގައި ބަހައްޓާފައި ހަޅޭއް ލަވަނީ ކާކުތޯ ބަލާލަން ދިޔަ އެވެ. އެމީހާ ދިޔަ ގޮތަށް ގޮސް ރީށާ ގެ އަތުގައި ހިފައިގެން ހުރި ފިރިހެން ކުއްޖާ ގެ މޫނު މައްޗަށް އެތި ފަހަރެއް ޖެހި އެވެ. ރީށާ ކާކުތޯ ބަލާލަން ފަހަތަށް އެނބުރުނެވެ. “ކައިޒަން!!” ރީށާ ހައިރާން ވި އެވެ. “ކް.. ކް… ކައިޒަން” އެ ތިން ފިރިހެން ކުދިން އެއްފަހަރާ ބުނުމަށް ފަހު ދުއްވާ ގަތެވެ.
“ރީށާ އާރ ޔޫ އޯކޭ…. ތަނަކަށް އެމީހުން ތަދު ކުރި ތަ” ކައިޒަން ހާސް ވެފައި ހުރި ތަން ފެނުމުން ރީށާ ހިނިތުން ވެލި އެވެ. “ރީށާ ކީއްވެ ތި ހެނީ” ކައިޒަން އަހައިލި އެވެ. “11 އަހަރު ފަހުން އަނެއްކާވެސް މީހަކު އަހަންނާ ދިމާލަށް ތިހެން ތި ބުނީ” ރީށާ ޖާވާބު ދިނެވެ. “ކިހިނެތް ތަ ބުނީ ؟ ކާކުތަ ބުނީ ؟” ކައިޒަން ސުވާލު ކުރި އެވެ. “މިހެން ‘ރީށާ އާރ ޔޫ އޯކޭ’ އެންޑް އަހަރެންގެ މަންމަ އެހެން ބުނީ” މިހެން ބުނެފައި ރީށާ އަށް ރޮވެން ފެށުނެވެ. “ރީށާ އިޓްސް އޯކޭ… އަހަރެމެން މީ ފްރެންޑްސް އެއްނު… މަންމަ އަށް ކިހިނެތް ތަ ވީ” ކައިޒަން ރީށާ ގެ ބޮލުގައި ފިރުމަމުން ބުނެލި އެވެ. “އަހަރެންގެ މަންމަ ކާރު އެކްސިޑެންޓް އަކުން މަރުވީ އޭރު އަހަރެންގެ އުމުރުން އެންމެ 8 އަހަރު އަހަރެންގެ ދޮންތި އަށް 10 އަހަރު އަހަރެން ގެ ބައްޕަ އަހަރެމެން މަތިން ހަނދާން ނައްތާލާ ފައި އެހެން މީހަކާއި އިނދެގެން ދިޔައީ މެލޭޝިޔާ އަށް. ދެން އަހަރެން ގެ ދޮންތި އާ އަހަރެން ދިރިއުޅެމުން އައީ މާމަ އާއި އެކު ގަ ” ރީށާ ކިޔައި ދިނެވެ.” އައި އަންޑަށްސްޓޭންޑް އަހަރެން ވެސް ދިރި އުޅެމުން އައީ ތި ހާލުގައި އެކަމަކު އަހަރެން މައިންބަފައިން ވަނީ އަހަރެން 5 އަހަރު ތެރެއިން ނިޔާ ވެފައި” ކައިޒަން ބުނެލި އެވެ. “ކިހިނެތް ވީ ؟” ރީށާ އަހައިލި އެވެ. “ދޯނި ބަންޑުން ޖެހީ އަހަރެންގެ ބައްޕަގެ ހަށިގަނޑު ފެނިއްޖެ އެކަމަކު އަހަރެންގެ މަންމަގެ ހަށިގަނޑެއް ނުފެނޭ އަދި ވެސް” ކައިޒަން ބުނެލި އެވެ. “ހިނގާ ދާން” މިހެން ބުނެފައި ރީށާ ގެ އަތުގައި ހިފި އެވެ. “އައުޗް” ރީށާ އަށް ވީ ތައްދަކުން ބުނެލި އެވެ. “ސޮރީ” ކައިޒަން މާފުކުރި އެވެ. “އެ އޯކޭ ވާނެ” ރީށާ ބުނެލި އެވެ.
ކައިޒަން ސައިކަލް ސްޓާޓް ކުރި އެވެ. “އަރާ.. އައި ޕްރޮމިސް ކޮންމެ ދުވަހަކު ދެން އަހަރެން އަންނާނަން ރީށާ ބަލާ އޯކޭ” ކައިޒަން މިހެން ބުނުމުން ދެ މީހުން އެކަކު އަނެކަކާ ދިމާލަށް ބަލަން އެތައް އިރަކު ހުރެވުނެވެ. ރީށާ ސިއްސައިގެން ދިޔައީ އޭނާގެ ފޯނަށް މީހަކު ގުޅާ އަޑު އިވުމުން ނެވެ. “ހަލޯ ދޮންތީ ” ރީށާ ފޯނު ނެގުމަށްފަހު ބުނެލި އެވެ. “ރީއްކޮ ކޮންތާކު ތިހުރީ” ރާޔާ އަހައިލި އެވެ. “ރެޑްވޭވް ކައިރީގައި މިހުރީ” ރީށާ ބުނެލި އެވެ. “ދޮންތީ މި ދަނީ ތި ދިމާލަށް މަޑުކުރޭ އޯކޭ” ރާޔާ ބުނެލި އެވެ. “ނޯނޯނޯ ދޮންތީ” ރީށާ މިހެން ބުނި ތަނާ ހެން ރާޔާ ފޯނު ބޭއްވި އެވެ. “ކިހިނެތް ވީ” ކައިޒަން އަހައިލި އެވެ. “ދޮންތި އެބަ އާދޭ އަހަރެން ބަލާ” ރީށާ ބުނެލި އެވެ.
މާގިނަ އިރެއް ނުވޭ ރާޔާ ރެޑްވޭވް ކައިރިއަށް ދިޔައެވެ. ނަމަވެސް ރާޔާ އަށް ފެނުނީ ރީށާ ފިރިހެން ކުއްޖަކާ ވާހަކަ ދައްކަން ހުއްޓާ އެވެ. “ރީއްކޮ” ރާޔާ ގޮވާލި އަޑު އިވުމުން ރީށާ ބަލާލި އެވެ. އެވަގުތު ކައިޒަން ވެސް އެ ދިމާއަށް ބަލާލި އެވެ. “ދޮންތީ!!” ރީށާ ދެލޯ ބޮޑު ކޮށްލި އެވެ.
—ނުނިމޭ—
މިޕާޓް ލަސް ވުމުން އެންމެހާ ކިޔުން ތެރިން ނަށް މާވަށް އެހެން ???
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Woow nice story
Thanks Sum@@ that means a lot to me