ކުއްލިއަކަށް ޔައިލްގެ ފޯނަށް ކޯލެއް އައެވެ. އޭނާ އަމިއްލަ މީހާ އެކްސްކިއުޒް ކޮށްލާފައި ގޮސް ކޯލް ނެގިއެވެ. އަދި ގޮސް އިންތެރޭގައި އޮންނަ ބަގީޗާގައި ހުރި ބެންޗެއްގައި އިށީނެވެ.
“ހާއި ލަވް.” އެކޮޅުން ވާހަކަ ދެއްކީ އަންހެން ކުއްޖެކެވެ. “ހާއި ޑަމްބް.” ޔައިލް ހީލަމުން ޖަވާބު ދިނެވެ. އެއާއެކު އެ އަންހެންކުއްޖާގެ ހުނުމުގެ އަޑު އިވުނެވެ. “ހައު އިޒް އެވްރީތިން؟” އެ ކުއްޖާ ސުވާލު ކުރިއެވެ.
“އޭޒް ގުޑް އޭޒް އެނީތިން ކުޑް ބީ.. ޖަސްޓް ފައުންޑް އައުޓް އަހަރެން މީގެ ކުރިން ނުދަންނަ ކަޒް އެއް ހުންނަކަން. ޝީ އިޒް ރިއަލީ ފަނީ.” ޔައިލް މަޑުމަޑުން ބުންޏެވެ. “އެހެންތަ؟ ޑޯންޓް ޔޫ ޑެއާ ފޯލް ފޯ ހާ. ޔޫ ކާންޓް ބްރޭކް މައި ހާޓް ލައިކް ދެޓްޓްޓް!” އެކުއްޖާ ތޫލި އަޑަކުން ހަޅޭއްލަވައި ގަތެވެ. ޔައިލް ހޭން ފެށިއެވެ. “ސާބަސް ޑްރާމާ ކުއީން. ތިހާ ޑްރެމެޓިކް ނުވެބަލަ، ޔާ.”
“ޔޯ.. އައި ވޯޒް ބޯން ޓު ބީ ދި ކުއީން އޮފް ޑްރާމާސް. އެން ޔޫ އާ އާސްކިން މީ ޓު ސްޓެޕް ޑައުން ފްރޮމް މައި ތުރޯން؟؟! ޝޭމް އޮން ޔޫ، ބަސްޓާޑް.” އެކުއްޖާ، އާޔާ ޖަވާބު ދިނެވެ.
ދެމީހުން ވާހަކަ ދެއްކުމަށް ފަހު ފޯނު ކޯލް ކުރުކޮށްލަމުން ކަނޑާލިއެވެ. ޔައިލްގެ ތުންފަތްމަތީގައި ހިނިތުންވުމެއް ދުވެލިއެވެ. “ޑްރާމާ ކުއީން.” އަދި އަމިއްލަ އަމިއްލައަށް ހިނިގަނޑެއް ޖަހާލިއެވެ.
“ސޯ… އައިމް ރިއަލީ ފަނީ، ހުމްމް؟” ފަހަތުން އިވުނީ ހައިނާގެ އަޑެވެ. ޔައިލް އަނެއްފަރާތަށް އެނބުރުން އިރު ފާރުގައި ލައްގަނެ ލައިގެން ހުރީ ހައިނާއެވެ. “އީވްސް ޑްރޮޕިން.. ހައު ނައިސް އޮފް ޔޫ.” ޔައިލް ހީލިއެވެ.
“އައިލް ޓޭކް ދެޓް އޭޒް އެ ކޮމްޕްލިމެންޓް. ކަޒް އައިމް ގުޑް އެޓް އީވްސް ޑްރޮޕިން އެހެން މީހުނަށް ނޭނގޭ ގޮތަށް.” ހައިނާ އައިސް ޔައިލް އިން ބެންޗުގައި އިން ހުސްޖަގައިގައި އިށީނެވެ. “ދެޓްސް ޓްރޫ. ވަޓް އާ ޔޫ ޑުއިން ހިޔާ ބައި ދި ވޭ؟ ކާގޭގަ މާ ފޫހިވީތަ؟” ޔައިލް އަހާލިއެވެ.
“ހޫމްމް. އިނގެއެއްނު ބޮޑެތިމީހުން ދައްކާނީ ހުސް ބޭކާރު ވާހަކަ. ނޯ އޮފެންސް ބަޓް ޔުއާސް އެން ޔާޒް’ސް މަދާ ވަރަށް ބޯރިން. އޮން ދި އަދާ ހޭންޑް… ޔާޒް އެން ޒެކްގެ އުނދަގޫ ވަރަށް ބޮޑު. ތޯޓް އައި ވުޑް ފައިންޑް ސަމް ޕީސް ހިޔާ. ޔައިލް މިތާ އިންނާނެ ކަމަކަށް ހިޔެއް ނުކުރަން.” އާލިޔާ ކޮނޑު އަރުވާލިއެވެ.
“އޯހްހްހް.” ޔައިލް ބޯ ޖަހާލިއެވެ.
“އިޒް އިޓް ވިއާޑް ދެޓް އައިމް ކޯލިން ޔޫ ޔައިލް؟ އޮރް ޝުޑް އައި ކޯލް ޔޫ ޔައިލްބެ އޮރް ސަމްތިން. ޔޫ އާ އޯލްޑާ ދޭން މީ އެހެންވެ.” ހައިނާ ޔައިލާއި ދިމާއަށް ބަލައިލިއެވެ.
“ހަހަ. ނޯ. ޖަސްޓް ކޯލް މީ ޔައިލް. ޔާޒް ވެސް ޒެކް ވެސް ކިޔަނީ އެހެން.” ޔައިލް ގާތަށް ހިނިއައެވެ.
“ޔޫ ލާފް އެ ލޮޓް.” ހައިނާ ބުނެލިއެވެ. “އައި ނޯ. ވަރަށް ގިނަ މީހުން ބުނާ އެއްޗެއް ތީ.” ޔައިލް ޖަވާބު ދިނެވެ. “އިންޓެރެސްޓިން. ސޯ ޔޫ ހޭވް އޯލްވޭސް ބީން ލައިކް ދިސް؟” ހައިނާ އަހާލިއެވެ. “ޔަޕް.”
“ނައިސް. މިސްޓާ ޕޮޒިޓިވް.”
“ހަހަ. ސޯ ވަޓް އާ ޔޫ؟ މިސް ނެގެޓިވް؟”
“އައި ޑޯންޓް ނޯ. އައި ސްޓޭންޑް ބިޓްވީން ޕޮޒިޓިވް އެން ނެގެޓިވް.” ހައިނާ ކޮނޑު އަރުވާލިއެވެ.
“ލެޓްސް ޕްލޭ 21 ކުއެޝަންސް.” ޔައިލް އެދުނެވެ.
“ވަޓް؟ އާ ވީ ކިޑްސް ނައު؟ ހަހަ އޯކޭ.”
“ވަޓްސް ޔުއާ ފުލް ނޭމް؟” ޔައިލް އެއްސެވެ.
“އައިޝަތު ހައިނާ އިބްރާހިމް އާހިލް.” ހައިނާ ަޖވާބު ދިނެވެ. “ބާތުޑޭ؟”
“15ތު މާޗް. ޔުއާ އައިލޭންޑް؟ މޯލްޑޮވްސް އިން މިބުނީ.”
“ށ. ކަނޑިތީމު. ފޭވް ފުޑް؟”
“ޕާނީ ޕޫރީ. ޔުއާސް؟” ޔައިލް އެއްސެވެ.
“ވައިޓް ޕާސްތާ. ޔުއާ ފޭވް މޫވީ؟”
“އެކްސްޓްރެކްޝަން. ޔުއާސް؟”
“ސްކުއިޑް ގޭމްސް.” ހައިނާ އެއްމިޔަކަނުން ހީލިއެވެ.
“ވޯވް.. ވަޓްސް..”
“މައި ޓާން ޓު އާސްކް، ބަޑީ.” ހައިނާ އެހެން ބުނެލަމުން އޭނާގެ ސުވާލު ކުރި އެވެ. “ވަޓްސް ޔުއާ ފޭވް ކަލާ؟”
“ބްލޫ.”
“ސޭމްމް!”
ދެމީހުން ސުވާލަކަށް ފަހު ސުވާލެއް ކުރަމުން ދިޔައެވެ. އެންމެފަހުން ނިމުން އިރު ދެމީހުންނެކޭ ގާތް ދެ އެކުވެރިންނެކޭ ތަފާތެއް ނެތެވެ.
“ޔޫ އާ ނޮޓް އޭޒް ބޯރިން އޭޒް އައި ތޯޓް ޔޫ ވުޑް ބީ.” ހައިނާ ޔައިލަށް ބުންޏެވެ. “އައުޗް. ޔޫ ތޯޓު އައިމް އެ ބޯރިން ޕާސަން؟ ދެޓްސް ހާޝް.” ޔައިލް މޭގައި އަތް އަޅާލިއެވެ. “ވެލް ޔޫ ސީމްޑް ލައިކް އެ ބޯރިން ޕާސަން.”
“އައި ބެގް ޓު ޑިފާ.”
“ޑޯންޓް ވޮރީ، ޑޫޑް. އައި ރިއަލައިޒްޑް ހައު ރޯންގް އައި ވޯޒް ދި ސެކަންޑް ޔޫ ސެއިޑް ދެޓް ޔުއާ ފޭވް މޫވީ އިޒް އެކްސްޓްރެކްޝަން. ދި މޫވީ އިޒް އެ ތުރިލް. ލިޓެރަލީ.”
“އައި ނޯ ރައިޓް.”
“ނައު ޓު ދި ޕްރޮބްލެމް އެޓް ހޭންޑް.” ހައިނާ އެއްކޮށް ޔައިލާއި ދިމާއަށް އެނބުރުނެވެ. ޔައިލް ބުމަ އަރުވާލިއެވެ. އަދި ކޮން ޕްރޮބްލެމް އެއް ހޭ ސުވާލު ކުރިއެވެ. “ދި ޕްރޮބްލެމް އިޒް ދެޓް ޔޫ އާންޓް މައި ފްރެންޑް. ސޯ ބީ މައި ފްރެންޑް؟ ޕްލީޒްޒްޒް… އެކްސެޕްޓް މައި ޕްލީ! ޔޫ އާ ސަޗް އެ ކޫލް ޕާސަން! އައި ނީޑް އެ ކޫލް ފްރެންޑް.. ސޯ ޕްލީޒްޒް؟” ހައިނާ ވަރަށް އުންމީދުން ފުރިގެންވާ ގޮތަކަށް ޔައިލާއި ދިމާއަށް ބުންޏެވެ.
“ވަޓް އިފް އައި ސޭ ނޯ؟” ޔައިލް އަހާލިއެވެ. ވަގުތުން ހައިނާ އިން ތަނުން ތެދުވިއެވެ.
“ހުއް. އެހެން ވީރު ހެޔޮ. ހާދަ ފޮންޏޭ ދޯ މީނަ. އައި ޑޯންޓް ކެއާ ކޫލް ފްރެންޑް އެއް ނެތަސް ތިހެން ވީރު. ޔޫ ނޯ ވަޓް؟ އައި މިސްޓޫކް ޔޫ ފޯ ބީއިން ކޫލް ވެން ޔޫ އެކްޗުއަލީ އާންޓް.” ހައިނާ ތުންކޮޅު އޫކޮށްލިއެވެ. އަދި އަވަސް އަވަހަށް އެތަނުން ދާން ހިނގައިގަތެވެ.
އެއާއެކު އެތަނުގައި ގުގުމައިގެން ދިޔައީ ޔައިލްގެ ފިރިހެންވަންތަ ހުނުމުގެ އަޑެވެ. އެ އަޑު އިވިފައި ހައިނާގެ ދެފައި ކަސްތޮޅު އެޅުވުން ފަދައެވެ. އޭނާގެ އަތުގެ ހޯލިތައް ކޮޅަށް ޖެހުނެވެ. އޭނާއަށް އިޙްސާސް ވީ އޭނާގެ ހަށިގަނޑު ތެރޭގައި ކަރަންޓުގެ އޮއިވަރެއް ދަތުރު ކުރި ހެނެވެ. އެތަނުން ދުރަށް ދާން އޭނާގެ ހިތް ހިލާ އެއްބަހެއް ނުވިއެވެ. އެހެންކަމުން މަޑުކޮށްގެން ހުއްޓެވެ. ނަމަވެސް މާ ގިނަ އިރެއް ނުވެ ދެފަރާތަށް ބޯ ހޫރާލާފައި އަނެއްކާވެސް ދާން ހިނގައިގަތެވެ.
“ހޭ! ވެއިޓް! އިނާ! އައި ވޯޒް ކިޑިން! އަލް ބީ ޔުއާ ފްރެންޑް!”
ހައިނާ ޔައިލާއި ދިމާއަށް އެނބުރުނެވެ. “ނޯ ނީޑް ޓު ލައި.” “އައިމް ޑެޑް ސީރިއަސް. އައި ވޯންޓް ޓު ބީ ޔުއާ ފްރެންޑް. ސޯ ވަޓް ޑޫ ޔޫ ސޭ؟” ޔައިލް ހިނިގަނޑު ކޮންޓްރޯލް ކުރުމަށްފަހު އެއްސެވެ. އަދި ބެންޗުން ތެދުވިއެވެ. އޭރު އޭނާގެ ތުންފަތްމަތީގައި މާނަފުން ހިނިތުންވުމެއް ވިއެވެ.
އެ ހިނިތުންވުން ފެނިފައި ހައިނާގެ ހިތާއި ދިމާއަށް ގޮތެއްވި ކަން ގައިމެވެ. ކުރިމަތީގައި ޔައިލް ނެތް ނަމަ ބޭއިޚްތިޔާރުގައި އޭނާއަށް މޭގައި އަތް ވެސް އަޅާލެވުނީހެވެ. އޭނާގެ ހިތުގައި އެ އުފެދުނު އާދަޔާޚިލާފު އިހުސާސަކީ އޭނާ މީގެ ކުރިން އިޙްސާސްކޮށްފައި ވާ ކަހަލަ އިޙްސާސެއް ނޫނެވެ. މިއީ މުޅިން އާދަޔާ ޚިލާފު އިހުސާސެކެވެ. ތަފާތު ޖަޒުބާތެކެވެ.
ނޭނގި ހުރެ ހައިނާއަށް ވެސް ހީލެވުނެވެ. “ނައިސް ޓު މީޓް ޔޫ، ފްރެންޑް. އައި ގޮޓާ ގޯ ނައު.” ހައިނާ އެހެން ބުނަމުން އެތަނުން ނިކުމެގެން ދިޔައެވެ.
“އައުޗް. ފްރެންޑް.” ޔައިލް ހިނިގަނޑެއް ޖަހާލަމުން އަމިއްލަ މޭގައި ޖަހާލިއެވެ. “ޝީ އިޒް ކިއުޓް.”
…………….
ޖެހިގެން އައި ދުވަސް
އާލިޔާ ޕިއާނޯ ކުޅެމުން ދިޔައެވެ. އޭނާގެ ސިކުނޑިއަށް އަންނަނީ އާލިކެވެ. އާލިކް އޭނާ ދޫކޮށްފައި ދިޔައީ ކީއްވެ ހެއްޔެވެ؟ އެ ހިތުގައި ކުލުނުގެ ކަންފުޅެއް ވެސް ނެތީ ބާވައެވެ؟ މިއަދު އާލިޔާއަށް އައިސްފައިވާ ބަދަލުތަކުގެ ފަހަތުގައި ވަނީ އޭނާ ކަން އާލިކަށް ހަމަ ނޭނގެނީ ހެއްޔެވެ؟ މިއަދު އާލިޔާ އެފަދަ އަނިޔާވެރި ދިރިއުޅުމެއް އުޅުމުގެ ފަހަތުގައި ވަނީ ހަމަ އޭނާ ކަން ވެސް ނޭނގެނީ ހެއްޔެވެ؟
_-_-_-_-_-
އަހަރުތަކެއް ކުރި
ކަޅު ކުލައިގެ ބުޅި އިސްތަށިގަނޑެކެވެ. ހެޒެލް ކުލައިގެ ބޮޑު ދެލޮލެވެ. ބޯވެފައި ދިގު އިސްފިޔަތަކެކެވެ. ހިމަ ހިމަ ރީތި ބުމައެކެވެ. އިސްކޮޅުން ފުދޭވަރަކަށް ދިގެވެ. ހިއްކެއް ނޫނެވެ. ނަމަވެސް ވެސް ފަލައެއްވެސް ނޫނެވެ. ހަމުގެ ކުލަ އައްޔެވެ.
އެއީ އާލިޔާ އެވެ. މީގެ އަހަރުތަކެއް ކުރީގެ އާލިޔާއެވެ. އަންހެންކުދިންގެ ފާޚާނާގައި ފާރުގައި ލެނގިލައިގެން ބިންމަތީގައި އިށީނދެގެން އިންއިރު އޭނާގެ ހަށިގަނޑު ތުރުތުރު އަޅައެވެ. އޭނާގެ ބޯ އެސްފިޔަތައް ތެމިފައިވާއިރު ދެލޮލުން ކަރުނަތިއްކަކަށް ފަހު ތިއްކެއް ކޯތާފަތުގައި ބޮސް ދެމުން ދިޔައެވެ. އެ ކަރުނަތައް އޭނާގެ ކޯތަފަތުން ލާފައި ގޮސް ދަތްދޮޅިއާއި ހިސާބުން ވެއްޓެނީ ބިންމައްޗަށެވެ. އެ މޫނުމަތިން ފެންނަނީ މައުސޫމް ކަމެވެ.
އޭނާ ރޮމުން ދިޔައިރު ގިސްލެވެއެވެ. އޭނާގެ ހިތަށް ވަރަށް ބޮޑަށް އަސަރު ކޮށްފައިވާކަން ގައިމެވެ. ދެކަކޫގައި އަތްވަށައިގެން އިން އާލިޔާގެ ދެލޯ ވަނީ އެއްކޮށް ރަތްވެފައެވެ. އޭނާގެ މޫނުމަތި ވެސް ހުރީރަތްވެފައެވެ. ދުޅަވެފައެވެ.
އޭނާގެ ޔުނިފޯމްގައި ކިލާ ވެސް ހުއްޓެވެ. ކާރީގައި ފޮތް ދަބަހެއް ވައްޓާލާފައި އޮތެވެ.
“ލިޔާ!” އިވުނީ އާލިކްގެ އަޑެވެ. އެ އަޑުގައި ހިތްހަމަނުޖެހުން އެކުލެވިފައިވެއެވެ. އެވަގުތު އަންހެން ކުދިންގެ ފާޚާނާގެ ދޮރު ހުޅުވުނެވެ. އަދި އާލިކް ވަނެވެ. “ކަމޯން! ލެޓްސް ގެޓް އައުޓް އޮފް ހިޔާ ބިފޯ އެ ޓީޗާ ފައިންޑްސް މީ އިން ހިޔާ.” އާލިކް އާލިޔާއަށް އޭނާގެ އަތް ދިނެވެ. އަދި އާލިޔާ ނަގައި ދިނެވެ. އެއަށްފަހު އާލިޔާ ގޮވައިގެން ނިކުމެގެން ދިޔައެވެ. ދެމީހުން ދިޔައީ ފުޓްބޯޅަ ކޯޓު އޮންނަ ދިމާއަށެވެ. އެހިސާބަށް ދެވުމާއެކު އާލިކް އާލިޔާގެ ގައިގައި ބައްދާލިއެވެ. އާލިޔާގެ ބިސްގަނޑު ފަޅައިގެން ދިޔައީ ދެނެވެ.
“ވަޓް ހެޕެންޑް ދިސް ޓައިމް، ލިޔާ؟” އާލިކް ވަރަށް އޯގާތެރި ކަމާއި އެކު އެއްސެވެ.
އާލިޔާ ރޮމުން ވީގޮތް ކިޔާ ދިނެވެ. އޭނާ އިނގިރޭސި ކްލާސް ނިންމާފައި އަންނަނިކޮށް ކުއްޖަކު އައިސް އޭނާގެ ގައިގައި އަޅާ ކޮއްޕާލި ވާހަކައެވެ. އޭނާގެ ދަބަސް އަތުލައި، އޭގައި ހުރި ފޮތްތަކާއި ގަނޑުތައް މުޅި ތަނަށް އޮއްސާލާ، އޭއްޗިސް މައްޗަށް ފައިން އަރައި، ތެރަސް އެޅި ވާހަކައެވެ. އޭނާއަށް ކުރި ކުދިކުދި ގޯނާ ތަކުގެ ވާހަކައެވެ. އެކުދިން ކީ އެއްޗެއްސެވެ.
އެއީ އަބަދުގެ ވެސް ހާލަތެވެ. އާލިޔާއަށް އެމީހުންގެ އަނިޔާތަކާއި ކުރިމަތިލާން އަބަދުވެސް ޖެހެއެވެ. އެއީ އެންމެ ތުއްތުއިރުއްސުރެ ހާލަތު އޮތް ގޮތެވެ. ކިތަންމެ މުއްސަނދި އާއިލާއަކަށް ނިސްބަތްވިޔަސް ހަނގާ ކުރާ ކުދިނ ހަނގާ ކުރާނެއެވެ. އެއީ ދުނިޔޭގެ އުސޫލުކަން އާލިޔާ ދަނެއެވެ.
“ހޭ. އިޓްސް އޯކޭ، ލިޔާ. ލިސެން. ޑޯންޓް ލެޓް ދެމް ގެޓް ޓު ޔޫ. އޯކޭ؟ ޔޫ އާ ނޮޓް އެ ނާޑް. ޔޫ އާ ޖަސްޓް ސްމާޓް. ދޭ އާ ޖެލެސް ކޯޒް ޔޫ އާ އެ ޖީނިއަސް އެން ދޭ އާ އެއާހެޑްސް. ކަމޯން. އިޓްސްލަންޗް ޓައިމް. ޔޫ ވޯންޓް އައިސްކްރީމް، ރައިޓް؟” އާލިކް އާލިޔާގެ ބޮލުގައި ފިރުމާލިއެވެ.
އާލިޔާ ބޯ ޖަހާލުމުން ދެމީހުން އެކުގައި ސްކޫލް އިން ނިކުންނަން ދިޔައެވެ. އެއީ ކައިރީގައި ހުރި އައިސްކްރީމް ފިހާރައަކަށް ދާށެވެ.
?
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.





Mi part ves varah reethi