Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Raigerifulhu-cover
އެހެނިހެން

ރަތްގެރިފުޅު ބޯނަސް – 2

ރޫހީ މިތުރު Level 110 Stories
October 23, 2021 5 Mins Read
0 Comments

ހައިރާްންކަމުން ފުރިފައިވާ އަލީ, އެންމެ ފަހުން އެ ރަށުން ފުރީ, މޫސާގެ ގާތު މޫސާ ރަނގަޅު ކުރާނެ ގޮތެއް ހޯދާނެ ކަމުގެ ވައުދު ވަމުންނެވެ… އޭނާ މިހާރު ދިރި އެހުރީ މޫސާއަށް ޓަކައެވެ.

ނާއިންފަރުން އަލީ ފުރައިގެން ދިއައެވެ. މޫސާގެ ހިތުގައި އުންމީދުތައް އާލާވެގެން ދިއައެވެ. އޭނާގެ ބައްޕަ ކޮންމެ ވެސް ދުވަހަކުން އޭނާ އެ ގަނޑުވެފައިވި ހާލަތުން މިންޖު ކޮށްދޭނެއެވެ. އެ ދުވަހަކަށް މޫސާ ދިއައީ އިންތިޒާރު ކުރަމުންނެވެ. 

ދުވަސް, ހަފްތާއަށް, ހަފްތާ މަހަށް ބަދަލު ވަމުން ދިއައެވެ. އަނދާ އަޅިއަށް ވެފައިވި ނާއިންފަރުގައި އަލުން ގަސްތަކާއި ރުއްތައް ހެދެން ފެށިއެވެ. މޫސާ ހުރި ތަނުގައި ވެސް ގަސްތައް ހެދެން ފެށިއެވެ. ނަމަވެސް ދުވަސް ކޮޅުކޮޅުން އަލީ އެ ރަށަށް އައިސް މޫސާގެ ކައިރީގައި ހެދެމުން ދާ ގަސްތައް ނޮޅާ ސާފު ކުރަމުން ގެންދެއެވެ. އަދި އެ މީހުންގެ ދަތުރު ތަކުގައި ދިމާވާ ކަންކަން އޭނައާއި ހިއްސާކުރަމުން ގެންދެއެވެ. އަލީގެ ވާހަކަތައް މޫސާ އަޑުއަހަނީ އުފަލުން ހުރެއެވެ. އޭނާގެ ބައްޕަ ސަލާމަތް ކުރި މިތުރުންގެ ވާހަކަތައް އަޑުއިވި އުފާވެއެވެ. އަލީއާއި އެކު އެ ދަތުރު ތަކުގައި ބައިވެރި ވެވޭނެ ދުވަހަކަށް އޭނާ އިންތިޒާރު ކުރިއެވެ. 

މަސްތައް އަހަރުތަކަށް ބަދަލުވާކަށް މާކަށް ގިނަ ދުވަހެއް ނުނެގިއެވެ. މޫސާގެ އިސްކޮޅަށް ބަދަލު ނައެއްކަމަކު, މޫސާގެ އިސްތަށިގަނޑުގައިވާ އޮރެންޖު ކުލަ މަޑު މަޑުން ކެނޑެމުން ގޮސް ކަޅު ކުލަ އަރަން ފެށިއެވެ. ލޮލުގައިވި މަޑު އޮރެންޖު ކުލަ ވެސް މަޑުމަޑުން ފަނޑު ވަމުންގޮސް ކަޅު ކުލައަކަށް ބަދަލު ވާން ފަށައިފިއެވެ. އަދި އަލީ މިހާރު ނާއިންފަރަށް އައިސް އުޅެނީ ވަރަށް މަދުންނެވެ. އަލީގެ ބޮލުގައި ނުރަޖަހާ, ހަންގަނޑުގައި މުސްކުޅި ކަމުގެ ކުލަވަރުތައް ފެންނަން ފަށައިފިއެވެ. އަލީގެ ދަތުރު ތަކުން އަދި ވެސް މޫސާ ރަނގަޅު ކުރެވޭނެ ގޮތެއް އެނގޭ ގޮތެއް ނުވެއެވެ. އަލީ ވެސް މިހާރު އެކަމުގައި ގޮތް ހުސްވެފައި ހުރިހެން ހީވާން ފަށައިފިއެވެ. 

އަހަރުތައް ފާއިތުވަމުން ގޮސް އެންމެ ފަހުން ނާއިންފަރަށް އަލީ އައުން އެއްކޮށް ހުއްޓިއްޖެއެވެ. މޫސާގެ އިސްތަގަނޑާއި, ލޮލުގެ ކަޅި މިހާރު ހުރީ ގަދަ ކަޅު ކުލައިގައެވެ. އޭނާގެ ވަށައިގެން ކަޅު ކުލައިގެ އާވިގަނޑެއް އުފެދެމުން ދިއައެވެ. ހީވަނީ ކަޅު ހިޔަންޏެއް އޭނާ ވަށައިގެން އުފެދެމުން ދާހެނެވެ. އަދި ކައިރީގައިވާ ގަސްތައް ދިގުވެ, މޫސާ ހުރިތަން ފޮރުވި, ބޯ ޖަންގައްޔަކަށް ބަދަލު ވެގެންދިއައެވެ. އެންމެ ފަހުން މޫސާގެ އުންމީދު ފެނަށްވެ, އޭނާ ދެން ރަނގަޅު ނުވާނެކަމަށް ވިސްނާ ހިތްވަރު އެލުވާލިއެވެ. 

މާޒީގެ ހަނދާން ތަކުގެ ތެރެއަށް ރަތްގެރިފުޅުގެ ވާހަކަ ގެއްލިގެން ހިނގައްޖެއެވެ. އެކި މީހުންގެ ދޫތަކުން އެކި ގޮތް ގޮތައް ކިޔައިދޭ ވާހަކައަކަށް ރަތްގެރިފުޅުގެ ވާހަކަ ވެއްޖެއެވެ. ކުޑަކުދިން ނިންދެވުމުގައި ކިޔާ ފުލޯކު ވާހަކައަކަށް އެވާހަކަ ވެއްޖެއެވެ. ރޫހީ މިތުރުންގެ ވާހަކަތަކުގެ މަތިން އަނެއްކާ ވެސް ހަނދާން ނެތެން ފެށިއްޖެއެވެ. މިތުރުންގެ ވާހަކަތަކަކީ ވެސް އެއްވެސް އަސްލެއް ނެތް ހިޔާލީ ވާހަކަ ތަކަކަށް ވެއްޖެއެވެ. ސަބަބަކީ ފަހަކަށް އައިސް މިތުރަކާއި އެކު އުފަންވާ ކުދިންގެ އަދަދު ވެސް މަދު ވުމެވެ. އަދި ރޫހީ މިތުރު ޝިކާރަކޮށް މަރާ މީހުން އަނެއްކާ ވެސް ގަދަވެގަތީމައެވެ. އަލީ އާއި މަރީނާ އުފެއްދި ސިއްރު ޖަމިއްޔާ އުވެމުން ގޮސް އެ މީހުންގެ ތެރޭގައި ވެސް ބައިބައި ވުންތައް އުފެދެން ފެށުމުންނެވެ. ޒަމާނީ ކުރިއެރުން ތަކުގެ ސަބަބުން މީހުންގެ ވިސްނުމާއި ފިކުރަށް ބަދަލުތައް އައީއެވެ. ދިރިއުޅުމުގެ ވައްޓަފާޅި ބަދަލު ވީއެވެ. ގަބޫލު ކުރާ ގަބޫލު ކުރުންތައް ބަދަލު ވީއެވެ. 

ކޮންމެއަކަސް ނާއިންފަރުގެ ބޯ ޖަންގަލީގެ ކޮންމެ ވެސް ތަނަކު ގަނޑުވެފައި ހުރި މޫސާ, އޭނާ އެތަނުން ސަލާމަތް ވާނެ ދުވަހަކަށް އިންތިޒާރު އެބަ ކުރެއެވެ. އޭނާ އެތަނުން ސަލާމަތް ކުރެވޭނެ މީހަކު މި ޓެކްނޮލޮޖީގެ ޒަމާނުގައި އަންނާނެ ބާއެވެ. 

***********************

2019 ވަނަ އަހަރު ގެ ފަހު މަސްތަކުގެ ދުވަސް ތަކުގެ ތެރެއިން ދުވަހަކެވެ. ފެންނަމުން ދަނީ ނާއިންފަރެވެ. އެ ރަށުގެ ފަޅުގެ ތެރެއަށް އެ ވަންނަނީ ކުޑަ ޑިންގީއެކެވެ. އެ ޑިންގީގައި 10 އަހަރުގެ ކުޑަ ފިރެހެން ކުއްޖަކާއި, 20 އަހަރުގެ ޒުވާން ފިރެހެނަކާއި, 17 އަހަރުގެ އަންހެން ކުއްޖަކު އިނެވެ. އެ މީހުންގެ ޑިންގީގެ މަތީގައި ހުދު ކާޅެއް އެމީހުންގެ ފަހަތުން ފާރަލަމުން ކަހަލަގެ ގޮަތަކަށް އައެވެ. 

ޑިންގީގައި އިން އަންހެން ކުއްޖާގެ ކައިރީގައި ކުޑަކުޑަ ކޮކާލެއް އުދުހި އުދުހި އުޅުނެވެ. އަދި ކަޅު ކުލައިގެ ކުޑަ ދޫންޏެއް ފިރެހެން މީހާގެ ކޮނޑު މަތީގައި އިށީނދެލައިގެން އިނެވެ. 

ނާއިންފަރުގެ އެއްގަމަށް ޑިންގީ ބީއްސާލިއެވެ. 

”ބުރޯ. އާރޔޫ ޝުއާ ދިސް އިސް ދަ ލޮކޭޝަން އޮފް, ދި ރެޑްބުލް؟“ ޑިންގީއިން ފުއްމާލަމުން އެ ކުޑަ ފިރެހެންސޮރު ވާހަކަ ދެއްކިއެވެ.

”ޔެސް. ގައިމުތާ. އަހަރަމެން ހެދި ރިސާޗުން އެންމެ ބޮޑަށް ސަސްޕެކްޓު ކުރެވޭ އެއްރަށް މިއީ.“ އެ ފިރެހެން މީހާ ޑިންގީ އަޅަމުން ބުނެލިއެވެ. 

”އާރ ޔޫ ކިޑިންމީ ބުރޯ. ތިހިން ބުނި މީގެ ކުރިން ދިއަ ހަތަރު ރަށަށް އަރަމުން ވެސް. ބަޓް ނޯ ލަކް. މިފަހަރު ވެސް ޖެހޭނީ ހުސްއަތާ ކަންނޭނގެ ދާން.“ އެ އަންހެން ކުއްޖާ މަޖާ ރާގަކަށް ޑިނގީއިން ފައިބަމުން ބުނެލިއެވެ. 

”ހަރީ އަޕް ގާއިސް. އައި ކާންޓު ވެއިޓު ޓު އަންފުރީސް ސަމް ސުޕިރިޓްސް. އައި ވޯންޓު ސީ ހައު ޕަވާފުލް ތިސް ރެޑްބުލް އިސް“. ކެތްމަދު ވެފައި ހުރި އެ ކުއްޖާ ބުނެލިއެވެ. 

”އޭ ބުރޯ, އެހާ އެކްސައިޓު އަދި ނުވޭ. ރެޑްބުލް ފެންނާނެ ކަމެއް ވެސް ނޭނގެއެއްނު އަދި…“ އެ ފިރެހެން މީހާ އެ ކުއްޖާއާއި ދިމާއަށް ބުނެލިއެވެ. 

ކުއްލިއަކަށް އެ ފިރެހެން މީހާގެ ކޮނޑުމަތީގައި އިން ދޫނިން ކަޅު ކުލައިގެ ދުންގަނޑެއް ފެތުރިގެން ދިއައެވެ. އަދި އެ މީހާގެ ކޮނޑުން ފެށިގެން ތިރިޔަށް އެ ދުންގަނޑު ފައިބަން ފެށިއެވެ. އަދި އެ ދުންގަނޑުގެ އެތެރެއިން ކަޅު ހެދުމުގައި ހުރި ކުޑަ ފިރެހެން ކުއްޖަކު ނުކުތެވެ. އެ ކުއްޖާ ވަށައިގެން ހުރީ ކަޅު އާވިގަނޑެއް އަރަލާ އަރާލައެވެ. އިސްކޮޅު ދެން ހުރި ކުޑަ ކުއްޖާއާއި ދާދި އެއްވަރެވެ.

”އަހަރެންނަށް އެބަ އިހުސާސުވޭ, އަނދިރިކަން މިރަށުގެ އެތެރެއިން. އަހަރެން ފަދަ އެހެން މަހުލޫގެއް މި ބިމުގައި އެބަހުރި. އެކަމަކު ވަރަށް ދުވަސް ވެފައި ވަރަށް ބޮޑަށް އަނދިރިވެފަ ހުރި މިތުރެއް އެއީ. ބަލައިގެން އުޅެއްޗޭ އެންމެން ވެސް.“ ކަޅު ހެދުމުގައި ހުރި ސޮރު ވާހަކަ ދެއްކިއެވެ. 

ކަޅު ހެދުމުގައި ހުރި ކުއްޖާ ވާހަކަ ނިމުމުން, އެމީހުންގެ މަތީގައި އުދުހެމުން ގެންދިއަ ހުދު ކާޅު ކުއްލިއަކަށް ގޮވާލުމަށް ފަހު އެމީހުންނާއި ދިމާލަށް އައެވެ. އަދި ހުދު ކުލައިގެ ހެދުމެއްގައި ހުރި އަންހެން މީހަކަށް އެ ކާޅު ބަދަލު ވިއެވެ. 

”މި މިތުރުގެ އަނދިރިކަން ވަރަށް ބޮޑު. އެންމެން ވެސް ހުށިޔާރު ވާތި އޭގެ ހަމަލާއަކަށް.“ ހުދު ހެދުމުގައި ހުރި މީހާ ބުނެލިއެވެ. 

”ގާއިސް. ޑޯންޓު ބީ ޓޫ ސުކޭރޑް. އިޓް ވިލް ބީ ފައިން.“ ކުޑަ ސޮރު ބުނެލިއެވެ. 

އެ ވަގުތު އަންހެން ކުއްޖާގެ ކައިރީގައި އުދުހި އުދުހިލާ އިން ކޮކާލުން އަލިފާންކަނި ތަކެއް ފާޅުވުމަށްފަހު, ކުއްލިއަކަށް އެ ބަދަލުވީ އޮރެންޖު ކުލައިގެ ހެދުމަގައި ހުރި ފިރެހެން މީހަކަށެވެ. 

”ހެހެހެ. ކަލޯގެޔާ, ހާދަ ބިރެކޭ. ބޭބެމެން ހެން ބިރު ކުޑަކޮށް އުޅެން ދަސްކޮށްބަލަ. މާ ހާސްވާނެ ކަމެއް ނެތޭ. ހިނގާބަލަ އެސޮރުގެ ހުރި ވަރެއް ބަލާލަން ދަމާ.“ އެ ފިރެހެން މީހާ ވާހަކަ ދެއްކިއެވެ.

”ޔޭސް. ފައިނަލީ. ލެޓްސް ގޯ.“ ހިފި ނުހުރެވިގެން އުޅޭ ކުއްޖެއްހެން އެސޮރު ރަށުގެ އެތެރެއަށް ދިއުމަށް ދުއްވައިގަތެވެ. 

އޮރެންޖު ކުލައިގެ ހެދުމުގައި ހުރި މީހާ ވެސް ކުޑަ ސޮރާއެކު ދުވެފައި ރަށުގެ އެތެރެއަށް ދިއުމަށް ދިއައެވެ. އަދި އެ ކުއްޖާގެ ފަހަތުން ދެންތިބި މީހުން ވެސް މަޑުމަޑުން ހިނގައި ގަތެވެ. ކަޅުކުލާގެ ހެދުމުގައި ހުރި ކުއްޖާ ހިނގާފައި ދާއިރު އޭނާގެ ފަހަތުގައި ކަޅުކުލާގެ ދުންގަނޑެއް ފަހަތައް ގޮސް ހުސްވެ ހުސްވެ އޮވެއެވެ. އަނދިރިގަނޑެއް ފަދައެވެ. 

އެ މީހުން ރަށުގެ ބޯ ޖަންގަލީގެ އެތެރެއަށް ވަދެގެން ދިއައެވެ. ގަސްތަކުގެ ދަށުންނާއި, މަތިން, ގުދު ވެގެންނާއި ކޮޅަށް ތިބެ, ހިނގަމުން ދިއައެވެ. ކުޑަ ކުއްޖާއާއި އޮރެންޖު ކުލައިގެ ހެދުން ލައިގެން ހުރި މީހާ އެހެން މީހުންނަށް ވުރެ ކުރީގައި ތިއްބެވެ. ނަމަވެސް, މަގު ދައްކަމުން ގެންދަނީ ކަޅު ހެދުމުގައި ހުރި ކުއްޖާއެވެ. މިގޮތުގައި ހިނގަމުން ގޮސް ގަސްތަކެއްގެ އެތެރޭގައި ހުރި ރުކަކާއި ހަމަވެފައި އެމީހުންގެ ހިނގުން ހުއްޓުނެވެ.

”މިހިސާބުގަ އެ އަނދިރިކަމުގެ އަސަރު އެންމެ ބޮޑީ. އެހެރަ ރުއް ހުރި ތަނަށް ދާން މަގެއް ހަދަމާ.“ ކައިރީގައި ހުރި ރުކަށް އިނގިލި ދިއްކުރަމުން ކަޅު ހެދުމުގައި ހުރި ކުއްޖާ ބުންޏެވެ. 

”ޔެސް.“ އުފަލުން ހުރެ އެ ފިރެހެން މީހާ ބުނެލިއެވެ. 

”ދިސް އިސް ޔުއާ ކިއޫ މައި ޑިއާ ފަޔާރ ބެންޑާ.“ މަޖާ ރާގަކަށް އެ ކުޑަ ސޮރު އޮރެންޖު ކުލައިގެ ހެދުން އެޅި މީހާއަށް އިޝާރަތްކޮށް ބުނެލިއެވެ. 

”އެންމެން ތިން ފޫޓު ދުރުގަ ތިބޭ. އަލިފާން އެއީ ކުޑަކުދިން ކުޅެ އުޅޭ އެއްޗެއް ނޫން. ބޭބެމެން މިކަން ކުރާގޮތް ބަލަން ތިބޭ.“ ދެ އަތްކުރި އޮޅާލަމުން އޮރެންޖު ހެދުންލީ މީހާ ބުނެލިއެވެ. 

 ”ހަހަ. ޝޯ އޮފް އެޒް ޔޫޝުއަލް.“ މަލާމާތުގެ ރާގަކަށް އަންހެން ކުއްޖާ ބުނެލިއެވެ. 

އޮރެންޖު ހެދުންލީ މީހާގެ އަތުން އަލިފާން އުފެއްދުމަށް ފަހު އެ މީހުންގެ ކުރިމަތީގައި ހުރި ގަސްތަކުގައި ރޯކޮށްލިއެވެ. ނަމަވެސް އެ އަލިފާންގަނޑު މުޅި ތަނަން ފެތުރިގެނެއް ނުދެއެވެ. އޭނާގެ އަމުރަށް އެ އަލިފާންގަނޑު ތަބާވާ ކަހަލައެވެ. ބޭނުންވާ ހިސާބަކަށް އެ އަލިފާންގަނޑު ފަތުރަމުން ގެންދިއައެވެ. އިސާހިތަކު ރުއް ކާރިއަށް ދެވޭނެ މަގެއް, އެ މީހުންގެ ކުރިމަތިން ހެދެމުން ދިއައެވެ. ރުކުގެ ކައިރީގައި ގަނޑުވެފައި ހުރި މޫސާ އެމީހުންނަށް ފެނުނެވެ. މޫސާގެ ވަށައިގެން ވަނީ ކަޅު ހެދުމުގައި ހުރި ކުއްޖާގެ ވަށައިގެން ހުރި ކަހަލަގެ ކަޅު ކުލައިގެ ދުންގަނޑެކެވެ. އެކަމަކު އެ ކަޅު ކުލައަށް ވުރެ މާ އަނދިރިއެވެ. ހީވަނީ ކަޅުފޮއި ރޭގަނޑުގެ ކަނު އަނދިރި ގަނޑެއް މޫސާގެ ވަށައިގެން ވީ ހެނެވެ.

”ވޫހޫ. ބަލަ އެހެރީ އެ ރުކުގެ ކައިރީގައި ރެޑްބުލް. ސީދާ ޕިޖް ބުލެކް. އެންމެފަހުން ވީ ފައުންޑު ހިމް.“ އަންހެން ކުއްޖާ އުފަލުން ބުނެލިއެވެ. 

”އާން. މަ ކީކޭ ބުނީ އެން.“ ފިރެހެން މީހާ ބުނެލިއެވެ.

”އޯކޭ. ނައިސްލީ ޑަން. ނައު އިޓް އިސް މައި ޓާން. އެވްރިވަން ސުޓޭ ބެކް. ދިސް މައިޓް ގެޓް އައުޓު އޮފް ކޮންޓުރޯލް.“ މިހެން ބުނަމުން ރުކާއި ދިމާލަށް ދާން, އެ ކުޑަ ކުއްޖާ ހިނގައި ގަތެވެ.

”އޭ… ބަލައިގެން އުޅޭތި. އެސޮރު ވަރަށް ވަރުގަދަ ވާނެހެން ހީވޭ. އެ އަނދިރިކަން…“ ކުޑަ ކުއްޖާގެ ކޮނޑުގައި އަތްލަމުން ހުދު ހެދުމުގައި ހުރި މީހާ ބުނެލިއެވެ. 

”ނޯ ވޮރީސް. އައި ކޭން ހޭންޑަލް އިޓް. އިފް ނޮޓް. ވެލް. އެވްރިވަން ވިލް ހޭވް މައި ބެކް. ރައިޓް؟“ ހުރިހާ އެންމެން އެކުގައި ކުޑަ ކުއްޖާ ބުނިބަހަށް ބޯ ހަލުވާލިއެވެ. 

ރުއްކައިރީގައި ހުރި އަނދިރިކަމުގެ ކައިރިއަށް އެ ކުޑަކުއްޖާ ދިއައެވެ. އަދި މޫސާ ފެނުމުން ހިނިތުން ވެލިއެވެ. އެއަށްފަހު އަނދިރިކަމުގެ ތެރެއަށް ވަނެވެ. އަދި މަޑުމަޑުން ގޮސް މޫސާގެ މޭގައި އަތް ޖައްސާލިއެވެ. ކުއްލިއަކަށް މޫސާގެ ލޯ ހުޅުވުނެވެ. އަދި އަވަސް ހަރަކާތަކުން އެ ކުޑަ ކުއްޖާގެ ކަރުގައި މޫސާ ހިފިއެވެ. މޫސާގެ ވަށައިގެން ވީ އަނދިރި ދުންގަނޑު މުޅި ތަނަށް ފެތުރެން ފެށިއެވެ. އަދި މޫސާގެ ގައިން ކަޅު އާވިތަކެއް އަރަންފެށިއެވެ. 

– ރަތްގެރިފުޅު އަދި އަންނާނެ – 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ރޫހީ މިތުރު

Level 110 Stories

I have the habit of relating everything to a fantasy

Other Articles

Previous

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 27

Next

ހީވޭ ކަލާވާހެން-20

Next
October 23, 2021

ހީވޭ ކަލާވާހެން-20

Previews
October 23, 2021

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 27



All Right Reserved!