Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Raigerifulhu-cover
އެހެނިހެން

ރަތްގެރިފުޅު ބޯނަސް – 3

ރޫހީ މިތުރު Level 110 Stories
October 24, 2021 4 Mins Read
2 Comments

މާޒީގެ ހަނދާން ތަކުގެ ތެރެއަށް ރަތްގެރިފުޅުގެ ވާހަކަ ގެއްލިގެން ހިނގައްޖެއެވެ. އެކި މީހުންގެ ދޫތަކުން އެކި ގޮތް ގޮތައް ކިޔައިދޭ ވާހަކައަކަށް ރަތްގެރިފުޅުގެ ވާހަކަ ވެއްޖެއެވެ. ކުޑަކުދިން ނިންދެވުމުގައި ކިޔާ ފުލޯކު ވާހަކައަކަށް އެވާހަކަ ވެއްޖެއެވެ…

”މަންމާ, މަންމާ. ރަތްގެރިފުޅު ވާހަކަ ކިޔައިދީބަލަ.“ ނިދަން ވެގެން މަންމަ ގާތު އޮތް ކުޑަކުއްޖަކު ބުނެލިއެވެ. 

ހިނިތުންވެލާފައި އެ މަންމަ ވާހަކަ ފެށިއެވެ. 

”އެއްސަހަރެއްގަ އުޅުނޯ ވަރަށް ފަގީރު ރާވެރި ބެއެއް. އެ ބޭބެގެ އަންހެނުން އެއިރު ބަނޑުބޮޑު. ވިހަން ވަރަށް ގާތް ވެފަ އިނީ. މިހެންވެ ރާވެރިބޭގެ އަންހެނުން ލައްވާ ގޭގެ އެއްވެސް ކަމެއް ކުރިޔަކަ ނުދޭ.

އާދައިގެ މަތިން ރާވެރިބޭ ރާބާލަން ގޮސްއުޅުނު ދުވަހެއް. އެ ދުވަހު ރާވެރިބެއަށް ހަނދާން ނެތިގެން ދެވުނީ ފެންއަޅާ ބަނޑިޔަލަށް ފެންނާޅާ. ފެން ބޮވައިގެނެގެން އަންހެނުން ފެން ބޯން ބެލިއިރަކު ބަނޑިޔަލުގަ ފެނެތް ނެތް. މިހެންވެ ބަނޑިޔާ ހިފައިގެން ރާވެރިބޭ އަންހެނުން ދިއައީ ވަލު ކައިރީގައި ހުންނަ ފެންނަގާ ވަޅު ދޮށަށް. އެއިރު ފެންބޮއެ އުޅުނީ ވަޅު ފެން. ފެންނެގުމަށް ވަކި ހާއްސަ ވަޅެއް ހުރޭ. 

ރާވެރިބޭ އަންހެނުން, ވަޅުގެ ކައިރިއަށް ގޮސް ފެންއަޅަން އުޅެނިކޮށް, ބަނޑުގަ ރިއްސައިގެންލެއް ބޮޑުކަމުން, ވަޅުމަތިން އަތް ކައްސާލައިގެން ވެއްޓުނީ ވަޅުގެ އެތެރެއަށް. ވަޅު ތެރެއަށް ވެއްޓި ވަޅުގެ އެތެރޭގަ ވިހެއީ.

ރާވެރިބޭ ރުއްއަރައިގެން ގެއަށް އައި އިރަކު އަންހެނުން ގެޔަކު ފެންނާކަށް ނެތް. މިހެންވެ މުޅި ގެ ހޯދައި އަންހެނުންނަށް ގޮވަމުން ދިއަ. އެންމެ ފަހުން ފެންއަޅާ ބަނޑިއާ ނެތްކަން އެނގުމުން ދުވެފައި ވަޅު ދޮށަށް ދިއަ. ވަޅު ކައިރިއަށް ގޮސް ބެލިއިރު އަންހެނުން އޮތީ ވަޅުގެ އެތެރެއަށް ވެއްޓި މަރުވެފަ. ވަގުތުން ވަޅަށް ފުންމާލާ ވިހާފައި އޮތް އެއްމާބަނޑު ދެކުދިން ވަޅުން ނެގި. ފިރެހެން ކުއްޖާ ނާގާފަ ވަޅުގެ ކައިރީގައި ބޭއްވުމުން ކުޑަ ޅަ ރަތްގެރިއަކަށް ބަދަލު ވެގެން ވަލުގެ އެތެރެއަށް ވަދެގެން ގޮށްސި. ދެން އޮތް އަންހެން ކުއްޖާ ނަގައިގެން ރާވެރިބޭ ގެއަށް ދިއަ. ދެން އޭނާގެ އަންހެނުން ވަޅުލުމުގެ ކަންކަން ނިންމުމަށް އަވަސްވެގަތް. 

ރާވެރިބޭ އެ ކުއްޖާ ގެންގުޅުނީ އެކަނިމައި އެކަނި. ބަލާ ބޮޑުކުރީ ވަރަށް ލޯބިން. މިހެން އުޅެމުން ގޮސް އެ ކަނބުލޯގެ އުމުރުން ހަތް އަހަރު ވެއްޖެ. 

އެއްދުވަހަކު ރާވެރިބޭ ރުއްއަރަން ގޮސް އުޅުނު ދުވަހަކު އެ ގެއަށް އަލިފާން ބަލާ ދައިތައެއް އައި. ގޭގަ އޭރު އުޅުނީ ރައިވެރިބޭގެ ކަނބުލޯ އެކަނި. މިހެންވެ އެ ދައިތައަށް އަލިފާން އަޅައިދިނީ އެ ކަނބުލޯ. ރައިވެރިބޭ އުޅެނީ މީހަކާ ނީދެކަން އެ ދައިތައަށް އެނގޭތީ އެ ދައިތަ ބޭނުންވީ ރާވެރިބޭއާއި އިންނަން. އެ ދައިތަގެ ވެސް ރާވެރިބޭގެ ކަނބުލޯއާއި އެއްވަރު އަންހެން ކުއްޖަކު ހުރޭ. މިހެންވެ އެ ދައިތަ ކަނބުލޯ ގާތު ބައްޕައާއި އިންނަން ބޭނުން ވާ ވާހަކަ ބުނެދޭށޭ ކިޔާފަ އެ ދުވަހު ދިޔައީ. އެކަމަކު ރާވެރިބޭ ގެޔަށް އައިއިރު އެކަނބުލޯގެ ހުރީ އެ ވާހަކައިގެ މަތިން ހަނދާން ނެތިފަ. 

އަނެއްކާ ވެސް އޭގެ އަނެއް ދުވަހު އެއްކަލަ ދައިތަ އަލިފާން ބަލާ އައި. ހަމަ އެގޮތަށް މިއަދު ވެސް ރާވެރިބޭ ގާތު އިންނަން ބޭނުންވާ ވާހަކަ ބުނެދޭށޭ ބުނި. އެކަމަކު ކުރިއެކޭ އެއްގޮތަށް މިއަދު ވެސް އެ ކަނބުލޯ އެކަން ހަނދާންނެތް. އެ ގޮތަށް ވަރަށް ގިނަ ދުވަހު އެ ވާހަކަ ބުނެދޭށޭ ކިޔާ ކިޔާ އެ ކަނބުލޯ, ހަނދާން ނެތޭތީ އެންމެ ފަހުން އެ ދައިތަ ދިއައީ ކަނބުލޯގެ ކަނޑިކީގައި ގޮށެއް ޖަހާފައި. 

ރާވެރިބޭ އެއްޗެހި ދޮންނަން އުޅެނިކޮށް ކަނޑިކީގައި އެއްކަލަ ގޮށް އިންތައް ފެނި އެ ކަނބުލޯގެ ކައިރީގައި މިއީ ކޮން ގޮށެއްތޯ އެހި. ކަނބުލޯއަށް އެއްކަލަ ދައިތަ ބުނި ކަންތަކުގެ ވާހަކަ ހަނދާން ވެގެން ރާވެރިބޭ ގާތު އެވާހަކަ ބުނި. ރާވެރިބޭ ކަނބުލޯ ގާތު ބުނީ, ”ކަނބުލޯ, ގެއަށް ދައިތަ ގެންނަ ދުވަސް ކޮޅު ވަރަށް ހެޔޮވާނެ. އެކަމަކު ދުވަސް ކޮޅަކުން ގޯސްވާނެ. އެއީ ދޮން އަމައެއް. ދޮން ނިޔަނދުރަކާ އެއްފަދަ ވާނެ.“ ރާވެރިބޭގެ އެވާހަކަތައް އަޑު އެހުމެއް ނެތި ކަނބުލޯ ބުނީ, ބައްޕަ އެ ދައިތަ މިގެއަށް ގެނެއްސިނަމަ, އޭނައާއި އެކު ކުޅެ އުޅޭނެ ކުއްޖަކު ވެސް ލިބޭނޭ. މިހެންވެ އެ ކަނބުލޯގެ އެދުމުގެ މަތިން ރާވެރިބޭ އެ ދައިތައާއި ކައިވެނިކުރި. 

ރާވެރިބޭގެ ގެއަށް އެ ދައިތަ ފުރަތަމަ އައި ދުވަސްކޮޅު, ރާވެރިބޭގެ ކަނބުލޯއަށް ކަންތައްތައް ކޮށްދެނީ ވަރަށް ރަނގަޅަށް. ކާގަޑީގަ ރައިވެރިބޭގެ ކޮޔަށް ދެނީ މީރުކޮށް މޮޑެފައިހުރި ބަނބުކެޔޮ. އެކަމަކު އޭނާގެ މަންޖެއަށް ދެނީ ހުނިފެލާފަ ބާކީވެފަ ހުންނަ ހުނިކޮޅު. 

މިގޮތައް ދުވަސްތައް ވޭތުވަމުން ދިއަ. ދެކުދިންނަށް ވަލަށްގޮސް ދަރު ގެނެވޭވަރު ވުމުން ދެކުދިން އެކުގައި ވަލަށް ދަރުބަލާ ފޮނުވަން ފެށި. ކޮންމެ ދުވަހަކު ވެސް ރާވެރިބޭގެ ދަރިފުޅު ގެންނަނީ ފަލަ ދަނޑީގެ ބޮޑު ދަރު ބޮނޑިއެއް. އެކަމަކު އެ ދައިތަގެ ކުއްޖާ ގެންނަނީ, ފީ ހޯއްޔާއި, ފަންތޮށި. މިހެންވެ މި ވާގޮތެއް އެ ދައިތަ ބަލަން ބޭނުން ވެއްޖެ. 

ދެ ކުދިން ވަލަށް ދިއައީމާ, ސިއްރު ސިއްރުން އެ ދައިތަ ވަލަށް ގޮސް އެ ކުދިންނަށް ފާރަލާ ބަލަން ހުރި. އެ ދައިތައަށް މިވާގޮތް އެނގުނީ ދެން. އެއްކަލަ ރަތްގެރިފުޅު އެ ކަނބުލޯއަށް ރީތި ފަލަ ދަރު ކަނޑައިގެން މި ގެނެސްދެނީ. އެ ދައިތަ ހިތައް މޮޅު ހިޔާލެއް އައި. އެ ދެކުދިން ދަރުބޮނޑި ބޮލަށް ލައިގެން އަންނަނިކޮށް އެ ކުދިންނާއި ދިމާކޮށް ބުނެލި. އަހަރަމެން ކުޑައިރު ދަރުބޮނޑި އެބޮލު މިބޮލު ލާ ކުޅެއުޅެން. އެހެން ބުނެ ރާވެރިބޭގެ ދަރިފުޅުގެ ބޮލުގައި އޮތް ދަރުބޮނޑި އެ ދައިތަގެ ކުއްޖާގެ ބޮލަށް ލާފައި, އެ ދައިތަގެ ކުއްޖާގެ ބޮލުގައި އޮތް ދަރުބޮނޑި ރާވެރިބޭގެ ކުއްޖާގެ ބޮލަށް ލި. ދެކުދިން އެކުގައި ގެއަށް އައިސް ދަރުބޮނޑި ބޭއްވި. 

އެ ދުވަހު ރާވެރިބޭ ގެއަށް އައުމުން އެ ދައިތަ ބުނީ, ބަލާލަބަލާށޭ މަގޭ ކޮއެ ގެނައި ދަރުބޮނޑި ބޮޑުކަން. ކަލޭ ކަނބުލޯ ގެނައީ ހުސްވެސް ފީ ހޯއްޔާއި ފަންތޮށްޓޭ. އެ ދުވަހަށް ފަހު އެއްކަލަ ދައިތަ ރާވެރިބޭގެ ކޮޔަށް ކަންތައް ކޮށްދޭ ގޮތް ބަދަލުވެއްޖެ. ކާންދެނީ, ކިރުފެލާފައި ހުންނަ ހުނި. އޭނަގެ ކުއްޖާއަށް ކާންދެނީ މީރުކޮށް ބަނބުކެޔޮ މޮޑެފަ. 

މިހެން އުޅެމުން ގޮސް, އެއް ދުވަހުކު ދައިތަ ކުއްލިއަކަށް ގެރި މަސް ކާހިތް ވެގެން އުޅެން ފަށައިފި. މިހެންވެ ރާވެރިބޭ ގާތު ބުނަނީ, ވަލުގައި އުޅޭ ރަތްގެރި ހިފައިގެން ގެނެސްދިނުމަށް. ރާވެރިބޭގެ ކަނބުލޯ ވަލަށް ގޮސް އެ ވާހަކަ ރަތްގެރިފުޅު ގާތު ބުނި. ރަތްގެރިފުޅު ބުނީ, އޭނަގެ މޭބިސްކުރަނޑި ކޮންމެހެން ވެސް ނަގައިގެން މިސްކިތުގެ ފާރު ކާރީގަ ވަޅުލަ ދެއްޗޭ. 

ކޮންމެއަކަސް ރަތްގެރި ހިފައިގެން ރައިވެރިބޭ ގެނެސް ކަތިލައިފި. ރާވެރިބޭގެ ކަނބުލޯ ސިއްރު ސިއްރުން ރަތްގެރިފުޅުގެ މޭބިސްކުރަނޑި ނަގައިގެން ގެންގޮސް މިސްކިތުގެ ފާރުކައިރީގައި ވަޅުލައިފި. އެއްވެސް މީހަކަށް އެކަމެއްނޭނގެ. އެ ދުވަހު ރަތްގެރީގެ މަސް އެއްކަލަ ދައިތައާއި އެ ދައިތަގެ ކޮއެ ކައިފި. އެކަމަކު ރާވެރިބެއާއި, އޭނާގެ ކަނބުލޯ އެ ސޮރުގެ މަހެއް ނުކައި. ރާވެރިބޭގެ އަމިއްލަ ދަރީގެ މަހެއް ނުކާނެއްނު.

ދުވަސްތައް ފާއިތުވަމުން ދިއަ. މޭބިސްކުރަނޑި ވަޅުލި ތަނުން ވަރަށް ރީތި ގަހެއް ފެޅި. މިސްކިތް ސާފުކުރަން އުޅޭ މީހާއަށް އެ ގަސް ފެނި, މީގެ ކުރިން ނުފެންނަ ފަދަ ރީތި ގަހަކަށް ވުމުން, އެ ގަސް ލުއްސާނުލާ ބޭންދި. އިސާހިތަކު އެގަސް ބޮޑުވި. އެއްވެސް ކުރިއެއް ނުޖަހާ, ކަފިވުމެއް ނުވެ ހުރިގެން ތެދަށް ހެދެމުން ދިއަ. ވަރަށް އުސްކޮށް ހެދުމަށްފަހު ގަހުގެ ކުރީގައި ވަރަށް ރީތި މާ ގަނޑެއް އައި. މި މާގަނޑުގެ ރީތިކަމުގެ ހަބަރު ރާއްޖޭގެ ރަސްގެފާނަށް ލިބިގެން އެ މާގަނޑު ބިނދެ ދެއްވުމަށް ވަޒީރުގެ ގާތު ބުނުއްވި. ނަމަވެސް އެ މާގަނޑު ބިނދެވޭ ގޮތެއް ނުވި. މިހެންވެ ރަސްގެފާނު ވިދާޅުވީ, އެ މާގަނޑު ބިނދެދިން މީހަކަށް, ރަސްކަމުގެ ރައުސްމާލުން އެއްބައި ދޭނެ ކަމާއި, އޭނަގެ ދަރިއަކާއި ކައިވެނި ކޮށްދޭނެ ކަމަށް. ކާކު ބޭނުން ނުވާނީ ރަސްކަމުގެ ރައުސްމާލުން އެއްބައި؟ މިހެންވެ އެރަށުގެ އެންމެން އެ މާ ބިންނަށް ގަސް ދޮށަށް އަންނަން ފެށި. އެކަމަކު އެކަކަށްވެސް އެ މަލެއް ނުބިނދެވުން. 

އެންމެ ފަހުން ރަސްގެފާނުގެ ވަޒީރު ބުނުއްވީ, ދެން ހަމަ މިރަށުގައި އެހެން މީހަކު ހަމަ ނެތީހޭ. މި އަޑު އަހާ އެތަނަށް އެއްވި މީހުން ބުނީ, ރާވެރިބޭއާއި, އޭނާގެ ދަރިފުޅު އެބަ ތިއްބޭ. ވަޒީރު އެދުނީ އެ މީހުން ވެސް ގެންނަން. އެކަމަކު އެއްކަލަ ދައިތަ ގޮވަންފެށި. އެ މީހުން މިތަނަށް ނުގެންނާތި. އެ އީ ކަސްއަޅާ, ދޮސްއަޅާފަ ތިބި ބައެއް. ފެންނުވަރާ ހަޑި މުޑުދާރު ބައެއް. މިތަނަށް ގެނެއްސިއްޔާ ދުވާ ވަހުން އަހަރަމެންނަށް މިތާނގަ ތިބޭކަށް ވެސް ނުކެރޭނެ. 

އެ ދައިތަ މިހެން ބުންޏެއް ކަމަކު, ވަޒީރު އެދުނީ އެ މީހުން ވެސް ގެންނަން. އެހެންވެ ރާވެރިބެއާއި އޭނާގެ ދަރިފުޅު އެ މަޖިލީހަށް ގެނެވިއްޖެ. އެކަމަކު ބޭތިއްބީ އެންމެންނާ ދުރުގައި އެންމެންގެ ފަހަތުގަ. ކުއްލިއަކަށް އެއްކަލަ ބިޔަ ދިގު ގަސް ރާވެރިބޭ މެންނާއި ދިމާއަށް ބަޅުވާން ފެށި. އަދި ބަޅުވަމުން ބަޅުވަމުން ގޮސް ރާވެރިބޭ ކަނބުލޯގެ އުނގައް އެއްކަލަ މާގަނޑު ކަނޑައިގެން ވެއްޓުނު. މި މަންޒަރު ފެނި އެންމެ ތިބީ ހައިރާން ވެފައި.

ރަސްގެފާނު ވައުދު ވެ ވަޑައިގަތް ގޮތައް, ރަސްކަމުގެ ރައުސްމާލުން އެއްބައި ރާވެރިބޭގެ ދަރިފުޅަށް ދިން. އަދި ރަސްގެފާނުގެ ފިރެހެން ދަރިއަކާއި އެ ކަނބުލޯގެ ކައިވެނި ކުރެވުނު. 

އެއްކަލަ ދައިތަ އެކަމާ ހަސަދަ ލައިގެން…“

މިހިސާބައް ވާހަކަ ކިޔައި ނިމުނު އިރު އެކުއްޖާއަށް ނިދުނެވެ. 

މި ވާހަކަ ޝައުގުވެރި ކަމާއެކު ކީ ހުރިހާ ކިއުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ރޫހީ މިތުރުންގެ އިތުރު ވާހަކަ ތަކަކަށް އިންތިޒާރު ކުރާނެ ކަމަށް އުންމީދު ކުރަން. 

”ރަތްގެރިފުޅު“ މި ނަމުގައި ލިޔަން ގަސްތުކުރި ވާހަކަ މިހާ ހިސާބުން މި ނިމުނީ. އަލީއާއި މަރީނާގެ ވާހަކަ ގެނެސް ދޭނީ އެހެން ނަމެއްގަ. އެކަމަކު ވާހަކަ ކުރިއަށް ދާނީ ރަތްގެރިފުޅުގެ ވާހަކަ ނިމުނު ހިސާބުން ފެށިގެން. އިންތިޒާރު ކޮށްލައްވާ. 

– ޝުކުރިއްޔާ – 

Share Article

Follow Me Written By

ރޫހީ މިތުރު

Level 110 Stories

I have the habit of relating everything to a fantasy

Other Articles

Previous

ވާ ލޯބި އެނގޭނަމަ – 10

Next

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 28

Next
October 24, 2021

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 28

Previews
October 24, 2021

ވާ ލޯބި އެނގޭނަމަ – 10

2 Comments!

  1. Chuku chuku hoagayaa says:
    October 24, 2021 at 2:31 pm

    Hey….
    Love this episode Ingei…
    Ummeedhu kuran veehaaves avahakah aneh vaahaka fashaane kamah….
    Love you a lot…..
    Waiting for the next…..
    Loved this story from the beginning…
    Hope to meet u soon from the other story..❤️

    1. ރޫހީ މިތުރު says:
      October 24, 2021 at 7:35 pm

      Thank You.

      I will upload new stories soon. In Sha Allah

Comments are closed.



All Right Reserved!