Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހާދަ ލޯބިންނޭ 7

Its Me Level 1
October 23, 2021 4 Mins Read
0 Comments

މަޔާންއަށްވެސް ގްރާފިކް ޑިޒައިނިންގެ ދާއިރާއިން ވަޒީފާ ހަމަޖެހި ކުރިން ބޭކާރު ކަންކަމަށް ހޭދަކުރާ ވަގުތު ވަޒީފާއަށް ދޭންފެށިއެވެ. އޮފީހުގައި ގިނަ ވަގުތު ޒިދާންވެސް ހޭދަކުރަމުންދިޔައިރު ޒިދާން އަށް ކަމެއް ފާހަގަވިއެވެ. ރަހްމަތްތެރިކަން ނޫން އެހެން ނަޒަރަކުން ޔަނާލް ޒިދާން އަށް ބަލާކަން ފާހަގަވާންފެށިއެވެ. ދުވަސްދާ ވަރަކަށް ޒިދާންގެ ހިތުގައި ވެސް ޔަނާލް އަށް ހާއްސަ އިހްސާސްތަކެއް ވާހެން ހީވާންފެށިއެވެ. ކޮންމެ ދުވަހަކު އޮފީހައް ދަމުން ޔަނާލް އަންނާނެ އިރަކަށް އިންތިޒާރު ކުރެވެއެވެ. ނުފެނި ގިނަ އިރު ވާނަމަ ހާސްވެއެވެ.
އެނދުމަތީ ދެފައި ވައްކޮށްގެން ލެޕްޓޮޕަށް ނަޒަރު ހުއްޓާލައިގެން އިން ޒީވާ އިނީ އެސައިންމެންޓެއް ނިންމާށެވެ. “ޒީވް” މަޔާން ގެ ބާރު އަޑާއެކު ޒީވާގެ އަތުން ލެޕްޓޮޕްދޫނުވީ ކިރިއާއެވެ. ” ޔާން ދެންވެސް ނޮކް ކޮއްފަ ވަންނާތި އެނގޭ .. ކިރިޔާއޭ ހިތް ނުހުއްޓުނީ ” މަޔާން ގޮވާލިލެއް ބާރު ކަމުން ޔަނާލް ރުޅި އަންނަ ކަމަށް ހެދެމުން ބުނެލިއެވެ. ” ނަސީބެއްނު ނުހުއްޓުނުކަން އެހެންނޫނަމަ މިރޭ ޖެހޭނީ ޓިކެޓް ކެންސަލް ކޮށްލާފަ ޒީވް ގޮވައިގެން ހޮސްޕިޓަލަށް ދާން ” މަޔާން އެނދަށް އަރާ ޒީވާ ގާތު އިށީނެވެ. ” ކޮން ޓިކެޓެއް ؟ ” މަޔާން ހާސްވެފައި ބުނެލިގޮތުން ހިނިއައި ނަމަވެސް ހިނިގަނޑު ހިނދާލަމުން ޒީވާ އަހާލިއެވެ. ” އަޅޭ ޔޫ ތީ ދިވެއްސެއްތަ … ސާފް ޗެންޕިއަންޝިޕް ފެށިގެންނު އުޅެނީ … މިރޭ ރާއްޖޭގެ ފުރަތަމަ މެޗް ނޭޕާލްއާއެކު ” މަޔާން ޒީވާއާ ދިމާކޮއްލީ ޒީވާ އަށް އެވަރު އެއްޗެއްވެސް ނޭންގުނީމައެވެ. ” އަޅޭ ޔާން ޔޫ ސެއިޑް ޓިކެޓޭ .. މެޗް ބަލަން ޓިކެޓް ނެގި ވާހަކައެއް ނުބުނަމެއްނު…. އެހެންނޫނަސް އައި ނޯ އެނގޭ ސާފް ޗެމްޕިއަންޝިޕް ފެށުނުކަން ..” ޒީވާ ލެޕްޓޮޕް ލައްޕާލާ ދަބަހުގެ ތެރެއަށް ކޮއްޕާލިއެވެ. ” އެހެންތަ .. ދެން އެހެންވިއިރު ރެޑީވޭ.. 8 އަށް އެއް ސިކުންތުވެސް ލަސްވެގެން ނުވާނެ … މިއަދު އޮފީސް ނިންމިގޮތައް ގޮސް ކިޔުގަ އިނދެގެން ހޯދި ޓިކެޓްތަކެއް މީ ” މަޔާން އެހެން ބުނީ ގިނަ އަންހެންކުދިންނަކީ ދުވަހަކުވެސް ގަޑިއަށް ތައްޔާރުވެވޭ ބަޔަކަށް ނުވާތީއެވެ. ” އާ އޮކޭ އޭ ޒީވް ރެޑީ ވާނަމޭ…. ބައިދަވޭ ކޮންބަޔެއް ދަނީ ؟ ދާ ބަޔެއް ނޭންގޭތީ ޒީވާ އަހާލިއެވެ. ” ދާން ، ޔަނާ ، މީ އެން ޔޫ ” މަޔާން ޒީވާ އާ ދިމާއަށް އިނގިލިކޮށްލިއެވެ. ” އައިމް ގޮއިން… ޔުއަރ ވޭސްޓިން މައި ޓައިމް ” މަޔާން ޒީވާ އާ ދިމާއަށް ލޯ އަޅަލާމުން ނުކުމެ ބާރަކަށް ދޮރު ޖެހިއެވެ. ޒީވާވެސް ދެ ފަރާތައް ބޯ ހަލުވާލުމަށްފަހު ކޮޓަރިން ނުކުތީ ޔަނާލްގެ ހާލު ބަލާލުމަށްށެވެ.
” އޭރުވެސް ބުނިން ދޯ އަވަހައް ރެޑީ ވައްޗޭ … ޕޮޕްކޯން ވެސް ގަންނަން ވާނެ އަދި ” ކާރުގައި ޔަނާލް އާއި ޒީވާގެ އިންތިޒާރުގައި އިން މަޔާން އާއި ޒިދާން އިނީ ރުޅިގަދަވެފައެވެ. އެންމެންވެސް ގައުމީ ޖާޒީގައި ތިބިއިރު ފެންނަލެއް ވަރަށްވެސް ރީއްޗެވެ. ގަލޮޅު ދަނޑު ކައިރީ ކާރު ޕާކް ކުރުމަށްފަހު ހަތަރު ކުދިން ނުކުއިން އިރު އަދާ އާއި އަދާގެ ބޭބެ ރާއިފް އެމީހުންގެ އިންތިޒާރުގައި ހުއްޓެވެ. ޒީވާ އަދާގެ ވާހަކަ ދެއްކި ނަމަވެސް އަދި ދިމާވި މިއީ ފުރަތަމަ ފަހަރެވެ. ޒިދާން އާ މަޔާން ގެ އިތުރުން ޔަނާލް ވެސް ސަލާންކޮށްލާ އެކުވެރިވެލިއިރު ހުރިހާ ކުދިންގެ ތުންފަތުގައި ވެސް ވަނީ ރީތި ހިނިތުންވުމެކެވެ. މަޔާން އަށް އަދާ ފެނުނު ފަހުން އަދާއަށް ބެލޭނީއެވެ. ޒީވާ އަދާގެ ވާހަކަ ދެއްކިނަމަވެސް އެއީ އެހާ ރީތިކުއްޖެއްކަމަކަށް ހިޔެއް ނުކުރިއެވެ. މީގެ ކުރިން އެތަން އަންހެންކުދިންނެއް މަޔާން އާ ދިމާވި ނަމަވެސް އެހާ ސީރިއަސް ގޮތަކަށް މަޔާން އަށް އަންހެންކުއްޖަކަށް ކަމުދިޔައީ އަދާއެވެ.
ސާފް ޗެންޕިއަންޝިޕް ފެށުމުގެ ރަސްމިޔާތުގައި ފޯރިގަދަ ލަވައެއް ގެނެސދިންއިރު އެކި ކުލަކުލައިގެ ލައިޓްތަކުން މުޅި މާހައުލު ވަނީ ޖަރީކޮށްފައެވެ. ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ ކުޅުންތެރިންނަށްޓަކާ އަމިއްލަ ވަގުތުތައް ބޭކާރުކުރަމުންދިޔަ ސަޕޯޓަރުންނެވެ. ގަޑިން ނުވައެއްޖެހިއިރު މެޗްފެށިގެންދިޔައިރު ސަޕޯޓަރުންގެ ސަޕޯޓުގެ އަޑު ވެސް ދިޔައީ ގަދަވަމުންނެވެ. ޒިދާންގެ ގާތު ޔަނާލް އިށީދެގެން އިންއިރު އިރު އިރު ކޮޅުން ޕޮޕްކޯން ކޮޅެއް އަނގަޔައްލައެވެ. ޒީވާވެސް މަޔާން އާއި އަދާ ގެ ކައިރީ އިށީދެނގެން ސަޕޯޓު ކުރަމުން ދިޔައެވެ. ޒީވާގެ އަނގަގަދަ ކަމުން މަޔާން އިރު އިރު ކޮޅުން ޒީވާ އާ ދިމާއަށް ހަޅޭއްލަވައިގަނެއެވެ.
މެޗްގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ ސުމެއް ސުމަކުންނެވެ މެޗް ވަރަށް ފޯރިގަދަކޮއް ދިޔައިރު = ނިދި އައިސްފައި އިން އަދާ އަށްވެސް ފަހުން ވަރަށް މަޖާވިއެވެ. ދެވަނަ ހާފް ފެށި އެންމެ ފަހު ނުވަ މިނެޓްގައި ނޭޕާލް އިން ރާއްޖެ ކޮޅަށް ގޯލައެއް ޖެހިއެވެ. ނަމަވެސް ދިވެހި ކުޅުންތެރިން ހިތްވަރު އެލުވައި ނުލާ ކުޅެމުންގެންދިޔައެވެ. ސަޕޯޓަރުންގެ އަޑުވެސް ހައްތަހާ ދިޔައީ ގަދަ ވަމުންނެވެ. މެޗް ނިމިގެން ދިޔައީ ނޭޕާލް 1 ރާއްޖެ 0 ކުންނެވެ. ނަމަވެސް ސަޕޯޓާރުން ދިޔައީ ދެން އޮތް މެޗް ތަކުގައި ރަގަނޅުކުރުމަށް ބުނަމުންނެވެ.
ހަތަރު މީހުން ކާރަށް އެރި އިރު ތިބީ ހަޅޭއްލަވާ ލަވާ ވަރުބަލިފައެވެ. އެންމެންވެސް ބޭނުންވީ އެވަގުތު ފިނި އެއްޗެއް ބޯލާށެވެ. ” ހިނގާ މެގްނަމް ބޯން ” މެގްނަމް ބޯ ހިތްވެފައި ހުރުމުން އެ ހިޔާލް ދިނީ ޔަނާލްއެވެ. ހަތަރު ކުދިން އެއްބަސް ވުމުން ޒިދާން މިސްރާބްޖެހީ އެތާ ކައިރީ ހުންނަ އައިސްކްރީމް ކަހަލަ އެއްޗެހި ވިއްކާ ފިހާރައަކަށްށެވެ. ޔަނާލް އާއި ޒީވާގެ އިތުރުން މަޔާން ގާތު މަޑުކުރުމަށް ފަހު ޒިދާން ފިހާރައަށް ވަނެވެ. އަދި 4 މެގްނަމްގެ އިތުރުން 2 ފެންފުޅި ހިފައިގެން ޒިދާން ނުކުތެވެ. އެ އެއްޗެހި ހިފައިގެން ހަތަރު ކުދިން ދުއްވާލަން ދިޔަ އިރު ލަސްވެގެން ޒަލަފް މަޔާންގެ ފޯނަށް ގުޅިއެވެ. މަޔާން ދުއްވަން އިނުމުން ޒިދާން އެފޯނު ނެގިއެވެ. ” ޔެސް ބައްޕާ މިހާރު މިދަނީ ” ޒަލަފް މިހާރު މާ ލަސްވެއްޖެކަމަށް ބުނުމުން ޒިދާން މި ދަނީކަމުގައި ބުނެލިއެވެ.
ގެއަށް ވަންނަން ދިޔަ ޒީވާގެ ފައި އަރިއަޅާލައިގެން ވެއްޓެންދިޔައެވެ. ޒީވާ އަށް ދެ ލޯ މަރާ ބާރު ކޮށްލެވުނީ ވެއްޓުމުން ވާނެ ތަދު އިހްސާސްކޮއްލެވުމުންނެވެ. ޔަނާލް އާއެކު ވާހަކަ ދައްކަން ހުރި ޒިދާންއަށް މި މަންޒަރު ފެނުމުން ދުވެލާފައި ގޮސް ޒީވާ ވެއްޓުނަ ނުދީ ހިފެއްޓިއެވެ. ވެއްޓުމުގެ ކުރިން ބާރުގަދަ އަތަކުން ޒީވާގެ ގައިގައި ހިފެއްޓިކަން އެނގިގެން ޒީވާ ދެލޯ ހުޅުވާލިއެވެ.
ޒިދާން އާއި ޒީވާގެ ހަރަކާތްތަކައް ބަލަހައްޓައިގެން ހުރި ޔަނާލް އަށް މިކަމުން ނެގުނީ އެހެން މާނައެކެވެ. ޒީވާ އަނެއްކާ ޒިދާން ޖަހައިނުގަންނާނެބާއެވެ؟ ޔަނާލް ގެ ހިތައް އަރަމުން ދިޔަ އެއްޗެހިން ޔަނާލް އަވަހައް ދެ ފަރާތައް ބޯ ހުރާލިއެވެ. ޒީވާ އަކީ ޔަނާލްގެ ވެސް ޒިދާން ގެ ވެސް ހަމައެކަނި އެކުވެރިއެވެ. ޒީވާއާ މެދު އެހެން ހީކުރެވުމުން ޔަނާލް ދެރަވިއެވެ. ކުރިމަތިން ޒީވާއަށް ބަލަހައްޓައިގެން ހުރި ޒިދާން ފެނުމުން ޒީވާ އަވަހައް ތެދުވިއެވެ. ” އަހާ.. ކިހިނެއް ތިހެދީ ” މަޔާން ހިނގަނޑެއް ޖަހާލަމުން ޒީވާއާ އަރާ ހަމަކުރިއެވެ. ” ފައި އަރިއަޅާލީ ” މަޔާން ހިނުމުން ނުރުހުންވެ ހުރެ ޒީވާ މަޔާން އަށް ލޯ އަޅާލިއެވެ.
” ތަނަކައް ތަދުވިތަ؟ ” ކަންބޮޑުވުމަކާއކު ޒިދާން ޒީވާ ގާތު އަހާލިއެވެ. ” ނޫން ” ޒީވާ އެހެން ބުނެލުމަށްފަހު މަޔާން އާއެކު ގޭތެރެއަށް ވެނެވެ. ޒިދާން ވެސް ހިނގައިގަންނަމުން ފަހަތް ބަލާލީ ޔަނާލް މަތިން ހަނދާންވުމުންނެވެ. ” ޔަނާ ކީއްވެފާ ތިތާ ތިހުރީ ޒިދާން އާއި ގާތްގަނޑަކަށް ހަތަރު ވަރަކަށް ފޫޓު ދުރުގައި ދެއަތް އުރާލައިގެން ހުރި ޔަނާލް ސިހުނީ ޒިދާންގެ އަޑުންނެވެ. ” ކަމެއްނުވޭ” މޫނު އަނެއް ފަރާތައް އަނބުރާލުމަށްފަހު ޔަނާލް ހިނގައިގަތެވެ. އަވަސް އަވަހައް ގެއަށް ވަންނަން ހިނގައިގައިން ޔަނާލްގެ އަތުގައި ޒިދާން ހިފާލިއެވެ. ” ކަމެއްވެއްޖެ ” ޔަނާލް އޭނާޔާ ދިމާއަށް އަނބުރާލަމުން ޒިދާން ބުނެލިއެވެ. ” ކަމެއްނުވެޔޭ ” ޒިދާންގެ އަތް ފޮޅުވާލަމުން ޔަނާލް އަނެއްކާވެސް ދާން ހިނގައިގަތެވެ. ” ކަމެއްވެއްޖޭ …. އެހެންނޫނަމަ ތިހެން ޑަކް އެއްހެން ތުން ހަދައިގެން ހުންނާކަށް ނުޖެހެ އެއްނު ” ޒިދާން ހިނިގަނޑެއް ޖަހާލަމުން ޔަނާލް އާ ދިމާކޮށްލިއެވެ. ” އާން ކަމެއްވެއްޖެ .. ދާން ޕްލީޒް ޑޯންޓް ރިޖެކްޓް މީ އެނގޭ…. އައި ލަވް ޔޫ ” އެއް ފައި މައްޗައް ތިރިވެލަމުން އަތް ޒިދާން އަށް ދިއްކޮށްލަމުން ޔަނާލް ބުނެލިއެވެ. ” ޔަނާލް އެހެން ބުނި އަޑު އިވި ޒިދާން އަށް ބުނާނެ އެއްޗެއް ނޭންގުނެވެ. ” ޔާ މީގެ ދެ އަހަރު ކުރިން އެންމެ ފުރަތަމަ ދާން ފެނުނު ވަގުތުން ފެށިގެން ޕްލީޒް އެކްސެއްޕްޓް މީ ” ޔަނާލް އަކުރު ތަކައް ދަމާލަމުން މަޑުމަޑުން ބުނެލިއެވެ. ” ޔަނާލް ގެ ހާސްވެފައިވާ މޫނު ފެނި ޒިދާން ގާތައް ހިނި އައެވެ ” ޕްރޮޕޯޒް ކުރަނީ އަންހެން ކުދިންތަ މިހާރު ” ޒިދާންހިނގަނޑު މަތަ ކޮއްލަމުން ބުނެލިއެވެ. ” ދާން ޓޭކް އިޓް ސީރިއަސް ޔެސް އޯ ނޯ ؟ ” ޒިދާން ހޭން ފެށުމުން ޔަނާލް ރުޅި އަންނަ ކަމައް ހަދަމުން ދާން ހިނގައިގަތެވެ. ” ޔެސް ” ޒިދާންގެ އަޑަށް ޔަނާލްގެ ފިޔަވަޅުތައް މަޑުވިއެވެ. އަދި ފަހަތައް އެނބުރި ދުވެފައި އައިސް ޒިދާން އާއި ހަމަކުރިއެވެ. ޒިދާން ޔަނާލްގެ ގައިގައި ބައްދާލަމުން އޭނަވެސް ވަރަށް ލޯބިވާކަމަށް ބުނެލިއެވެ. އަދި ދެމީހުން އެކުގައި ގެއަށް ވަންނަން ހިނގައިގަތީ މާ ލަސްވެފައި ހުރުމުންނެވެ.
މަރީނާ ގުޅުމުން ކޮޓަރީގެ ބެލްކަނިއަށް ނުކުމެލި ޒީވާ އަށް ޒިދާން އާއި ޔަނާލްގެ ދެމެދު ދެކެވުނު ވާހަކަތައް ނޭނަގުނަސް އެ ދެމީހުންގެ ހަރަކާތްތަކުން ވެ ދިޔަ ކަންތައް ދެނެގަނެވުނެވެ. ދެރަވި ނަމަވެސް ޒީވާ ކެއްކޮށްލީ މިއޮއް ހުރިހާ ދުވަހު އެ އިހްސާސްތައް ފޮރުވި ގޮތަށް ދެންވެސް ފޮރުވޭނޭ ހިތައް އަރުވާލަމުންނެވެ. ނަމަވެސް ޒީވާއަށް އެ ހީކުރެވުނީ މުޅިން ގޯސްކޮށްށެވެ. ޒީވާއަށް ނޭންގުނަސް އެ ހިތުގައި ޒިދާން އާއި މެދު ވާ ލޯބި ދަނީ ދުވަހެއް ދުވަހަކައް އިތުރު ވަމުންނެވެ. އެންމެ ފުރަތަމަ ފެނުލުމުންވެސް ޒިދާންގެ ސޫރަ ޒީވާގެ ހިތުގައި ކުރެހުނެވެ. ޒިދާންގެ ކޮންމެ އާދައެއް ޒީވާ އަށް ކަމުދިޔައެވެ.
ޓަކި ޖަހާލި އަޑަށް ޒީވާ ބުރުގާ އަޅާލުމަށްފަހު ދޮރު ހުޅުވާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Its Me

Level 1

Other Articles

Raigerifulhu-cover
Previous

ރަތްގެރިފުޅު ބޯނަސް – 1

Next

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ހަތްދިހަ ދެވަނަ ބައި)

Next
October 23, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ހަތްދިހަ ދެވަނަ ބައި)

Previews
October 22, 2021

ރަތްގެރިފުޅު ބޯނަސް – 1

Raigerifulhu-cover


All Right Reserved!