މަރީނާ ގުޅުމުން ކޮޓަރީގެ ބެލްކަނިއަށް ނުކުމެލި ޒީވާ އަށް ޒިދާން އާއި ޔަނާލްގެ ދެމެދު ދެކެވުނު ވާހަކަތައް ނޭނަގުނަސް އެ ދެމީހުންގެ ހަރަކާތްތަކުން ވެ ދިޔަ ކަންތައް ދެނެގަނެވުނެވެ. ދެރަވި ނަމަވެސް ޒީވާ ކެއްކޮށްލީ މިއޮއް ހުރިހާ ދުވަހު އެ އިހްސާސްތައް ފޮރުވި ގޮތަށް ދެންވެސް ފޮރުވޭނޭ ހިތައް އަރުވާލަމުންނެވެ. ނަމަވެސް ޒީވާއަށް އެ ހީކުރެވުނީ މުޅިން ގޯސްކޮށްށެވެ. ޒީވާއަށް ނޭންގުނަސް އެ ހިތުގައި ޒިދާން އާއި މެދު ވާ ލޯބި ދަނީ ދުވަހެއް ދުވަހަކައް އިތުރު ވަމުންނެވެ. އެންމެ ފުރަތަމަ ފެނުލުމުންވެސް ޒިދާންގެ ސޫރަ ޒީވާގެ ހިތުގައި ކުރެހުނެވެ. ޒިދާންގެ ކޮންމެ އާދައެއް ޒީވާ އަށް ކަމުދިޔައެވެ.
ޓަކި ޖަހާލި އަޑަށް ޒީވާ ބުރުގާ އަޅާލުމަށްފަހު ދޮރު ހުޅުވާލިއެވެ. ކުރިމަތީ ހުރި މަޔާން ފެނުމުން އަދިވެސް ނުނިދާ ކީއްކުރަނީތޯ ޒީވާ އަހާލިއެވެ. ” ތި ސުވާލު ހަމަ މަށަށް ވެސް ކުރެވިދާނެ ދޯ ” ޒީވާ އަށް ނިއް އަރުވާލަމުން މަޔާން ކޮޓަރީގެ ތެރެއަށް ދެމިގަތެވެ. ” އެ އެއް ނޫނޭ މިއައީ ވަރަށް ބޮޑު ކަމަކު…. ” އެނދު ކުރިމަތީ ބައިންދާލައިފާ އިން ކައުޗްގައި ޖައްސާލަމުން މަޔާން ބުނެލިއެވެ. ” ކިހިނެއްވީ އަނެއްކާ ؟ ” ޒީވާވެސް އައިސް މަޔާން ގެ ކުރިމައްޗައް ވާގޮތައް އެނދުގައި އިށީނެވެ. ” މިރޭ މިއުޅެނީ ހަމަ އެއްގޮތަކަށްވެސް ނިދި ނައިސްގެން އެކަމް ނިދި އަންނާނެ ގޮތެއް ހަދައިދެވޭނީ ހަމައެކަނި ޒީވާއަށް ” މަޔާންގެ މޫނުމަތިން ފެންނަމުންދިޔަ ސީރިއަސް ކަމުން ޒީވާގެ އަނގަ ހުޅުވުނެވެ. އަދި އެންމެ ފަހުން މަޔާން ބުނެލި ޖުމްލައިން ޒީވާ ދެބުމަގޮއް ޖަހާލިއެވެ. ” ވަޓް ކިހިނެއް ؟ ” ޒީވާ އަހާލިއެވެ.
މިއަދު ދިމާ ކޮއްދިނީމެއްނު އަދާ އާ ދޯ އޭނަ ފެނުނު ފަހުން ހަމަ އޭނަ އަބަދު ފެންނަނީ މަގޭ ހިތް ކަންނޭގެ އެ ދަމައިގަތީ …. ޒީވް ޕްލީޒް ގިވް މީ ހާރ ނަމްބަރ ” މަޔާން ދެރަވެލަމުން ބުނެލިގޮތުން ޒީވާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ” އަސްލުތަ ؟ މިރެއަކު ނެތް ދެވޭކަން އަދާ ކައިރީ އަހާލާފަ ދޭނަން އެނގޭ .. ޔާން ނިދި ނަޔަސް ޒީވް ވަރަށް އެބަ ނިދި އާދެ ” ޒީވާ އެނދުން ތެދުވެ ހިނިގަނޑު މަތަ ކޮއްލިއެވެ. ” އާން އޯކޭ ދެން ދަނީ ” މަޔާން ތެދުވެލާ ހިނގައިގަންނަމުން ބުނެލިއެވެ. ” އޭ ވެއިޓް ނިދާ ބޭސް ގުޅައެއް ދީފާނަން ” މަޔާން ހެއްވާލުމުގެ ބޭނުމުގައި ޒީވާ ބުނެލިއެވެ. ” ޔޫ ” ޒީވާ ގެ ގަޔާއި ދިމާލަށް އެނދުން ބާލިހެއް ނަގާ ހޫރާލުމަށްފަހު މަޔާން ކޮޓަރިން ނުކުތެވެ.
” ކޮންތާކުން ތިއައީ ” ކޮޓަރީގެ ދޮރު ހުޅުވާލަމުން ދެމިގެން މަޔާން ފެނި ޒިދާން އަހާލިއެވެ. ބޮލުގެ އިސްތަށިގަނޑު ނިންމައްޗައް އެއްބައި ވެއްޓިފައި އޮތް އިރު ލޯ ވެސް ފެންނަނީ ކިރިއާއެވެ. ” މަށައް ވެސް އެހިދާނު ތިހެން ޔޫ ކޮންތާކު އުޅެފަތަ ތި ޔައީ މަ ކޮޓަރީގަ އިނދެ ފޫހިވެގެން މި ނުކުތީ ” މަޔާން ދިޔަ ސްޕީޑުގައި އެނދައް ވެއްޓިގަތެވެ. ” ދަތް އުނގުޅިން ؟ އެއްޗެހި ބަދަލު ކުރިން ؟ ޔާން އަށް 22 އިޔާޒް އެކަމް ސްޓިލް ޔުއަރ ބިހޭވިން ލައިކް ކިޑްސް” މަޔާން އުޅުނު ގޮތުން ޒިދާން ހިތްހަމަނުޖެހުނެވެ. ބޮލަށް ޓީޝާރޓް މަހާލަމުން އޭނަވެސް މަތީ އެނދަށް އަރާ ނިދަން އޮށޯތެވެ.
ޒިދާން ހަޅޭއްލަވައިގަތުމުން މަޔާން އެނދުން ތެދުވެ ފާހާނާއަށް ވަނެވެ. ޒިދާންވެސް އެންދުގައި އޮށޯވެލާ ހަމަޖެހިލަމުން ފޯނު ނަގާ ޔަނާލް އަށް މެސެޖް ކޮށްލިއެވެ. މާ ގިނައިރެއްނުވެ ޔަނާލްގެ ފަރާތުން ޖަވާބު ލިބުނެވެ. އެކި އެކި ވާހަކައިގައި 1 ގަނޑިއިރު ވޭތުވެގެން ދިޔައިރުވެސް ދެމީހުންނަށް ރޭކާ ނުލައެވެ. އެހެން އޮވެ ނިދުނު އިރުވެސް ޒިދާން އަކަށް ނޭންގެއެވެ.
ފަތިސް ނަމާދުގެ ބަންގިއަށް އާލިމާ ޒީވާގެ ކޮޓަރިއަށް ވަނީ ހުރިހާ ފިރިހެނުން ނަގާ ނަމާދައް ފޮނުވުމަށްފަހު ޔަނާލްއަށްވެސް ނަމާދައް ގޮވާފައެވެ. އޭރު ޒީވާ ތެދުވެ ނަމާދުކުރަން ރެޑީވަނީއެވެ. އާލިމާ އެންމެ ހިތްހަމަޖެހެނީ ޒީވާ ހުރިހާ ނަމާދެއްވެސް މީހަކު ނުބުނެ އަމިއްލައަށް އިސް ނަގައިގެން ކުރާތީއެވެ. ފަތިސް ނަމާދައްވެސް ޔަނާލް އަށް ގޮވައިގެން ނަގަން ޖެހޭއިރު ޒީވާ އަމިއްލައަށް ތެދުވެ ނަމާދު ކުރަން އުޅެއެވެ އެންމެ ފުރަތަމަ މި ގެއަށް އައީއްސުރެ ވެސް ޔަނާލް ގޭގައި ހުންނަ ވަގުތުތަކުގައި ހުރިހާ ނަމާދެއްވެސް ކުރަނީ އާލިމާއާއެކުއެވެ.
ފަތިސް ނަމާދުކޮށްލާ ގުރްޢާން ކިޔާވާ ހަދާލަމުން ޔަނާލް ޖައްސާލީ މިއަދަކީ ބަންދު ދުވަހަކައް ވެފައި އަށެއް ޖެހުމުން އެންމެނާއެކު ސައި ހަދަން އެހީތެރިވެދެން ތެދުވަން ހިތުލައިގެންނެވެ. އެލާމްގެ އަޑަށް އަރާމުކޮއް ނިދާލާފައި އޮތް ޒީވާ އަވަހައް ތެދުވީ އޭރު 8 ޖަހައި 10 މިނެޓް ހިނގާފައި ހުރުމުންނެވެ. ފާހާނައަށް ވަދެ މޫނު ދޮވެ ހަދަލައިގެން ޒީވާ ނުކުމެ އެއްޗެހި ބަދަލު ކުރިއެވެ. އަތްދިގު ޓީޝާޓެއް ލުމަށްފަހު ފުޅާ ހަރުވާޅެއް ޒީވާ ލިއެވެ. ޒީވާގެ ދިގު ފަން އިސްތަށިގަނޑު މައްޗަށް ނަގާ ހުޅިއެއް ޖަހާލުމަށްފަހު ކުޑަ ގޮތަކަށް ރީތި ވެލިއެވެ. އަވަހައް ނުކުތީ ލަސްވެފައި ހުރުމުންނެވެ.
ޒީވާ ބަދިގެއަށް ވައިންއިރު ޝިފާ ހުރީ ރޮށި ފިހަން ރެޑީ ކުރާށެވެ. އާލާ މަސްހުނި މޮޑެން ތައްޔާރުކުރަމުންދިޔައެވެ. ” އަހާ ޒީވް ހާދަ އަވަހަކައް ހޭލައިގެން ތިއުޅެނީ ” އެތެރެއަށް ވައިން ޒީވާ ފެނުމުން އާލާ ޒީވާ އަށް ބުނެލިއެވެ. ” އެ ތެދެއް ބަންދު ދުވަހަކު ވެސް ޒީވާ ނޯންނާނެ އަރާމުކޮށްލާކަށް ” ޝިފާ ޝަކުވާ ކޮއްލީ ޒީވާ ބަންދު ދުވަހަކު ވެސް ނިދާލަން ނޯންނާތީއެވެ. ” އޯކޭވާނޭ އެހެން ނޫނަސް ޒީވް ވަރަށް ފޫހިވޭ އެހާ ގިނަ އިރު ނިދަން…. ކޮންކަމެއް ކޮއްދޭންވީ ؟” ޒީވާ އައިސް ޝިފާ ގާތު ގޮނޑިއެއްގައި އިށީނެވެ. ” ބިސްގަނޑެއް އަޅާލީމަ ދެން އޯކޭވާނެ ދޯ ތިއްތާ ” ޝިފާ އާލާއަށް ދޯ ދިނެވެ.
މާ ގިނަ އިރު ނުވެ ހެނދުނުގެ ސައި ތައްޔާރު ވެގެން ދިޔައެވެ. ޕާނާއި ކްރަންޕީގެ އިތުރުން މަސްހުންޔާއި ރޮއްޓާއި ބިސްގަނޑު ހުއްޓެވެ. އަދި އާފަލާއި އޮރެންޖުގެ އިތުރުން ކަރާ ތައްޓަކަށް ކޮށާފައި ހުއްޓެވެ. މަޔާން އާއި ޒިދާންގެ އިތުރުން ޔަނާލްވެސް ސަޔަކަށް ނާދެއެވެ. ” ޒީވާ ދަރިފުޅު ދޭބަލަ އެމީހުންނަށް ގޮވަން މިހާރު އެއޮއް 10 އެއް ޖެހީ ހުކުރު ދުވަސް އަނެއްކާ ” ޒަލަފް ޒީވަގަތު އެމިހުންނަށް ގޮވަން ދާން އެދުނި އެހާ ގިން އިރު ނިދުމަކީ ޒަލަފް އެއްއިރަކުވެސް ހިންހަމަޖެހޭ ކަމަކަށް ނުވާތީއެވެ. ޒީވާ އެންމެ ފުރަތަމަ ވެސް މަޔާންމެންގެ ކޮޓަރިއަށް ވަނީ އެ ދެމީހުންނަށް ގޮވުމަކީ ފަސޭހަ ކަމަކަށް ނުވާނެތީއެވެ. ކޮޓަރީގެ ދޮރު ހުޅުވާލި ޒީވާގެ ލޮލުގައި އަޅައިގަތީ ސޯފާގައި ނިދާލާފައި އޮތް ޒިދާންއެވެ. ބޮލުގެ އިސްތަށިގަނޑުން ނިއްމަތީގެ ބޮޑު ބައެއް ފޮރުވިފައި ވާއިރު އެ މޫނު ފެންނަލެއް ވަރަށް ވެސް ފުރިހަމައެވެ. ނިދާލާފައި އޮންނައިރު ޒިދާންގެ ސޫރަ ވަކިން ރީއްޗެވެ. ޒީވާއަކަށް ޒިދާން އަކައް ގޮވާކަށް ނުކެރުނެވެ.
