ރޭގަނޑުގެ ވަގުތު މާލޭގެ މަގުތަކުގެ ހަމަހިމޭން ކަން ވަނީ ދުއްވާއެއްޗެހިން ނަގާލާފައެވެ. ހެވެން ގޭގެ ކުރިމަށްޗަށް ހުއްޓާލި ކާރުން ފޭބި މެދުއުމުރުގެ އަންހެން މީހާގެ ނަޒަރު ހުއްޓިފައިފަނީ ކުރިމަތިން ފެންނަމުންދިޔަ 10 ބުރީގެ އިމާރާތަށްށެވެ. އެއް އަތުން ލޮލުގައި ވާ ނަންބަރު އައިނުގައި ހިފައްޓާލައިގެން ހުރިއިރު އަނެއް އަތުން ހުރީ ޕާސް ހިފަހައްޓާލައިގެންނެވެ.
ލާފައިވަނީ ފިޔާތޮށިކުލައިގެ އަރިފެޅި ފަޔާއި ހަމައަށް އަރާ ހެދުމެއްގެ އިތުރުން ބްލެކް ބެލްސެކެވެ. އަރާލާފައިވާ ހީލްސްގެ ސަބަބުން މި އަންހެންމީހާއަކީ ވަރަށް ސްޓައިލަށް ލޯބިކުރާ މީހެއްކަން އަންގައިދެއެވެ. ބޮލުގައި އޮޅާލެވިފައިވާ ސޯލްއިން ކިރިޔާ ކަރު ފޮރުވޭކަމެވެ. ” މޯމް ލެޓްސް ގޯ ” ކާރުގެ ވާއަތު ފަރާތު ދޮރު ހުޅުވާލުމަށްފަހު ނުކުއިން އަންހެންކުއްޖާ އެ އަންހެންމީހާއަށް ގޯވާލިއެވެ. އުމުރުން 22 ވަރަކަށް އަހަރުގެ ޒުވާން މި އަންހެންކުއްޖާގެ ރީތިކަން އިންތިހާއެވެ. ހަމުގެ ކުލަ އަލިވެފައި ފެންނަ ފެނުމަށް ޖަހަނީ ބޭރުކުއްޖެއް ވައްތަރެވެ. ބޮޑު ދެ ލޮލާއި ފިޔާތޮށިކުލައިގެ ތުންފަތެކެވެ. ބަޓަން ނޭފަތުގެ ސަބަބުން މި އަންހެންކުއްޖާގެ މޫނު ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ. ލާފައިވާ އަޅި ކުލައިގެ ޓޮޕް ކޮޅު އެ އަންހެންކުއްޖާއާ ނުހަނު ގުޅެއެވެ. ފޫކޮޅާ ހަމައަށް އަރާ ފަން އިސްތަށިގަނޑު ވަނީ ފަހަތައް ދޫކޮށްލާފައިވެއެވެ.
ޑްރައިވަރު ގާތު ފޮށިތައް އެތެރެއަށް ވެއްދުމަށް ބުނުމަށްފަހު ސޯފިޔާ ޔަނާލް ގެ އަތުގައި ހިފަމުން ހިނގައިގަތެވެ. ސިޓިންރޫމް ސޯފާގައި ހަބަރު ބަލަން ތިބި އާލިމާއާއި ހަސަނަށް ހޭވެރިކަންވީ ގޭގެ ބެލް އަޅާލި އަޑަށްށެވެ. ޢާލިމާ ތެދުވަން އުޅުމުން އާލިމާގާތު އިށީނުމަށްބުނުމަށްފަހު ހަސަން ހިނގައިގަތެވެ. ” ސޯފިޔާ ” ހަސަނުގެ އަޑަށް އާލިމާ ފުންމައިގެން ސޯފާއިން ތެދުވެ ދޮރާދިމާއަށް ހިނގައިގަތެވެ. ” އާލީ ” ބައްތިރީސް ދަތް ފެންނަ ވަރަށް ހީލަމުން ސޯފިޔާ އާލިމާއަށް ގޮވާލަމުން ބައްދާލިއެވެ. ސޯފިޔާއަކީ އާލިމާގެ އެއްބަނޑުގައި ހުރި ހަމައެކަނި އަންހެން ކޮއްކޮއެވެ. ސޯފިޔާ އިނދެގެން އުޅެނީ އިނގިރޭސިވިލާތުގައި މަސައްކުރަމުން އަންނަ ޑޮކްޓަރަކާ ކަމުން ކައިވެންޔަށް ފަހު ސޯފިޔާގެ ދެމަފިރިން ދިރިއުޅެމުން އައީ އެ ތަނުގައެވެ. ސޯފިޔާއަށް ދަރިޔަކު ލިބުނީ އިނދެގެން އުޅުނުތާ 10 އަހަރު ފަހުންނެވެ. އެހެންކަމުން އެ ދެމަފިރިން ޔާނާ ބަލަމުން އަންނަނީ ޖަވާހިރަކު ފޮރުވައިގެން ގެންގުޅޭހާ ލޯބިންނެވެ. ” ޔާނޫ…. ދޫނި އަވަހައް ވަދޭ އެތެރެއަށް ” އާލިމާ ޔާނާގެ އަތުގައި ހިފަމުން އެތެރެއަށް ވައްދާ ސޯފާގައި ބޭންދިއެވެ. ހަސަނުވެސް ސޯފިޔާއަށް ހިނިތުންވުމެއްދިނުމަށްފަހު އެތެރެއަށް ވަނުމަށް އެދުނެވެ. ސޯފިޔާއަކީވެސް ހީވާގި ނަރުހެއް ކަމުން އޭނާ އުޅެންޖޭހޭލެއް ވަރަށްވެސް ބިޒީއެވެ. ނަމަވެސް ވީވަރަޖުން ޔާނާއަށް ވަގުތު ދެވެތޯ ބަލައެވެ އެ ގޮތުން ލިބޭ މަދު ޗުއްޓީ ތަކުގައި ޔާނާ ގޮވައިގެން ރާއްޖެއައުމަކީ ސޯފިޔާ އަބަދުވެސް ކޮށްއުޅޭކަމެކެވެ. މިފަހަރުވެސް އެއްމަސްދުވަހުގެ ޗުއްޓީއެއް ލިބުމުން ރާއްޖެ އައީ ޔާނާ ހިންހަމަޖައްސައިދިނުމަށްޓަކައެވެ.
އެތައްއިރަކު ދެބެން ވާހަކަ ދައްކަން ތިބުމަށްފަހު ސޯފިޔާ ކޮޓަރިއަށްވަނީ ވެފައި ހުރި ދަތުރު ވަރުބަލިކަން ފިލުވާލުމަށްށެވެ. ރޭގަނޑުގެ ކެޔުމުގައި އެންމެން ބައިވެރިވިއިރު ހަމައެކަނި މަދުވީ ޒިދާން އާއި ޒީވާއެވެ.
ޒަލަފްގާތު ސޯފިޔާ ޒިދާން ކޮބައިތޯ އަހާލުމުން އިރުކޮޅަކުން އަންނާނެކަމަށް ބުނަމުން ޒަލަފް ކެޔުމައިގެން ކުރިއަށްދިޔައެވެ. ޒަލަފްގެ ޖަވާބުން ޔަނާލްއަށް ހަމަޖެހިލެވުނެވެ މިއޮއް ހުރިހާއިރު ޔަނާލް ގަބޫލުކޮށްގެން ހުރީ ޒިދާން މާލެ ނާންނަނީކަމަށްށެވެ. އިރު އިރު ކޮޅާ ސިޑިއާއި ދިމާލަށް ބަލާލެވެއެވެ. އެ ސޫރަ ދެކެލުމަށް އޭނާ އިންތިޒާރުކޮށްގެން އިންނަތާ މިހާރު ކޮން އިރެއްހެއްޔެވެ. “އެ އަންނަނީ ތުއްތު” ލީނާގެ އަޑާއެކު އެންމެނަށް ސިޑިއާއި ދިމާއަށް ބަލާލެވުނެވެ. ސިޑިން ފައިބައިގެން އައި ޒިދާންގެ ހިތްގައިމު ސޫރައިން އެންމެ ހިނދުކޮޅަކަށްވެސް ޔަނާލްގެ ނަޒަރު ވަކިނުވެއެވެ. އޭއީ ހަމަ މީގެ ދެ އަހަރު ކުރިން އޭނައަށް ފެނުނު ޒިދާންއެވެ. ކުރިއަށްވުރެ ހިކިވެލާފައި ހަމުގެ ކުލަ އައްޔަސް އެއީ ހަމަ އެ ސޫރައެވެ. މީގެ ދެ އަހަރު ކުރިން އޭނާގެ ހިތް އަތުލި ޒުވާނާއެވެ.
ސޯފިޔާއާއި ޔަނާލްގެ ނަޒަރު ޒިދާން އަށް ހުއްޓިފައިވީނަމަވެސް ޒިދާން އަށް މިއިން ކަމެއް ރޭކާނުލައެވެ އެއަށްވުރެ ބޮޑަށް އޭނާވަނީ ފޯނުން ފެންނަމުންދިޔަމަންޒަރަށް ގެއްލިފައެވެ. ގޮނޑިއެއްދަމާލަމުން އިށީން ޒިދާން ފޯނުން ނަޒަރު ވަކިކޮށްލީ ސޯފިޔާގެ އަޑަށްށެވެ. ” ޒިދާން ތި ފޯނު ބާއްވަންވެއްޖެއްނު ” ހިނިގަނޑެއް ޖަހާލަމުން ސޯފިޔާ ޒިދާން އަށް ބުނެލިއެވެ. ” އަހާ ސޯފިއްތަމެން ކޮންއިރަކު އައީ އަދި ނުއެއް އެނގެއޭ އައިކަމެއް އެހެންވީމަ ނޭންގޭނު ކުރިންއަންނާކަށް ” ތަށި ކައިރިކޮށްލާ ބަތް އަތްގަނޑެއް ތައްޓަށް ލަމުން ޒިދާން ރީތި ހިނިތުންވުމެއް ސޯފިޔާއަށް ރައްދުކޮށްލިއެވެ އަދި އޭނާގެ ކުރިމަތީއިން ޔަނާލަށް ސިއްރު ނަޒަރެއްދިނެވެ.
” މަޔާން ޒީވާ ކޮބާ؟ ” ނުކާން ބޮޑާ ހޭކުމަށްފަހު އެންމެފަހުން ކާންޖެހުމުން ރުޅި މޫނު ހަދައިގެން އިން މަޔާން ގާތު ޒަލަފް އަހާލިއެވެ. ” ނޭނގެ އިރުއޮއްސޭއިރު އުޅުނު މިތާ ނާދޭ ދޯ އަދިވެސް ” މަޔާންގެ ޖަވާބު ނުނިމެނިސް ދުވެލާފައި އައި ޒީވާ ޒަލަފް ގާތު އިށީނެވެ. ޒަލަފް ގާތު އިށީން އަންހެންކުއްޖާފެނި ސޯފިޔާއާއި ޔަނާލްގެ ހިތުގައި ސުވާލު އުފެދުނެވެ. އެއީ ޒިދާންގެ އަންހެނުންބާއޭ ހިތައްއެރިނަމަވެސް ޔަނާލް ގަބޫލިކުރާކަށް ބޭނުމެއްނުވިއެވެ. ނަމަވެސް ހިތުގެ ކަނަކުން އެއީ ޒިދާންގެ އަންހެނުނުންނޭ ބުނަނީއެވެ. ” މީ ކޮންކުއްޖެއް” އެންމެފަހުން ނީނދެވިގެން ސޯފިޔާ އަހާލިއެވެ. ” މީ ދޯ މީ އެއްކަލަ ޒަޔާންގެ ދަރިފުޅު ޒީވާ އޭނަ މިހާރު މި ދުނިޔެއަކު ނެތް … ކިޔަވައިދޭންވެގެން އަހަރެން ޒީވް ގެނައީ ” ޒީވާގެ ބޮލުގައި ފިރުމާލަމުން ޒަލަފް ސޯފިޔާއަށް ބަލާލިއެވެ. ޒީވާ ވެސް ސޯފިޔާއަށް ރީތި ހިނިތުންވުމެއް ރައްދުކޮށްލުމަށްފަހު ކާންފެށިއެވެ. ކާން އިން ޒީވާއަށް ޔަނާލްގެ ނަޒަރު ސީދާވިއެވެ. ޒީވާގެ ރީތި ކަމުން ކުޑަ ހިނދުކޮޅަކަށް ނަމަވެސް ޔަނާލްގެ ހިތުގައި ޒީވާ އާ މެދު ހަސަދަވެރިކަން އުފެދުނެވެ.
ގަޑިން 9:00 ޖެހިއިރު ޔަނާލް ތައްޔާރުވަމުންދިޔައީ މަޔާން އާއި ޒިދާންއާއެކު ޒަލަފްމެންގެ އޮފީސް ބަލާލަން ދިޔުމަށްށެވެ. މަޑު ނޫ ކުލައިގެ އަތްދިގު ގަމީސް ޓޮޕެއް އިސްތިރިކޮށްލުމަށްފަހު ޒީވާ ފެންވަރަން ވަނެވެ. އޭގެ ބައިގަޑިއިރު ފަހުން ޒީވާ ކޮޓަރީގެ ދޮރު ލައްޕާލަމުން ނިކުތެވެ. ނޫކުލައިގެ ޓޮޕްގެ އިތުރުން ބޮލުގައި އޮޅާލައިފައިވާ ޝޯލްގެ ސަބަބުން ޒީވާގެ މޫނު ކޮޅުފެންނަނީ ވަރަށްވެސް ލޯބިކޮށްށެވެ. ތުންފަތުގައި ޖައްސާލެވިފައިވާ މަޑު ފިޔާތޮށިކުލައިގެ ލިޕްސްޓިކް ފިޔަވައި އިތުރު އެއްވެސް މޭކަޕެއް ބޭނުންކޮށްފައިނުވާއިރުވެސް އެ ރީތި ކަމަކަށް ބަދަލެއް ނާދެއެވެ.
“ހިނގާ ދާން ” ސޯފާގެ ފަހަތުގައި ހުއްޓިލަމުން ޒީވާ މަޔާންގެ ބޮލުގައި ހިފާލިއެވެ. އޭރު ޒިދާންވެސް ޖެހިގެން އިންސޯފާގައި އިށީދެގެންއިނެވެ. ޒީވާގެ އަޑަށް ދެބެން އެކުގައި ޒީވާގެ ފަހަތުން ހިނގައިގަތެވެ.
” ވެއިޓް ” ފަހަތުން އިވުނު އަޑުން ތިންމީހުން އެކުގައި ފަހަތައް އެނބުރި ބަލާލއިރު ޔަނާލް އެމީހުންނާ ދިމާލަށް އަންނަނީއެވެ. ފުރަތަމަ ފަހަރަށް ޒީވާއަށް ޔަނާލްގެ ފުރިހަމަ ހަށީގަނޑަށް ނަޒަރެއް ދެވުނެވެ. ހުދު ކުލައިގެ އަތްދިގު ޓީޝާޓެއްގެ އިތުރުން ބްލޫ ޖީންސްގައި ހުރި އިރު ޔަނާލް ފެންނަލެއް ވަރަށްވެސް ސާދާއެވެ. ކުރިން ހާވާލެވިފައިވީ ދިގު އިސްތަށިގަނޑު މިހާރު އައްސާލާފައިވެއެވެ. އެހާ ދޮންއިރުވެސް މުޅި މޫނުގައި ވަނީ ގަދަ މޭކަޕެއްކޮށްލާފައެވެ.
” ޔަނާ ވެސް ބޭނުން ދާން ….. ގެންދެބަ ޕްލީޒް ” ކުޑަކުއްޖެއްހެން ބޮޑާ ހާކާލަމުން ޔަނާލް ބުނެލިއެވެ. ހަތަރު މީހުން އެކުގައި ކާރުގައި އޮފީހަށް މިސްރާބްޖެހިއެވެ. އެކި އެކި ވާހަކަތައް އެ ހަތަރު މީހުންގެ މެދުގައި ދެކެވުނު އިރު ޔަނާލްއާއި ޒީވާގެ މެދުގައި ވެސް ރަހުމަތްތެރިކަން އުފެދުނެވެ. ޒިވާ ހީކުރިގޮތާ ހިލާފަށް ޔަނާލް އަކީ ފޮނި ކުއްޖަކަށްވެސް ނުވިއެވެ.
މިގޮތުގައި ދުވަސްތައް ފާއިތުވަމުން ގޮސް ޒީވާ ކޮލެޖަށް ދާ ދުވަސްވެސް އައިސް ޖެހިއްޖެއެވެ. މިހާރު އެ ހަތަރު ކުދިންނަކީ އެކަކު އަނެކަކަށް ހުރިހާ އެއްޗެއް ކިޔައިދީހަދާ ބެސްޓްފުރެންޑްސް އެވެ. އެއްމަސް ފާއިތުވެގެން ދިޔައިރު ސޯފިޔާ ދާން ޖެހުމުން ޔަނާލް ނުދާން ބޮޑާ ހޭކިއެވެ. އެންމެ ފަހުން ސޯފިޔާ އިންގްލޭންޑަށް ފުރީ ޔަނާލް އާލިމާ ގާތު ބަހައްޓާފައެވެ. މަޔާންވެސް ވަޒީފާއަށް ނުކުތުމުން ޔަނާލް އެކަނިވިއެވެ. އެހެންކަމުން ޒަލަފްގެ އެދުމަށް ޒިދާންގެ ޕާސަނަލް އެސިސްޓެންޓެއްގެ މަގާމަށް ޔަނާލް އެ އޮފީހައް ޖޮއިން ކުރީ ޒިދާން އާއެކު އިތުރައް ވަގުތު ހޭދަކުރުމުގެ ބޭނުމުގައެވެ.
ޒީވާވެސް ކޮލެޖުގައި ގިނަ ވަގުތު ހޭދަކުރަމުންދިޔައެވެ. އެކި ކަހަލަ މީހުންނާ ދިމާވިނަމަވެސް މަދު މީހަކު ފިޔަވައި އެންމެންވެސް ޒީވާއާ ވާހަކަދައްކާ މަޖާކޮށް ހަދައެވެ. އެގޮތުން ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަދާ ޒީވާގެ ވަރަށް ގާތް ރަހުމަތްތެރިއަކަށްވިޔެވެ. އަދާ އަކީވެސް ޒީވާ ހެން ވަރަށް ހިތްހެޔޮ ކުއްޖެކެވެ. ކޮންމެ ކުއްޖަކާ ދިމާވި ނަމަވެސް އިސްވެ ވާހަކަ ދައްކާނީ އަދާއެވެ. ލޫޅާފަތި ހަށިގަނޑެއް ލިބިފައިވާ މި އަންހެން ކުއްޖާއަކީ ހަމުގެ ކުލަ އަލި ކުއްޖެކެވެ. ރީތި އިސްކޮޅަކާއެކު ހީލާއިރު ޒީޥާ ފަދައިން ކޮލަށް އެޅޭ އަޑިކޮޅުން އަދާގެ ރީތިކަން ހާމަވެއެވެ.
މަޔާންއަށްވެސް ގްރާފިކް ޑިޒައިނިންގެ ދާއިރާއިން ވަޒީފާ ހަމަޖެހި ކުރިން ބޭކާރު ކަންކަމަށް ހޭދަކުރާ ވަގުތު ވަޒީފާއަށް ދޭންފެށިއެވެ. އޮފީހުގައި ގިނަ ވަގުތު ޒިދާންވެސް ހޭދަކުރަމުންދިޔައިރު ޒިދާން އަށް ކަމެއް ފާހަގަވިއެވެ. ރަހްމަތްތެރިކަން ނޫން އެހެން ނަޒަރަކުން ޔަނާލް ޒިދާން އަށް ބަލާކަން ފާހަގަވާންފެށިއެވެ. ދުވަސްދާ ވަރަކަށް ޒިދާންގެ ހިތުގައި ވެސް ޔަނާލް އަށް ހާއްސަ އިހްސާސްތަކެއް ވާހެން ހީވާންފެށިއެވެ. ކޮންމެ ދުވަހަކު އޮފީހައް ދަމުން ޔަނާލް އަންނާނެ އިރަކަށް އިންތިޒާރު ކުރެވެއެވެ. ނުފެނި ގިނަ އިރު ވާނަމަ ހާސްވެއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
