މި ދެކުދިންނަށް ވާހަކަ ދައްކާލު މަށް ފުރުސަތު ދެ މުން ޒަލަފް ޒީވާގެ ފޮށި ކޮޓަރިއަށް ލައިދޭން ހިނގައިގަތެވެ. މަޔާންގެ ވާހަކައިގައި ޖެހިފައި ހުރި ޒީވާ ޒަލަފް ގެ ހަބަރެއް ނުވުމުން ފަހަތް ބަލާލި ވަގުތު ފެނުނު މަންޒަރުން އިތުރު ތަނަކަށް ނަޒަރު ވަކިކޮށްލު މެއް ނެތި ބަލަހައްޓައިގެން ހުރެވުނެވެ.
ސިޑިން ފައިބައިގެން އަންނަ ޒުވާނާ އަށް ޒީވާ އަށް ބެލެމުންދިޔައެވެ. ކަޅުކުލައިގެ އަތްކުރު ޓީޝާރޓްއެއްގެ އިތުރުން ޒިދާން ލައިފައިވަނީ ގަދަ ނޫކުލައިގެ ކަކުލުން މަށްޗަށް ދާ ސޯޓެކެވެ. އެއް އަތް ޖީބަށް ޖަހާފައިވާއިރު އަނެއް އަތުން ފޯނު ހިފައިލައިގެން ހިނގަމުން އައި ޒިދާންގެ ނަޒަރު މަޔާން އާ އެކު ހުއްޓިގެން އޭނާއަށް ބަލަހައްޓައިގެން ހުރި އަންހެން ކުއްޖާއަށް ހުއްޓުނެވެ. މަސްޓާރޑް ޔެލޯ ކުލައިގެ ކަކުލައި ހަމައަށް އަރާ ހެދުމެއްގައި ޒީވާ ހުރިއިރު ހެދުމުގެ އަތް ވަނީ ވަކި ހިސާބަކުން ފުއްޕާލާފައެވެ. ހެދު މުގެ މެދެއްހާހިސާބުން ބަންދެއްއައްސާލައިފައިވާއިރު ޒީވާގެ އުނަގަނޑުގެ ހިމަކަން ފާޅުވެވޭ ހުއްޓެވެ. މަޑު މުށިކުލައިގެ ސޯލް ރީތި ގޮތަކަށް އޮޅާލާފައިވާއިރު އެ ދޮން މޫނުގައި ވަނީ ލުއި މޭކަޕެއް ކޮށްފައެވެ. ދެއަތުން ކުރިމައްޗަށް ވާ ގޮތަށް ބިސް ކުލައިގެ ޓޯޓް ބޭގް އެއް ހިފައްޓާލައިގެން ހުރިއިރު ޒީވާގެ ރީތިކަން އިތުރުކޮށްދެއެވެ.
” މީ ކޮންކުއްޖެއް ” ޒިދާންގެ އަޑަށް ޒީވާ ދިޔައީ ސިއްސައިގެންނެވެ.ދެންމެ އެ ޒުވާނާއާ ދިމާލަށް ކަޅި ޖަހާ ނުލާ ބަލަން ހުރެވުނު ގޮތުން ޒީވާ ލަދު ގަތެވެ. އަވަސް އަވަހަށް އިސް ޖަހާލިއިރު އެ މޫނަށް ވަނީ ޖަންބު ކުލަ ފާއްދާލާފައެވެ. ” ކިހިނެއްވީ ރީތި ވީ ދޯ ” މަޔާން ޒިދާންގެ ކޮނޑުގައި އަތުން ޖަހާލަމުން ހިނގަނޑެއް ޖަހާލިއެވެ. ” އަނގަ ގަދަ މީހެއް މީ ހުވާ ” ޒިދާން ބޯ ހޫރުވާލުމަށްފަހު ލޮލުގެ އިޝާރާތުން މަޔާން އަށް ޒީވާ ދައްކާލިއެވެ. ” މީ ދޯ މީ ހަންޑިއެއް ހަހާ ހަހަ …… އެ ދޮގު މީ ޒަޔާން ބޭބެގެ ދަރިފުޅު ޒީވާ ” މަޔާން ފުރަތަމަ މަޖާ ވެލުމުން ޒިދާން ލޯ އަޅާލިއެވެ. މަޔާން އަވަހައް ސީރިއަސް ވެލީ ޒިދާން ރުޅިއައިސް ދާނެތީއެވެ. ” އާ ވަރަށް ފެންނަ ވައްތަރު ޖަހާތީއޭ މި ބެލެނީ އެހާ ވަރަށް …. ހާދަ ތަފާތޭ މިހާރު ”
ޒިދާން ޒީވާއާ ދިމާއަށް ވަރަށް ފުންކޮށް ބަލާލިއެވެ. ” ފެންނަ ވައްތަރު ޖަހާތީތަ ނޫނީ އެހެން ކަ މެއް ވެގެންތަ މާ ވަރަކަށް ތި ބަލަނީ ” ޒީވާއަށް އެއްޗެއް ބުނަން ފުރުސަތު ނުދީ އަނެއްކާވެސް މަޔާން ވާހަކަ ދައްކަން ފެއްޓިއެވެ.
” ޒީވާ ޑޯނޓް މައިންޑް އެނގޭ ޔާން ވަރަށް ހުސް އަނގަ ތަޅާނެ ” ޒިދާން މަޔާންގެ އިސްތަށި ގަނޑު ހާވާލަމުން ޒީވާ އަށް ބުނެލިއެވެ. ޒިދާން އެހެންބުނު މުން މަޔާން ލަދުގަތެވެ. ފާހާނައަށްށޭ ކިޔާ އަވަހަށް ދުއްވައިގަތެވެ. މަޔާންގެ މިއަ މަލުން ޒީވާ ހީލިއެވެ. އަދި ވަރަށް ލަދުން ހުރެ ޒިދާން ގާތު ޒަލަފް ގެ ވާހަކަ އަހާލިއެވެ. ޒިދާން ޒީވާ ގާތު އޭނާގެ ފަހަތުން އައުމަށް އެދުނެވެ. ޒިދާން ޒީވާ ގޮވައިގެން 2 ވަނަ ފްލޯ އަށް އެރިއެވެ. އަދި ޒިދާން އާއި މަޔާން ގެ ކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރި ޒީވާ އަށް ދައްކާލަ މުން މީ ޒީވާގެ ކޮޓަރިއޭ ބުނެލިއެވެ. އަދި މެންދުރު ގެ ކެޔު މުން އެންމެނާ ބައްދަލުވާނެ ކަމަށް ބުނަ މުން ޒިދާން އޭނާގެ ކޮޓަރިއަށް ވަނެވެ.
ޒަލަފް ގެ ފަރާތުން ޒީވާ އައި ހަބަރު ލިބުމުން ހަސަނާއި އާލި މާ ޒީވާގެ ގާތަށް ދިޔައެވެ. އެތައް އިރަކު އެ ދެމަފިރިންނާ ވާހަކަ ދައްކާލަން އިނދެވުމުން ޒީވާ ވެސް ހުރީ ހިންހަމަޖެހިފައެވެ. އޭނާއަށް އަޅާލާ މަންމަ ނެތް ދުވަހަކުންވެސް ހިމާޔަތް ދޭނެ ކަ މުގެ ޔަގީންކަން މި އާއިލާއިން ޒީވާއަށް ލިބު މުންނެވެ. ހަސަނާއި އާލިމާ ނުކުތުމުން ޒީވާ ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. ކޮޓަރީގެ ކުލަ ޒީވާއާ ކިތަންމެހާވެސް ގުޅެއެވެ. މުޅި ކޮޓަރީގައި ވަނީ ބިސްކުލަ ލާފައެވެ. ފަރނީޗާތައް ހުދު ކުލައިން ހުރިއިރު ކޮޓަރި ޒިވާއަށް ވަރަށް ކަމުދިޔައެވެ.
އަލަ މާރީގެ ތެރެއަށް ފޮށީގައި ހުރި އަންނައުނުތައް އަޅާ ކޮޓަރި ތެރޭ ގެނައި އެއްޗެހި އަތުރާލު މަށް ފަހު ޒީވާ އާންމުކޮށް ގޭގައި އުޅޭއިރު ލާ ކަހަލަ ހެދު މަކާ ފުޅާ ހަރުވާޅެއް ހިފައިގެން ފާހާނާއަށް ވަނީ ކާން ގޮވުމުގެ ކުރިން އަވަހައް ފެންވަރާލާ ނަމާދު ކޮށްލު މުގެ ބޭނު މުގައެވެ.
ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލި އަޑަށް އެނދު މަތީ އޮތް ޒީވާ އަވަހައް ތެދުވެ ގޮސް ދޮރު ހުޅުވާލިއެވެ. ” ދައްތާ މަންމަ ބުނީ އަންނާށޯ ކާން ” ލީނާ ފުޅާ ހިނިތުންވުމަކާއެކު ޒީވާއަށް ބުނެލިއެވެ. ” އާ މިދަނީ ” ޒީވާވެސް ލީނާ އަށް ހިނިތުންވުމެއްދެމުން ބުރުގާ ރީތިކޮށްލިއެވެ.އަދި ކޮޓަރީގެ ދޮރު ޖަހާލަމުން ލީނާ ގެ ފަހަތުން ހިނގައިގަތެވެ.
ސިޓިންރޫމް ސޯފާގައި އިށީންދެލައިގެން ތިބި އެންމެންގެ ނަޒަރު ސިޑިން ފައިބައިގެން އައި ލީނާ އާ ޒީވާއަށް ހުއްޓުނެވެ. ދެ މީހުންވެސް އިސްކޮޅުން އެއްވަރުވުމުގެ ސަބަބުން ހީވަނީ އެއްއުމުރެއްގެ ދެކުދިންހެންނެވެ. “ހިނގާ ކާން ދާން އަވަހައް ޒީވާ އަންނަންދެން މި ހުރީ ” ޝިފާ އެންމެނަށް ބުނެލަމުން އާލާއާއެކު ޒީވާ ގެ އަތުގައި ހިފައިގެން ކާކޮޓަރިއަށް ދާން މިސްރާބު ޖެހިއެވެ. މެންދުރުގެ ކެޔުމުން އެން މެނާ ޒީވާއާ ބައްދަލުވިއެވެ. އެންމެންވެސް ޒީވާއާ ވަރަށް ގުޅެއެވެ.
ހަވީރުގެ ހިތްގައިމު ވަގުތު މަޔާން އާއި ލީނާ އާއެކު ސިޓިންރޫމް ސޯފާގައި އިށީންދެލައިގެން ޓީވީ ބަލަން އިން ޒީވާ އިނީ ފޫހިވެފައެވެ. ” އޭ ބްރޯ ހިނގާ ރައިޑަކަށް ” ޒިދާން ގެ އަޑަށް ތިން މީހުން އެއްފަހަރާ ބަލާލިއިރު ޒިދާން ހެވިލާފައި އައިޝްގެ އަތުގައި ހިފާލައިގެން އައިއިރު އެ މޫނު މަތިން ފެންނަނީ ތާޒާކަ މެވެ. ” ކޮންކޮޅަކުން އިރު އެރި ދުވަހެއް ” މަޔާން ޒިދާން އާ ދި މާކޮށްލީ އެހެންޔާ އޮފީހުން އަންނަ ގޮތަށް ނިދާ މަރުވެފައި އޮންނަ މީހަކު މިއަދު ހޭލާ ހުރެފައި މޫޑު ވެސް ރަގަނޅުވީމައެވެ. މަޔާންގެ އަޑަށް ލީނާ އަޑުގެކޮޅަށް ހޭންފެށިއިރު ޒީވާ ގާތަށް ވެސް ހިނިއައެވެ. ” އަބަދުވެސް އަރާ ކޮޅުން ދޯ އިރު އަރާނީ ” ޒިދާން މަޔާން އަށް ލޯ އަޅާލަމުން އަންނަންޔާ އަންނަހަރޭ ކިޔާ ހިނގައިގަތެވެ. މަޔާން ވެސް ޒީވާ އާއި ލީނާ ގާތު އަންނާށޭ ބުނެ ޒިދާން ގެ ފަހަތުން ދުއްވައިގަތެވެ. ލީނާ ދާނަންހޭ އެހުމުން ޒީވާ އެއްބަސްވެލީ ފޫހިވެފައި ހުރި ވަރުންނެވެ. އަދި ލީނާ ގާތު ރީތި ވެލައިގެން އިނދެވުނުކަން ނަސީބެކޭ ބުނެލިއެވެ. ލީނާ ހީލުމަ ށްފަހު ޒީވާ ގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.
ފަސް މީހުން އެކީ ކާރުގައި ދުއްވާލަން ދިޔަ އިރު ޒިދާން އިނީ ދުއްވަންށެވެ. ޒިދާން ކައިރީ ކުރީގައި މަޔާން އިން އިރު ފަހަތުގައި އިނީ ލީނާ ގެ އިތުރުން ޒީވާއާއި އައިޝްއެވެ. އައިޝް އިނީ ޒީވާގެ އުނގުގައެވެ. އިރުއޮއްސެންދެން ދުއްވާފައި ފަސް މީހުން އައީ ކައިރި ރެސްޓޯރެންޓަކުން ސައިވެސް ބޮއިގެންނެވެ. ޒީވާ ވެސް އެން މެނާ ރައްޓެހި ވި އިރު މަޔާންގެ މަޖާ މިޒާޖުގެ ސަބަބުން އެންމެން ތިބީ ހީ ހީ ހަލާކު ވާވަރު ވެފައެވެ.

ރޭގަނޑުގެ ވަގުތު މާލޭގެ މަގުތަކުގެ ހަ މަހިމޭން ކަން ވަނީ ދުއްވާއެއްޗެހިން ނަގާލާފައެވެ. ހެވެން ގޭގެ ކުރި މަށްޗަށް ހުއްޓާލި ކާރުން ފޭބި………………… ……………

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!