ލައިހާ އަށް ހޭލެވުނީ ދޮރުގައި މީހަކު ޓަކި ޖަހާ އަޑު އިވުމުން ނެވެ.. ތެ ދުވަން އުޅެފައި ވެސް އަނެއްކާ ހިޔާލު ބަދަލު ކޮށްލީ ރޭގަ ފެނުނު ހުވަފެން މަތިން ހަދާން ވުމުންނެވެ.. “ލައި.. ދޮރު ހުޅުވަބަލަ.. މީ ލީޝް އޭ”.. ލީޝާ ދޮރުގައި ތަޅާ ތަޅާ ދޮރު ނުހުޅުވުމުން އެންމެ ފަހުން ލީޝާ ބުނެލި އެވެ.. މާ ގިނަ އިރު ތަކެއް ނުވެ ދޮރު ހުޅުވޭ އަޑު އިވުމުން ލީޝާ ހަމަޖެހުމުގެ ނޭވާއެއް ލިއޭ… ލައިހާ ދޮރު ހުޅުވުމަށް ފަހު ވަންނަން ތަން ދެއްކުމުން ލީޝާ އަވަހަށް ކޮޓަރި އަށް ދެމިގަތެވެ.. “ކޮން އިރަކު ލީޝް ރަށަށް އައީ.. ނުވެސް ބުނެ”. ލީޝާ ލައިހާ ކައިރި ނުބުނެ ރަށަށް އައުމުން ޝަކުވާކޮށްލިއެވެ.. “ހީހީ.. އަސްލު ލައި އަށް ސަޕްރައިޒް އެއްދޭން ބޭނުން ވީ.. އެހެންވެ”.. ލީޝާ ހީ ގަތެވެ..” އަން މީ ލައި އަށް އަހަރެން ގެނައި އެތި ކޮޅެއް”..ލީޝާ ގެނައި ކޮތަޅު ލައިހާ އަށް ދިއްކޮށްލަމުން ބުނެލި އެވެ.. “ހިނގާ މިއަދު ހަވީރު ހިނގާލަން ދާން.. ލައި ވަރަށް ފޫހިވޭ ގޭގަ އޮންނަން”ލައިހާ ގޭގަ ފޫހިވާތީވެ ބުނެލިއެވެ..”އާނ..ދެން ދަނީ މި ގަޑި އަށް ..އަންނާނަން ހަވީރު”..ހަވީރު އަންނާން ކަމަށް ބުނެ ލީޝާ ދިޔައެވެ..ފޯނު ހުޅުވާލުމަށް ފަހު ލައިހާ  އައިމަން އަށް މެސެޖް އެއް ކޮށްލުމަށް ފަހު ފާހަނަ އަށް ދިޔައީ ތާޒާ ވެލާށެވެ..

“ލޫނާ..ލައިހާ މިއަދު ނުވެސް ނިކުމޭނުން..ދޭބަލަ ކީއްވީ ތޯ ބަލައިލާފަ އަންނަން”..ލައިހާ މިއަދު އަދި ބޭރަށް ނުނިކުންނާތީވެ ހަމްޒާ ބުނެލިއެވެ..ލޫނާ ހަމްޒާ އާދިމާ އަށް ފާޑަކަށް ބަލައިލުމަށް ފަހު ދިޔަ އެވެ..ލޫނާ އަދި ވެސް ހުރީ ހަމްޒާ ކަންތަށް ކުރަން އުޅޭ ގޮތާ މެދު ހިތްހަމަ ނުޖެހިފައެވެ..ލޫނާ ލައިހާ ކޮޓަރި ދޮރުގައި ޖަހާލުމުން އެތެރެ އަށް ވަނުމަށް ބުނުމުން އެތެރެ އަށް ވަތް އިރު ލައިހާ އޮތީ ފޯނާ ކުޅޭށެވެ..”މި ކާން ނުނިކުންނާތީވެ..ކީއްވީ ތޯ ބަލައިލަން”..ލޫނާ ފުންނޭވާ އެއް ދޫކޮށްލުމަށް ފަހު ބުނެލި އެވެ..”މި އުޅެނީ ކުޑަކޮށް ބޮލުގަ ރިއްސާތީވެ”..ލައިހާ ފޯނު ބޭއްވުމަށް ފަހު ކުޑަ ކޮށް ތެދުވެލިއެވެ..”އެހެން ވިއްޔާ އެބަ އަންނަން ކާލާނެ އެއްޗަކާ ބޭސް ހިފައިގެން”..ލޫނާ ހިނގައިގަތީ ބޭރަށެވެ..

އައިމަން ފެންވަރައިގެން ނިކުމެ ރީތި ވާން އިންދަ ލައިހާ ގުޅުމުން ފޯނު ނެގުމަށް ފަހު ސްޕީކާ އަށް ލުމަށް ފަހު ފޯނު މޭޒުމަތީ ބޭއްވިއެވެ..”ދެން އައިމަން ކޮން އިރަކުން ތަ ލައި ކާރިއަށް އަންނާނީ”..ފުރަތަމއިނުން ވެސް ފޯނު ނެގުމާ އެކު ލައިހާ ޝަކުވާ ބޮޑި އޮށްސާލި އެވެ..”ލޯބީ..ދާނަމޭ ލޯބި ކައިރި އަށް ވަރަށް އަވަހަށް “.. އައިމަން އަދި ލައިހާ ދެން ފެށީ ބޮޑު ވާހަކަ އެވެ..ދެމީހުން ފޯނު ކުރުކޮށްލީ ލޫނާ ކާން ގެނައުމުން ނެވެ..

ލޫނާ ކާން ގެނައުމުން ކައިގެން ބޭސް ކެއުމުން ނިދާލާށޭ ބުނުމަށް ފަހު ލޫނާ ދިޔައެވެ.. ލައިހާ އަށް ހޭލެވުނީ ފޯނު އެލާމް ވާއަޑު އިވުމުން ނެވެ.. ފޯނު އެލާމް އޮފް ކޮށްލުމަށް ފަހު ފެންވަރައިގެން ރީތިވާ މޭޒު ދޮށުގައި މަޑުކޮށްލީ މޭކްއަޕް ކޮށްލާށެވެ..  އެންމެ ފަހުން ތުންފަތުގައި ގަދަ ރަތް ކުލައިގެ ލިޕުސްޓިކު ކޮޅެއްހޭކުމަށް ފަހު ގަޔަށް ސެންޓު ކޮޅެއް ބުރުވާލާފައި އަތް ދަބަސް ހިފައިގެން ކޮޓްރިން ނުކުތުމަށް ފަހު ފައިވަން ހަރު ގަޑުން ހީލްސް އެއް ނެގުމަށް ފަހު އެއަށް އެރިއެވެ.. އޭރު ލީޝާ އައިސް ވަންނަނީއެވެ.. ދެމީހުން އެކީ ގެއިން ނުކުމެގެން ހިނގައިގަތީ އައިސްކޯން ވިއްކާތަނަކުން އައިސްކޯން އެއްގަންނާށެވެ..

“ލޫނާ.. މާދަމާ ރޭ މާއިން އަންނާނެ މި ރަށަށް”.. ލޫނާ އައިސް ކޮޓްރިއަށް ވަނުމުން ހަމްޒާ ބުނެލި އެވެ.. “އަހަރެންނަށް ފެންނަނީ ލައިހާ ގާތު މިރޭ މާއިން ގެ ވާހަކަ ދައްކަން.. އެއީ ދެން އެންމެ ރަނގަޅު ގޮތަކީ”.. ލޫނާ އަނގައިން ނުބުނެ ހުރުމުން ހަމްޒާ އަނެއްކާވެސް ބުނެލި އެވެ..ހަމްޒާ މި ދައްކާ ވާހަކަ އަޑު ނީވޭ ކަމަށް ހެދުމަށް ފަހު ލޫނާ އެތަނުން ދިޔައީ އޭނަ އެވާހަކަ ތަށް އަޑު އަހަން ބޭނުން ނުވާތީ އެވެ.. ހަމްޒާ އެއީ މާ ބޮޑު ކަމަކަށް ނުހަދާ މިރޭ ލައިހާ ކައިރީ މިވާހަކަ ތަށް ދަށްކާނެ ގޮތަކާ މެދު ވިިސްނަން ފެށިއެވެ..

ލައިހާ އަދި ލީޝާ ހިނގަމުން ދަނިކޮށް އައިމަން ގެ ވީޑިއޯ ކޯލް އެއް އައެވެ.. “ހެއި.. އެއީ ކާކު ލައި ކައިރީ”… އައިމަން ލައިހާ ކައިރީ ހުރި ލީޝާ އަށް އިޝާރާތް ކޮށްލަމުން ބުނެލި އެވެ..” އެއީ ދޯ.. އެއީ ލައިގެ ބެސްޓްފްރެންޑް ލީޝާ.. ލީޝް މީ އައިމަން.. މައި ބޯއިފްރެންޑް “.. ލައިހާ ދެމީހުން ދެމީހުން ތައަރާފް ކޮށްދިނެވެ..” އޫ”.. އޫ”.. އައިމަން އަދި ލީޝާ އެއްފަހަރައި ބުނެލި އެވެ.. ދެން ފެށީ ދެމީހުން ހޭށެވެ.. ލައިހާ ގެއަށް އައި އިރު ހުރީ ބަންގި ގޮވަން ކައިރީ ވެފައި އެވެ.. ގެއަށް އައުމަށް ފަހު ލީނާ އަދި ޝައިރާ ކޮބައިތޯ ބަލއިލި އެވެ.. ދެމީހުންވެސް ފެންނަން ނެތުމުން ގޭގައި ނެތްކަން އެނގުމުން ލައިހާ ކޮޓަރި އަށް ވަދެ ދޮރު ތަޅުލީ ނަމާދަށް އަރަންށެވެ.. ނަމާދު ކުރުމަށް ފަހު ޤުރުއާން ކިޔަވަން އިށީނީ ނުކިޔަވާތާ ދުވަސް ތަކެއް ވުމުންނެވެ…

އިޝާ ނަމާދު ކުރުމަށް ފަހު ލައިހާ ބަދިގެއަށް ވަނީ ހަމްޒާ މެން އަންނަން ވާއިރަށް ކަށްކަންށެވެ.. އޭރު ލޫނާ ބަދިގޭގައި އުޅެއެވެ.. ލައިހާ ފެނުމުން ފޭކު ހިނިތުންވުމެއް ރައްދު ކުރުމަށް ފަހު ލޫނާ އޭނާގެ މަސައްކަތާގެން ކުރިއަށް ދިޔައެވެ.. ލައިހާ ގޮސް ލޫނާ އާއިއެކު ކަންކަން ފެށިއެވެ..

ހަމްޒާ މެން އައުމުން އެންމެން ކާން ފެށިއެވެ.. ކައިގެން ކޮޓަރި އާ ދިމާއަށް ދާން ހިނގައިގައިން ލައިހާ ގެ ފިޔަވަޅުތަށް ހުއްޓުނީ ހަމްޒާ ގޮވާލުމުންމެވެ.. “ލައިހާ.. އާދެބަލަ ބައްޕަ ވާހަކަ އެއް ދައްކާލަން ވެގެން”..ހަމްޒާ އިން ސޯފާއިން ތަންކޮޅެއް ދައްކާލަމުން ހަމްޒާ ބުނެލި އެވެ.. ލައިހާ އައިސް އިށީނުމުން ހަމްޒާ ވާހަކަ ދައްކަން ފެށި އެވެ..” ދަރިފުޅާ.. ބައްޕަ ދުވަސް ކޮޅެއް ވެއްޖެ ދަރިފުޅުގާތު މި ވާހަކަ ބުނަން އުޅޭތާ ވެސް.. އެކަމް ބުނަން އެންމެ ރަނގަޅު ވަގުތަކީ ކޮބައިކަން ނޭނގޭތީވެ އަދި ނުބުނެ މިހުރީ “.. ހަމްޒާ ވާހަކަ ފެށީ ދުރުދުރުންނެވެ..” ބައްޕާ ދެން ސީދާ މައުލޫއަށް ދާން ވީނުން “.. ލައިހާ ބޭނުން ވީ ސީދާ މައުލޫ އަށް ދާންށެވެ..” ބައްޕަ އަށް ފެންނަނީ ދަރިފުޅު ވެސް ދެން މީހަކާ އިންނަން.. ބައްޕަ އަށް ވަރަށް ކަމުދާ ކުއްޖަކު އެބަހުރި ލައިހާ އާ އިންނަން”..ހަމްޒާ ވާހަކަ ދައްކަމުން ދިޔައީ ލައިހާ މޫނަށް ރަނގަޅަށް ބަލަން އިނދެ އެވެ.. “އެއީ ބައްޕަ ގެ ވަރަށް ގާތް ރައްޓެއްސެއްގެ ހަމަ އެކަނި ހުރި ދަރިފުޅު.. މާއިން”.. ދެން ހަމްޒާ ބުނި އެއްޗަކުން ލައިހާ ބިންފަޅާ އަޑި އަށް ނުދިޔައީ ކިރިޔާ އެވެ..” ނޫން ބައްޕާ.. އަޅުގަނޑު ތި ކައިވެނި ކުރާކަށް ބޭނުމެއް ނޫން “.. ލައިހާ އެ ކައިވެނި ނުކޮށް ވޭތޯ ބެލިއެވެ..” ނޫން.. މީ ބައްޕަ ގެ އެންމެ ފަހުގެ ނިންމުން “.. ހަމްޒާ މިހެން ބުނެ އެތަނުން ތެދުވެގެން ދިޔައެވެ..

 

ނުނިމޭ…..

 

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!