ވާނަން އުމުރަށް( 2)
ޝައްފާން ކާރުގައި އަރްޔަން ގެއަށް ލާން ދާން ބުނުމުން އެއްވެސް ދެކޮޅު ހެދުމެއް ނެތި އެއްބަސްވީ އަރްޔަން އަށް އެތަނަށް އާދެވުނީ ހިނގާފައި ކަމަށް ވުމުން ނެވެ. ކާރަ އަރަން ދޮރު ހުޅުވާލާފައި އަރްޔަން ފަހަތް ބަލާލި އަންހެން ކުއްޖެއްގެ ހަޅޭކުގެ އަޑު ކަންފަތުގައި ޖެހުމުން ނެވެ.
________________________
އަރްޔަން ފަހަތް ބަލާލި ނަމަވެސް ޝައްފާން ހީކުރި ގޮތަށް އެއީ މާ ބޮޑު ކަމަކަށް ނުހަދާ ކާރަ އަރާ އަރްޔަން ހަމަޖެހިލިއެވެ. “ފަހަތް ބަލާލީމަ މަ ހީކުރި ދާނެ ކަމަށް ހީރޯ އަކަށް ވެގެން ހެލްޕް ވާން…”ޝައްފާން ކާރު ދުއްވާލަމުން އަރްޔަން ރުޅިއަރުވާލުމުގެ ބޭނުމުގައި ބުނެލި އެވެ. ކަން ވީ ވެސް އެހެން ނެވެ.” ޗީޑި..ކީކޭ ދެން ބުނާނީ.. މިހާރު މިއުޅެނީ ވާ އަންހެނުން….. ދެން ކުޑަ ހިންޏެއް ފެނުނަސް ފިރިހެނުން ކައިރީގައި އުޅެންޏާ ހީވަނީ އަލިފާން ޖަހާ ފާނޭ….. އެކަމު މީހަކު ފެންނަ ހިސާބުގަ ނެތިއްޔާ އަތުން މޮޑެވެސް ލާނެ..އެއީ އެމީހުންގެ ވައްތަރު… ތުއި ވިޔަސް ދެން ބޮޑުވަރު ” އަރްޔަން ދެފަރާތަށް ބޯ ހޫރާލަމުން ކުދި ކިޔައި ގަތެވެ. ތެދެކެވެ. ތުއި އަންހެން ކުދިން ދެކެ އަރްޔަން ވަރަށް ފޫހި ވެއެވެ.
_______________________
” އާން.. ހާޝިމަށް ވެސް އޭނާ ވަރުގެ ރަނގަޅު މީހަކު ނެތް….. ކީއްވެގެންތަ ކާއިލް މާލެއަށް ކިޔަވަން ނުފޮނުވާން ތިއުޅެނި…އައިލީން މާލެ އަށް ފޮނުވާ ވަރެއް ނޫނޭ.. ކާއިލް މާރަނގަޅަށް ކިޔަވާނެ…އެހެން ނޫނަސް އަންހެނުން މާގަދަޔަށް ކިޔެވިޔަސް ވާ ފައިދާ އެއް އޮވޭތަ؟ ހަމަ މީހަކާ އިނދެގެން ގޭގަ ހަރުވާނީ…..އަދި ކިއެއްތަ ނުވިތާކަށް އޭނާ އަހަރެމެން ކުރާ ކަމެއްގަ ވެސް ބައިވެރި ނުވޭ… ހަމަ ފައްކާ ފިނޑިއެއް އެއީ..” ގޮނޑުދޮށުގައި އުޅުމަށް ފަހު އިރުއޮއްސި އަނދިރިކަން ފަޒާގެ ތެރޭގައި ރަސްކަން ކުރަން ފެށުމުން ގެއަށް ވަންނަން އައި އައިލީން ކަންފަތުގައި މަންމަ ގެ ރަޙުމެއް ނެތް ބަސްތައް ޖެހުމުން އައިލީން ގެ ހިތަށް ކިތަންމެ އަސަރު ކުރިޔަސް އެކަން ނުހަނު އަވަހަށް ފޮރުވާލި އެވެ. އަދި އަވަސް ފިޔަވަޅު ތަކެއްގައި ގޭ ތެރެއަށް ވަދެގެން ދިޔައެވެ. “ފިނޑިކަމުން……މާ މާތް މީހަކަށް ވާން އުޅޭ މީހެއް އެއީ… މަ އޭނަ މާލެ ފޮނުވާލަން މިއުޅެނީ ކޮންމެހެން ކިޔަވާ ދޭކަށް ނޫނޭ… އެގޭ ޝިހާމް ލައްވާ ކުޅެލަން….އޭރަށް ފައިސާ ލިބޭނެ ބައިވަރު…..އެހެން ނޫނަސް ކާއިލް ފޮނުވީމަ މި ކޮޅުގެ ގިނަ ކަންތައްތަކެއް ބޮއްސުން ލައިގެން ހިނގާ ދާނެ.. ” ގެއަށް ވަދެގެން ދިޔަ އައިލީން ފެނުމުން އައިލީން އަށް އަޑު ނީވޭނެހެން ހާޝިމް ފަރީޝާ ގެ ކަންފަތް ދޮށުގައި ބުނެލި އެވެ. ބޭނުމަކަށް ވީ އައިލީން މާލެ ދިޔުމަށް އެއްބަސް ކުރުވުމެވެ.
______________________
“ދަރިފުޅު.. މިއަދު މެންދުރު ބޭރަށް ދިޔާމަ މަންމަ ވެސް ބައްޕަ ވެސް ވަރަށް ބޮޑަށް ހާސްވެފަ މިތިބީ! ” ގޭ ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެގެން އައި އަރްޔަން ފެނުމުން އައިދާން ބުނެލި އެވެ. އަރްޔަން އެއްވެސް އަސަރެއް ނެތް ހިނިތުންވުމެއް ހަދިޔާ ކޮއްލި އެވެ.” ދަރިފުޅު ތި އުޅުން ދޫކޮށްލަން މަސައްކަތް ކުރަން ވީ ނުން ” އަރްޔަން އެ އުޅެމުން ދާ އުޅުމަކީ އެއްވެސް މަޔަކަށް ނުވަތަ ބަފަޔަކަށް ވެސް ރުހެވޭނެ ވަރުގެ އުޅުމަކަށް ނުވުމުން އާޒިމާ ހިތަށް ކެތްނުވަނީ އެވެ. އަރްޔަން ހަމަ އެކަނި ބޯ ޖަހާލާފައި އެތެރެއަށް ވަންނަން ހުރި ސިޑި އާއި ދިމާއަށެވެ.
____________________________
“އައިލީން އަހަރެމެން މިކުރާ ކަންތައްތަކުގައި ބައިވެރި ވާން ބޭނުން ނުވާ ކަމަށް ވާނަމަ މާލެ ކިޔަވަން ދާން ވީނުން… ……….
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.

Vv reethi waiting for next part ❤️✨