އޮއްސެމުން ދިޔަ އިރަށް ބަލަހައްޓައިގެން ހުރި ޒުވާނާ ސުނާމީ ބިނާ ކައިރީގައި ގިޓާ ކޭސް ބާއްވާ ލުމަށް ފަހު ގިޓާ އަތަށް ހެޔޮވަރު ކޮއްލަމުން ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލި އެވެ. ހީވާގޮތުން އޭނާ މަސައްކަތް ކުރަމުން ދިޔައީ ހިތުގައި ވާ އުދާސްތަށް ލަވައެއް ގެ ގޮތުގައި ބޭރުކޮށްލުމަށެވެ. “ނުވާނަމޭ ބަދަލެއް ހުވާ ޔާރާ……ވާނަމޭ އުމުރަށް އެކީ ޖާނާ…..ނޭދެމޭ ދުރުވާކަޝެށް ލޯބިވާ…… ނުވާނަމޭ.. ބަދަލެއް ހުވާ ޔާރާ…..އަދު ވަޔާދެވި…ދުރަށް އޮޔާ ދެވި…ބެހިގެން ރަށަކަށް ނަފްސު އޮޔާ ދެވި….އަދު ކަލާނެތި….ހަނދު މަށަށް ފެނި..ހަނދުމަވީމަ ކަލާ ހަނދު ކަފާ ނެގިން…މޮޅެތި ބަސްތަކުން…މީރު ވަސްތަކުން އުޅެ މި ދިރިއުޅުމުގަ ތިހަދާން ވަނި……ލޯބި އަސްލަކު ނުވެކަން ގަސްތަކުން…..ހުރެ ދުރުގަ އުފަލުގަ ތިމަލާ ވަނި…… ހުންނަ ނެތިން ފަހު ތިމަންޒަރު ބަލާކަށް…..ހުންނަ ނެތިން އިންތިޒާރެއް ކުރާކަށް…. ގާތުގަ ހުރެފަ ތިދެ އަނިޔާން ފަނާވާން……ފަހަތުގަ ނެތިން އިތުރު ސަފްހާ ގުނާކަށް….އުޅެން ބޭ…”
” އައްޓެ ޕްލީޒް..ތިހެން ކަންތައް ކުރީމަ މޮމް އެން ޑޭޑް ކިހާ ދެރަ ވާނެ ؟ ޕްލީޒް….ޔޫ އާ 18 އިޔާސް…ޑޭޑް ވެސް މޮމް ވެސް އެކަހަލަ ނިންމުމެއް ނިންމާނީ ވަރަށް ވިސްނާފަ ދޯ! ” ފޯރީގައި ލަވަ ކިޔަމުން ދިޔަ އަރްޔަން ގިޓާ ތިރީގައި ބެހެއްޓީ ކައިރީގައި ހުރެފައި ހަޅޭއް ލަވަން ފެށި ޝައްފާން އައުމުން ނެވެ. ޝައްފާނަށް ޖަވާބު ދިނުމުގެ ބަދަލުގައި އަރްޔަން ހިޔާރުކުރީ ހަމަ ހިމޭން ކަމެވެ. “ބްރޯ…….އަބަދު ތިހެން ނޫޅެ އޭނަ މަތިން ހަނދާން ނައްތާލާ..” ޝައްފާން ހިތަށް އެންމެ ގާތް އެކުވެރިޔާ އެ ހާލުގައި އުޅޭތަން ބަލަން ކެތް ނުވެގެން ބުނެލި އެވެ. “ޝާއްޓެ މާ ބޮޑަށް ތި ވިސްނަނީ…..ހީވޭތަ ލަމް މަށާ ރުޅިވީމަ މަ ދުނިޔޭން މޮޔަ ވެދާނެ އޭ!.. މޮމް އެން ޑޭޑް ވެސް މާ ވަރަކަށް މަށާ ދޭތެރޭ އެ ވިސްނަނީ.” ގިޓާ ކޭސް ގެ އެތެރެއަށް ގިޓާ ލަމުން އަރްޔަން ޝައްފާން އަށް ހިނިތުންވުމެއް ހަދިޔާ ކޮއްލި އެވެ. “ކަން…ވީ ގޮތުން…އައްޓެ އާ ދޭތެރޭ ވިސްނާނެ ދޯ….” ޝައްފާން ކިތަންމެ ހިތްވަރު ކުރި ނަމަވެސް އަރްޔަން ދެލޮލުން ފާއްދާލި ކަރުނަ ތިކި ވެގެން ދިޔައީ ޝައްފާން ގެ ހިތް ރޮއްވާލި މަންޒަރަކަށެވެ. ބުނާތީ އަހަމެވެ. ރޯނީ ފިނޑި ފިރިހެނުން ނެވެ ނަމަވެސް ފިރިހެނުންނަކީ ވެސް އިޙްސާސް ތަކެއް ހުންނަ ބައެކެވެ. ކޮންމެ މީހަކަށް ވެސް ކެއްކުރެވޭނީ ވަކި މިންވަރަކަށެވެ.
___________________
“ކިތަށް ފަހަރު ބުނާނީ މި ގޭ ފޮހާލަ ދޭށޭ………ކަންނެތީ ހަމަ ވަކިވަރަކަށް ނޫނޭ…….މާ ފިލާވަޅު ދަސްކުރާ މީހަކަށް ވެގެން ފޮތް ހިފައިގެން އެބަ އިނޭ އަދި…..ބަލަ މަ މި ވާހަކަ ދައްކަނީ ފާރާތަ؟…” އަބަދެކޭ ވެސް އެއްގޮތަށް މަންމަ ގެ ހަރުކަށި ބަސްތައް ވެގެން ދިޔައީ އައިލީން އަށް އިތުރު ވޭނަކަށެވެ. ނަމަވެސް އިހުސާސްތައް ފޮރުވުމަށްޓަކައި އައިލީން ދައްކަމުން ދިޔަ ހަރުކަށި ކަމަކީ ގިނަ ކުދިން އައިލީން އާއި ގުޅިގެން އުޅެން ޖެހިލުން ވާ ސަބެބެވެ. ރަށަކީ ފުދޭވަރަކަށް މީހުން ގިނަ ރަށެއް ނަމަވެސް އައިލީން އާއި އޭނާގެ އާއިލާ ނުދައްނަ މީހަކު މުޅި އެރަށުގައި ވެސް ނޫޅޭނެ އެވެ. ސަބަބެއް ނެތި އެއް ނޫނެވެ. ”ވައިޓް ރޯޒް “ ގެ އަކީ މުޅި ރަށުގައި ބޮޑު ވިޔަފާރި ހިންގާ ގެއެވެ. ރަށުގައި މި ޝައިޠާން ވިޔަފާރި ކުރާ ފަރާތްތަކަށް މިގެ ކިތަންމެ ހާއްސަވީ ނަމަވެސް ރަށުގެ ގިނަ ބަޔަކު އެކަމާ ދެކޮޅަށް އެޗިހި ގޮވާ ހަދަ އެވެ. ނަމަވެސް އެއިން އެއްވެސް ބަހެއް އެއީ މާ ބޮޑު ކަމެއް ކަމުގައި ނުވެއެވެ. ޙަޤީގަތުގައި މި ވިޔަފާރީގައި ބައިވެރި ނުވި ނަމަވެސް އައިލީން ވަނީ ރަށަށް ގިނަ ވެފައެވެ. ކަބުރު ގެޔަށް ވަނިއްޔާ އަޅި ބުރާނެއޭ ބުނާ އުސޫލުން ނެވެ.
________________________
ޝައްފާން ކާރުގައި އަރްޔަން ގެއަށް ލާން ދާން ބުނުމުން އެއްވެސް ދެކޮޅު ހެދުމެއް ނެތި އެއްބަސްވީ އަރްޔަން އަށް އެތަނަށް އާދެވުނީ ހިނގާފައި ކަމަށް ވުމުން ނެވެ. ކާރަ އަރަން ދޮރު ހުޅުވާލާފައި އަރްޔަން ފަހަތް ބަލާލި އަންހެން ކުއްޖެއްގެ ހަޅޭކުގެ އަޑު ކަންފަތުގައި ޖެހުމުން ނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.

nice stry..when next part..curiosly waiting for next?❤