Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ދިމާވި އާދަޔާ ޚިލާފް ޒުވާނާ(ސާޅީސް ހަވަނަ ބައި)

lamhus Level 910 Stories100 Login500 Login100 Stories100 Comments
September 16, 2021 3 Mins Read
0 Comments

“ނައީ ދަރިފުޅާ އާދެބަލަ” ހެނދުނު އަށެއް ޖެހިއިރު ކޮޓަރީގެ އެނދުމަތި ރީތިކުރަން ހުރި ނައިޝާއަށް އޭނާގެ ބައްޕަ ގޮވާލި އެވެ.

ނައިޝާ އޭނަގެ ބައްޕަ ކައިރިއަށް ސިޓިންރޫމަަށް ނިކުތްއިރު ނައިޝާގެ މަންމަވެސް އޭނާގެ ބައްޕަ ކައިރީގައި އިނެވެ.

“ބައްޕަ އިއްޔެ ބުނީމެއްނު ފޮޓޯތަކެއް ފޮނުވާނޭ ތަންތަނުގެ….މިހުރީ ފޮޓޯތަކެއް…މިތަނުން ދަރިފުޅު ބަލާފަ ހިތްހަމަ ޖެހޭތަނެއް ބައްޕަ ގާތު ބުނޭ” ނައިޝާގެ އަތަށް އޭނާގެ ބައްޕަ ފޯނު ދިއްކޮށްލަމުން ބުނެލިއެވެ.

ފޯނުގައި ހިފުމަށް ފަހު ފަހަރަކު ފޮޓޯއެއް ނައިޝާ ބަލަމުންދިޔައެވެ.ކޮންމެ ފޮޓޯގަނޑެއް  ގައިވެސް ވަނީ ތަނުގެ އެތެރެއާއި ބޭރުގެ ފޮޓޯ އެވެ. “މިތަން ވަރަށް ރީތި…މިތަން މިއިނީ ވެސް ބީޗް ކައިރީގަ މޫދުވެސް ފެނޭ” ނައިޝާ އޭނާގެ ބައްޕައަށް ބުނެލިއެވެ.

“ރީތިދޯ ބައްޕައަށްވެސް ކަމުދަނީ ތިތަން…ވަރަށް ތަނަވަސް ވެސް ތަނެކޯ ތީ…ބަލާލީމަވެސް އެބަފެނެއެއްނު… އެކަމަކު ތީ ދެކޮޓަރީގެ އެޕާޓްމަންޓެއް” ނައިޝާގެ ބައްޕަ ބުނެލިއެވެ.

“ރަނގަޅުވާނެ ނައި ބަލާފަ ނައިއަށް ކަމުދާ ކޮޓަރިއެއް ނަގާފަ ދެން އިން ކޮޓަރި އަންހެން ކުއްޖަކަށް ކުއްޔަށް ދެވޭނެނު” ނައިޝާ އޭނާގެ ބައްޕައަށް ބުނެލިއެވެ. “އޯކޭ ދަރިފުޅު ބޭނުން ގޮތެއް… އެކަމަކު ބައްޕަ ރުފިޔާ ދައްކާނީ” ނައިޝާގެ ބައްޕަ ބުނެލިއެވެ.

“ނޯ ނޯ….އެއްވެސް ދެކޮޅު ހެދުމެއް ނޯންނާނެ…މީ ބައްޕަމެން ވަރަށް ކުރާހިތުން ކުރާ ކަމެއް…ނައި އުފަލުގަ ހުރީމަ މަންމައާ ބައްޕައަށް ފުދުނީ” ނައިޝާ ދެކޮޅުހަދަން އުޅެން ފެށުމުން އޭނާގެ ބައްޕަ ބުނެލިއެވެ.

“އެތަން މާދަން ދަރިފުޅު ދިޔަސް ލިބޭނެ… ކިހިނެއް ހަދަންވީ މާދަން ފުރަންވީތަ؟” ނައިޝާއަށް އޭނާގެ ބައްޕަ ބުންޏެވެ. “މާދަން ނޫން އަނެއް ދުވަހަށް ހަދަންވީނު…ނައި ބޭނުން އަދި އެއްރޭ މިތާ ހުރެލަން” ނައިޝާ އޭނާގެ ބައްޕައަށް ބުނެލިއެވެ.

“އޯކޭ ދަރިފުޅު ބޭނުން ގޮތެއް…ބައްޕަ މިދަނީ ފިހާރަ ދޮށަށް” ސޯފާއިން ތެދުވަމުން ނައިޝާގެ ބައްޕަ ބުނެލިއެވެ.

*************

ހެނދުނު ފުލައިޓުން މާލެއަށް ފުރަން ނައިޝާ އާއި އޭނާގެ ބައްޕަ އެއާޕޯޓަށް ދާން ގެއިން ނިކުމެ ކާރަށް އަރަން އުޅުނެވެ. “ދެވުނީމަ މަންމައަށް ޚަބަރުވައްޗޭ” ކާރު ކައިރިއަށް ހުއްޓި ލަމުން ނަައިޝާގެ މަންމަ ބުނެލިއެވެ.

ނައިޝާގެ ބައްޕަގެ ޑުރައިވަރު އެއާޕޯޓަށް ނައިޝާ އާއި އޭނާގެ ބައްޕަ ލުމަށްފަހު ކާރުގައި ގެއާ ދިމާއަށް ދާން ދުއްވާލިއެވެ.

**********

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނިކުތްއިރު ޑުރައިވަރ ކަމާލް ނައިޝާމެން ބަލާ ކާރުގައި އައެވެ. ކާރަށް ނައިޝާމެން އެރުމުން ކަމާލް ހުޅުމާލެއާ ދިމާއަށް ދުއްވާލިއެވެ. “ނައިޝާގެ އެއްޗެހިތައް އެގެއަށް ލައިފިންދޯ ކަމާލް!” ނައިޝާގެ ބައްޕަ ޑުރައިވަރ ކަމާލް އަށް ބުނެލި އެވެ.

“ލައްބަ….އިއްޔެ ލައިފިން…ނައިޝާ މެޑަމްގެ މާލެ އެޕާޓްމެންޓް ހުސްކޮށް ސާފުކޮށްލުމަށްފަހު ސޭލަށް އައިބޭގަވެސް ޖަހާފިން” ކަމާލް ނައިޝާގެ ބައްޕައަށް ބުނެލިއެވެ.

“މިއޮތީ ނައިޝާ މެޑަމްގެ ހުޅުމާލޭ އެޕާޓްމެންޓްގެ ކާޑު” ކާޑު ދިއްކޮށްލަމުން ކަމާލް ނައިޝާއަށް ބުނެލިއެވެ. ނައިޝާ ޝުކުރު އަދާކުރުމަށް ފަހު ކާޑުގައި ހިފިއެވެ.

ނައިޝާއަށް އޭނާގެ ބައްޕަ ގަތް އެޕާޓްމެންޓް ގެ ވެރިޔާއަށް ނައިޝާގެ ބައްޕަ ގުޅާލިއެވެ. “މިހާރު މި ކައިރި ކުރަނީ”  އެކޮޅުން ފޯނު ނެގުމުން ނައިޝާގެ ބައްޕަ ބުނެލިއެވެ.

****************

އެގެއަށް ދެވުނުއިރު ނައިޝާ ބައްޕަގެ އުމުރުފުރައިގެ ފިރިހެނަކު ގޭ ދޮރުމަތީގައި ހުއްޓެވެ.ނައިޝާގެ ބައްޕަ ފެނުމުން އެމީހާ ސަލާމްކޮށް ވާހަކަ ދައްކާލަން ހުއްޓެވެ. “ދަރިފުޅާ މީ ބައްޕަގެ ރައްޓެއްސެއްގެ ރަހުމަތްތެރިއެއް….މީ އުމަރުބެ މިގޭގެ ވެރިމީހާ” ނައިޝާއަށް އޭނާގެ ބައްޕަ ގޭގެ ވެރިމީހާ ތައާރަފް ކޮށްދިނެވެ.

“ހިނގާ އެތެރެބަލާލާ އެގުރިމެންޓުގަ ސޮއިކޮށް ހަދާލަން” އުމަރުބެ ނައިޝާގެ ބައްޕައަށް ބުނެލިއެވެ. ނައިޝާއާއި އޭނާގެ ބައްޕައާއި އުމަރުބޭގެ އިތުރުން ޑުރައިވަރ ކަމާލް ވެސް ނައިޝާގެ ފޮށި ހިފައިގެން ލިފްޓަށް އެރިއެވެ.

ކާޑުން އެޕާޓްމެންޓްގެ ދޮރު ހުޅުވާލުމަށްފަހު އަށްބުރީގެ އިމާރާތުގެ ފުރަތަމަ ފަންގިފިލާއަށް ނައިޝާމެން ވަނެވެ. “ވަރަށް ބޮޑު…ވަރަށް ރީތި މިތަން” އެތަނަށް ވަތް ނައިޝާ ހިތްހަމަ ޖެހި ހުރެ ބުނެލި އެވެ.

ނައިޝާއަށް އެތަން ކަމުދިޔުމުން އޭނާގެ ބައްޕަވެސް ވަރަށް ހިތްހަމަ ޖެހުނެވެ. “މަރުހަބާ މީ މިހާރު ނައިޝާގެ އަމިއްލަ އެޕާޓެއް” އުމަރުބޭ ނައިޝާއަށް ބުންޏެވެ.

“ނައިޝާގެ ބައްޕަ މިތަން އެއްފަހަރާ އަގު ދީފަ ގަނެފަ މިހުރީ” އުމަރުބޭ އެހެންބުނުމުން ނައިޝާ އޭނާގެ ބައްޕައަށް ބަލައިލި އެވެ. “ކީއްކުރަން ބައްޕާ…ނައި ބުނީމެއްނު ނައި ކުލި ދައްކާނަމޭ…ބޮޑު އަގުދީފަ ބައްޕަ އެއްކޮށް ތިގަތީ” ނައިޝާ އޭނާގެ ބައްޕައަށް ބުނެލިއެވެ.

“ބޭބެ މި އިމާރާތުގެ ހަތަރުބުރި އެއްކޮށް މިގޮތަށް ދީފަ ބާކީ އިން ހަތަރު ބުރިން މަހު ކުލި ނަގަނީ…ބޭބެގެ އާއިލާ ރާއްޖެ އިން ބޭރަށް ދިރިއުޅުން ބަދަލަކުރަންވެގެން…މީ ބޭބޭމެން އުޅުނު ފަންގިފިލާ” އުމަރުބެ ނައިޝާއަށް ބުނެލިއެވެ.

“ރަނގަޅެއްނު…އޭރަށް ނުޖެހޭނެ އެއްނު ކޮންމެ މަހަކު ދެން ކުލީގެ ގޮތުގަ ރުފިޔާ ދޭކަށް” ނައިޝާ އަށް އޭނާގެ ބައްޕަ ބުންޏެވެ.

*************

ސޮއިކުރަންޖެހޭ ތަންތަނުގައި ނައިޝާ ސޮއި ކުރުމުން އުމަރުބެއާ ކަމާލް ދިޔައެވެ.ނައިޝާ އޭނާއަށް ކަމުދިޔަ ކޮޓަރިއަށް ފޮށި ހިފައިގެން ވަނުމުން އޭނާގެ ބައްޕަ ޖެހިގެން ހުރި ކޮޓަރިއަށް ވަނެވެ.

***********

ފޮށި ހުސްކުރުމަށް ފަހު ނައިޝާ އޭނާގެ ބައްޕަގެ ކޮޓަރީގައި ޓަކި ޖެހިއެވެ. “ބައްޕަ ކޯއްޗެއް މެންދުރަށް ކާން ބޭނުންވަނީ؟” ނައިޝާގެ ބައްޕަ ދޮރުހުޅުވުމުން ނައިޝާ އަހާލިއެވެ. “ރަނގަޅުވާނެ ކޮންމެ އެއްޗަކަށްވިއަސް…ކޮންތާކަށް ތިދަނީ؟” ނައިޝާގެ ބައްޕަ އަހާލިއެވެ.

“ފިހާރައަށް” ނައިޝާ ޖަވާބުގައި ބުނެލިއެވެ. “ދަރިފުޅަށް އިނގޭތަ ހުޅުމާލޭގަ ހިނގަން” ނައިޝާ ފިހާރައަށް ދާން އުޅެން ފެށުމުން އޭނާގެ ބައްޕަ އަހާލިއެވެ. “ނޫން އެކަމަކު އަދި ދަސްވާނެ އެއްނު…ނައި ދެކުނިން މިގޭ ކައިރީގައި ފިހާރައެއް ހުއްޓާ އެތަނަށް މިދަނީ” ނައިޝާ އެހެންބުނުމުން ނައިޝާގެ ބައްޕަވެސް އޭނާއާ އެކު ދާން ސިޑިން ފޭބިއެވެ.

އެގޭ ތިރީގައި ހުރި ކާރު ޕާކުކުރާ ގުދަނުގެ އެތެރެއަށް ނައިޝާގެ ބައްޕަ ނައިޝާ ގޮވައިގެން ވަނެވެ. “ކީއްކުރަން މިތަނަށް ތިއައީ؟” ނައިޝާ އޭނާގެ ބައްޕައަށް އަހާލިއެވެ. “ދަރިފުޅަށް ބައްޕަ ސަޕްރައިޒެއް ދޭންވެގެން” އެހެންބުނެ ކާރެއްގެ މަތީގައި އަޅާފައިވާ ފޮތިގަނޑު ނައިޝާގެ ބައްޕަ ނެގިއެވެ.

“މީދަރިފުޅަށް ބައްޕަ ދިން ހަދިޔާއެއް” ފިޔާތޮށި ކުލައިގެ ކާރު ދައްކާލަމުން ނައިޝާއަށް އޭނާގެ ބައްޕަ ބުނެލިއެވެ.އެވަގުތު ހައިރާންވެ ހުރެ ނައިޝާގެ އަނގަމަތީގައި އަތް އަޅާލެވުނެވެ.

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

އެއްވެސް އިންސާނަކީ ފުރިހަމަ އިންސާނެއް ނޫނެ…

Next

ތި ސޫރަ ނޫން 22

Next
September 16, 2021

ތި ސޫރަ ނޫން 22

Previews
September 16, 2021

އެއްވެސް އިންސާނަކީ ފުރިހަމަ އިންސާނެއް ނޫނެ…



All Right Reserved!