‘ކާކު.. ތިތާ ހުރީ..’ ތުރުތުރެއް އެކުލެވިފައި ވާ އަޑަކުން މަލްކާ ބުނެލިއެވެ.
ކުއްލިއަކަށް އައި ނައި ތަނެއް ނޭނގި ވައިބާރުވާން ފަށައިއެވެ. ވަޔޭ ބުންޏަސް ހީވަނީ ބޮޑު ތޫފާނެއް އައިސްގެން އުޅޭ ހެންނެވެ. ދެންމެ ދެންމޭން އެތާތިބި ރުއްތައްވެސް މުލުން ލުހިގެން ހިނގައިދާނެހެން ހީވާ ފަހަރުވެސް އާދެއެވެ.

ގޭ އަސްކަނީގައި ހުރި ތަބެއްބައި ބައްދާލައިގެން ކަހަލަ ގޮތަކަށް ހުރި މަލްކާ ހީވަނީ ކަރުދާސްކޮޅެއްހެން ވަޔާއެކު އުދުހިދާނެ ހެންނެވެ.

‘މަންމާ..’ ބިރުގެންފައި ހުރި ވަރުން މަލްކާއަށް ހަޅޭލަވައިގަނެވުނެވެ. އޭރު އޭނާގެ މޭގަނޑު ނެގިނެގިފައި ޖެހެމުން ދިޔަގޮތުން ހީވަނީ އެތެރޭގައި އޮތް ހިތްވެސް ދެންމެދެންމޭން ނުކުމެދާނެހެންނެވެ.ތޫފާނީ ވައި ޖެހެމުން ދިޔައިރުވެސް އޭނާގެ ހަށިގަނޑު ވަނީ ދަލުން ފޯވެފަ އެވެ.

ކުއްލިއަކަށް ވައިމަޑު ވާންފެށިއެވެ. އެއާއެކު ފަޒާތެރެ ބައްދާލީ ވާރޭގެ ތިކިތަކުންނެވެ. ދެފައި ބިމުގައި ބީހުމާއެކު މަލްކާއަށް ދުވެފައި ކަހަލަ ގޮތަކަށް ގޮސް ގެއަށް ވަދެވުނެވެ.
ހިތުބިރުގެންފައި ހުރުމުން ކުރުވެފައި ވާ ނޭވާ ހަމައަކަށް އެޅެންދެން ހުރެފައި އެތެރެއަށް ދާން މަލްކާ ހިނގައިގަތެވެ.

‘ދަރިފުޅާ ބޭރުންތަ ތިއައީ ކޮންއިރެއް ވާރޭ ވެހޭތާ.. ދަރިފުޅު ނުވެސް ތެމޭ؟.’ ބަދިގެއިން ބޯކޮޅު ދިއްކޮށްލަމުން ޒުލްފާ ބުނި އެއްޗަކުން މަލްކާއަށް ‘އޭނ’ އޭ ބުނެވުނީ އިހްތިޔާރުން ބޭރުގައެވެ. ވާނީވެސް އެހެންތާ އެވެ. އޭނާ ނިކުތްފަހުން ބައިގަޑިއިރު ވާން ކައިރިވެފަ ހުރިއިރު ވާރޭ ވެހެން އެފެށުނީ ދެވަރަކަށް މިނިޓް ކުރިން ކަން މަލްކާއަށް ޔަގީނެވެ. ދެން ޒުލްފާ މިދައްކަނީ ކޮންއިރަކު ވެހުނު ވާރެއެއްގެ ވާހަކަ ހެއްޔެވެ. ނޫނީ މިހާއިރު ވަންދެން މަލްކާ އުޅުނީ ހުވަފެނެއްގެ ތެރޭގައި ހެއްޔެވެ.

‘މަންމާ.. ޖޯކެއްތަ..!’ ބޯހޫރާލާފައި މަލްކާ ހިނިތުންވެލީ ފާޑަކަށެވެ.

‘ނޫން.. ދަރިފުޅެއްނު ޖޯކު ތިޖަހަނީ ދެންމެ ގެއަށް ތިވަނީ.. އެގޭނެއްނު މިހާއިރު ވާރޭވެހުނު ކަން..’ ޒުލްފާ ނިތްއަރުވާލިއެވެ. އަނެއްކާވެސް މަލްކާއަށް ‘އޭނ’ އޭ ބުނެވުނެވެ.

‘ކިހިނެތް ވީ.. ގަބުކައިފަތަ..’ މަލްކާގެ މޫނު މައްޗަށް އަތް ހޫރާލަމުން ޒުލްފާ ބުނެލިއެވެ.

‘އާނ އޭނ ނޫން ކަމެއް ނުވޭ.. މިދަނީ ނިދިއައިސް ހުރީމަ އެއްޗެހި.. ވާނުވާ ނޭނގިގެން މިއުޅެނީ..’ އަނގަޔަށް އައިހާ ބަހެއް ބޭރުކޮށްލަމުން މަލްކާ ހިނގައިގަތެވެ.

‘އަމް.. ނިދަން ތިދަނީ ކޮންތާކަށް..’ ބަދިގެއާ ދިމާއަށް ދިޔަ މަލްކާއަށް ބަލަންހުރެފައި ޒުލްފާ ބުނެލިއެވެ.

‘އޯހް..’ ބޯލުގެ ފުށް ކިބައިގައި ތަޅަމުން މަލްކާ އޭނާގެ މިސްރާބު ކޮޓަރިއާ ދިމާއަށް ބަދަލު ކޮށްލިއެވެ. މިރޭ މިވީ ހުރިހާ ކަމަކީ އޭނާގެ ހީއެއް ކަމަށް ގަބޫލުކުރަން މަލްކާއަށް ޖެހުނެވެ. ހަމައެކަނި ވާރޭގެ ކަންތަކާ ހެދިއެއް ނޫނެވެ. އޭގެ ފަހުން ނިދަންށޭ ކިޔާ ބަދިގެއަށް ދެވުމުންވެސް މެއެވެ.

‘މަލްކާ އަށް ކަމެއް ވީބާ..’ ކޮޓަރީގެ ދޮރުމަތީގައި ހުރި ޒުލްފާއަށް ހިތުން ކިޔާ ލެވުނެވެ. މިރޭ މަލްކާ އުޅޭގޮތުން ބުނާނެ އެއްޗެއްވެސް ނޭނގިފައި ހުރެ ޒުލްފާ ކޮޓަރިއަށް ވަނީ މަލްކާ އޭނާގެ ކޮޓަރިއަށް ވަދެ ދޮރު ޖެހުމުންނެވެ. މާދަން އަހަން ހިތުލައިގެން އޮތްއިރުވެސް އިރުއިރުކޮޅާ ބޯހިއްލާ ދޮރާ ދިމާއަށް ބަލާލެވެނީ މަލްކާ އައިސްދާނެއޭ ހީވާތީއެވެ.

******

‘ޕޮއް.. މޯރނިންގްސް..’ ފަތިސް ނަމާދުން ފައިބައިގެން އާދައިގެ މަތިން އަތިރިމަތީގައި އިށީނދެގެން އިން މަލްކާ ސިއްސައިގެން ދިޔައީ ޒައިކް އައިސް ބާރަކަށް އެހެން ބުނެލުމުން ނެވެ.

‘ހޫނ ޒައިކް ގަނޑާ.. އަހަރެންގެ މޭގަނޑު އަތަށް ނައީ ކިރިޔާއޭ.. ތިހެން ސިއްސުވަން ހެޔޮނުވާނެ..’ މަލްކާ ތުންކޮޅު އޫ ކޮށްލިއެވެ.

‘އެހެންތަ.. ވަރަށް ވަރަށް އުފާވެއްޖެ ސިއްސުވާލެވުނީމަ.. ހައްހައް.. ދެންފަހަރަކު މެޔާއެކު ގޮހޮރުވެސް ނުކުންވާލާނަން..’ ބިންމަތީގައި ޖައްސާލަމުން ޒައިކް ހިނިތުންވެލިއެވެ.

‘ނުކުންވަ ބަލަ ކެރެންޏާ..’ މަލްކާ ހެމުން ބުނެލިއެވެ.

‘ތިބުނީ ނުކެރޭނޭތަ.. ކެރޭކަން ދައްކާނަމޭ އެނގޭ..’ އެއްބުމަ މައްޗަށް އަރުވާލަމުން ޒައިކް ރައްދުގައި ބުނެލިއެވެ.

‘އާނ ނުކެރޭނެ.. ދައްކަބަލާ..’ ޒައިކް ވާހަކަ ދެއްކި ރާގަށް މަލްކާވެސް ދަމާލާފައި ބުނެލިއެވެ.

‘ވަރަށް ކޮންފިޑެންސާއެކު ދޯ ތިބުނީ.. ދައްކާނަމޭ އަދި.. ބުނެފަ ނުސިއްސުވޭނެއްނު..’ ދެމީހުންވެސް ތިބީ ގޮތުގައި ހިފައިގެންނެވެ.

‘މިހާރު އިއްޔެގެ ހުންގަނޑު އެއްކޮށް ފިނިވެއްޖެ ދޯ..’ ޒައިކް އަހާލިއެވެ.

‘ހޫމް.. ޒައިކް އަށް އެނގޭތަ ރޭ އަހަރެން އިމޭޖިނޭޝަންގަ ބޮޑު ޑްރާމާއެއް ކުޅުނީމޭ.. ހަމަވެސް ނުޖެހޭ..’ މަލްކާ ވަރަށް ހެވިފައި އިނދެ ބުނެލިއެވެ.

‘އެހެންތަ.. ކިޔާދީބަ..’ ޒައިކް ބިންމަތީގައި އޮތް ރުއްބުޑެއްގައި ލެގިލަމުން ބުނެލިއެވެ. މަލްކާ ދެފައި ވަށްކޮށްލަމުން އަނގަ ހުޅުވާލިއެވެ.

‘ރޭ ދޯ.. ކޮޓަރީގެ ބެލްކަނީގަ ހުއްޓާ ހީވީ މަންމަ ގޮވާހެން.. ދެން ދިޔައިރު މަންމަ ނެތް އެތޭރޭގަ ބޭރަށް ނުކުތީމަ އެނގުނީ އެއީ އެހެންމީހެއްގެ އަޑުކަން.. ހަމަ އެގަޑީ ވައިގަދަވާން ފެށީ.. އިރުކޮޅަކުން ވާރޭވެސް ވެހެން ފެށީ.. އެތެރެއަށް ވަނީމަ މަންމަ ބުނީ ވާރޭ ވެހޭތަ ވަރަށް އިރުވެއްޖެއޯ.. ދެން ނޭނގުނު ވީނުވީ.. އަހަރެން ހީކުރީ ވާރޭ ވެހެން ފެށިތަނާއޭ ގެއަށް ވަނީ.. އެދޭތެރޭ އަހަންނަށް ނޭނގޭ އަހަރެން ހުރީ ކިހިނެއް ވެފަ ކަމެއްވެސް.. އަނެއްކާ އޭރު ބޭރުން ގޮވި މީހަކުވެސް ނުފެނުނޭ.. އަހަރެން ފަހުން އެގަޑި ހިތަށް އެރީމަ އައީ އަމަށަކު ހިންޏެއް.. އިންޑިއަން ސީރީޒް ތަކުގަ ވެއެއްނު އެހެން އިރުކޮޅެއް ކުރިން ވި ހުރިހާކަމެއް ހަނދާނުން ކާލަނީ.. އަނެއްކާ އަނެއް ކަންތައް.. ނިދަން އަހަރެން ދިޔައީ ބަދިގެއާ ދިމާލަށް.. ހެހެހެހ..’ މަލްކާގެ ވާހަކަ ނިންމާލުމުން ޒައިކްއަށް އެއްބުމަ އަރުވާލެވުނެވެ.

‘ވަރަށް ކޮންފިއުޒިން ދޯ އަހަންނަށް ގެޓް ނުވަންޏާ ޒައިކް އަށް ގެޓް ވާނީ ކިހިނެއް..’ ޒައިކް ބަލައިން އިންގޮތުން މަލްކާ ބުނެލިއެވެ.

‘ޔެސް.. ކޮންފިއުޒިން ބަޓް މަލް ވާހަކަ ކިޔާލިއިރު ހާދަ އިންޓްރެސްޓިންނޭ.. އަދި ވާހަކައެއް ދައްކަބަލަ..’ ހުރިއްޔާ ހުރިހާ ދަތެއް އިޝްތިހާރު ކުރަމުން ޒައިކް ހިނިތުންވެލިއެވެ.

‘ނޯންސަންސް.. މިތާ އިނދެގެން އަހަރެން ޒައިކްއަށް އެއްޗެހި ގޮވިއަސް ތިހެން ދަތްޕިލަ ދައްކައިގެން އިންނާނަން ދޯ.. އަސްލު ވަރަށް ކިއުޓް އެނގޭ ޒައިކް ހީލީމަ..’ މަލްކާއަށްވެސް ހިނިތުންވެވުނެވެ.

‘ވައި ނޮޓް.. ޔަގީން ކުރަން ޓްރައި ކޮށްބަ..’ ޒައިކް އެއަށްވުރެ ބޮޑަށް ދަތްތައް ދައްކާލިއެވެ.

‘އަމްމްމ..’ ޒައިކް އާ ދިމާލަށް ބުނަންވީ އެއްޗެއް ނޭގުމުން މަލްކާ އަމިއްލަ ތުންފަތުގައި ދަތް އަޅާލިއެވެ.

‘ސޯ.. ހިނގާ ދާން އިޓްސް ސެވަން ފޯރޓީ ފައިވް އޯލްރެޑީ.. ކޮލެޖަށް ދާން ޖެހޭނެއްނު ނައިން އަށް ވުރެން ކުރިން..’ އަވަހަށް ވާހަކަ އޮޅުވާލަން މަލްކާ ބޭނުންކުރީ ކުޅަދާނަ އުކުޅެކެވެ. އަވަހަށް ތެދުވެ ގައިގައި ހުރި ވެލިތައް ފޮޅަމުން ހިނިތުންވެލިއެވެ.

‘މިފަހަރު ޕޮސިބަލް ރީޒަން އެއް ދިނީތީ އެނގޭ.. އެނޫންނަމަ އަހަރެން މިތަނުން ތެދުނުވާނެ މަލްއަށް އެއްޗިހި ކިޔަން ކެރޭތޯ ނުބަލާ..’ ޒައިކްވެސް އިންތަނުން ތެދުވެ މަލްކާއާ އެއްވަރަކަށް ހިނގައިގަތެވެ.

‘އަންނާނަން އަށްގަޑި ފަންސާހަށް.. ތައްޔާރު ވެގެން ހުންނާތި.. ނޫނީ ދެންވެސް އިމޭޖިން ކޮށްގެން ކޮލެޖްގެ ބަދަލުގަ ކުނިގޮނޑަށް ގޮސްދާނެ..’ މަލްކާ ގެއަށް ވަންނަން ހިނގައިގަތުމުން ޒައިކް ހެމުން ބުނެލިއެވެ.

‘ހޫމް.. ބޮޑު ޖެއްސުން ގަނޑު..’ ލުއި ހިނިތުންވުމެއް ޒައިކްއަށް ހަދިޔާ ކުރަމުން މަލްކާ ގޭތެރެއަށް ޖެހިގަތެވެ.

******

‘ދޮނާ ރޭ ކޮންކަހަލަ ކުޅިގަނޑެއް ކުޅުނީ.. މަންމަ ބުންޏޭ ނިދަންށޯ ކިޔާ ބަދިގެއަށް ވަނޭ..’ ގޯތިތެރޭގައި ހުރި ޖޯލީގައި އޮތް މަލާކް ހިނިގަޑެއް ޖަހާލިއެވެ.

‘މަންމަ ބުނެފި ދޯ.. އަސްލު އެގަޑީ ހުރީ ސަބް ކޮންޝިއަސް ވެފަ ކަންނޭނގެ.. އަމިއްލައަށް ކުރާ ކަންތައް ހަނދާނުން ނެތޭނީ އެހެނެއްނު.. މަލާ ކިޔެވި ފޮތްތަކުގަ ނެތްތަ އެކަހަލަ އެއްޗެއް ލިޔެފަ..’ ބޯކަހާލަމުން މަލްކާ ބުނެލިއެވެ.

‘ހޫމް ވެދާނޭ ވެދާނެ ދޮނާ ހުންނަނީ ހަލާކު ވެފަ ވިއްޔަ..’ މަލާކްވެސް އޭނާއަށް ހީވާގޮތް ހާމަކޮށްލިއެވެ.

‘ހެވޭ ދެން.. މަންމަ އެތެރޭގަ ދޯ.. ދޮނާ މިދަނީ ފެންވަރާލަން އެނގޭ.. މަލާ މަންމައަށް ހެލްޕް ކޮށްލަ ދެއްޗޭ..’ ގޭތެރެއަށް ވަންނަން ހިނގައިގަންނަމުން މަލްކާ ބުނެލިއެވެ.

‘ދޮނާގެ ކޯޑު ދޯ ތީ.. އެއްޗެކޭ ބުނާއިރަށް ބުނާނެ ދެންހެވޭ އޭ..’ ހަރަކާތާއެކު މަލްކާ ބުނި ރާގަށް މަލާކް ދަމާލިއެވެ.

‘މޭބީ.. އެހެންކަމަށް ހީކޮށްލާ.. އައި ޑޯންޓް ކެއަރ..’ މަލްކާ ތުންދަމާލަމުން އެތެރެއަށް ވަދެ ދޮރު ޖަހާލިއެވެ.

******

‘ކަލޭ ތަނަކަށް ދަންޏާ އަންގާލިނަމަ.. މަމިތާ ހުންނަތާ ސޮރީ އިންނަތާ ކޮންއިރެއް މިހާރު.. ފޯނުވެސް ބާއްވާފަ އާދެވުނީ..’ ޒައިކް ގެއަށް ގޮސްފައި ކޮޓަރިއަށް ވަންއިރު ކުދިކިޔާލަ ކިޔާލާ އައިކަން އިނެވެ.

‘ކަލޭވެސް ރަނގަޅެއްނު އައުމުގެ ކުރިން މަށަށް އަންގާލިއްޔަ..’ ޒައިކް އަގަޔަށް ވައްތަރެއް ޖައްސާލަމުން ބުންޏެވެ.

‘ހޫނ ހޫނ ދެންފަހަރަކު.. އެއެއް ނޫނޭ.. މިއަދު ކިހާއިރަކު ކައެ ފްރީ ވާނީ.؟’ އައިކަން އަހާލިއެވެ.

‘ކީއްކުރަން..’ އެއްބުމަ މައްޗަށް އަރުވާލަމުން ޒައިކް ކަބަޑުން ގަމީހަކާއި އޮފީސް ފަޓްލޫނެއް ނަގައިލިއެވެ.

‘މި ވީކް އެންޑަށް ދަތުރެއް ހަމަޖައްސަން ވެގެން.. މިއަދާ މާދަން އޮތީ.. ހޮނިހިރު ގައޯ.. އެހެންވެ ޑިސްކަސް ކޮށްލަން..’ ފަރުވާ ކުޑަ ގޮތަކަށް އައިކަން ބުނެލިއެވެ.

‘ދެން.. ކަލޭ ކަޓާފަ ތީނީ ކީއްވެ.؟’ އައިކަން ވާހަކަ ދެއްކި ގޮތުން ޒައިކް އަށް އަހާލެވުނެވެ.

‘މައެ އޮފީސް ކަންތައް ގަނޑަކާހެދި ދެވޭނެ ވައްތަރެއް ނުޖަހާތީ..’ އައިކަން ވަރަށް ބޮޑަށް ދަތްތައް ދައްކާލިއެވެ. އެއީ ކަމަކާ ހެދި ރުޅިއައިސްފައި ހުންނަ އިރު އައިކަން އާންމުކޮށް ކުރާ ކަމެކެވެ.

‘ޕިސްޕިސް.. އަދި ވައްތަރު ނުޖަހަނީނު.. ތިހާ އަވަހަށް ޑިސައިޑް ނޮކޮށްބަ ދޫނީ..’ މަލާމާތުގެ ރާގަކަށް ޒައިކް ބުނެލިއެވެ.

‘ތިވެސް ތެދެކޭ.. ދެންމަ ޓެންސް ވާނެއްނު.. ވަރަށް ދާހިތުން ހުއްޓާ އޮފީހުން މިއަދު ބުނީ ހޮނިހިރު ދުވަހު އޮތް އިވެންޓް މެނޭޖް ކުރަން އޮތް ކުއްޖާ އެކްސިޑެންޓް ވެގެން އެދުވަހު ނުދެވޭނޭ.. މަދާންވީއޯ އޭނާގެ ބަދަލުގަ.. މަބުނެފިން އެހެންމީހަކު ހަމަޖެއްސޭތޯ ބަލާށޭ.. ހަމަ ޖެއްސިއްޖެއްޔާ މަވާ ސަލާމް..’ އައިކަން އެއްނޭވާއިން ހުރިހާ އެއްޗެއްގެ ހުލާސާއެއް ކިޔާލިއެވެ.

‘އާން މަ ފްރީ ވާނެ މެންދުރު ފަހުން.. ޑިއުޓީ ނިމުމުން ކޮންމެ ގަޑިއެއްވެސް އޯކޭ.. މެސެޖް ކޮށްލާތި ދާންވީ އިރެއް އެނގުނީމަ.. އިހަށްދޭ އަށެއް ޖަހައިފިއެއްނު.. މަދާން ޖެހޭނެ ނުވައެއްގެ ކުރިން..’ ގަޑިއަށް ބަލާލަމުން ޒައިކް ބުނެލިއެވެ.

******

‘މިއަންނަނީ އެނގޭ.. ރެޑީގަތަ މަލް ތިހުރީ..’ ފޯނުގެ ޑިސްޕްލޭ އިން ފެންނަން އިން ޒައިކްގެ މެސެޖަށް ޔެޕް އޭ ޖަހާ ރިޕްލައި ކޮށްލުމަށްފަހު މަލްކާ އޭނާގެ ދަބަސް ކޮޑުގައި އަޅުވާލިއެވެ.

މޭޒުމަތީގައި ބާއްވާފައި އޮތް މެޑިކަލް ސައިންސް ފޮތްނަގައިގެން ކޮޓަރިން ނުކުތުމުގެ ކުރިން ޑްރެސިންގް ޓޭބަލްގެ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލިއެވެ.

ޑަސްޓީ ގްރޭ ހައިވެއިސްޓްގެ މަތިން ލައިގެން ހުރި ކަޅުކުލައިގެ ކޯލްޑް އޮފް ޝޯލްޑަރ ބަޓަން އަޕް ޝާރޓް އަށް ކުޑަކޮށް ދަމާލަމުން ހިތްފުރޭވަރަށް މަލްކާ ސެންޓް ބުރުވާލިއެވެ. ކޮޓަރިން ނިކުމެ ކަޅާއި އަޅި ކުލައިން ފަރުމާ ކޮށްފައި ހުރި ވެޖްއަކަށް އަރައިގެން ބޭރަށް ދާން ހިނގައިގަތެވެ.

‘މަންމާ.. އަހަރެން ދިޔައީ..’ ބަދިގެއާ ހަމައިން ޒުލްފާ އަށް އަންގާލާފައި މަލްކާ ނިކުމެލިއެވެ. އޭރު ސައިކަލުގައި އައިސް ގޭދޮރުމަތީގައި ޒައިކް ހުއްޓެވެ. އިއްތިފާގުން ޒައިކްއަށް ހުރެވުނީ އަޅި ގަމީހަކާއި ކަޅު ފަޓުލޫނެއްގައި އެވެ. ކަޅުކުލައިގެ އޮފްއަރާ ބޫޓާއި އެކީ ބެގީ ކޮށްފައި ވުމުން ޖަހަނީ ‘ޕްރޮފެޝަނަލް’ ވައްތަރެކެވެ.

‘މަގުމަތިން ދާއިރު ވަރަށް ގިނަ މީހުން ފޮށޭ ދޯ..؟’  މަލްކާ ފެނުނު އިރުން ފެށިގެން އަގަހުޅުވިފައި ހުރި ޒައިކްގެ އަނގައަށް ބަހެއް އައީ މަލްކާ އައިސް ސައިކަލާއި އަރައި ހަމަވުމުންނެވެ.

‘އޭނ..’ މަލްކާ އަނގައަށް ވައްތަރެއް ޖައްސާލިއެވެ.

‘ރީތި ކުދިން ފެންނަންޏާ ފޮށެންވެސް ފޮށޭނެއްނު.. ދޮގެއްތަ..’ ޒައިކް ސައިކަލުގެ އަތްގަނޑުގައި ލެގިލަމުން ބުނެލިއެވެ. މަލްކާގެ މޫނުމައްޗަށް ރަތްކުލަ ފާއްދާލަން ނެގީ ސިކުންތު ކޮޅެކެވެ. އިސްޖަހާލަމުން ހާވާފައި ހުރި އިސްތަށިގަނޑުން ބައެއް އަތުގެ އިނގިލި ތަކުގެ ތެރެއަށް މަހާލިއެވެ.

‘އޭ ހާދަ އަވަހަކަށް ލަދު ތިގަތީ.. ދެން ހިތަށް އަރުވާ މީހަކު ފްލާރޓް ކުރާއިރު ވާނެގޮތް.. ރަތް އާފަލެއްގެ ބޭރުހެން ހީވަނީ..’ މަލްކާއަށް ވީގޮތް ފެނުމުން ޒައިކް ހޭންފެށިއެވެ.

‘ދެން ޒައިކް ގަނޑޫ.. އަހަރެން ލަދުގަންނަވާނެ ކަމެއް ނެތް.. އެހެން ނޫނަސް ދާކަށް ނުވޭތަ.. މިގެއަށް އައިއްޔާ ތިތާ ޖޯލީގަ އިށީނދޭ އަހަރެން ކޮލެޖަށް ދަނީ..’ ނުހޭން ކިތަންމެ މަސައްކަތެއް ކުރިއަސް މަލްކާއަށް ހެވެން ފެށުނެވެ.

‘އާނ ދޯ.. ހިނގާ ފަންސާސް އެވީ..’ ގަޑިއަށް ބަލާލާފައި ޒައިކް ބުނެލިއެވެ.

**************

ހޭ ގައިސް 🥰 ސޮރީ ފޯރ ބީންގް ސޯ އެން ސޯ ސޯ މަޗް ލޭޓް 🥺 ހޯޕް ޔޫ ގައިސް އާރ ނޮޓް ޑިސެޕޮއިންޓެޑް ކޯޒް އައި އޭމް 😔 ސްޓަޑީސް އެންޑް އިންޓަރނެޓް ޕްރޮބްލަމްސްގަ އުޅުނީމަ އެހާ އެހާ ލަސްވީ😶 އޭސް އަ ސޮރީ އައިލް ޓްރައި ޓު ބްރިންގް ޓޫ މޯރ ޕާރޓްސް ބިފޯ ނެކްސްޓް ސަންޑޭ😁 ހޯޕް ޔޫ ގައިސް އަންޑަސްޓޭންޑް މީ، އެން ސޮރީ ވަންސް އެގެއިން 😔 ޓޭކް ކެއަރ އެން ސްޓޭ ސޭފް ގައިސް 🥰 ސީ ޔޫ އިން ނެކްސްޓް ޕާރޓް 😘

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!