‘ކަލޭމެން ތިބޭ އޭނަ މީނަ މީނަ އޭނަ ކިޔަކިޔާ.. މަދިޔައީ އިނގޭ..’ އަތުން ޓާޓާ ކިޔާލަމުން ޒައިކް އެމީހުނާ ދުރަށް ގެއަށްދާން ހިނގައިގަތެވެ.

‘އާނ މިއަންނަނީ..’ ތިންމީހުން ސަކަރާތް ހުއްޓާލުމަށް ފަހު ޒައިކް އާ ހަމަކުރަން އަވަސްވެގަތެވެ.

‘އަހަންނާއެކު ހޮސްޕިޓަލަށް ދާނަންތަ..’ ގެއަށް ދިއުމުގެ ކުރިން ހޮސްޕިޓަލަށް ދާނީއޭ ހިތަށް އެރުމުން ޒައިކް އަހާލިއެވެ.

‘އާނ އޭނ ކީއްކުރަން.. ކަލެއަށް ކިހިނެތް ވީ.؟’ ޒައިކްއަށް ކަމެއް ވީއޭ ހިތާ އައިކަން ބުނެލިއެވެ. ‘މަށަށް ކަމެއް ނުވެޔޭ.. މަލްކާ އެތާ އޮތީމަ އޭނައަށް ވިޒިޓް ކޮށްލަން..’ ޒައިކް އައިކަންގެ ފުށް ކިބައިގައި ބޮނޑިއެއް އަޅާލިއެވެ.

‘އަހަރެން ދާނަން..’ މަލްކާގެ ނަން އިވުމުން ކުއްލިއަކަށް ރާކިން އަތް ހިއްލާލިއެވެ. ޒައިކް އެއްބުމަ އަރުވާލި އިރު އައިކަން ހީވަނީ އެއްޗެއް ހަދާންކުރަން އުޅޭހެންނެވެ. އޭރު އަދްޔަން ހުރެގެނަކުން ހެނީއެވެ. ކުރިން ދުވަހަކު ވެގެން އުޅޭގޮތް އެގިފައިވާތީ ހަދާންވީއެވެ.

‘ހޭ އެއީ ގައިމު ރާކިން ފަސްޓް ސައިޓް ގާލްގެ….’ ‘އޭނނ.. މަލްކާ.. ވަޓް ދަ .. ޔޫ އެން ހާރ.. އޭމް އައި އެސްލީޕް ސީއިންގް އަ ޑްރީމް ..’ އައިކަން ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުވަނީސް ޒައިކް ބުނި އެއްޗަކުން އޭނާއަށް ބާރަށް ހީގަނެވުނެވެ.

‘އޭއި މަލްކާ މަށަށްވުރެ އަހަރެއް ދޮއްޓޭ.. އެދައްކަނީ އޭނަ ސިސްގެ ވާހަކަ..’ އަގަޔަށް ވައްތަރެއް ޖައްސާލަމުން ރާކިން ބުނެލިއެވެ. ‘އޯހް އެހެންދޯ ވީ.. މަ ހީކުރި.. އަޅާނުލާ ކޮންގްރާ މަށަށް އަންގާވެސް ނުލަމެއްނު..’ ހިތަށް އެރިއެއްޗަކާހުރެ އަމިއްލަ ނަފްސަށް މޮޔަގޮވާހާލު ޒައިކް ބުނެލިއެވެ.

‘އަނެއްކާ ކަލެއަށް މަލްކާ ކަމުދަނީތަ.. އައި މީން ތިވީ ގޮތެއްދޯ.. ހަހަހަހަ..’ އަދްޔަން އައިސް ޒައިކްގެ ކޮޑަށް އަތް ވައްޓާލިއެވެ. ‘ވީ އާ އޮންލީ ފްރެންޑްސް އެނގޭ.. ޑޯންޓް އަންޑަރ އެސްޓިމޭޓް އަވަރ ރިލޭޝަން..’ ދެލޮލުގެ ހިމަކޮޅުން އަދްޔަންއަށް ބަލައިލަމުން ޒައިކް ތުން ފިއްތާލިއެވެ.

‘އޯކޭ އޯކޭ ބަޓް އިޓް ޖަސްޓް ކުޑްބީ ޔުއަރ ބިގިނިން.. އެން އިމޭޖިން އަހަރެމެން ދެމީހުން ސިސްޓާރސްގެ ހަބީސްއަށްވީމަ ހާދަ މަޖާވާނޭ.. ދެން އޭރު ކަލޭގެ ދޮންތަޔާ މީނަވެސް އަހަރެމެން ސެޓް ކޮށްލާނަމެއްނު.. އޭރު މިއަދްޔަނަށް މީހަކު ހޯދުން ބާކީ އޮންނާނީ.. ހެހެ.. ހިނގާ ދާން ހޮސްޕިޓަލަށް..’ ރާކިން އެއްލޯ މަރާލާފައި ހީގަތެވެ. ހޫމްއޭ ބުނެފައި ޒައިކް ހިނގައިގަތީ ކޮންމެ އެއްޗެކޭ ބުންޏަސް އެމީހުންގެ ޖެއްސުން ނުހުއްޓޭނެކަން އެނގުމުންނެވެ. އޭނާއަށް ނޭނގުނު ކަމަކީ އޭނާގެ ހިތުގައި މަލްކާގެ ނަން ފެވެމުން ދާކަމެވެ.

******

‘އައިވީ ހުސްވާނެ އިރުކޮޅަކުން.. ޔޫ ފިލިންގް ބެޓަރ.؟’ ނަރުސް ކުއްޖާ އައިސް މަލްކާއަށް ބޭސް ދޮއްކޮށްލަމުން އޯގާތެރިކަމާއެކު އެއްސެވެ. ‘ހުމްމް.. ތޭންކްސް..’ މަލްކާ ހިނިތުންވެލާފައި ފެންފުޅި ނަގައިލިއެވެ.

‘މެލޯ ހާދަ ގޯހޭ.. މަށަށް އަންގާވެސް ނުލާ ވިއްޔަ..’ މަލްކާ އޮތް ރޫމްގެ ތެރެއަށް ވަދެ އާލާ ޝަކުވާ ބޯޓު އޮއްސާލި އެވެ. ‘ހެދުނު ނެތޭ ގައިގަ ޓައިޕް ކުރާނެހާ ވަރެއްވެސް.. އަހަރެން އޮތީ ދެމިފަ.. އެހެންވެ.. ވަރުޖެހުނީމަ އަންގާލީ..’ އާލާއަށް ޖަވާބު ދީފައި މަލްކާ އަލުން އެތާނގައި އޮށޯވެލިއެވެ. ދެމީހުން އޮލަވާހަކަ އެއްގައި ޖެހުމުން މަލާކް ފޯނުނަގައިގެން ހޮސްޕިޓަލުން ބޭރަށްދާން ހިނގައިގަތެވެ.

‘އެސްކިއުޒް.. މަލްކާ އޮތީ ކޮން ރޫމެއްގަ.؟’ ކައުންޓަރ ކައިރީ ހުރި ނަރުސް ކުއްޖާ ކައިރީ ޒައިކް އަހާލިއެވެ. ’12 ވަނަ ރޫމްގަ..’ ގަޑުތަކެއް ހާވާލަމުން އެކުއްޖާ ޖަވާބު ދިނެވެ. ޝުކުރު އަދާކުރުމަށް ފަހު ޒައިކް އެ ކޮޓަރިއާ ދިމާއަށް އަވަސްވެގަތެވެ.

‘މަލް.. ދޫކޮށްލިތަ.؟’ ކޮޓަރި ކުރިމަތީ ބިއްދޮށަށް އެނބުރިގެން ހުރި ‘މަލްކާ’ އަށް ޒައިކް ގޮވާލިއެވެެ. ‘މަލް ނޫން މަލާ ހެހެ ބޭބެއަށް އޮޅުނީތަ މަލާ އާ ދޮނާ..’ މަލާކް ބިއްދޮށަށް އެނބުރިފައި ހީގަތެވެ. ‘އޯހް ރަނގަޅަށް ނުބަލަމޭ.. ކޮބާ ދޮނާ..’ ޒައިކް އޭނާގެ އިސްތަށިގަނޑަށް އަތް ކޮށްޕާލަމުން ހިނިތުންވެލިއެވެ. ‘އެތެރޭގަ..’ މަލާކް ޖަވާބު ދީފައި ހިނގައިގަތެވެ.

‘ހޭ.. ކިހިނެތް މިހާރު..’ ކޮޓަރިތެރެއަށް ވަދެ ޒައިކް މަލްކާ އޮތް އެދު ކައިރިއަށް ޖެހިލި އެވެ. ‘ވެލް.. ކޮބާ ފްރެންޑް ފުރުވާލިންތަ.؟’ މަލްކާ އަހާލިއެވެ. ‘އާނ.. މަލް ދޫކުރަނީ ކޮންއިރަކު އައިވީ ހުސްވަނީދޯ އެއޮއް..’ ޒައިކް އައިވީއަށް ބަލައިލަމުން ބުނެލިއެވެ.

‘ދެންމެ ސިސްޓަރ އައިސް ބުނި އިރުކޮޅަކުންނޭ.. ޒައިކް މިއިންދަ ކުރުނބާ ކަނޑާލަބަ.. މިމެލޯ ގަނޑު އަމިއްލައަށް ބޭނުންވެގެން ނުބުނާނެ ވިއްޔާ..’ އާލާ މޭޒުމަތީގައި ހުރި ކުރުނބާ އަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ. އާއެކޭ ބުނެފައި ޒައިކް ކުރުނބާ ހަދާލަން އުޅެގަތެވެ.

******

‘އޭ އެދަނީ ކައެ ކުރަޝު ގަނޑު..’ ހޮސްޕިޓަލް ބޭރުގައި ހުރި ބެންޗެއްގައި އިށީނދެގެން އިނދެފައި އެހެންދިޔަ މަލާކް ދައްކަމުން އަދްޔަން ރާކިންގެ ކޮޑުގައި ޖަހާލިއެވެ. ‘ތެދެއް ދޭބަ އޭނަ ކައިރިއަށް.. ކުޑަކޮށް މާފޮޅުވޭތޯ..’ ބާރަކަށް ހީގަނެފައި އައިކަންވެސް އަދްޔަން އާ އެއްބައި ވެލިއެވެ.

‘މަ އަދި ޓައިމް ބޭނުމޭ.. އޭނަވެސް ސްކޫލް ނިމޭނެ މިއަހަރު އެހެންވީމަ މިހާ އަވަހަށް ތެޅިފޮޅޭނެ ކަމެއް ނެތެއްނު.. ބިސައިޑްސް މަ އޭނަޔާ ސީދާ ކްރަޝް ޕޮއިންޓް ގެ ވާހަކަ ދެއްކީމަ އޭނަ ހީކުރާނީ ކީކޭ.؟ ތަންކޮޅެއް ސްމޫތް ކޮށެއްނު ދާންވާނީ.. ފަސްޓް ބީ އަ ފްރެންޑް.. ދެން މޭކް ހާރ ލައިކް ޔޫ.. ދެން ކޮންފެސް ޔުއަރ ފީލިންގްސް.. ދެން އަދި ކިރިޔާ އެއްނު މާ ފޯޅުވާ ހަމަޔަށް ދާނީ..’ ރާކިން އޭނާގެ ހިޔާލީފޮލާގަނޑަށް ފޮނިތޮއްޓާއި ކާފޫރު ތޮޅި ކަރަންފޫ އަޅައިގެން ކިޔާލިއިރު ހީވަނީ ވާހަކައެއްގެ ހުލާސާ ކިޔާލިހެންނެވެ. ‘އާނ އެވެސް ތެދެކޭ..’ އައިކަން އޭނާގެ ބޯ ކަހާލިއެވެ. ޒާވީ އަށް ކޮންފެސް ކުރާނެ ގޮތެއް ނޭނގިގެން އުޅޭ އިރު އޭނާއަށް ވުރެ ފަސް އަހަރު ހަނގު ބޯހަރު ރާކިން މިއޮތީ ހުރިހާ ކަމެއް ޕްލޭން ކޮށްފަ ވިއްޔާއެވެ.

‘ސޯ ދަ މޯރަލް އޮފް ދަ ސްޓޯރީ އީޒް..’ ޕަކަ ޕަކަ ލާފައި ހެމުން އަދްޔަން އަހާލިއެވެ. ‘އީޒް ދެޓް ޔޫ އާރ އޭން އިޑިއަޓް..’ ރާކިން އަދްޔަންގެ ބޮލުގައި ބޮޑިއެއް އަޅާލަމުން ބާރަކަށް ބުނެލިއެވެ.

******

ހަވީރު ހަތަރެއް ޖަހައި ފަނަރަ ހިގައިފިއެވެ. މަލްކާ ހޮސްޕިޓަލުން ދޫކޮށްލުމުން ޒައިކްމެން ދިޔައީ ގެއަށެވެ. އާލާ އާއި މަލާކްވެސް މަލްކާ ގޮވައިގެން ދިޔައީ ގެއަށެވެ.

‘ދަރިފުޅާ މިހާރު ކިހިނެއް.؟’ މަލާކް އަންނަން އުޅޭ ވާހަކަ ބުނިއިރުން ފެށިގެން ގޭދޮރުމަތީ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޒުލްފާ އެމީހުން ފެނުމާއެކު އަހާލިއެވެ. ‘މިހާރު ރަނގަޅޭ.. ހުންވެސް އެއްކޮށްހެން ފިނިވެއްޖެ.. މަންމަ ވިސްނަނީދޯ ދެކަމެއް ނަހަދާ..’ ޒުލްފާގެ މޫނަށް ބަލައިންހުރެފައި މަލްކާ ބުނެލިއެވެ. ހީވާ ގޮތުން ނަމަ ޒުލްފާގެ މޫނުން ދިރާސާއެއް ކޮށްލީއެވެ.

‘ދަރިފުޅަށްވެސް އެނގޭނީ ދަރިފުޅު މަންމައަކަށް ވާދުވަހަކު..’ ހިނިގަނޑަކާއެކު ޒުލްފާ ބުނެލިއެވެ. އާލާ އާއި މަލާކްވެސް ހޭން ފެށުމުން މަލްކާ ތުންދަމާލިއެވެ.

‘ދެން ހެވޭ.. މީހަކު ހޯދީމަ ޖެއްސުން ކުރާނީ.. އާލް އެހުރީނު އޭނައަށް ޖެއްސުން ކޮށްބަ.. އޭނަ އިންނާނެ ކަން ނޭނގޭ މިއަހަރު..’ މަލްކާ ރާގުލާފައި ޝަކުވާ ކޮށްލިއެވެ. ‘މޭބީ ޔޫ އާރ އޮންދަ ވޭ..’ މަލްކާގެ ކަންފަތް ދޮށުގައި ސިއްރުން އާލާ ބުނެލިއެވެ. ‘ޒެޑް ފޯރ ޒަޒަޒަ..’ އާލާ އާ ބައިވެރިވެ މަލާކްވެސް މަޑުން ބުނެލިއެވެ. ‘ބައި ދަ ވޭ ޔެސް.. ގްރޭޖުއޭޓް ވާތަނުން އިންނާނަން..ބްލާހް..’ އާލާ އިތުރު ކޮށްލިއެވެ.

‘ދެން ބޭރުގަތަ ތިބޭނީ.. އާލްވެސް އާދޭ ޖޫސްތައްޓެއް ވިއަސް ބޮއެގެން ދާންވާނީ..’ ޒުލްފާ ތަންދައްކަމުން ގޭތެރެއަށް ޖެހިގަތެވެ.

‘އާދޭ..’ މަލްކާގެ އަތުގައި ހިފައިގެން އާލާ ގޭތެރެއަށް ވަންނަން ހިނގައިގަތެވެ.
******

‘ހިނގާ ތިކަންތައް އަވަސް ކުރަންވީ..’ އަލި މަނިކު އާ އެކު ގޭތެރެއަށް ދާން ‘އޭނާ’ އަވަސްވެގަތެވެ.

ގޭގެ މެދެއްހާ ހިސާބުގައި ޖަހާފައިވާ އަލިފާންގަނޑުގެ ސަބަބުން ގޭތެރެއަށްވަނީ ފުދޭވަރަކަށް އުދާސްކަން ވެރިވެފައެވެ. އަލިފާންގަނޑުގެ ކުރިމައްޗަށް ވާގޮތަށް ‘އޭނާ’ އިށީނދެލިއެވެ.

އެއްފަރާތެއްގައިއަލި މަނިކު ކިޔެވެލިތައް ކިޔެވުމުގައި އަވަދިނެތި އިންއިރު އިރުއިރުކޮޅާ އޮއްސެމުން ދިޔަ އިރަށް ބަލައިލައެވެ. ހީވާގޮތުންނަމަ އޭނާ އުޅެނީ އިރުއޮއްސޭލެއް ލަސްވެގެންނެވެ. އަލި މަނިކު ބަލަބަލާ ހުއްޓާ އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު ދުނިޔެއާ އަލްވަދާއު ކިޔާލިއެވެ. ހަމަ އެއާއެކު އޭނާގެ ދެލޯ މެރި ތުންތެޅުވުން އަވަސްވެގަތެވެ. ކުރިމަތީގައި ހުރި އަލިފާންގަނޑަށް ނަޒަރު ހުސްކޮށްލައިގެން ‘އޭނާ’ އިންއިރު އަލިފާންގަނޑުގެ ތެރެއިން އިންސާނެއްގެ ސިފަޖެހޭ ހެން ހީވާ ފަހަރުވެސް އާދެއެވެ.

މަޑުމަޑުން ދެއަތާއި ބޯ ފާޅުވެ ދެލޮލާއި އަގަވެސް ފާޅުވެއްޖެއެވެ. ރޫފަ ވަރުގަދަ ބާމަތި ފުޅާ އެޝައިތާނާއަށް ބަލައިލުމުން ހީވަނީ އަހަރުތަކެއްގެ މަސައްކަތުން ހަދާފައިވާ ހަށިގަނޑެއް ހެންނެވެ. ހަށިނގަޑާ ފެޔަށް ނުކުމެފައިވާ ބޮޑު ފިޔަގަނޑު ފާޅުވީ އެންމެ ފަހުންނެވެ.

‘ލިވިއާން.. އަހަރެމެން ކަލެޔާ ހަވާލުކުރި ކަންތައް ކުރާނަންތަ.؟’ އަލީ މަނިކު ދެލޯ ހުޅުވަމުން ބާރަށް ބުނެލިއެވެ. ‘ހަހައްހާ.. ކަލޭމެން އައީ ދޯ.. މަށަށް އެނގުނޭ އަންނާނެކަން.. ބުނަން ފަސޭހަ ދޯ ކަންކަން ކޮށްދޭށޭ.. ކަލެއަށްވެސް އެނގޭނެ އަހަރެން އެއްވެސް ކަމެއް ނުކުރާނެކަން އޭގެ ބަދަލުގަ އެއްޗެއް ނުލިބެނީސް ދޯ!..’ ލިވިއާންގެ އަޑު މުޅި އެ ކޮޓަރި ތެރޭ ގުގުމާލިއެވެ.

‘އާނ.. މަށަށް އެނގޭ..މާ ހާސަރު ނުދަމާ ބޭނުންވާ ކަންތައް ބުނޭ…’ އަލި މަނިކު އަމުރު ކޮށްލިއެވެ. ‘މައިތިރިވެބަލަ.. ކަމަކަށް ލަސްވަނީތަ.. އަހަރެން ބޭނުންވާ ކަންތައް ބުނާނަން އިރުކޮޅަކުން..’ އަލި މަނިކު ވާހަކަދެއްކި ރާގަށް ލިވިއާންވެސް ބުނެލިއެވެ.

******

ރޭގަނޑުގެ އަނދިރިކަމަށް އިތުރު އަދިރިކަމެއް ވެރިކުރުވަމުން ވިއްސާރަ ވިލާތައް ދުނިޔެމައްޗަށް ވެރިވާން ފަށައިފިއެވެ. ކޮޓަރީގެ ބެލްކަނީ ރެއިލިންގް ގައި އަތް އަޅުވާލައިގެން މަލްކާ ހުރީ ޖެހެމުންދިޔަ ފިނި ވައިރޯޅިތަކުން ހިތަށް ހަމަޖެހުން ގެނެސްދޭ ތީއެވެ. ވައިގެ ތެރެއަށް މިނިވަން ކޮށްލާފައި އޮތް ދިގު އިސްތަށިގަނޑު އިރު އިރުކޮޅާ އޭނާގެ މޫނަށް ގޯނާ ކޮށްލައެވެ.

‘އެއް..’ މާހައުލަށް ގެއްލިފައިހުރި މަލްކާ ސިއްސައިގެން ދިޔައީ ފެންފޮދެއް އޭނާގެ ނޭފަތް ކުރީގައި ޖެހުމުންނެވެ. އޭނާއަށް ބޭއިޚްތިޔާރުގައި ހިނިތުން ވެވުނީ ހިމަފޮދު ވާރޭ ވެހޭކަން އެނގުމުންނެވެ.

‘މަލްކާ..’ ޒުލްފާ ގޭތެރެއިން ގޮވާލި އަޑު އިވުމުން މަލްކާ އެދިމާއަށް ހިނގައިގަތެވެ.

‘ހޫމް..’ ދޮރު ކުޑަކޮށް ހުޅުވާލާ އެދޭތެރެއިން ބޯ ދިއްކޮށްލަމުން މަލްކާ ފަރާތް ފަރާތް ހޯދާލީ ޒުލްފާ ހުރި ތަނެއް ނޭނގިގެންނެވެ. ފެންނަ ހިސާބުގައި ޒުލްފާ ނެތުމުން މަލްކާ ކޮޓަރިން ނިކުމެ ސިޓިންރޫމް އާއި ބަދިގެ ބަލައިލިއެވެ.

‘މަންމާ..’ އެތާގައި ވެސް ޒުލްފާ ނެތުމުން ޒުލްފާ އުޅޭ ކޮޓަރިއާ ދިމާއަށް މަލްކާ ހިނގައިގަތެވެ.

‘ދަރިފުޅާ..’ ޒުލްފާ ގެއިން ބޭރުން ގޮވާލި އަޑު އިވުނެވެ. ޕިސްޕިސް ކިޔަމުން މަލްކާ ބޮޑު ދޮރާ ދިމާއަށް ހިނގައިގަތެވެ. މުޅި ގޭތެރެ ހޯދާއިރު ޒުލްފާ ބޭރުގައި ހުރި ކަން ނޭނގުނު ވިއްޔަ އެވެ.

މަޑު ފިޔަވަޅުތަކެއްގައި ގޮސް ދޮރު ހުޅުވާލާފައި މަލްކާ ބޭރަށް ނިކުމެލިއެވެ. ‘މަންމާ..’ ބޭރުން ޒުލްފާގެ ހިލަމެއް ނުވުމުން މަލްކާގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފަންވިއެވެ. އަނެއްކާވެސް މަލްކާގެ ނަމުން މީހަކު ގޮވާލިއެވެެ. މިފަހަރު އަޑު ތަފާތެވެ. އެއީ ޒުލްފާ ނުވަތަ މަލާކްގެ ވެސް އަޑެއް ނޫނެވެ. ދުވަހަކުވެސް މަލްކާއަށް އިވިފައި ނުވާ އެއަޑު އައީ ގަސްތަކުގެ ތެެރެއިންނެވެ.

‘ކާކު.. ތިތާ ހުރީ..’ ތުރުތުރެއް އެކުލެވިފައި ވާ އަޑަކުން މަލްކާ ބުނެލިއެވެ.

1

1 Comment

  1. Rooya Xek

    September 1, 2021 at 12:20 pm

    Hey guys sorry for being such late 😁 insha allah will try to get better 😍 mi weekend ga anehbai submit kohleveythw balaanan 🥰 untill then tc and stay safe ❤️ lv u all 💖💖

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!