Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީބިރުވެރި

ބަލްސީން 1

snowman Level 1
September 25, 2021 2 Mins Read
2 Comments

އާދައިގެ މަތިންމިރޭވެސް އަހަރެންނަށް ހޭލެވުނީ ހޫނުވާތީ އެވެ. ނަމަވެސް ކޮންމެރެޔެކޭވެސް  އެއްގޮތައް ފަންކާ އެ  އެނބުރޭ އުސޫލުން  އެނބުރެމުން  ދެ އެވެ. އަހަރެންނަށް ހޭލެވުމަށްފަހު ދެން ނިދޭނީ ފެންވަރައިގެން ކަމުގައިވާތީ މިރޭވެސް ތުވާލި ހިފައިގެން ފެންވަރަން ދިޔައީމެވެ. އަހަރެންނަކީ ރާއްޖެތެރޭގެ ރަށެއްގައި ދިރިއުޅެމުންދާ މީހެއްކަމުގައިވެފައި ރާއްޖެ ތެރޭގެ ދިރިއުޅުމުގެ ހާލަތު ހުންނަގޮތުން ގިފިލި ހުންނަނީ ގެޔާއިވަކިން ނެވެ. ގިފިއްޔަށް ވަދެ  ތުވާލި ރޯނުމަތީ އަޅުވާޅުމަށްފަހު ފެންވަރަން ފެށީމެވެ. ނަމަވެސް ފެންވަރަން ހުއްޓައި ފަހަތުން މީހަކު އަހަރެންގެ ނަމުން ގޮވައިލިހެން ހީވިއެވެ. ހީވިހީވުމެއް ކަމަށްބެލުމަށްފަހު ފެންވެރުމާއިގެން ކުރިޔަށް ދިޔައީމެވެ. އިރުކޮޅެއް ފަހުން އަނެއްފަހަރުވެސް މީހަކު އަހަރެންގެ ނަމުން ގޮވައިލައިފިއެވެ.މިފަހަރު އެއީ ހީީވިހީވުމެއްްނޫނެވެ.

ކުރިންފަހަރު އިވުނުވަރަށްވުރެ އަޑުބާރުކޮށް މިފަހަރު އެއަޑު އަހަރެންގެ ކަންފަތައް އިވުނެވެ. ދަންވަރުގެ މިހަމަހިމޭން ވަގުތުގައި އަހަރެންނަށް ގޮވަނީކާކުބާވައެވެ. ކީއްކުރަން ކޮންބޭނުމަކު ބާވައެވެ.? ހައްތަހާވެސް ޖަވާބު ނުލިބޭ ސުވާލުތަކެވެ. ކޮންމެއަކަސް މިހާރު އަހަރެން މިހުރީ ބިރުހީވެފައެވެ.އަހަރެންނަކީ ފިރިހެން ކުއްޖެއް ކަމުގައި ވިޔަސް ދަންވަރުގެ ވަގުތެއް ގައި މިކަހަލަގެ ކަމެއް ދިމާވުމުން ކޮންމެ މީހެއްގެ ހިތުގައިވެސް ބިރުވެރި ކަމުގެ އިޙްސާސް ހިނގާނެ ނޫން ހެއްޔެވެ! އަހަރެންވެސް ޖެހިލުންވެފައިހުރެ ގައިގައި ސައިބޯނި އުނގުޅާލުމަށްފަހު ފެންވަރަންފެށީމެވެ.ފެންވަރައި ނިންމާލުމަށްފަހު ކޮންމެސް ވަރެއްގެ ބިރުވެރިކަމެއް ހިތުގައި ވިޔަސް އަހަރެންނަށް އެގޮވީކާކުތޯ ބެލުމުގެ ސައުވެރިކަން ހިތުގައި ހިނގައިގަތެވެ.

ގިފިއްޔަކީ ފުދޭވަރެއްގެ ބޮޑު ޖާގައެއްއޮތް ތަނެއްކަމުގައި ވެފައި ދިއްލާފައިހުރި ފަސްވޯޓް ބޮކީގެ އަލިން މުޅި ގިފިއްޔަށްއަލިކަން ގެނެސް ނުދެވޭތީ ގިފިލިތެރެ ފެންނަނީ އަނދިރިކޮށެވެ.ގިފިލީގެ އެކިހިސާބުގައި އެކިފާޑުފާޑުގެ ގަސްތައް ހައްދާފައި ހުއްޓެވެ. ކޮކާ ހަނދުވަރު ގަސްތަކައް ދީފައި ހުރުމުގެ ސަބަބުން ކޮންމެސް ވަރަކަށް އެހިސާބު ފެނެއެވެ. މުޅި ގިފިލިތެރޭވަށައިގެން ބެލިއިރު މީހެއްގެ ހިލަމެއް ކީއްކުރަން ބުޅަޅެއް ގެ ހިލަމެއް ވެސް ވާކަށް ނެތެވެ.ކޮންމެއަކަސް މާދަމާއަކީ އަހަރެން މަސައްކަތު ދާންޖެހޭ ދުވަހެއް ކަމުގައިވާތީ އަވަހަށް ތެދުވެވޭނީ އަވަހަށް ނިދައިގެން ކަމުގައި ވާތީ ނިދުމައްޓަކައި ގިފިލިން ނިކުމެގެން ގެޔައްދިޔައީމެވެ. ކޮޓަރިޔައް ވަދެ ތުވާލި ރޯނުމަތީއަޅުވާލުމައް ފަހު ގަޔައްދޫ ސޯޓަކާއި ޓީސާޓެއް ލައިގެން އެނދައް އަރައި އޮށޯވެ ނިދޭތޯބެލީމެވެ.

”ދަރިފުޅާ! ދަރިފުޅާ! ” އަހަރެންނަށް ހޭލެވުނީ މަންމަ އަހަރެން ނައް ގޮވާއަޑަށެވެ. “އާނ! ހޭލެވިއްޖޭ! މިތެދުވީ” ހޭލެވުމައްފަހު ހޭލިކަން މަންމައަށް އަންގާލުމަށްފަހު އަވަސް އަވަހައް މޫނުދޮވެލައިގެން މަސައްކަތުދާން ތައްޔާރުވެލީމެވެ.”ދަރިފުޅާ!ނަމާދުވެސް ނުކޮށްތަ ތިދަނީ” އަހަރެން ތައްޔާރުވެގެން ބަދިގެޔައް ވަނުމާއެކު މަންމަ އަަހަރެންނާ ސުވާލުކޮއްލިއެވެ. “މަންމާ މިދެން އެހާބޮޑުކަމަކަށް ނަހަދަބަލަ މަ ދޯނިމައްޗަށް އަަރައިފައި ނަމާދުކޮއްލާނަން” މީ އަހަރެން އަަބަދުވެސްދޭ ޖަވާބެެވެ. މަންމަ ދެ ފަރާތައް ބޯހޫރާލުމަށްފަހު ކަޅުސައި ތައްޓަކައި ތިން ފާރޮށިކިބަ އަހަރެން ކައިރީ ތައްޓަކަށްލައިފައި ބަހައްޓާފައި ނިކުމެގެން ހިނގައްޖެއެވެ.. އަހަރެންނަކީ ރަށު ސްކޫލުން ގްރޭޑް ނުވައަކާއި ހަމަޔަށް ކިޔެވުމައްފަހު ކެނޑިގެން  އާ އިލާ މީހެ އްގެ ދޯންޏަކުން ފަރުމަހުގެ މަސްވެރިކަން ކުރަމުންދާ ޒުވާނަކީމެވެ.

ދުވަސްތަ އް ހަފްތާތަކަށް ހަފްތާތަ އް މަސްތަކަށް ބަދަލްވެގެން ދެ އެވެ. ފަހުން ފަހުން  އަހަރެންގެ ދިރިުޅުމުގައިވެސް އެރޭގައި ދިމާވިފަދަ ހާދިސާތއް ކޮންމެސް ވަރަކަށް ދިމާވަމުން ދެއެވެ. އަހަރެންނަކީ ފަސްވަގުތު ނަމާދު ފުރިހަމަޔަށް  އަދާކުރަމުންދާ ޒުވާނެއް ނޫނެވެ. އޭ ރުގައި އަހަރެން ގަބޫލް ކުރާގޮތުގައި ނަމާދަކީ ހަމައެކަނި މުސްކުޅިން ކުރްންޖެހޭނެ ކަމެކެވެ. ނަމާދާއި ދުރުވެފައިވާ މީހެއްގެ އޤީދާ ހުންނާނީވެސް މިފަދަ ގޮތަކަށެވެ. ނަމާދާއި ދީނުގެ ކަންކަމާއި ދުރުހެލިވެފައިވާ މީހުންނަށް މސީބާތް ތަކާއި ޖިންނި ސައިތާނުންގެ ވަސްވާސް ތައްގާތުގައި ވާނެކަމީ އަހަރެންގެ މަންމަ ައބަދުވެސް އަހަރެން ގާތުގއއި ދައްކަމުންގެންދާ ވާހަކަތަކެވެ. އަހަރެން ގަބޫލް ކުރާގޮތަކީ އެއއީ ކުރީޒަމާނުގައި ހަދަހަދައިގެން ދައްކަމުންގެންދާ ހަޤީގަތެއ ނެތް ފުލޯކުވާހަކަތަކެވެ. އަހަރެން ދެކޭގޮތް ބަދަލްވެގެން ދިޔައީ ހީވެސްނުކުރާ ކަހަލަގޮތަކަށެވެ.

Share Article

Follow Me Written By

snowman

Level 1

Other Articles

Previous

ވެމްޕަޔާ 10

Next

ވާ ލޯބި އެނގޭނަމަ – 3

Next
September 25, 2021

ވާ ލޯބި އެނގޭނަމަ – 3

Previews
September 25, 2021

ވެމްޕަޔާ 10

2 Comments!

  1. snowman says:
    September 25, 2021 at 5:11 pm

    this is a first part heekuran kamudhaane kama

  2. Ghost girl 👻 says:
    December 30, 2024 at 2:34 am

    Kobaa next???

Comments are closed.



All Right Reserved!