Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފުރަތަމަ ނަޒަރުން ވެވުނު ލޯބި…. ( ތިންވަނަ ބައި )

Husaan Level 1100 Login
September 5, 2021 3 Mins Read
3 Comments

“ހަނާއޭ…؟ ކޮނަ ހަނާއެއް..؟” މުނީޒު ކުރި ސުވާލަށް ހަނާ ޖަވާބު ދިނުމާއި އެކު މުނީޒު އެހިއެވެ. ” ހަނދާނެއް ނުވޭތަ؟ ކުރީ ދުވަހު ހަވީރު ތުނޑީގަ ތިއްބާ ސިއްސުވާލީމެއްނު އޮފީސް ކުދިން ތަކެއް… އަދި މިއަދު އޮފީހުން ފައިލެއްވެސް ހަވާލުކުރީމެއްނު…” ހަނާ ވަރަށް މަޑުމަޑުން ލަދުގަނެފައި ބުންޏެވެ. ހަނާ މިހެން ބުނުމާއިއެކު މުނީޒަށް އެ ކާކުކަން އެނގިގެން އެހިއެވެ. “ހާދަ ނުގަނޑިއެއްގަ، ކަމަކުތަ ތިގުޅާލީ؟” ހަނާ ވަރަށް ފުންނޭވާ އެއްލާފައި ބުންޏެވެ.” އާނ…. ކަމަކުއެއްނުން ގުޅާނީ… އަނެއްކާ ބިޒީތަ؟ ބިޒީ ގަޑިއަކަށް ވަންޏާ ފަހުން ދިމާކުރަމާ ދޯ؟… ” ހަނާ ބޭނުންވީ އަވަހަށް ފޯނު ބާއްވާށެވެ. އެހެން ނަމަވެސް މުނީޒު ބިޒީނޫންކަމަށް ބުނުމުން ވާހަކަ ކުރިއަށް ގެންދިޔައީއެވެ. މުނީޒުގެ އަޑު ހަނާގެ ކަންފަތުގައި ޖެހުމުން ބުނެދޭން ނޭނގޭ ކަހަލަ ގޮތްތަކެއް ހަނާއަށް ވެގެން ދިޔައެވެ. ހަނާ ހުރީ ވަރަށް ލަދުންނެވެެ. އެހެންނަމަވެސް ދިޔައީ ހަމަ ސީދާ ދައްކަން ބޭނުންވި ވާހަކައަށެވެ. “މާދަމާ ކޮފީ ގަނޑީގަ ދިމާާކުރެވިދާނެތަ؟” މުނީޒު  އާއެކޭ ބުނެ ފޯނު ބޭއްވިއެވެ. ހަނާ ހުރީ ވަރަށް އުފާވެފައެވެ. މުނީޒުއާ ވާހަކަ ދެއްކުނީތީއެވެ. އަދި މުނީޒު ބައްދަލުކުރަން އެއްބަސް ވީތީއެވެ. “ހޫންް……. ދެން މާދަމާ އަހަރުމެން އުޅެންވީ ކޮންތާކު ؟” ސަމާސާ ރަނގަކަށް ޝަހީދާ ބުންޏެވެ. “އެބުނާހެން….” ހުދާ ޝަހީދާއާ ބައިވެފައި ބުންޏެވެ. “އަޅޭ… މަ އެކަނިތަ އޭނައާ މީޓްކުރަން ދަނީ..؟ މަށަކަށް ނުކެރޭނެ އެކަނި ދާކަށް… ތިމީހުން ވާނެ މަށާއެކު ދާން…” ހަނާ މިހެން ބުނުމާއިއެކު ޝަހީދާ ހަނާއާ ދިމާކުރަމުން ހެވިފައި ބުންޏެވެ..” އަހަރުމެން ދިޔައީމަ ތިމީހުން ދައްކަން ބޭނުންހާ ވާހަކަތަކެއް ނުދެއްކޭނެ އެއްނު.. އެހެން ނޫނަސް އަހަރުމެންމީ ދެން ކޮންބައެއް، މާ ފޮޅުވަންދާ މީހުން ފަހަތުން ދާން… ” ޝަހީދާ މިހެން ބުނުމާއިއެކު ހުދާ ހޭންފެށިއެވެ. “ތިމީހުން ނުދަންޏާ، ތިބޭ މަ ދާނަން އޭނައާ މީޓް ކުރަން…. އޭނަގެ ހިތްވެސް އަތުލާނަން..” ހަނާ ވަރަށް ކެރިހުރެ ބުންޏެވެ. ދަން ނުވަނީސް ހުދާ އާއި ޝާހީދާ ގެއަށް ދާން ހިގައިގަތެވެ.  އުމުރުން ތޭވީސް އަހަރުވީ ކަމުގައި ވިޔަސް،  އެންމެ ލަސް ވެގެން ރޭގަނޑު ދިހައެއް ޖަހަންވާއިރަށް އެމީހުން ގެއަށް ވަންނާނެއެވެ. އެއީ ކުޑަ އިރުއްސުރެ އެމީހުންގެ މަންމަ އެމީހުންނަށް ދަސްކޮށްދީފައިވާ އާދައެކެވެ.

އަނެއް ދުވަހުގެ އިރުއެރީ ހަނާ ރީތިވާން ލޯގަނޑު ކައިރީ ހުއްޓައެވެ. “ދޮންތާ…… ނުނިމޭތަ..؟ މަންމަ އެބަގޮވާ.. ސައިބޯން އަންނާށޯ…” ހަނާ ސައިބޯންނައިސް ލަސްވެގެން ކަޔާ އައިސް ބުންޏެވެ. ” މި ނިމެނީ.. މިއަންނަނީ..” ހަނާ ނިމެނީކަމަށް ބުންޏެވެ. އެހެން ދުވަސް ދުވަހާ ހިލާފަށް މިއަދު ހަނާ ފެންނަލެއް ރީއްޗެވެ. ލައިގެންހުރީ ކަޅު ކުލައިގެ ހެދުމެކެވެ. މަޑު ނޫކުލައިގެ ޖިންސެކެވެ. ފެންނަލެއް އެހާމެ ރީއްޗެވެ.  އަޅިކުލައިގެ ދެލޮލުން އުފައްދަމުން ދާ ޖާދޫތަކުން ހަނާގެ ރީތިކަމަށް އިތުރު ދިރުންތަކެއް ގެނެސްދެއެވެ. “ހަނާ މިއަދު ހާދަރީތިވާ ދުވަހެއް..” ހަނާ ލަސްވެގެން ނޫމާން ބުންޏެވެ. މިހެން ބުނި އަޑު ހަނާ އަށް އިވުނެވެ. އަވަސް ކޮށްލައިގެން ކޮޓަރިން ނުކުމެ ކާގެއާ ދިމާލަށް ހިގައިގަންނަމުން ސަމާސާ ރާގަކަށް ބުންޏެވެ. “ބައްޕައަށް ވިއްޔާ ސާބަސް، ރީތިވެގެން ދިޔައިމައެއްނު އިންނާނެ ރަނގަޅު ކުއްޖަކު ވެސް ލިބޭނީ…” ހަނާ މިހެން ބުނުމާއި އެކު ނިއުމާ ހޭން ފެށިއެވެ. އަދި ބުންޏެވެ. ” އެބުނާހެން.. މިހާރުވެސް މާލަސްވެއްޖެ ދަރިފުޅު މީހަކާ އިންނަން.. އިބްރާހިމްފުޅު ގޯތި މަލްޝާ ވެސް އެއުޅެނީ އަންނަ ހަފްތާ މީހަކާ އިންނަން.. އެއީވެސް ދަރިފުޅާ އެއްއުމުރެއްްގެ ކުއްޖެއް.. އަދި ދަރިފުޅު ތިހުންނަނީ އިންނާނެ ކުއްޖަކުވެސް ނުހޯދާ…”

ވަގުތު ކުޑަ ތަންވުމާއިއެކު ހަނާ އޮފީހަށް ދާން ހިގައިގަތެވެ. ވަރަށް އުފާވެފައެވެ. މުނީޒުއާ ބައްދަލު ކުރެވޭތީއެވެ. ތަޤުދީރު ދިމާކުރިގޮތުން ދެމީހުންނަށް ލިފްޓަށް އަރަން ދިމާކުރެވުނީ އެއްފަހަރާއެވެ. ހަނާ ހުރީ ވަރަށް ލަދުގެންފައެވެ. މުނީޒު އެއްޗެކޭ ކިޔައިފާނެތީއެވެ. ރައްދުދޭނެ ގޮތަކާ ފިކުރު ބޮޑުވެފައެވެ. ހަނާ ހީކުރިގޮތާ ހިލާފެވެ. މުނީޒު އެއްވެސް އެއްޗެކޭ ނުކިޔައެވެ. ލިފްޓަށް އެރިގޮތަށް ފައިބައިގެން އެދިޔައީއެވެ. ހަނާ އާ ދިމާލަށް ނުވެސް ބަލައެވެ. ހަނާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހަނާ ހީކުރީ ރޭނގަ ގުޅައިގެން އެހެން ވާހަކަ ދެއްކީމަ، ފެނުނީމަ މުނީޒު ވާހަކަ ދައްކާނެކަމަށެވެ.

އޮފީހުގެ މަސައްކަތް ދިޔައީ ވަރަށް ބުރަކޮށެވެ. ކޮފީ ގަނޑި ޖެހުނު އިރުވެސް ހަނާ އުޅުނީ މަސައްކަތުގައެވެ. މިހެން ހުއްޓާ ޝަހީދާ އާއި ހުދާ އައިސް ހަނާއާ ދިމާ ކުރަމުން ބުންޏެވެ. ” ކޮބާ.. ފިރިސޮރާ ބައްދަލު ކުރަން ނުދަނީތަ؟” ހަނާ ދިޔައީ ސިއްސައިގެންނެވެ. ކުއްލިއަކަށް ހަނާއަށް ބެލުނީ މޭޒުމަތީގައި އިން ގަނޑިއަށެވެ. ހަނާ އަވަސް އަވަހަށް ދިޔައީ މުނީޒުއާ ބައްދަލުކުރާށެވެ. މުނީޒު ހުރީ ހަނާގެ އިންތިޒާރުގައެވެ. ހަނާ ފެނުމާއި އެކު މުނީޒު ކުރި އިންތިޒާރަށް ނިމުން އައެވެ. ” ހިނގާ ދާން.. ވަރަށް ބޮޑަށް ސޮރީ ލަސްވީމަ.. މަސައްކަތް ބުރަ ވީމަ ހަދާންނެތުނީ…” ހަނާ ލަސްވި ސަބަބު މުނީޒަށް ކިޔައިދިނެވެ. މުނީޒު އެއީ މައްސަލައެއްނޫން ކަމަށް ބުނެ ހިގައިގަތެވެ. ދެމީހުން އެކީގޮސް މޭޒުދޮށުގައި ކޮފީބޯން ފެށިއެެވެ. ” ހަނާ ބުނިހެން މިހުރީ ބައްދަލުވެފަ.. ދެން ކޮންކަމެއް ކުރަންވީ؟ހަނާއާ ދިމާލަށް ބަލަހައަޓައިގެން އިދެ މުނީޒުއެހިއެވެ. ” ދެންކުރަންވީ ކަމަކީ.. އަހަންނާ….” ހަނާ އަށް ބުނެވުނީ މިވަރަށެވެ. ފަހަތުން ޝަހީދާމެން އައިސް ހަނާ ސިއްސުވައިލަމުން ބުންޏެވެ. “ދެމީހުން ހާދަ ވަރުގަދަ ވާހަކައެއްގަ…” އެވަގުތު ހަނާގެ އަތުން ޖެހި މޭޒޫމަތީގައި ހުރި ކޮފީ ތަށި މުނީޒުގެ ގަޔަށް ބަންޑުން ވިއެވެ. ހަނާގެ ކަޅި ހުއްޓުނީ މުނީޒުއާ ދިމާލަށެވެ. ހަނާއަށް ހަޅޭއްލަވައި ގަންނަމުން ބުނެވުނެވެ. “ޝަހީ… ކީއްތިކުރީ؟..”

 

 

********************************ނުނިމޭ***************************************

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Husaan

Level 1100 Login

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ތިރީސް ފަސްވަނަ ބައި)

Next

ނަފްރަތުން ލޯތްބައް…10

Next
September 5, 2021

ނަފްރަތުން ލޯތްބައް…10

Previews
September 5, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ތިރީސް ފަސްވަނަ ބައި)

3 Comments!

  1. Mohamed Maixan says:
    September 5, 2021 at 10:14 pm

    Vv reethi vhk eh
    Dhn koniraku next part
    Next part avas kolladhechey ?

    1. Husaan says:
      September 5, 2021 at 10:24 pm

      ????? ??? ??????? ??????❤️
      ????? ????? ??? ?????? ???? ???? ?? ?????????? ???? ?????..
      ?????? ? ???? ???????? ?? ??????? ?❤️

    2. Husaan says:
      September 5, 2021 at 10:30 pm

      Thankx mohamed maixan❤️
      Nxt prt on the way hama
      Liyumuga mi ulhenee… Insha allah vrh avahah kiya leveyne ??❤️

Comments are closed.

Next Episodeފުރަތަމަ ނަޒަރުން ވެވުނު ލޯބި ( ހަތަރުވަނަ ބައި)←


All Right Reserved!