Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

ދޫކޮށްފައި ދިޔައީ އަހަރެން ކޮންކުށެއް ކޮށްގެން ހެއްޔެވެ؟

MissDoraa Level 110 Stories
August 31, 2021 2 Mins Read
0 Comments

ދުވަސްވަރަކީ ސްކޫލު ނިންމުމަށްފަހު މަތީ ތަޢުލީމު ހާސިލުކުރުމަށް ކޮލެޖަށް ދިޔަ ދުވަސްވަރެވެ. އަހަރެންނާއި ޢަލީ ދިމާވީ ކޮލެޖުންނެވެ. ފުރަތަމަ ފެނުނު ވަގުތުވެސް ތަފާތު އިހުސާސެއް ކުރެވުނެވެ. ފުރަތަމަ އެކަން ސިއްރުކުރީމެވެ. ދުވަސް ފާއިތުވަމުން ދިޔަވަރަކަށް ދެމީހުންގެ ދެމެދުގައި އޮތް ރަހުމަތްތެރިކަން ދިޔައީ ލޯތްބަށް ބަދަލުވަމުންނެވެ.

އެންމެފަހުން ކައިވެނި ކުރީމެވެ. ދުވަހަކުވެސް ވަކި ނުވާނެ ކަމަށް ދެމީހުންވެސް ވައުދުވީމެވެ. ދެ އޮފީހެއްގައި ދެމީހުން ވަޒީފާ އަދާކުރަމުން ދިޔައިރު އެކަކު އަނެކަކަށް ބޭނުންވާ ވަގުތު ދިޔައީ ހުސްކުރަމުންނެވެ. ކައިވެންޏަށް 5 އަހަރު ވާން ގާތްވެފައި ވަނިކޮށް ލޯބި ލޯބި ފިރިހެން ކުއްޖަކު ލިބުނެވެ. ކުޑަ ދަރިފުޅާއިއެކު އަހަރެމެންގެ އާއިލާއަށް އިތުރު އުފާވެރިކަމަކާއި ހިތްހަމަޖެހުން ލިބިގެން ދިޔައެވެ.

އެހެންނަމަވެސް މާގިނަ ދުވަހަކަށް އެ ހިތްހަމަޖެހުމެއް ދެމިއޮންނަ ގޮތެއް ނުވިއެވެ. ދުވަހެއް ދުވަހަކަށް ގެއިން ބޭރުގައި ޢަލީ ހޭދަކުރާ ވަގުތު އިތުރުވާން ފެށިއެވެ. ކުރާ އިތުބާރެއްގެ ބޮޑުކަމުން ފުރަތަމަ ދުވަސްކޮޅު ސުވާލެއް ނުކުރަމެވެ. އެހެންނަމަވެސް ކެތް ނުވާވަރު ވުމުން ސުވާލު ކުރަން ފެށީމެވެ. އެއިރު އަހަރެންނަށް ދިޔައީ އެކި ގޮތް ގޮތަށް ތަފާތު ވާހަކަތައް އަޑު އިވެމުންނެވެ. ގެއިން ބޭރުގައި ޢަލީ އެހެން އަންހެނަކު ގޮވައިގެން އުޅޭގޮތުގެ ވާހަކައެވެ. ސައިކަލު ބުރު ޖަހާލަން ގޮސް ރެސްޓޯރެންޓަށް ދާ ވާހަކައެވެ.

އަހަރެންގެ ހިތަށް ކެތްވާވަރެއް ނުވިއެވެ. އަހަރެންނަށް ބޭވަފާތެރިވީ ކީއްވެގެންތޯ ސުވާލުކުރީމެވެ. ޢަލީ ދިޔައީ އިވެމުންދާ އަޑުތަކަކީ ދޮގެއް ކަމަށް ބުނަމުންނެވެ. އިތުރު ވާހަކައެއް ދައްކާކަށް ނަހަދައެވެ. ކުރުކޮށް ޖަވާބު ދިނުމަށްފަހު މައުޟޫ ބަދަލުކުރެވޭތޯ ބަލަނީއެވެ.

އެންމެފަހުން އަހަރެންގެ ކެތްތެރިކަން ކޮޅުންލިއެވެ. އެއް ރެއެއްގައި ދަރިފުޅު ޢާއިލާ މީހަކާއި ހަވާލުކުރުމަށްފަހު ޢަލީގެ ފަސްފަހަތުން ނުކުތީމެވެ. އެއީ އަހަރެންގެ ހަޔާތުގައި އައި އެންމެ ހިތްދަތި ވަގުތުކޮޅޭވެސް ބުނެވިދާނެ އެވެ. ޢަލީ ގޮސް އެވަނީ އެހެން އަންހެނެއްގެ ގެއަށެވެ. ރަނގަޅަށް މަޢުލޫމާތު އޮޅުން ފިލުވިއިރު ޢަލީ ވަނީ އެއަންހެން މީހާއާއި ކައިވެނިވެސް ކޮށްފައެވެ. އެއީ ތަނަވަސް މީހެކެވެ. ދަރިއެއް ނެތެވެ. މާލޭގައި ގެދޮރު ހުރެއެވެ. ފައިސާއާއި އަރާމުގައި ޢަލީ އަށް ދިރިއުޅެވޭނެ މަގު އެމީހާ ވަނީ ފަހިކޮށްދީފައެވެ.

އެކަނިވެރިކަން އެވަގުތު އިހުސާސް ކުރެވުނެވެ. މައިންބަފައިންގެ ކައިވެނި ރޫޅި ޢާއިލާ އަކީ ތަނަވަސް ޢާއިލާއަކަށް ނުވުމުން މާބޮޑު އެހީތެރިކަމެއް ޢާއިލާ އިން އަހަރެންނަކަށް ނުލިބެއެވެ. ކުޑަކުޑަ ދަރިފުޅުގެ ހައްގުގައި ވެސް ކައިވެނި ރޫޅުނަ ނުދީ ވޭތޯ ހިތްވަރާއިއެކު މަސައްކަތް ކުރަން ބޭނުންވިއެވެ. އަހަރެން ބޭނުންވާ ގޮތަކަށް ކަންތައްތައް ނުވިއެވެ. މި ވަގުތީ ދުނިޔޭގައި އެންމެފަހުން ފިރިމީހާ ނިންމީ އަހަރެން ވަރިކުރާށެވެ. ސަބަބަކަށްވީ އެ އަންހެން މީހާ އެގޮތް ބޭނުންވުމެވެ. އަހަރެންނާއި ކުޑަ ދަރިފުޅު އެކަނިވީއެވެ.

ދަރިފުޅަށް 6 މަސް ފުރުމުން ވަޒީފާ އަށް ނުކުތީމެވެ. ވަޒީފާ އަށް ދާ ގަޑީގައި އިތުބާރު ހިފޭވަރު މީހަކާއި ދަރިފުޅު ހަވާލު ކުރުމަށްފަހު، މިއަދު އަހަރެން ވަޒީފާ އަދާ މިކުރަނީ އެ ދަރިފުޅަށް ރަނގަޅު ތަޢުލީމެއް ހޯދައިދިނުމުގެ ބޭނުމުގައެވެ. އެ ދަރިފުޅުގެ ބައްޕަގެ ފަރާތުން މާބޮޑު އެހީތެރިކަމެއް ނުލިބޭއިރު އަހަރެން ވަޒީފާ ދޫކޮށްފިނަމަ އަހަރެމެން ދިރިއުޅޭނެ އިތުރުގޮތެއް ނެތެވެ.

މިއަދުވެސް ހިތާ ހިތާ ކިޔާލެވެއެވެ. އަހަރެން ދޫކޮށްފައި ތިދިޔައީ އަހަރެން ކޮން ކުށެއް ކޮށްގެން ހެއްޔެވެ. އެއްފަހަރު ނަމަވެސް އަހަރެން ކައިރީގައި ބުނެލިނަމައެވެ. އަދިވެސް ވަރަށް ލޯބިވެއެވެ. އެކަމަކު ފަސްއެބުރި ބަލަން ބޭނުމެއް ނުވެއެވެ. އިރާދަ ކުރެއްވިއްޔާ މިންވަރަށް ޝުކުރު ކޮށްގެން ދަރިފުޅާއި އެކު އުފާވެރި ދިރިއުޅުމެއް ވޭތުކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރާނަމަވެ.

Share Article

Follow Me Written By

MissDoraa

Level 110 Stories

Other Articles

Previous

ހީވޭ ކަލާވާހެން-6

Next

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ތިރީސް ދެވަނަ ބައި)

Next
August 31, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ތިރީސް ދެވަނަ ބައި)

Previews
August 30, 2021

ހީވޭ ކަލާވާހެން-6



All Right Reserved!