Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އައިލ ީީ1

Lily Level 210 Stories
August 25, 2021 3 Mins Read
1 Comment

އެއަރޕޯޓް ދޮރުމަތީގައި ހުރި މެދު އުމުރުގެ ފިރިހެން މީހާ އިރުކޮޅަކާ އެތެރެއަށް ބޯ ދިއްކޮށްލައެވެ.ހީވާ ގޮތުން މީހަކު ނުފެނިގެންނެވެ.އިރުކޮޅަކުން އެތެރެއިން ހަމަ އެ އުމުރުގެ މީހަކާއި ޒުވާން އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ނުކުމެގެން އައިސް އޭނާ ގާތު މަޑު ކޮށްލިއެވެ.

“ޒައިދު ކޮބާ ކިހިނެއްތަ..މިހާރު ވަރަށް ތަފާތު..އެހެންނު ވާނީ ކިހާ ދުވަހެއްފަހުން މި ބައްދަލު ވީ ދޯ..””އާނ..މަ ހަމަ ރަނގަޅު.. އައްސަދު ކިހިނެތް..މިތިބީތަ އެލީ މާން..ހާދަ ބޮޑު ވެއްޖެޔޭ ދޯ މިހާރު.. އަމަން ވައްތަރީ ހަމަ އައްސަދުއާ..ދެން މިހިރީ ހަމަ ޝައިނީގެ ކޮޕީއެއް..މަށަށް އައިލީ ފެނުނީމަ ފުރަތަމަ ހީކުރީ ޝައިނީ ކަމައް..ހީހީ..ހިނގާ އަވަހަށް ގެއަށް ދާން..”ޒައިދު އާއި އައްސަދު ފަހަތުން އައިލީ އާއި އަމަން ވެސް ޒައިދުގެ ކަޅުކުލައިގެ ޕްރައިވެޓް ކާރަށް އެރިއެވެ.

އެ ޕްރައިވެޓް ކާރު މެލޭޝިޔާގެ މަގުތަކުން ދުއްވަމުން ގޮސް ބޮޑު ގޭޓެއްކުރިމައްޗައް ހުއްޓިއެވެ.ގޭޓް ހުޅުވުމާއެކު އަނެއްކާ ކާރު އެތެރެއަށް ދުއްވާލިއެވެ.

އައިލީ އާއި އަމަން ތިބީ އަނގަ ހުޅުވިފައެވެ.ވާނީވެސް އެހެންތާ އެވެ.އެމީހުނައް އެ ވަދެވުނީ ބޮޑު ހަވޭއްޔެއްގެ އެތެރެއަށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.ގޭގެ ބޭރު މިހާ ރީތިއްޔާ އަދި އެތެރެ ކިހާރީތިވާނެހެއްޔެވެ.އައިލީ އާއި އަމަން ދިޔައީ ދެފަރާތަށް ބަލަމުންނެވެ.އޭރުވެސް އެ ދެމީހުން ތިބީ އަނގަ ހުޅުވިފައެވެ.ގޭގެ މެދުގައި ބޮޑު ހަވޭއްޔައް ވަންނަން ގޭޓާ ހިސާބުން ގޭތެރެއާ ހަމައަށް ދިގު ގާޖަހާފައިވާ މަގެއްއޮތެވެ.އެމަގުގެ ކަނާތްފަރާތުގައި ތިން އަނބުގަސް އިންއިރު ކޮންމެ އަނބުގަހެއްގައި ދެ ހެއްލާ އުނދޯލި އިންއިރު އެ މަގުގެ ވާތް ފަރާތުގައި ޖަނބުރޯލު ފޭރު ފަދަ މޭވާ ގަސް ހުރިއިރު އިށީންނަ ބެންޗާއި ހިޔާކޮށްފައި ހުރި ދެތިން ކޮފީ ޓޭބަލް ވެސް ހުއްޓެވެ.އެތަން ކިތަންމެހާވެސް ރީއްޗެވެ.

އައިލީ އާއި އަމަން ހައިރާން ވެގެން ބަލަމުން ދިޔަ ނަމަވެސް އައްސަދުގެ މޫނުމަތިން ހައިރާންކަމުގެ ކަންފުޅެއްވެސް ނުފެނެއެވެ.އެއީ އައްސަދު ވަނީ ކިތަންމެ ފަހަރަކު އެގެއަށް އައިސްފައެވެ.ނަމަވެސް އައިލީ އާއި އަމަން އެއައީ އަދި އަލަށެވެ.

އައްސަދު އާއި ޒައިދު އަކީ އެންމެ ގާތް ދެ އެކުވެރިންނެވެ.ހަމަ އެގޮތުން ދެ ވިޔަފާރިވެރިން ވެސް މެއެވެ.އަމަން އާއި އައިލީ މެލޭއަށް އެއައީ ކޮލެޖައް ދާށެވެ.

ހަތަރު މީހުން އެތެރެއަށްވަދުނެވެ.އެމީހުން ފަހަތުން ފޮށިތައް ހިފައިގެން ދެ މަސައްކަތު މީހުން ވަނެވެ.އެއިރު ޒައިދުގެ އަންހެނުން ޝައިބާ އެމީހުންގެ އިންތިޒާރުގައި ސޯފައިގާ އިނެވެ.ޒައިދުމެނަކީ ތަނަވަސް އާއިލާއެއް ކަމުން އެގެވެސް ތަނަވަހެވެ.

“އަހަ ތިއައީ ދޯ..އިށީންދޭ..”ޝައިބާ އެމީހުން އައުމުން ހިނިތުން ވެލަމުން އިށީންނަން ބުންޏެވެ.އެންމެންވެސް ގޮސް ސޯފާގައި އިށީނެވެ.އެވަގުތު އެތަނައް ފަސްދޮޅަސް ވަރަކަށް އަހަރުގެ އަންހެނަކު ހުއްޓުނެވެ.އެމީހާ ލައިގެން ހުރީ ވަރަށް ބޮޑަށް ބާވެފައި ހުރި ހައުސް ކޯޓަކާއި ކަން ބުރުގަލެކެވެ.ބުރުގާވެސް ވަނީ ބާވެގެން ކުލަ ވެއްޓިފައިއެވެ.

ޝައިބާމެން މިހާ ތަނަވަސްއިރު އެމީހާއަށް ލާނެ ރީތި ހެދުމެއް ނެތުމުން އައިލީ ހައިރާންވިއެވެ.

“ސަކީލާ ގެނެބިލަ ހަތަރު ފެންތައްޓާ ޖޫސް..އަވަސްކުރާތި..”ޝައިބާ އެމީހާއަށް ބަލައަމުން ބުނެލިއެވެ.އެއަޑުގައާއި އެ ބެލުމުގައި ފޫހިކަމެއް ވިއެވެ.

“އައިލީ އައިލީއަށް މިގޭގަ ބޭނުން ގޮތަކަށް އުޅެވޭނެ އެނގޭ…އަމިއްލަ ގެ ކަމަށް ބަލާ..ދެން އުޅޭނެ ޝަބާ އާއި ޝައިލް އެއީ ދައްތަގެ ދަރިން..”އެމީހާ ދިޔުމުން ޝައިބާ ހިނިތުން ވެލަމުން ބުންޏެވެ.”ޝައިބާ ކޮބާތަ އެކުދިން..؟”ޒައިދު ބުންޏެވެ.”އެމީހުން އަދި ކޮލެޖުން ނާދެ..ނުނިމެނީހެން ހީވަނީ.. ޝައިލް ކާރުގަ ދެމީހުން ދިޔައީ…”ޝައިބާ ސަކީލާ ގެނައި ތަބަކުން ކޮންމެ މީހަކަށް ޖޫސްތައްޓެއް ދިނެވެ.

“ބައްޕާ ދެން ހަމަ ދަނީތަ..”އައްސަދު މިއަދު ހަވީރު މާލެއަށް ފުރާވާހަކަ ބުނުމުން އަމަން އާއި އައިލީ ތިބީ މާޔޫސްވެފަ އެވެ.”ދަރިފުޅުމެނައް އެނގެއެއްނު..މާމަ ބަލިވެގެންކަން އުޅެނީ..މަންމައެކަނި މާމަ ކައިރީގަ ހުރީ..ދޮންތަމެނަށް އާދެވޭނީ ހަފްތާއެއްހާ ދުވަސް ފަހުން..ބައްޕަ އަންނާނަން އިނގޭ ޓާރމް ބްރޭކް ގަ..”އައްސަދު ތެދުވީ ވަރަށް ބައިވަރު ނަސޭހަތް ދެކުދިންނައް ދިނުމަށް ފަހުއެވެ.

“މިހާރު ތިދަނީތަ..ހަވީރުއެއްނު ފުރަނީ..”އައްސަދު ތެދުވުމުން ޒައިދު ބުންޏެވެ.”އާން މިދަނީ ފުރަންވާއިރަށް ބާޒާރުކޮށްލަން ދިޔުމުގެ ކުރިން އަދި އަންނާނަން ހަދިޔާ ހިފައިގެން.. ޒައިދު ޝައިބާ އަހަރެންގެ ދެދަރިން ބަލާތި ރަނގަޅަށް.. އަހަރެން ތިމީހުނާ މި ހަވާލުކުރީ ތިމީހުނަށް އަހަރެން އިތުބާރު ކުރާވަރުން.. އެއީ އަހަރެންގެ ދެލޯ..ރަނގަޅަށް ބަލާތި.”

ޒައިދު ދިޔުމުން ދެކުދިން ޝައިބާ ފަހަތުން ހިނގައިގަތީ ކޮޓަރި އަށް ދާށެވެ.އޭރު ދެމީހުންގެ މޫނުމަތިން ވެސް ފެންނަނީ ދެރަވެފައިވާ މިންވަރެވެ.

ކޮޓަރިވެސް ވަކި ގޭތެރެއަކަށް ދުލެއްނުދެއެވެ.އައިލީގެ ކޮޓަރި ވަނީ މަޑު ދަނބު ކުލައިން ޒީނަތްތެރި ކޮށްފައެވެ.ދޮރު ކުރިމަތީގައި ހުރީ ކަހަލާ ދޮރެކެވެ.އެ ދޮރު ކަހާލުމުން ނުކުމެވެނީ ބޮޑު ބެލްޖަނިއަކަށެވެ.ބެލްކަނީގައި އެކި ވައްތަރުގެ މާގަހާއި ހެމޮކް އެއް އިނެވެ.ކޮޓަރި ދޮރުގެ ކަނާތްފަރާތުގެ މެދުގައި ބޮޑު ކުއީން ސައިޒު އެނދެއް އިންއިރު އެނދުގެ ކަނާތް ފަރާތުގައި ދެ ދަމާލާ ވަތްގަނޑުގެ ކަކުލާ ހަމައަށް އަންނަ ވަރުރުގެ ކަބަޑެއްއިނެވެ.އެނދުގެ ވާތްފަޅީގައި އިނީ ފާހާނާއެވެ.އެނދުގެ ކުރިމަތީގައި އިނީ ބޮޑު ހުދާއި ދަނބުން ޒީނަތްތެރި ކޮށްފައިވާ ކަބަޑެކެވެ.ކަޑާއި ޖެހިގެން އިނީ ހަމަ އެއާ އެއްވައްތަރު ޑްރެސިންގް ޓޭބަލް އެކެވެ.ކޮޓަރި މެދުގައި އޮތް ކަޅު ކާރޕެޓް މަތީގައި ބޮޑު ސޯފާއެއް ބެހެއްޓިފައި ހުއްޓެވެ.

ހަމަ ހަވޭލި އެކޭ އައިލީގެ ހިތައްއެރިއެވެ.

އަމަންގެ ކޮޓަރިވެސް އޮތީ ހަމައެހެންނެވެ.ތަފާތީ ފާރުގެ ކުލައާއި ފަރުނީޗަރު ކުލައެވެ.އެކޮޓަރި ޒީނަތްތެރި ކުރުމަށް ބޭނުންކޮށްފައި ހުރީ މަޑު ނުލާއި ގަދަ ނޫކުލައެވެ.

ދެމީހުންވެސް ގޮސް އެމީހަކު ކޮޓަރިއަށް ވަދެ ފުރަތަމަވެސް ވެއްޓިގަތީ އެނދަށެވެ.އެނދުގައި ޖެހުނުހެން ހީނުވެ ދެމީހުނައްވެސް ލޯމެރުނީ ވެފައި ހުރި ވަރުބަލިންނެވެ.

“ދޮންތާ ދެން ހޭލަބަ ހިނގާބަ މިގެ ބަލައިލަން ދާން..އޭ ކަންނެތް ދޮންތަގަނޑާ..”އައިލީއަށް ހޭލެވުނީ އަމަން އައިސް އެނދުގައި ފުމެން ފެށުމުންނެވެ.ދެން ނުނިދޭނެކަން އެނގުމުން އެނދުން ތެދުވެ ދެފަރާތަށް ބޯ ހޫރާލީ އަމަން އުޅޭ ގޮތުންނެވެ.”އަމަންގަނޑާ އެއޮށް އަރާމު ނިދިގަނޑޭ އެދިޔައީ..ދެން ވަރަށް ފޫހިވޭ..ދޭބިލަ އަމިއްލަ ރޫމައް… އުމުރުން ވިހި އަހަރޯ އެކަމު އުޅެނީ އަށް އަހަރުގެ ކުޑަ ކުއްޖަކު ހެން..”އައިލީ ހަށަން ބަނދެލި އެވެ.”ދޮނީ.. ސޮރީ އެކަމް ތިގާ ކަންނެތް ވަކަށް ނުވާނެ ހިނގާ ދާން މިގޭ ބޭރު ގާޑެން ބަލާލަން.”އަމަން ކިޔަން ފަށައިފިއްޔާ ނުހުއްޓާނެކަން އެނގުމުން އައިލީ ފާހާނާއަށް ފެން ވަރަން ވަނެވެ.

“އަމަން ކާކަށްތޯ ކުރިން..”އައިލީ އެހެން ކިޔާފައި ދުއްވައިގަތެވެ.ދޮރުންބޭރަށްނުކުންނަނިކޮށް އޭނާ މީހެއްގެ ގައިގައި ޖެހި ވެއްޓެން ދިޔައެވެ.އެވަގުތު އެމީހަކު އޭނަ ވެއްޓުނަނުދީ ހިފެހެއްޓި އެވެ.

ޝައިލް ކޮލެޖުން އާދެވުނީ ހަވީރުއެވެ.އޭރު ޝަބާ އެތެރެއަށްވަދެއްޖެއެވެ.ޝައިލް ލަސްވީ ކާރު ޕާކްކުރަން ޖެހުމުންނެވެ.

ކާރު ޕާކްކޮށްފައި އައސް ގޭގެ އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅު ހުއްޓުނީ އޭނަގެ ގައިގާ ޖެހި ކުއްޖަކު ވެއްޓެން ދިޔުމުންނެވެ.އެވަގުތު އެކުއްޖާގެ ގައިގައި އޭނާއަށް ހިފެހެއްޓުނެވެ.

އައިލީއަށް އޮވެވުނީ އެ ޒުވާނާގެ ދެލޮލަށް ގެއްލިފައެވެ.މަޑު މުށިކުލައިގެ ދެލޮލެވެ.ފަން ކުޑަކޮށް ދިގު އިސްތަށިގަނޑު އޮތީ މޫނުމައްޗަށް ވެއްޓިފައިއެވެ.އަލި ހަނގަނޑެކެވެ.ބާމަތި ފުޅާ ހަށިގަނޑެކެވެ.މިހެންގޮސް ކިޔާނެކަމެއް ނެތެވެ.ހުރިހާ ރީތިކަމެއް ހުސްކޮށްގެން ހުރި ޒުވާނެކެވެ.

ޝައިލް އަށްވެސް ވީ ހަމަ އެވަރެވެ.އޭނަގެ އަތުތެރޭ އޮތް އަންހެން ކުއްޖާގެ ދެލޮލަށް ގެއްލިފަ އޮވެވުނީ އެވެ.ފަން ކަޅުކަން ގަދަ ދިހުން އަރައަރާ އޮތް އިސްތަށިގަނޑު އޮތީ ދޫކޮށްލާފައެވެ. ރީތި ބައްޓަން ހަށިގަނޑަކާއި ވަށް ދޮން މޫނެކެވެ.

ދެމީހުނައް ސިހިފައި ދުރަށް ޖެހެވުނީ އަމަން ބާރަށް ހީގަތް އަޑަށެވެ.އެއާއެކު އައިލީގެ ކޯތާފަތް ރަތްވިއެވެ.

“ހައި..މީ އަމް ސޮރީ..އެނީވޭސް..އަމް ޝައިލް..ނައިސް ޓު މީޓް ޔޫ..”ޝައިލް އެކުވެރި ރާގެއްގައި ދެމީހުނާ ވާހަކަ ދެއްކި އެވެ.”ހެލޯ.. އައި އޭ ..””މަޑުކުރޭ މަޑުކުރޭ..ގެސް ކުރަންތަ..ތީ އަމަން..ދެން މީ އައިލީ..ރައިޓް”ޝައިލް އަމަންގެ ވާހަކަ ހުއްޓުވަމުން ބުންޏެވެ.”ކަރެކްޓް..އެކަމް ފްރެންޑްސް ކިޔަނީ މާން..ދޮނީ އަށް ކިޔަނީ ލީން..ދޯދޮން”އަމަން ރަކިވެފައި ހުރި އާއިލީ އަށް ދޯ ޖެހުމުން އައިލީ ބޯ ޖަހާލިއެވެ.އެވަގުތު ޝައިބާ އެންމެނައް ކާނޭގޮވުމުން އެންމެން މިސްރާބުޖެހީ ކާގެއާައި ދިމާލަށެވެ.

ނުނިމޭ

މީ އަޅުގަނޑު ގެ އާ ވާހަކައެވެ.އަޅުގަނޑުގެ ކުރީގެވާހަކަ”ކުރެވުނު ކަމަކުން”ގެނެސްދެވެން ނެތުމުން އަދިވެސް އެއްފަހަރު މާފަށް އެދެން ?
????❤️????♥️

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Lily

Level 210 Stories

Other Articles

Previous

ތި ސޫރަ ނޫން 13

Next

ބޭވަފާތެރިއެއް ނުވަމެވެ.

Next
August 25, 2021

ބޭވަފާތެރިއެއް ނުވަމެވެ.

Previews
August 24, 2021

ތި ސޫރަ ނޫން 13

One Comment

  1. hawwa lamya says:
    August 26, 2021 at 1:18 pm

    First part kamudhaanekamah ummeedhu kuran ?

Comments are closed.

Next Episodeއައިލީ 2←


All Right Reserved!