Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އައިލީ 3

Lily Level 210 Stories
August 30, 2021 2 Mins Read
0 Comments

އާދުވަހަކަށް އިރު އެރީ އައިލީ ލޯގަނޑު ކުރިމަތީގައި ރީތިވާން ހުއްޓައެވެ.

“ލީން.. ނިމިއްޖެތަ.. މޯމް ބުނީ އަންނާށޯ ސައި ބޯން އަވަހަށް.”އައިލީ ރީތިވާން ހުއްޓާ ޝަބާ ކޮޓަރީގައި ޓަކިޖަހާލަމުން ބުންޏެވެ.”އާން…މި ނިމުނީ..”

އައިލީ ކާގެއަށް ވަތް އިރު އެތާ މަދީ އޭނާ އެކަންޏެވެ.އެހެންކަމުން އޭނާ އަވަހަށް ގޮސް ގޮނޑީގައި އިށީނެވެ.އައިލީ އިށީނުމުން ކައިރީގައި ހުރި ސަކީލާ އައިސް ސައި އަޅަން ފެށިއެވެ.

“ސްސް..އައުޗް..”ހޫނު އެއްޗެއް ފައިމައްޗަށް އެޅުމުން އައިލީއަށް ކުއްލިއަކަށް ތެދުވެވުނެވެ.އެއިރު ސަކީލާ އިސްޖަހައިގެން ހުއްޓެވެ.

“ސާބަސް ކަލެއަށް..ހޫނު ސައޭ އެއީ..އެއްކަމެއްވިސް މިއަކަށް ރަނގަޅަކަށް ނުކުރެވޭނެ..އަދިއެބަހުއްޓޭ އިސްޖަހައިގެން..”އެތާތިބި އެންމެން ސިހުނީ ޝައިބާ ހަޅޭއްލަވައި ގަތުމުންނެވެ.”ދައްތާ އެ އޯކޭ ވާނޭ..އެހާ ހޫނެއްނޫނޭ..ސަކީލާދައްތައަށް ނޭނގުނީއޭ.. ދައްތާ އެހެން ހަޅޭއްލަވީމަ ސަކީލާ ދައްތަ ދެރަވާނެ..”އައިލީ އިސްޖަހައިގެން ހުރި ސަކީލާ އަށް ބަލައިލި އެވެ.”އަޅުގަނޑަށް މާފު ކުރޭ.. އަޅުގަނޑު ގަސްދުގައެއް ނޫން..”ސަކީލާ ބިރުން ހުރެ ކުރެހިފައިވާ އަޑަކުން ވާހަކަ ދެއްކި އެވެ.”އެ އޯކޭވާނެ ސަކީލާ ދައްތާ..އެހާ ހޫނެއްނޫނޭ..އެބައަންނަން އެއްޗިސް ބަދަލު ކޮށްގެން..”އައިލީ ސަކީލާއަށް ހީލަމުން ކޮޓަރި އަށް ވަނެވެ.

“ލީން ކީއްވެތަ އެ ސަކީލާއާ މާ މާތްކޮށް ތި ވާހަކަ ދައްކަނީ..؟”ކާރުތެރޭގައި އިނދެފައި ކުއްލިއަކަށް ޝަބާ ކުރި ސުވާލުން އައިލީ ސިހުނެވެ.”ކީކޭ އެއީ މަށަށް ވުރެ ބޮޑު މީހެއްނު..ޝަބާވެސް ކިޔަންޖެހޭނީ ދައްތައޭ..”އައިލީ އިންގޮތަށް އިނދެ ބުންޏެވެ.”ވަޓް ނޯވޭ މަށެއް އެމީހާ ގަނޑަކަށް ދައްތަ އެއް ނުކިޔާ ނަން..މި ދޮންބެވެސް އުޅޭނެ އޭނަ މާ ދައްތަ ކިޔާގެން.. އެއްބައި އިރު ދައްތަ އަނެއްފަހަރު ސަކިއްތަ..ހީވާނީ އަމިއްލަ މާމަ ގެންގުޅޭހެން..”ޝަބާ ތުން އަނބުރާލިއެވެ.”ޝަބާްކޯ..ދެންތީ ކޮން ކަމެއް..އެއީ ޝަބާްކޮއަށް ވުރެ މާ ބޮޑު މީހެކޭ..ދޮންބެ ބުނަމެއްނު އަބަދުވެސް ބޮޑު މީހުންގެ ނަމުން މުހާތަބު ނުކުރާށޭ..”ޝައިލް ނުރުހިފައި އެހެން ބުނުމުން ޝަބާ މައިތިރިވިއެވެ.

ކޮލެޖްގެ ފުރަތަމަ ދުވަސް ދިޔައީ ވަރަށް ފުރިހަމަ ކޮށެވެ.އައިލީއާއި ޝައިލް އެއްކުލާހަކަށް ދާއިރު ޝަބާ އާއި އަމަން ދަނީ އެހެން ދެކުލާހަށެވެ.ނަމަވެސް ތިން ކުލާސް ޖެހިޖެހިގެން ހުރުމުން ހަތަރު މީހުނައްވެސް ފަސޭހަވިއއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ އެސްފިޔަ ޖަހާހާ ހަލުވިކޮށެވެ.އައިލީމެން އެ ގޭގައި އުޅޭތާ އެއްމަސް ވީއިރު ޝައިބާ ސަކީލާ އަށް ދޭ ކުދި އަނިޔާތަކާއި ކިރަންމެކުޑަކަމެއްވިޔަސް ބުނަން ނުހެހޭވަރުގެ އެއްޗިސްބުނާތަން އައިލީއާއި އަމަން އަށް ފެނެއެވެ.

އެއްރެއެއްގެ ދަންވަރެވެ.މާދަމާއަކީ ބަންދު ދުވަހެއްކަމުން އައިލީ އާއި ޝަބާ ތިބީ އައިލީ ކޮޓަރީގައި ފިލްމެއް ބަލާށެވެ.

“އޭ މަ އެބައަންނަން ފެންފުޅިއެއް ހިފައިގެން..”އައިލީ ކޮޓަރިން ނިކުމެ ކާގެއަށް މިސްރާބު ޖެހިއެވެ.

ކާގެއާައި ކައިރިވާވަރަކަށް އަންހެނެއްގެ ރުއިމުގެ އަޑު އިވޭހެން އައިލީއަށް ހީވިއެވެ.އެހެންކަމުން އައިލީ ކުޑަކޮށް ބިރުގަތެވެ.ކާގެ ދޮރުކައިރީ ހުއްޓުމުން އެއީ ސަކީލާގެ އަޑުކަން އައިލީއަށް އެނގުނެވެ.ނަމަވެސް ސަކީލާ ރޯންވީ ކީއްވެހެއްޔެވެ.

“ދަރިފުޅާ މަންމައަށް ތިހެން ނުހަދާ..މަންމައަށް މާފު ކުރޭ..”އައިލީ އެހެން ހުންނަތާ ދެ މިނެޓް ފަހުން ސަކީލާ ވާހަކަދައްކަން ފެށިއެވެ.ސަކީލާ އެ ވާހަކަ ދައްކަނީ ކާކާބާއޭ ހިތާ އައިލީ ކާގެއަށް ބޯ ދިއްކޮށްލިއެވެ.

Share Article

Follow Me Written By

Lily

Level 210 Stories

Other Articles

Previous

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 6

Next

ވާ ލޯބި އެނގޭ ނަމަ ( 6 ވަނަ ބައި )

Next
August 30, 2021

ވާ ލޯބި އެނގޭ ނަމަ ( 6 ވަނަ ބައި )

Previews
August 30, 2021

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 6



All Right Reserved!