Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިއަތުން ދޫކޮށްލާކަށް ހިތެއް ނޭދެމޭ – 4

Aarsh Level 110 Stories
August 11, 2021 2 Mins Read
0 Comments

ދާއިންގެ ކަށުނަމާދަށްފަހު ފުލުސް އޮފީހަށް ވަތް ގޮތަށް ހައިޝަމް ދިޔައީ އިންވެސްޓިގޭޝަން ރޫމްއަށެވެ. އެއްވެސް އަޑެއް ބަޑެއް ނީވޭ އެތަނުގައި މީހާގެ ސިކުނޑީގައިވާ ހާސްކަން ފިލުވާލެވޭނީ އެތަނުން ކަމަށްވާތީއެވެ.

” ކީއްވެތަ؟ ކީއްވެތަ އަހަރެންނަށް ގޮތް ގޮތްވަނީ؟ ކީއްވެތަ ސާރަހްއަށް އެހެންވީމައި އަހަރެން ދެރަވަނީ؟ ކީއްވެތަ ސާރަހްއަކީ މީހެއްގެ އަންބެއްކަން އެނގުނީމައި މިހިތަށް އުނދަގޫވަނީ…؟ ” ހައިޝަމް ބޮލުގައި ހިފަހައްޓާލަމުން އަމިއްލަ ނަފްސާ ސުވާލުކުރަމުން ދިޔައެވެ.

” ސާރަހް އެހެންވީމައި ކީއްވެ އަހަރެން ދެރަވާންވީ؟ އަހަރެންމީ މިހާރު އެހެން މީހެއްގެ ހައްޤެއް..އަހަރެން އީނާ ދެކެ ލޯބިވަން. ސާރަހް އެއީ މިހާރު އަހަރެންނަށް ކާކު؟ ” ހައިޝަމް ޝަކުވާކުރަމުން ދިޔައެވެ. އެއާއެކު އޭނަގެ ހަނދާނަށް އަންނަން ފެށީ އެންމެ ފުރަތަމަ ސާރަހްއާއި ބައްދަލުވި ދުވަސް މަތިންނެވެ.

—

ދުވަހަކީ އިރުވައި މޫސުމުގެ ދުވަސްތަކުގެ ތެރެއިން ދުވަހެއްގެ ހަވީރުގެ ވަގުތެވެ. ނޫކުލައި އުޑުގައިވާ ކުދިކުދި ވިލާތައް ހީވަނީ ކަފަމެޓާތަކެއް އަތުރާލާފައިވާ ހެންނެވެ. ވިލުނޫކުލައިގެ ރާޅުތައް އެރާޅެއްގެ މަންޒިލަށް ވާސިލްވަމުން ދިޔައެވެ. ރަސްފަންނު ކައިރީގައިވާ ގަސްތައް ވަޔާ ހެލިލާ މަންޒަރު ބަލާލަން ހިތްގައިމެވެ. މިރީތި ގުދުރަތުގެ މަންޒަރު ބަލަން ފެންނަ މީހަކު ފޫހިނުވާނެއެވެ.

ރަސްފަންނުގައި ހުރެގެން ފެންނަމުން ދިޔަ ހިތްގައިމު ގުދުރަތީ ރީތި މަންޒަރުތައް ކެމެރާއަށް ރައްކާކުރަމުން ދިޔަ ހައިޝަމްގެ މޫނުމަތީގައިވަނީ އަންހެންކުދިން ހިތްދަމައިގަންނާނެ ފަދަ ހިނިތުންވުމެކެވެ. ކެމެރާ ލޮލުގައި ޖައްސައިގެން ހުރެ އެއްލޯ މަރައިގެން ފެންނަމުން ދިޔަ މޫދަށް އެޅިފައިވާ އިރުގެ ރިވެލިއަށް ފޮޓޯ ފޯކަސް ކުރަމުން ރީތި ފޮޓޯއެއް ނެގުމަށް ރެޑީވެލި ހައިޝަމްގެ ހަރަކާތް ހުއްޓުނީ އެމަންޒަރު ކުރިމައްޗަށް ދުރުން އެރި އަންހެންކުއްޖެއް ފެނިފައެވެ.

ހެޔޮވަރު އިސްކޮޅެއް ލިބިފައިވާ ގުޅޭ ދޮން އޮމާން ހަންގަނޑެއްގެ ވެރި އެއަންހެންކުއްޖާގެ ގަދަމުށިކުލައިގެ ލޮލާ ގުޅޭ ކުލައެއްގެ ޝޯލްއަކާއި އަތްދިގު ކަކުލާ ހަމަޔަށް އަރާ ކެރެމަލް ކުލައެއްގެ ގަޔަށް ދޫ ގަމީހާއި ނޫޖިންސެއްލައިގެން ހުރި އެއަންހެންކުއްޖާގެ ލުއި ހީލުމަކާއެކު އެދެކޮލަށް އެޅުނު އަޑި ކޮޅު ބަލަން ހައިޝަމް ހުރީ އާޝޯހުވެފައެވެ. ދުރުބަލައިގެން ހުރި އެއަންހެންކުއްޖާ ރީތި ސޫރަ ބޭއިޙްތިޔާރުގައި ހުރެގެން ހައިޝަމްއަށް އެތައް ފޮޓޯތަކެއް ނެގުނެވެ. ކުއްލިއަކަށް އެކުއްޖާއަށް ހައިޝަމް ފެނުމާއެކު އެކުއްޖާގެ ދެލޯ ބޮޑުވެގެން ދިޔަ މަންޒަރު ފެނިފައި ހަމަހޭވެރިކަންވީ ފަދައިން ހައިޝަމްއަށް ކެމެރާ ލޯމަތިން ތިރިކޮއްލެވުނެވެ.

” ކީއްވެ ހުއްދަ ނުނަގާ ފޮޓޯ ތިނަގަނީ…؟ ” ބާރު ހިނގުމެއްގައި އައިސް އެއަންހެންކުއްޖާ ހައިޝަމްގެ ކުރިމައްޗަށް މަޑުކޮއްލަމުން ރުޅިވެރި ރާގަކަށް ސުވާލުކޮއްލިއެވެ.

” ނޭނގި.. ސޮރީ… ” ހައިޝަމް އެއަންހެންކުއްޖާގެ ދެލޮލަށް ބަލާލަމުން ބުނެލިއެވެ.

” ނޭނގިއެއް ނުނެގޭނެ… ދީބަލަ ތިކެމެރާ… ” އެއަންހެންކުއްޖާ ހައިޝަމްގެ ކެމެރާގައި ހިފުމަށް އަތްދިއްކޮއްލިއެވެ. ހައިޝަމް ކެމެރާ ދިއްކޮއްލުމުން އެކުއްޖާ އެކެމެރާގައި ހިފިއެވެ.

” ހޫމް… އިމްޕްރެސިވް… ” ރުޅިއައިސްފައި ހުރި އެއަންހެންކުއްޖާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ހީވާގޮތުން އޭނަޔަށް އެފޮޓޯތައް ކަމުދިޔައީއެވެ.

” މިހާ ރީތި ފޮޓޯތަކެއް ނަގާފަ އަހަރެންނަށް އުޖޫރައެއް ދޭންވާނެ… ” އެކުއްޖާ ބޮޑަ ގޮތަކަށް ބުނެލިއެވެ.

” އުޖޫރައެކޭ..؟ އަހަރެން މީ މޮޑެލް ކުރާ މީހުން ފޮޓޯ ނަގާ މީހެއް ނޫނޭ.. އެހެން ނޫނަސް އަހަރެންނެއްނު ފޮޓޯ މިނެގީ.. އަހަރެންނަށް ތީނަ ދޯ އުޖޫރަ ދޭން ޖެހޭނީ.. ” ހައިޝަމްގެ ގާތަށް ހިނިއައެވެ.

” އުފް… މާ ކަޑައެއްނު.. އަހަރެންގެ އަތުގަ އެއް ނެތް ތީނައަށް ދޭނެ އެއްވެސް އުޖޫރައެއް.. އައި އޭމް އޮންލީ ސެވެންޓީން.. ” އެއަންހެންކުއްޖާ ފޮނި ގޮތަކަށް ހީލިއެވެ.

” ހިހިހި. ސޭމް އޭޖް ދޯ؟ މަވެސް ސެވެންޓީން.. އޯކޭ ދެން ނޯ އުޖޫރަ… ” ހައިޝަމްއަށް އެއަންހެންކުއްޖާ ނުހަނު ކަމުދިޔައެވެ.

” އަހަރެން މިފޮޓޯތައް ބޭނުން.. ފޮނުވިދާނެތަ؟ ” އެއަންހެންކުއްޖާ ކެމެރާ ހައިޝަމްއަތަށް ދިއްކޮލަމުން ބުނެލިއެވެ.

” ސުއަރ.. އެކަމަކު ކިހިނެތް؟ އަހަރެން އަތުގައި ތީނަގެ ނަންބަރެއް ނެތް… ސޯސަލް އެކައުންޓެއްގެ އައިޑީއެއްވެސް ނެތް.. ” ހައިޝަމް ނިއްއަރުވާލަމުން ސުވާލުކޮއްލިއެވެ.

” މެސެންޖާ ޔޫސް ކުރަންތަ؟ ” އެކުއްޖާ ފޯނުން އެއްޗެއް ހޯދާލަމުން އަހާލިއެވެ. ހައިޝަމް ބޯ ޖަހާލިއެވެ.

” މިއީ މެސެންޖާ އައި ޑީ.. ” ސާރަހް ފޯނުން މެސެންޖާ ކިއު އާރް ކޯޑް ދައްކާލިއެވެ.

” ވޯވް. މީހާގެ ސޫރަޔާ އެއްވަރަށް ނަންވެސް ރީތި.. ސާރަހް.. ” ހައިޝަމް ސުކޭން ކުރި އެކޯޑް އިން އެކުއްޖާގެ އައިޑީގައި އިން ނަން ފެނިފައި ހިނިތުންވެލެވުނެވެ.

” ހައިޝަމް..؟ ކޫލް.. ” ސާރަހްވެސް ހައިޝަމްގެ އައިޑީ ބަލަމުން ނަން ކިޔާލިއެވެ.

” އޯހް.. ބަލާ އެއައީ… ޓީޓިވައިއެލް… ” ލުއި ހީލުމަކާއެކު ސާރަހް ސައިކަލުގައި އައިސް މަޑުކޮއްލި ޒުވާނާގެ ގާތަށް ދިޔުމަށް ހިގައިގަތެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aarsh

Level 110 Stories

I am a girl who loves to write stories alot.. I hope you all readers will love to read my stories just like how i love to write them. ?❤ ~Aarsh~

Other Articles

Previous

ތި ސޫރަ ނޫން 6

Next

ކުރެވުނު ކަމަކުން 4

Next
August 11, 2021

ކުރެވުނު ކަމަކުން 4

Previews
August 11, 2021

ތި ސޫރަ ނޫން 6



All Right Reserved!