Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިއަތުން ދޫކޮއްލާކަށް ހިތެއް ނޭދެމޭ – 5

Aarsh Level 110 Stories
August 19, 2021 4 Mins Read
0 Comments

” އޯހް.. ބަލާ އެއައީ… ޓީޓިވައިއެލް… ” ލުއި ހީލުމަކާއެކު ސާރަހް ސައިކަލުގައި އައިސް މަޑުކޮއްލި ޒުވާނާގެ ގާތަށް ދިޔުމަށް ހިގައިގަތެވެ.

—

” ސަރ.. ވިތްނެސްއަކު އެބަހުރި…” ހައިޝަމްއަށް ހިޔާލުތަކުން ބޭރުވެވުނީ އިންވެސްޓިގޭޝަން ރޫމްގެ އެތެރެޔަށް އޭނަގެ ދަށުން މަސައްކަތްކުރާ ޕޮލިހެއް ވަނުމުންނެވެ.

” ވައްދާ.. ” ހައިޝަމް އެމޭޒުމަތީގައި ބާއްވާލެވިފައި އޮތް ލެޕްޓޮޕް ހުޅުވާލިއެވެ.

” ކޮން ނަމެއްތޯ ކިޔަނީ؟ ” އެތެރެއަށް ވަތް މެދު އުމުރުގެ ފިރިހެންމީހާ ހައިޝަމް ކުރިމަތީގައި އިން ގޮނޑީގައި އިށީނުމުން ސުވާލުކޮއްލިއެވެ.

” ރާއިދު.. ” އެމީހާ ފުންނޭވާއެއް ދޫކޮއްލަމުން ބުނެލިއެވެ.

” ވަރަށް ހާސްވެފަތޯ ތިހުންނެވީ؟ ” އެމީހާގެ މޫނުމަތިން ނާވަސްކަން ފާޅުވަމުން ދިޔުމުން ހައިޝަމް އަހާލިއެވެ. މާޔޫސްވެފައި ހުރި ހައިޝަމްގެ ގާތަށް ހިނިއައެވެ. އޭނަ ހަނދާންވީ އޭނައާ ފުލުހެއް ފުރަތަމަ ފަހަރަށް މުހާތަބުކުރުމުން ހާސްކަންމަތީ އުޅުނު ގޮތެވެ. އޭނަ ހުރީ އެތެރެޔަށް ހިނިގަނޑު ހިންދައިގެންނެވެ.

” ލައްބަ.. އެކްސިޑެންޓުގެ ވިތްނެސްއަކަށް ވީމައި އަޅުގަނޑަށް ހީވަނީ އެމީހާ އަޅުގަނޑު ފަހަތުން އަޅުގަނޑު މަރާލަންވެސް އައިސް ދާނެޔޭ… އަޅުގަނޑު އަންހެނުން އެދުނީމަ އަޅުގަނޑު ބަޔާންދޭން މިއައީ ވެސް… ” ރާއިދު ނިއްކުރީގައި ހުރި އޮށްދާ ތިކިތައް އަދުގެ ނުފުށުން ފުހެލިއެވެ.

” ކަންބޮޑުވެ ނުލައްވާ… އަޅުގަނޑުމެން ތިބޭފުޅާ ރައްކާތެރިކޮއްދޭނަން.. އެކްސިޑެންޓު ހިނގީ ކިހިނެތްތޯ؟ ” ހައިޝަމް މޭޒުމަތީގައި ހުރި ޓިޝޫއަކުން ޓިޝޫއެއް ދެމުން އޯގާތެރިކަމާއެކު ސުވާލުކޮއްލިއެވެ.

” އަޅުގަނޑު ހުރީ އަންހެނުން ބުނެގެން ފިހާރަޔަށް އެއްޗެއް ގަންނަން ގޮސް. އެ އެކްސިޑޭންޓު ހިނގި ވަގުތު އަޅުގަނޑަށް ހުރެވުނީ ބޭރު ބިއްލޫރިގަނޑުން ބޭރު ފެންނަ ހަރެއް ކައިރީގައި. ކުއްލިއަކަށް ފެނުނީ ވާތް ފަރާތުން ދުއްވާފައި ދިޔަ ކާރެއް އުނދަގޫ ގޮތަކަށް މަޑުކުރިތަން. އެއާއެކު އެކާރު ތެރެއިން އަވަސް އަރުވާލާފައި ނިކުތް އަންހެންކުއްޖާގެ މިސްރާބު ހުރީ މަގުގެ އަނެއް ފަރާތުގައި ހުރި ކުޑަ ކުއްޖެއްގެ ކައިރިއަށް. މަގުގެ ގޮތުން އެވަގުތު އެއްވެސް އެއްޗެއް ނެތް. އެއަންހެންކުއްޖާގެ ފަހަތުން ކާރު ދުއްވަން އިން ފިރިހެންކުއްޖާވެސް ދުއްވައިގަތް. އެފިރިހެންކުއްޖާ ހީވީ ކޮންމެވެސް އެއްޗެކޭ ކިޔަމުން ދިޔަ ހެންވެސް. ފިހާރައިގެ އެތެރޭގައި ހުރުމުން އެބުނި އެއްޗެއް އަޅުގަނޑަކަށް ނޭނގޭ.. އެވަގުތު ކުއްލިއަކަށް އައި ވޭނެއް ފެނުނީ އެދެމިހުންގެ ގައިގައި ޖައްސަން އައި ތަން.. ފިރިހެންކުއްޖާ އަވަހަށް އަންހެންކުއްޖާ ދުރަށް ޕޭވްމެންޓު މައްޗާ ދިމާއަށް ކޮއްޕާލީ. އެކުއްޖާ ވެއްޓުނު ގޮތަށް ތާރުގަނޑުގައި ބޯޖެހުނީ.. ފިރިހެންކުއްޖާ ވޭނުގައި ޖެހިފައި ދިޔައީ ދުރަށް އެއްލައިގެން. ނޭނގެ ދިޔަ ހިސާބެއްވެސް. އެއަށްފަހު ދެން ފެނުނީ މާހައިރާންކުރުވާ ކަމެއް. ވޭނު ދުއްވަން އިން މީހާ ވޭނު މަޑުކޮއްފައި ފައިބައިގެން ގޮސް އެތާރުގަނޑުމަތީ ރޯން ހުރި ކުޑަ ކުއްޖާ ގަދަކަމުން އުރައިގެން ގެނެސް ވޭނަށް އަރުވައިގެން ވޭނުގައި ދިޔައީ.. އަހަރެން އަވަހަށް ދުއްވައިގަތީ ބޭރަށް. އެންބިއުލާންސްއަށް ގުޅަމުން. އޭރު އަންހެންކުއްޖާ ހެޔެއް ނެތް. ފިރިހެންކުއްޖާ ނެތް ލޮލުކޮޅަށް ނެތް ފެންނަންވެސް. ”  ރާއިދުގެ ޖަވާބުން ހައިޝަމްއަށް ލިބުނީ ކުއްލި ސިހުމެކެވެ. ސާރަހް މަރާލަން މީހަކު ގަސްތުކުރިކަން އެނގުމުން އޭނަޔަށް ރުޅިއާދެވުނެވެ. އެހެނަސް ދެވަނަ ސިކުންތުގައި ސާރަހް ސަލާމަތްވުމުން މާތްﷲއަށް ޙަމްދުކޮއްލެވުނެވެ.

” ކިހާ ވަރެއްގެ ކުޑަ ފިރިހެންކުއްޖެއްތޯ؟ ވޭނުން ނުކުތީ އަންހެނެއް ނުވަތަ ފިރިހެނެއްތޯ؟ ވޭނުގެ ނަންބަރ ފެނުނުތޯ؟ ”  ރުޅިގަނޑު މަޑުކުރެވޭތޯ ބަލަމުން ހައިޝަމް ސުވާލުތަކެއް ކޮއްލިއެވެ.

” ފަސްވަރަކަށް އަހަރަށްދާ ކުޑަ ފިރިހެންކުއްޖެއް. އާއްމުކޮށް ރާއްޖޭން ފެންނަ ކުދިންނާ ބަލާފައި އެކުއްޖާގެ ހުރީ މުށި އިސްތަށިގަނޑެއް. ވޭނުން ނުކުތް މީހަކީ އަންހެނެއް ކަމެއް ނުވަތަ ފިރިހެނެއްކަމެއް ވަކިކުރާކަށް ނޭނގުނު. މޫނުވެސް ފޮރުވައިގެން ހުރި އެމީހާ ލައިގެން ހުރީ ހުސް ކަޅު އެއްޗެހި. ވޭނުގެ ނަންބަރ ފެންނަ ވަރަށްވުރެ އަޅުގަނޑު ހުރީ ހާސްކަމެއްގެ ތެރޭގައި. ” ރާއިދު އެވާހަކަތައް ކިޔައި ދިން އިރު ދެލޮލުގައިވި ކަރުނަތައް ފައިބަންވަނީ ފަށާފައެވެ. އިންސާނަކު އެފަދަ ރަޙުމު ކުޑަ ކަމެއް ކުރުމުން އޭނައަށް ވަނީ އެ ކަމުން އަސަރުކޮއްފައެވެ.

” އަމް… މައްސަލައެއް ނެތް ދެން ދުރުވިޔަސް. އަޅުގަނޑުމެން އަދި ފަހުން ގުޅާލާނަން. ވިތްނެސް ޕުރޮޓެކްޝަންއަށް އެދިލެއްވުމަށް ބޭރުގައި ހުރި ކައުންޓަރުން ފޯމެއް ނެންގެވުމަށްފަހު ފިލްކޮއްލައްވާ… ޝުކުރިއްޔާ ތިދެއްވި އެއްބާރުލުމަށް،،، ” ހައިޝަމް ގަދަކަމުން ހިނިތުންވެލިއެވެ. އައިސްފައިވާ ރުޅީގެ ސަބަބުން އޭނައަށް އެވަގުތު ހިނިތުންވެލާކަށްވެސް ނޭނގުނެވެ.

” ޖައިލަމް. އެސް.އީ ފުލުހުންނަށް އަންގާ ސާރަހްއަށް ރައްކާތެރިކަން ދިނުމަށް… ” ރާއިދު ނިކުތްތަން ބެލުމަށްފަހު ހައިޝަމް ޖައިލަމްއަށް އަވަސް އަވަހަށް ގުޅާލިއެވެ.

” ލައްބަ ސަރ… ” ޖައިލަމް ފޯނު ކަނޑާލިއެވެ. އަދި އީނާ އޭނަގެ ފޯނަށް ގުޅަ ގުޅާ ހުއްޓާ ފޯނު އޮފްކޮއްލުމަށްފަހު ބޮލުގައި ހިފަހައްޓާލެވުނެވެ. ސާރަހް ދޫކޮއްލެވުމުން އެކަމާ މިއަދު އޭނަ ރިގްރެޑް ވާން ފަށައިފިއެވެ. ސާރަހްދެކެ ލޯބިނުވާ ކަމުގައި ބުންޏަސް އެހިތް އަދިވެސް ސާރަހްދެކެ ލޯބިވާކަން މިއަދު އޭނައަށް ޔަޤީންވެއްޖެއެވެ.

—

” ޝާވިން… ” އިސްޖަހާލައިގެން ގެޔަށް އައިސް ވަތް ޝާވިން ފެނިފައި ސޯފާގައި އިން ނަވާރްއަށް ކޮޅަށް ތެދުވެވުނެވެ. އަދި އަަވަސް ހިނގުމެއްގައި ގޮސް ޝާވިންގެ ކުރިމަތީގައި މަޑުކޮއްލި ވަގުތު އިސްއުފުލާލި ޝާވިންގެ ކަރުނައިން ފުރިފައިވި ދެލޯ ފެނިފައި ނަވާރްގެ ދެލޯ ވެސް ކަރުނުން ފުރުނެވެ.

” އިން ޝާ ﷲ އިޓް ވިލް ބި އޯކޭ.. ” ޝާވިން ކުޑަކޮށް އޭނަގެ ދެއަތް ނަވާރްގެ ހަށިގަނޑުގައި ވަށާލަމުން ނަވާރްގެ ކޮނޑުގައި ދަތްދޮޅި ޖައްސާލި ވަގުތު ނަވާރް ބުނެލިއެވެ.

” އިން ޝާ ﷲ ” ފާއިޒް ގެޔަށް ވަންނަމުން ބުނެލިއެވެ. ވަގުތުން ނަވާރްއާއި ޝާވިންއަށް ސިހިފައި ދުރަށް ޖެހިލެވުނެވެ.

”  ދަރިފުޅު މިއީ ހިތްވަރުކުރަން ޖެހޭ ވަގުތެއް. ދަރިފުޅު ތިއީ އާއިލާގެ އެންމެ ދޮށީ ކުއްޖާ. މަންމަ އައި.ސީ.ޔޫގައި އޮތް އިރު ބައްޕަވެސް އެއިނީ ނެގިމަޑުވެފައި. ދަނިޔަލްގެ ހާލު ވެސް މާ ރަނގަޅެއް ނޫންކަން ބައްޕައަށް އެނގެނީ… ދަރިފުޅު ހިތްވަރުކޮއްގެން ދެން ތިބި ބަޔަކަށް އެއްބާރުލުން ދިނީމައި އެހެން މީހުންނަށްވެސް ހިތްވަރު ލިބޭނީ… ބައްޕަމެން އިން ޝާ ﷲ ވީވަރަކުން އެހީވާނަން.. ” ފާއިޒް ޝާވިންގެ ބޮލުގައި ފިރުމާލިއެވެ. ޝާވިން ގަދަކަމުން ހިނިތުންވެލިއެވެ. ފާއިޒް ވެސް ހިނިތުންވެލުމަށްފަހު އޭނަގެ ކޮޓަރިއަށް ދިޔައެވެ.

” އަހަރެން ވެސް… އިން ޝާ ﷲ ” ނަވާރް ޝާވިންއަށް ބަލާލަމުން ކަރުނައިގެ ތެރެއިން ހިނިތުންވެލިއެވެ. ޝާވިން ނަވާރްގެ އެނިތަށް ބޮސްދެމުން ދެވަނަ ފަހަރަށް ނަވާރްގެ ގައިގައި ބައްދާލިއެވެ.

—

***

ގޯލްޑްކުލައިގެ ފިނިފެންމަލެއްފަދަ ވައްތިރިގަނޑެއް އިން އަތްދިގު ޕާރޓީ ހެދުމުގައި ސާރަހް ކިތަންމެ ހާވެސް ރީއްޗެވެ. ހެދުމުގައި އަޅާފައިވާ ގޯލްޑް ކުލައިގެ ރޭނދާއާއި ގުޅޭ ގޮތެއް ގޯލްޑް ސޯލްއެއް އަޅައިގެން ހުރި އިރު މޫނުގައި ލުއި މޭކަޕެއް ކޮއްލާފައިވެއެވެ. ނަވާރްއާއި ޝާވިންއަށް އެންމެ ކުލައިން ވެޑިންއަށް ފަހާފައި ހެދުމުގައި ސާރަހް ދެން އެތަނުގައި ތިބި އެހެން އަންހެން ކުދިންނަށްވުރެ ކިތަންމެ ހާވެސް ރީއްޗެވެ.

” ޔޫ ލުކް ބިއުޓިފުލް… ” އަތުގައި އޮތް ހުދުކުލައިގެ ފިނިފެންމާ ބޮކޭއަށް ބަލަހައްޓައިގެން ހިނިތުންވެފައި ހުރި ސާރަހް ސިހުނީ ދާދި ގާތުން ހިތްގައިމު ބަރު އަޑެއް އިވުމުންނެވެ. ހީލަމުން އެމީހަކާ ދިމާއަށް އެނބުރުނު ވަގުތު ކުރިމަތީގައި ހުރި ޒުވާނާ ފެނިފައި އެހިނިތުންވުން ފުންވެގެން ދިޔައެވެ. ކަޅު ސޫޓުގައި ހުރި އެޒުވާނާގެ ތުންފަތްމަތީގައިވި ހިނިތުންވުމުން އެރީތިކަން އިތުރުވެގެން ދިޔައެވެ. ފަންފަން ކަޅު އިސްތަަށިގަނޑާއި ކިރިޔާ ބޯހިއްލާފައިވާ ތުނބުޅި މަތިމަހުން އެހިތްގައިމުކަން އިތުރަށް ފުރިހަމަވެއެވެ. އިސްކޮޅުން ދިގު ބާމަތި ފުޅާ ހަށިގަނޑެއްގެވެރި އެޒުވާނާގެ ހުދު ދޮން ހަންގަނޑު އޮމާނެވެ.

” ލެޓްސް ގޯ.. ” އެޒުވާނާ އަތް ދިއްކޮއްލީ އެއަތުގައި ހިފުމަށް ދައުވަތު ދެމުންނެވެ. ސާރަހް ހީގަނެފައި އޭނަގެ އަތް އެޒުވާނާގެ އަތުތެރެއަށް ލާން އުޅުނު ވަގުތު އޭނަގެ ފަހަތުން އައި އެހެން އަންހެންކުއްޖަކު އެޒުވާނާގެ އަތުގައި ހިފައިފިއެވެ. އެޒުވާނާ ހީގަނެފައި އަންހެންކުއްޖާއަށް ކޮންމެވެސް އެއްޗެއް ބުނެލަމުން ދުރަށް ހިނގައިގަތެވެ. ވަގުތުން ފެންކަޅިވި ދެލޮލުން ސާރަހް އެދެމީހުންނަށް ބަލަހައްޓައިގެން ހުއްޓާ ފަސްއަހަރަށްދާ ވަރުގެ ކުޑަ ފިރިހެންކުއްޖެއް އައިސް އެދެމިހުންގެ މެދަށް ވަތް ވަގުތު އެޒުވާނާ އެނބުރި އޭނަޔާ ދިމާއަށް ބަލާލުމަށްފަހު ނުބައި ގޮތަކަށް ހިނިތުންވެލިއެވެ.

***

” އަރްޝް!!!! ” ސިހިފައި ސާރަހްއަށް ތެދުވެވުނު ވަގުތު ދާދި ގާތުގައި އިން ސާމިޔާ ދިޔައީ ސިހިގެންނެވެ.

ނުނިމޭ

Share Article

Follow Me Written By

Aarsh

Level 110 Stories

I am a girl who loves to write stories alot.. I hope you all readers will love to read my stories just like how i love to write them. ?❤ ~Aarsh~

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސައްބީސް ވަނަ ބައި)

Next

އެދެނީ އެކުގައިވާށޭ – 1

Next
August 19, 2021

އެދެނީ އެކުގައިވާށޭ – 1

Previews
August 19, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސައްބީސް ވަނަ ބައި)



All Right Reserved!