ތިއަތުން ދޫކޮށްލާކަށް ހިތެއް ނޭދެމޭ – 2
ވެހެމުން ދިޔަ ވާރޭ ތިކި ތައް އައިސް ބުލޫވިންކް ރެސްޓްރޯރެންޓްގެ ބިއްލޫރި ގަނޑުގައި ޖެހެމުން ދިޔަ މަންޒަރު ބަލަން އަޅިކުލައިގެ އޮފީސް ހެދުމެއްގައި އިން އީނާގެ މޫނުމަތީގައިވީ ނުތަނަވަސްކަމެވެ. ދޭތެރެ ދޭތެރެއިން އަތުގައި އޮތް ޕީޗްބެރީ ގަޑިޔަށް ނަޒަރު ހުއްޓާލެވެއެވެ. ހީވަނީ މީހަކަށް އިންތިޒާރުކުރާ ހެންނެވެ. އެވަގުތު ރެސްޓުރޯރެންޓްގެ މައި ދޮރު ހުޅުވާފައި ވަތް ފުލުސް ޔުނީފޯމްގައި ހުރި ޒުވާނާ ފެނިފައި އެމޫނުމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
” ތެންކިޔު ފޯރ ކަމިން.. ” އީނާ އިން މޭޒުގެ އަނެއް ފަރާތުގައި އިން ހުސްގޮނޑީގައި އިށީން ޒުވާނާއަށް ބަލާލަމުން ބުނެލިއެވެ. އޭރު އެޒުވާނާގެ ފަން އޮމާން އިސްތަށިގަނޑާއި މަޑު ނޫކުލައިގެ ގަމީސްވަނީ މުޅިން ހެން ތެމިފައެވެ. ތެމިފައިވާ ނޫކުލައިގެ ގަމީހުން އެކަސްރަތީ ހަށިގަނޑު ކޮންމެވެސް ވަރަކަށް އެނގެއެވެ. ފެން ހަރުލާފައިވާ އިސްތަށިތަކުން ފެންތިކިތައް މޫނަށް ފައިބަމުން ދިޔައެވެ. ބަލާލަން ފޫހިނުވާ ހިތްދަމައިގަންނަ ގޮތެއް އެޒުވާނާގެ ހުއްޓެވެ.
” ކިހިނެތްވެ އަހަރެން ނާންނަންވީ؟ އަހަރެން ލޯބިވާ ޒިއު މީހަކު ޖަހައިގަނެދާނެތީ ބިރުގަނޭ.. ” އެޒުވާނާ ހީލަމުން މޭޒުމަތީގައި ބާއްވާލެވިފައި އޮތް އީނާގެ ދެއަތުގައި ހިފާލިއެވެ.
” ފިނި….” އީނާ ސިހިފައި އަތް ދުރުކޮއްލިއެވެ.
” ދެން އަޅެ ދީބަލަ. ވަރަށް ހީކަރުވާ… ޑިއުޓީގައި ބިޒީކޮށް އުޅެނިކޮށް ޒިއު އާރޖެންޓްކޮށް ގުޅީމައި ޕޮލިސް ބަހުގައި އަންނަން އުޅުނީ. އެކަމަކު ބޮޑު ކަމެއްވެގެން ބަހެއް ހުހެއް ނުވި. އެންމެ ފަހުން ސައިކުގަ ބާރަށް ދުއްވާފައި އައީމަވެސް ތެމުނީ.. އެވަރުން އައީމަވެސް ދޯ…؟ ” އެޒުވާނާ ދެރަވާ ކަމަށް ހަދާލިއެވެ.
” އަޅެ ސާބަސް.. ޒިއު އަބަދުވެސް ބުނަމެއްނު ހާޝް ބާރަށް ސައިކު ނުދުއްވާށޭ… ތިހެން ހަދަންޏާ ލޯތްބެއް ނުވާނަން ” އީނާ މޫނު އަނބުރާލިއެވެ.
” ކަމޯން މައި ލަވް… ޒިއު އެހާ ގިނައިރު ވެއިޓްކުރަން ބައިންދާކަށް ހާޝްގެ ހިތެއް ނޭދޭ… ހައިޝަމްގެ އަތް އީނާގެ ދަތްދޮޅިގައި ހިފާލަމުން އޭނަޔާ ދިމާއަށް އަނބުރާލަމުން ހީލިއެވެ.
” އޯވް… ސަޗް އަ ލަވްލީ ފިއާންސޭ އައި ގޮޓް… ” އީނާގެ ލޯބި ހުނުމުގެ އަޑު އެރެސްޓޯރެންޓް ތެރޭ ގުގުމާލިއެވެ.
” ތިހާ ލޯބިކޮށް ނުހީ.. އެހެން ފިރިހެނުންނަށް ޒިއު ކަމުގޮސްދާނެ… އަސްލު ބުނެބަ އެހާ އަރޖެންޓްކޮށް ގުޅީ ކީއްވެޔޯ؟” ހައިޝަމް އަހާލިއެވެ.
” ހައިޝަމް މަންމަ ޒިއު އަށް ގުޅާފައި ބުނީ މަންމަ މި ކައިވެންޏާ ރުހެމޯ ” އީނާ އުފާވެފައި ހައިޝަމްގެ އެފިނި ފިނި ދެއަތުގައި ހިފާލިއެވެ. ވަގުތުން ހައިޝަމްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އަދި ގޮސް އީނާއާއި ޖެހިގެން ހުރި ގޮނޑީގައި އިށީނިއެވެ.
” އަލްޙަމްދު ﷲ.. އެންމެ ފަހުން އެއްބަސްވީ… އައި އޭމް ސޯ ހެފީ ” ހައިޝަމް ހީލަމުން އީނާގެ ކޮނޑުގައި އަތް އަޅުވާލިއެވެ.
” ދެން… ޒިއު ލަދުގަނޭ..” އީނާ ދުރަން ޖެހިލަން އުޅުނެވެ. އެހެނަސް ހައިޝަމް ކުޑަކުއްޖަކު ފަދައިން އީނާގެ ގައިގައި ހިފަހައްޓައިގެން ހުރިއެވެ.
” ހާޝް.. އަސްލު ކީއްވެތަ މިއަދު އެހާ ބިޒީވީ؟ ” އީނާ އަހާލިއެވެ. ހައިޝަމްގެ ހނިތުންވުން ވަގުތުން ފިލައިގެން ދިޔައެވެ. އަދި ފުންނޭވައެއް ދޫކޮއްލަމުން ނިއްކުރީގައި އަތް ހިންގާލިއެވެ.
” އަހަރެމެންނާ އެއްވަރުގެ ގާލްއަކާއި ބޯއީއެއް އެކްސިޑެންޓުވީ. ބޯއީ ހޮސްޕިޓަލަށް ގެނައި މަގުމަތީގައި މިދުނިޔެ ދޫކޮއްފި. ގާރލްގެ ހާލު އެހާ ސީރިއަސްއެއް ނޫން. އެކަމަކު ބޮލަށް ލިބުނު ގެއްލުމުގައި ހޭނެތުނީ.. އަހަރެން އެތާ ހޮސްޕިޓަލްގަ ހުއްޓާ ތިގުޅީ.. ސީސީ ކެމެރާ ހަލާކުވެފައި ހުރި މަގެއްގައި އެހެންވީ.. ދެން ނެތް އެއްވެސް ސުޓްރޯންގް ޕުރޫފްއެއް. ވީގޮތް އެނގެނީ އެއަންހެންކުއްޖާއަށް. ބަޔަކު އައިސް އެމިހުންގެ ގައިގައި ޖެއްސިއްޔޯ ފެނުނު މީހުން ކިޔަނީ.. ” ހައިޝަމް އީނާގެ ގައިން ދޫކޮއްލަމުން ކިޔައިދިނެވެ. އެވަގުތު ހައިޝަމްގެ މޫނުމައްޗަށް ސީރިއަށް ކުލަތަކެއް ވެރިވެގެން ދިޔަ ތަން އީނާ ގާތުން ދުށްޓެވެ.
” އިޒް އެވް ރީތިންގް އޯކޭ..؟ ވޯސް ދެއަރ ސަމްވަން ޔޫ ނޯ؟ ” އީނާ ހައިޝަމްގެ މޫނުގައި ހިފަހައްޓާލަމުން ސުވާލުކޮއްލިއެވެ.
” ހޫމް… އަހަރ…” ހައިޝަމް ބުނަން އުޅުނު ވާހަކަ ފުރިހަމަ ކުރެވުމުގެ ކުރިން އޭނަގެ ފޯނު ރިންގުވުމުން ފޯނު ނަގާ ވަގުތުން ޖަވާބުދިނެވެ.
” މިދަނީ… ” ދެބުމަ ގޮށް ޖަހާލަމުން ހައިޝަމް ފޯނު ބާއްވާލިއެވެ.
” ޒިއު.. އައި ނީޑް ޓު ގޯ.. ގާލްގެ ގާޑިއަން އައިސްގެން ޖައިލަމް އެގުޅީ.. ” ހައިޝަމް އީނާގެ ދެއަތުގައި ހިފަހައްޓާލުން އެދެއަތަށް ބޮސްދިނެވެ. އަދި ފަނޑު ގޮތަކަށް ހީލަމުން އީނާ ކޮލުގައި ހީލާފައި އެތަނުން ނިކުތެވެ.
—
” މަންމާ… ނިޝްޔާ އުރާލަބަލަ.. އަހަންނަކަށް މީނަ ނުހުއްޓުވުން.. ” ކޮޓަރިން ނިކުތް ނަވާރް އުރުގައި ރޯން އިން އަށްމަހުގެ ނިޝްޔާ ސާމިޔާ އަތަށް ދިނެވެ.
” އާދޭ މާމަގެ ދޫނި..” ރޮމުން ދިޔަ ނިޝްޔާ ސާމިޔާ އުރާލިއެވެ. އަދި ރުއިން މަޑުކުރަން މަސަލަސް ކުރެވޭތޯ އުޅުނެވެ. ނަވާރް މަންޒަރު ބަލަން ހުއްޓެވެ.
” ނިޝްޔާ.. މާމަގެ ދޫނީ.. ދަރިފުޅު ދެން ހުއްޓާލަބަލަ.. ” ސާމިޔާ އެއްކަމެއް ކޮއްގެންވެސް ނިޝްޔާ ނުހުއްޓުވުނެވެ.
” ކޮބާތަ ސާރަހް؟ އަދިވެސް އަރީޝްއާ ދެމިހުން ނާންނަނީތަ؟ ސާރަހް ނިކަން ފަސޭހައިން ނިޝްޔާ ހުއްޓުވާނެ.. ” ސާމިޔާ ސޯފާއިން ތެދުވަމުން ނިޝްޔާ ގޮވައިގެން ބެލްކަނި ކައިރިއަށް ދިޔައެވެ.
” އަދިވެސް ނާދޭ… މަންމާ އަހަރެން މިދަނީ ސުޓަޑި ރޫމްއަށް.. މާދަންއަށް ނިންމަންޖެހޭ އޮފީސް މަސައްކަތް އެބަހުރި.. ދަރިއެއް ލިބުނޭ ކިޔާފަ މަސައްކަތަކާ ދުރެއް ނުވެވޭނެ.. އަދި ނުވައެއް ޖަހާއިރު ޝާވިންއާ އެއްކޮށް ބޭރަށް ކާން ދާންވެސް ޖެހޭނެ.. ނިޝްޔާ ލިބުނު ފަހުން ދެމިހުންނަށް އެކަނީ ޓައިމްކޮޅެއް ނުލިބޭތާ ދުވަސްކޮޅެއް ވެއްޖެ” ނަވާރް ކޮޓަރިއަށް ހިނގައިގަތެވެ.
” މަންމި ހާދަ ރުޅިގަދައޭދޯ ދޫނީ؟ އިނގޭތަ ދަރިފުޅު މަންމިވެސް ކުޑައިރު ދަރިފުޅުހެން ވަރަށް ރޯނެ.. ” ސާމިޔާ ހެމުން ނިޝްޔާ ގާތުގައި ބުނެލިއެވެ. ނިޝްޔާ ރުއިން ހުއްޓާލަމުން ކަރުނައިން ފުރިފައިވި ދެލޮލުން މައުސޫމް ގޮތަކަށް ސާމިޔާއަށް ބަލާލިއެވެ. ހީވީ މަންމައާ އެއްވައްތަރު ނުވާންވެގެން ރުއިން ހުއްޓާލި ހެންނެވެ.
” މާމަ މިއަންނަނީ ދަރިފުޅަށް ކެރެޓް ކޮޅެއް ހިފައިގެން ” ސާމިޔާ ނިޝްޔާ ސިޓިންރޫމުގައި ކުޅެން ހާއްސަ ކޮއްފައި އިންތާ ބައިންދަމުން ބަދިގެޔާ ދިމާއަށް ހިނގައިގަތެވެ.
” މަންމާ… ފޯނު ކޮބާ؟ ސާރަހްއާ ދާއިން ހޮސްޕިޓަލުގައި އެކްސިޑެންޓު ވެގެންނޯ… ބައްޕަ ދެންމެ އެގުޅީ މަންމަ ފޯނަށް ގުޅަ ގުޅާ ނުނެގީމައި.. ” ނަވާރް ފޯނު ހިފައިގެން ކޮޓަރިން ނިކުތެވެ. އިވުނު ވާހަކައަކުން ސާމިޔާއަށް ހުރެވުނު ތަނެއްވެސް ނޭނގުނެވެ. ވަގުތުން އަރި އަޅާލައިފިއެވެ. ނަވާރް ބާރަށް ގޮސް ސާމިޔާ ހިފެހެއްޓިއެވެ.
” އަވަހަށް ހިނގާ ދާން ހޮސްޕިޓަލަށް ” ސާމިޔާ ބުނެލިއެވެ.
…
” ބައްޕާ…” އާއްމު ވޯރޑް ބޭރު ގޮނޑިއެއްގައި އިށީނދެ މޫނު ފޮރުވައިގެން އިން ފާއިޒް ފެނިފައި ނަވާރް ގޮވާލިއެވެ. އޭރު ނަވާރްގެ ގާތުގައި ސާމިޔާ ހުރިއިރު ނަވާރް އުރުގައި ނިޝްޔާ އިނެވެ.
” ކޮބާ ސާރަހްއާއި ދާއިން؟ ” ސާމިޔާ އައި ފާއިޒްގެ ގާތުގައި މަޑުކޮއްލަމުން ކެތްތެރިކަމެއްނެތި އަހާލައިފިއެވެ. އޭރުވެސް އެދެލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ދަރިޔަކަށް ދެރައެއް ވީމައި މައިލަގޮނޑިއަށް ކެތްވާނީ ކިހިނެތް ހެއްޔެވެ؟
” ފާއިޒް؟ ކޮބާ މަގޭ ދާއިން..؟ ސާރަހް ކޮބާ؟ ދެކުދިން ކިހިނެތްތަ؟ ” ނަވާރްމެންގެ ފަސްފަހަތުން ކަހަލަ ގޮތަކަށް ވަތް ނާފިޒްއާއި އޭނަގެ އަންހެނުން ޔުސްރާ އާއި ނާފިޒްގެ މެދު ދަރި ދަނިޔަލްވެސް އެތަނަށް ވަދެގެން އައެވެ.
” ދާއިން ހޮސްޕިޓަލަށް ގެނެވުނު މަގުމަތީގައި މިދުނިޔެ ދޫކޮއްފި. ސާރަހްގެ ހާލު ސީރިއަސް ނޫނަސް އަދި ހެޔެއް ނާރާ.. ” ފުންނޭވާއެއް ދޫކޮއްލުމަށްފަހު އެހެން ފާއިޒް ބުނިއިރު ދެން ތިބި މީހުންނަށް ވާނެ ގޮތް އެނގޭތީ ހިތްދަތިވެފާ ދެލޯ މަރާލެވުނެވެ.
” ދާއިން!! ” ޔުސްރާއަށް ރޮއެގަނެވުނެވެ. ހޭ ހުސްވެ ޔުސްރާގެ ފައިގެ ވަރު ދޫވެގެން ވެއްޓެން ދިޔަ ވަގުތު ދަނިޔަލް މަންމާވޭ ކިޔާ ޔުސްރާގެ ގައިގައި ހިފަހައްޓާލަމުން ބިންމައްޗަށް ތިރިވިއެވެ. އޭރު ނާފިޒް ހުރީ ބަސްހުއްޓިފައެވެ. ސާމިޔާއަށްވެސް އިތުރަށް ރޮއެގަނެވުނީ ޔުސްރާއަށް ވާނެ ގޮތް އިހުސާސްވުމުންނެވެ. ދެވަނަ ސިކުންތުގައި އަމިއްލަ ދަރިފުޅު މާތް ﷲ ސަލާމަތްކޮއްދެއްވި ކަމަށްޓަކައި ހިތާ ހިތުން އެތައް ފަހަރަކު ހަމްދުކުރެވުނެވެ. ނަވާރްއަށް އޭނަގެ އަމިއްލަ ކޮއްކޮ ސަލާމަތްވުމުން އުފާވި ކަމުގައި ވިޔަސް އަނެއްކޮޅުން ދާއިން މިދުނިޔެ ދޫކުރުމުން ލިބުނީ ހިތްދަތިކަމެވެ. އަމިއްލަ ކޮއްކޮ ނޫން ކަމުގައި ވިޔަސް ސާރަހް ފަދައިން ކޮއްކޮއެއް ގޮތަށް ދާއިންދެކެ ލޯބިވަނީ އޭނަ އިންތިހާއަށެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

