Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުރެވުނު ކަމަކުން 4

Lily Level 210 Stories
August 11, 2021 One Min Read
0 Comments

ތިންމީހުުންވެސް މިސްރާބު ޖެހީ ތިންދިމާއަށެވެ.އެގޭގައި މުޅިއަކުން ތިން ކޮޓަރި ހުއްޓެވެ.އެހެންކަމުން ތިންމީހުންވެސް މިސްރާބުޖެހީ ތިން ދިމާއަށެވެ.ޔާނާގޮސް ފުރަތަމަ ޖެހުނު ކޮޓަރިނޫން ދެންއިން ކޮޓަރިއަށް ވަނުމުން އިބާއާއި ޒޯޔާ ކޮނޑުއަރުވާލުމައްފަހު ބައްތިން އަލިކުރަމުން ދެމީހުން އަނެއް ދެކޮޓަރިއަށް ވަނެވެ.

ޒޯޔާ ކޮޓަރި އެކިފަރާތްފަރާތައް ބަލަނިކޮށް އެކޮޓަރީގައި އިން ވީލް ޗެއާ އެއްގައި އޮތް ބޮޑު ބުދެއް ފެނުނެވެ.”މީކާކު އެއްޗެއްބާ..މިތާގަމީހަކުނޫޅޭއިރު؟؟…ގެންދާނީ..ކާކައްތަ އެނގޭނީ..”ޒޯޔާ އެކަނިހުރެ ވާހަކަދައްކަމުން ދިޔައެވެ.އޭނާ މަޑު މަޑުން އެ ބޮޑު ބުދު ނެގިއެވެ.އޭތި އޮތީ އިންސާނެއްގެ ސޫރައަށް ފަރުމާކޮށްފައެވެ.އޭތި އެހާ ބަރު ނޫވީ ކަފައިންނާއި ފޮތިން ހަދާފައި ހުރުމުންނެވެ.އެބުދުގައި ގާތްގަނޑަކަށް 6 ފޫޓް ހުންނާނެއެވެ.އެހާވެސް އެ ބޮޑެވެ.

ޒޯޔާ އެ ނަގާ އެކި ފަރާތްފަރާތަށް އަނބުރަމުން ބެލިއެވެ.

“ހޭ..ކޯޗެއް ތީ..؟؟”ޒޯޔާ އެ ހިފައިގެން ޔާނާވަތް ކޮޓަރިއަށް ވަނުމުން ޔާނާ ހައިރާން ވެފައި އަހާލިއެވެ.”ވާޓް..ވާވް..ހާދަ ބޮޑު ބުދެކޭމީ..”އިބާ އައިސް އެކޮޓަރިއަށް ވަތް ވަގުތު އެ ފެނުމުން ބުންޏެވެ.”ވާވް މަށަށް ދޭންވީނު..”ޔާނާވެސް އެއަށް ރަނގަޅަށް ބަލާލުމައްފަހު އޭގައި ހިފައިގަންނަމުން ބުންޏެވެ.”ނޯ..ޒޯ މީ މަށަށް ގެނޭ..”އިބާ އޭގައި ހިފައިގަންނަމުން ދަމަންފެށިއެވެ.

“ނޫން ނުދޭނަން ތިތަނުން އެކަކަށްވިސް..މީ މަ ހޯދިއެއްޗެއްނު..ދޫކުރޭ..”ޒޯޔާ ހަޅޭއްލަވައި ގަތުމުންވެސް އެމީހުން މައިތިރިއެއް ނުވިއެވެ.އިރުކޮޅަކުން ފޮތިއަޑު ކިޔާފައި އެ ބުދުގެ ބޯ ބުރިވިއެވެ.

އެއާއެކު އެގޭގެ ހަތަރު ފާރުތެރޭ ތޫފާނެއް އުފެދުނު ކަހަލައެވެ.ވައި ގަދަވެގެން ބޭރު ދޮރުން ފަތް ވަންނަން ފެށިއެވެ.އިރުކޮޅަކުން އެހެން ވައި ގަދަވެފައި މީހަކު ހަޅޭއްލަވައި ގަތް އަޑުއިވުނެވެ.އެއާއެކު އެ ވައި މަޑުވެ މުޅި އެތަން ހިމޭން ވިއެވެ.

“ކިހިނެއް އެވީ..؟؟”ޒޯޔާ މޭގައި އަތްއަޅައިގެން ހުރެ ބުންޏެވެ.”ނޭނގެ..””އޭ މަށަށް ހީވި ދެންމެ މީހަކު ހަޅޭއްލަވައި ގަތް އަޑުއިވުނުހެން…މަށަކަށް ހިއެއް ނުވޭ މިތާތިބުން މާރަނގަޅުހެނެއް..ހިނގަދާން”އިބާ މަޑު މަޑުން އެހެން ބުނެލިއެވެ.

“އެންމެން ވިސް މަރާލާނަން..ހައިފާ މަރާލީތީވެސް..އެންމެން ވިސް މަރާލާނަން..ހައިފާ މަރާލީތީވެސް..”އެންމެން އެކޮޓަރިން ބޭރަށް ނިކުންނަން ނެގި ފިޔަވަޅު ހުއްޓުނީ އެކޮޓަރީގެ ފާހާނާތެރެއިން ވައި އަޑުން އެއްޗެކޭކިޔާ އަޑަށެވެ.ޔާނާ އެދިމާއަށް ހިނގައިގަތެވެ.

“އެންމެން ވިސް މަރާލާނަން..ހައިފާ މަރާލީތީވެސް..އެންމެން ވިސް މަރާލާނަން..ހައިފާ މަރާލީތީވެސް..”ފާހާނާ އާއި ކައިރިވީވަރަކަށް އެއަޑު ގަދަވާކަން އެމީހުނައް ފާހަގަވިއެވެ.

ޔާނާ ދޮރާ ކައިރި ވެލާފައި ދޮރު ހުޅުވާލިއެވެ.”މަންމާ..!!!!!”ޔާނާ ހަޅޭއްލަވައި ގަތުމުން ވެގެން އުޅޭ ގޮތް ބަލާލަން އިބާ އާއި ޒޯޔާ އެތަނައް ދިޔައެވެ.ދިޔައިރު ކަމަކު ދާކަށް ނެތެވެ.ފާހާނާތެރޭގައޮތީ ހުސްލެއެވެ.އިރުކޮޅަކުން އެމީހުންގެ ފަހަތުން އަޑެއް އިވުމުން އެންމެން އެއްފަހަރާ ފަހަތް ބަލައިލި އެވެ.އެއާއެކު އެންމެންގެ ލޯ ބޮޑު ވިއެވެ.

ނުނިމޭ

Share Article

Follow Me Written By

Lily

Level 210 Stories

Other Articles

Previous

ތިއަތުން ދޫކޮށްލާކަށް ހިތެއް ނޭދެމޭ – 4

Next

ކާމިޔާބަށްޓަކައި

Next
August 11, 2021

ކާމިޔާބަށްޓަކައި

Previews
August 11, 2021

ތިއަތުން ދޫކޮށްލާކަށް ހިތެއް ނޭދެމޭ – 4



All Right Reserved!