Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީކުރުވާހަކައެހެނިހެންމަޖާލޯބި

ރައިން (9)

Anusha Mohamed Level 110 Stories100 Login
July 14, 2021 2 Mins Read
0 Comments

ކުއްލިއަކަށް އިވުނީ މީހަކު ރޫމު ދޮރުގައި ޓަކިޖަހާ އަޑެވެ. ލިބުނު ސިހުމާއިއެކީ ފޯނު އެއްލާލުމަށްފަހު ދޮރު ހުޅުވަން ދިޔައީމެވެ. “ސަރާ، ދުވަހަކުވެސް ޑައިރީ ލިޔެ އުޅެންތަ؟” ވަދެގެން އައި ޑަކުޓަރު އަހަރެން ކައިރީ އެއްސެވެ. އަހަންނަކީ އެންމެ ކުރީއްސުރެވެސް ޑައިރީ ލިޔެ އުޅޭމީހަކީމެވެ. އަދި މިއަދު ގެޔަށް ދޫކޮށްލުމުން ،ޑަކުޓަރުގެ އިރުޝާދުގެ މަތިން އަހަރެން މި ޖެހުނީ ވޭތުވެދިޔަ ހަތަރު އަހަރުގައި ލިޔެފައި ހުރިއްޔާ ހުރި ޑައިރީތަކެއް ކިޔާށެވެ. ގެޔަށް އައިސް ވަނުމާއެކީ ފުރަތަމަވެސް އަހަރެން ކުރަންފެށީ އެކަމެވެ. ކިޔައި ކިޔައި ފޫހި ވިއިރުވެސް އަހަރެންގެ ޚިޔާލަކަށް މިއީ ކޮންއިރަކު ހިގައިފައިވާކަމެއް ކަމެއްވެސް ނައެވެ. “އާލާ.. އަހަރެން ކިހިނެތް ހަދާނީ؟ އަހަރެން ބޭނުން ކުރީގެ މެމޮރީސްތައް. އަހަރެން ބޭނުން ރައިން އަކީ ކާކުތޯ ބަލަން. އެވަރަށް މެސެޖް ކޮށްފައި އެހުރީ އަހަރެންގެ ހިތުގައި ރައިން އާއި ދޭތެރޭ ކޮންމެވެސް އެއްޗެއް އޮތީމަ ދޯ!” އަހަރެން އާލާ ކައިރީ އާދޭސް ކުރީމެވެ. ނަމަވެސް އާލާ އަހަންނަށް ދިން ޖަވާބަކީ މިވަގުތު އަދި އެއްވެސް ކަމެއް ކުރެވެން ނެތްވާހަކައެވެ. އަދި ގިނައިން އެންމެންނާއި އެކީ އުޅުންވަރަކަށް ހަނދާންވާނެއޭވެސް ބުންޏެވެ.

ހަވީރުވެއްޖެއެވެ. ނަލަވެލައިގެން ގެއިންބޭރަށް ނިކުތީ އާލާއާއި އެކީ ހިނގާލަން ދާށެވެ. ދަބަސް ތެރޭގައި އޮތް ފޯނު ރިންގުވާން ފެށުމުން ފޯނުނަގައިފީމެވެ. އަދި މަގުހުރަސް ކުރަންވެގެން ފޯނު ކަންފަތުގައި ޖަހައި، ހިނގައިގަތްތަނާހެން ފަހަތުން އައި މީހަކު އަހަރެންގެ އަތުގައި ހިފައި މަގުގެ އެއްފަރާތަށް ދަމާގަތެވެ. “ކިހިނެތް ވެގެންތަ ތިއުޅެނީ ސަރާ؟ ވީވަރު ކުޑަވީތަ؟ އަނެއްކާ…” ލޯ ތަގުޅި ކޮށްގެން ހުރީ އެވަގުތު  އަހަންނަށް އެއްޗެއް ކުލަވީމައެވެ. އަހަރެންގެ ގައިގައި ސައިކަލުން ޖެހޭތަނެވެ. އަހަރެން އެމްބިއުލެންސް ގައި އޮއްވައި އަހަރެންގެ އަތުގައި މީހަކު ހިފި އިޙުސާސެވެ. ގަދަ ނޫކުލައިގެ ހެދުމެއްލައިގެން ހުރި މީހެކެވެ. އަހަރެން ލޯހުޅުވައިލިއިރު ރައިން އަހަރެން ހިފަހައްޓައިގެން ހުއްޓެވެ. އޭނާގެ މޫނުމަތިވަނީ މާޔޫސްވެ މިލާފައެވެ. އަހަރެން ރައިން އާއި ދުރުވެލީމެވެ. އާލާވެސް ހުރީ ދެލޯބޮޑުކޮށްގެން އަހަންނާއި ދިމާއަށް ބަލަހައްޓައިގެނެވެ. “ސަރާ ބަލައިގެން އުޅެބަލަ” އާލާއައިސް އަހަރެންގެ އަތުގައި ހިފައި ހިނގައިގަތެވެ. މަޖަލާއި ސަކަރާތުގައި ތިންމީހުން ހިނގާފައި މެރީބްރައުން އާއި ހަމައަށް ދެވުނުތަނާހެން ޒަޔާން އައިއްސިއެވެ. ހިނގާ މިތާ ޖައްސާލަން؟” ޒަޔާން މެރީބްރައުން އިން ކާންދޭނަމޭ ކިޔާފައި އެތެރެއަށް ވެއްދިއެވެ. އޯޑަރު ދިނުމަށްފަހު ގަނޑަކަށް އަރަން އެންމެން ރެޑީ ވިއެވެ. “ކޮން ގަނޑެއްތަ؟” އަހަރެން އާލާ އަށް ސުވާލުކުރުމުން ޕަބްޖީ އޭކިޔާފައި ހޭން ފެށިއެވެ. އާއެކެވެ. އަހަރެން ޕަބްޖީ ކުޅުނު ހަނދާނެއް ނުވެއެވެ. ނަމަވެސް އަހަރެންގެ ފޯނުގައި މި އެޕް އެބައިނެވެ. ޕަބްޖީ އަޅުވައިފީމެވެ. ގަނޑަކަށް އެރިއިރު އަހަންނަށް ވަރަށް ފަސޭހައިން ކުޅެވުނެވެ. ހަމަ ޔަޤީނުންވެސް އަލަށް ކުޅޭނެމީހެއް މިހެނެއް ނުކުޅޭނެއެވެ. “އޮޓޯ މެޗިން ކަނޑާލައްޗޭ” ރައިން ބުންޏެވެ. “ސަރާ މައިކް ޖައްސަބަލަ. ސަރާގެ އަޑު އަހާލަން ވަރަށް ބޭނުންވެޔޭ” ޒަޔާން އަހަރެން ކައިރީ އިނދެފައި ބުންޏެވެ. “ސަރާމެން ގަދައޭދޯ. ކޮންބަޔެއްތަ މީ” އާލާ  ހީހީފައި ކިއެވެ. އަހަރެން ވާނުވާގައި ހުރީމެވެ. “ސަރާ ތަ ކިޔަނީ؟” ރައިން ކުއްލިއަކަށް އެހެން އެހުމުން އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެންމެންގެ މޫނަށް ބަލައިލީމެވެ. “ތި މީހުން.. ތި.. ތީ ތިމީހުން…؟؟” އާނ އެކެވެ. ކޮންމެވެސް ވަރަކަށް ހަނދާން ވެއްޖެއެވެ. އަހަރެން ވަރަށް އުފާވިއެވެ. އަދި ކާއެއްޗެހި އައުމުން އެންމެންކާން ފެށީމެވެ. “ރައިން.. މަ ބުނީމެއްނު މީތި ވޯކް ކުރާނެއޭ. އަދިވެސް މިޔޭ ޖައްސަންވީ” މިއީ އަހަރެންގެ މެމޮރީސްތައް ގެންނަން އެންމެ ރަނގަޅު ގޮތްކަމުގައި ބުނެ އަހަންނަށް ދިމާވެފައިވާ ކަންތައްތައް އަނެއްކާ އެގޮތަށް ގެންނަން ނިންމިއެވެ ވަރަށް ވާހަކަ ދައްކާ މަޖާކުރުމަށްފަހު ގެޔަށް ދިޔައީ ކޮންމެ ދުވަހަކުވެސް ދިމާވަން ނިންމައި ،މާދަންވެފައި ހުރުމާއިއެކުއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anusha Mohamed

Level 110 Stories100 Login

<21 writer

Other Articles

Previous

ލޯބިވެވުމުން 9

Next

ކުރެވުނު ކަމަކުން

Next
July 14, 2021

ކުރެވުނު ކަމަކުން

Previews
July 13, 2021

ލޯބިވެވުމުން 9



All Right Reserved!