ހިޔާލަކަށް ގެއްލިފައި އިން ޒަލަފްގެ ގައިގައި މަރީނާ ކޮއްޓާލީ ޒަލަފް އެއްޗެކޭ ނުބުނީމައެވެ. ހިޔާލުތަކުން ބޭރު ވެވުނު ޒަލަފް މަރީނާ އަށް ބަލާލިއެވެ. ” ކޮބާ ދަރިފުޅު ” ދެ އަތުން މޫނުމަތީ އަތް ކާތާލަމުން މަރީނާއާ ޒަލަފް ސުވާލުކޮށްލިއެވެ. ” ވެއްޖެ ކޮޓަރީގަ….. ދަރިފުޅާ ” މަރީނާ އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅަށް ގޮވާލިއެވެ.
މަރީނާ ގެ އަޑަށް ކުރިމަތީ ހުރި ކޮޓަރީގެ ދޮރު ހުޅުވާލަމުން ނުކުތީ ޒުވާން އަންހެންކުއްޖެކެވެ. ހިމަތޮޅި ހަށިގަނޑެކެވެ. ހަމުގެ ކުލަ އައްޔެވެ. ދޮން މޫނުގައި އެއްވެސް މޭކަޕެއް ކޮށްފައި ނުވާއިރުވެސް އެ ބޮޑު ދެލޮލާ ދިގު އެސްފިޔާގެ އިތުރުން ފިޔާތޮށި ކުލައިގެ ތުންފަތުގެ ސަބަބުން އެކުއްޖާގެ ރީތިކަން އިތުރުކޮށްދެއެވެ. ބޮލުގައި ކަޅު ކުލައިގެ ކުޑަ ވަށް ބުރުގަލެއް އަޅާފައިވާއިރު ލާފައިވަނީ ގަދަ ނޫ ކުލައިގެ ކަކުލާ ހަމައަށް އަރާ އަރިފެޅިހެދުމަކާއެކު ކަޅު ކުލައިގެ ފުޅާ ހަރުވާޅެކެވެ.
” ކިހިނެއްވީ މަން..” ފޯނަށް ބަލަހައްޓައިގެން ހުރެ އިސްއުފުލާލި ޒީވާ ހުއްޓުން އެރީ ކުރިމަތިން ފެނުނު މީހެއްގެ ސަބަބުންނެވެ. ” ޒަލަފްބޭބޭ ކޮންއިރަކު އައީ ” ޒީވާ ޒަލަފް އަށް ސުވާލުކޮށްލިއެވެ. ” ޒީވް ބޭބެ މަތިން ހަނދާން އެބަ ހުރި ދޯ ” ޒަލަފް ފުޅާ ހިނިތުންވުމަކާއެކު ޒީވާ އަށް ސުވާލުކޮށްލިއެވެ. ” ކިހިނެއް ހަނދާން ނެތޭނީ ތީ ޒީވް ކުޑަ އިރު އެންމެ ގިނައިން ރުޅި އަރުވާ މީހާ ” ޒީވާ ޒަލަފް އާ ޖެހިގެން އިން ސޯފާގައި އިށީނެވެ. ” ކޮބާ މަޔާން އާ ޒިދާން ” މަރީނާ ޖޫސް ތައްޓެއް ހިފައިގެން އައިސް ޒަލަފް އަށް ދިއްކޮށްލިއެވެ. ” އެކުދިން ނުހުންނާނެ ދޯ ޒީވް މަތިން ހަނދާނެއް މިހާރަކު ” މަރީނާ ޒަލަފް އަށް ހީލަމުން ދޯ ދިނެވެ.
” ތިޖެހޭނީ ހަމަ އެމީހުން ކައިރީ އަހަން” ޒަލަފް ހިނިގަނޑެއް ޖަހާލިއެވެ. ” ޒީވް ކޯއްޗެއް ހަދަނީ މިހާރު ” ޒަލަފް ޖޫސްތަށިން ޖޫސް ފޮދެއް ބޯލަމުން އަހާލިއެވެ. ” އަދި ކަމެއް ނުކުރަން އެކަމު ކިޔަވަން ފަށަން މިއުޅެނީ އަނެއްކާ ދޯ މަންމާ ” ޒީވާ މަރީނާ އަށް ބަލާލިއެވެ. ” އާން ޒީވް ކިޔަވަ ކިޔަވަ ހުއްޓަ ގޮވައިގެން އަންނަން ޖެހުނީ މަންމަ ބަލިވެގެން ” ޒީވާ ޒަލަފް އަށް ބުނެލިއެވެ.
” އެހެންތަ މަންމަ ކިހިނެއް މިހާރު ” ” ކުޑަކޮށް ރަނގަޅު މިހާރު ވެއްޖެ ކޮޓަރީގަ ” މަރީނާ ޒަލަފް ދުފާ ތަބައް ދިއްކޮށްލިއެވެ. ” ޒީވް ހިނގާ ބޭބެއާ އެއްކޮން މާލެ ދާން ދަރިފުޅު ބޭނުމިއްޔާ މަންމަ ވެސް ގޮވައިގެން ދާނީ ” ޒަލަފް ޒީވާ އަށް ބަލާލިއެވެ. ޒީވާ ވަގުތުން މަރީނާ އަށް ބަލާލިއެވެ. ” “ދަރިފުޅު ދާންވީނު…. ރަނގަޅަށް ކިޔަވައިގެން ރީތި ދިރިއުޅުމެއް ފެށީމަ މަންމަ ވެސް އުފާވާނީ މަންމަ ވެސް ދާނަން އެކަމު ތަންކޮޅެއް ފަހުން ” މަރީނާ ޒީވާ އަށް ނިއް އަރުވާލިއެވެ. ” އޯކޭ ޒީވް ވެސް ބޭނުން ކިޔަވަން އެކަމު މަންމަ ވާނެ އަވަހަށް އަންނަން ” ޒީވާ މަރީނާއަށް ހީލަމުން އިންޒާރެއް ދިނެވެ. ” އެހެންވީމަ ޒީވާ މާދަން ފުރަން ތައްޔާރުވޭ އެނގޭ ބޭބެއަކަށް ނެތް އެހާ ގިނަދުވަހު ހުރެވޭކަށް ….. އެހެންވެ އެހާ އަވަހައް ދާން މި ޖެހެނީ ” ޒަލަފް ޒީވާ އަށް ބުނެލިއެވެ.
ސިޓިންރޫމް ސޯފާގައި އިންގްލިޝް ހޯރޯރް މޫވީ އެއް ބަލަން އޮތް މަޔާން އުނދަގޫވެގެން ތެ ދުވީ މާ ގިނައިން ގޭގެ ބެލް ޖަހާތީއެވެ. ވަރުބަލި ގޮތަކަށް ގޮސް ގޭގެ ދޮރު ހުޅުވާލި މަޔާން ގެ އަނގަ ހުޅުވުނީ ބައްޕައާއެކު އެހާ ރީތި ޒުވާން އަންހެން ކުއްޖަކު ހުރުމުންނެވެ. ” ތީ ކޮންކަމެއް ” މަޔާންގެ އަނގައިގައި އޮތް ބަސް ނުނުކުންނަނިސް ހުއްޓާލަން ޖެހުނީ ޒަލަފް މަޔާންގެ އަނގަމަތީ އަތް އެޅުމުންނެވެ.
” ދަރިފުޅު ވަދޭ އެތެރެއަށް ” ޒަލަފް ޒީވާއަށް އަތުގެ އިޝާރާތުން ވަނުމަށް އެންގިއެވެ. ޒީވާ ހިނގައިގަތުމުން ޒަލަފް އެއް އަތުން ދަބަސް ހިފައްޓައިގެން އަނެއް އަތުން ފޮށި ދަމަމުން ހިނގައިގަންނަށް އުޅެނިކޮށް މަޑުކުރަން ޖެހުނީ މަޔާން ބުނެލި އެއްޗަކުންނެވެ. ” ބައްޕަގެ ކޮންބަނޑެއްގެ ދަރިއެއް އެއީ ” މަޔާން ރުޅި އައިސް ބުނެލި ގޮތުން ޒަލަފް ގާތަށް އައީ ނުލަފާ ހިންޔެވެ. ” ދަރިފުޅާ ސާބަސް އެއީ ބައްޕަ ދަރިއެއް ނޫނޭ އެއީ އެއްކަލަ ޒަޔާން ބޭބޭގެ ދަރިފުޅު …. ޔާން ހާދަ ހަނދާން ބައްޔޭ ” ޒަލަފް ހިނިގަނޑު މަތަ ކޮށްލަމުން މަޔާން އަށް ބުނެލިއެވެ. މަޔާން ލޯ ހަނިކޮށްލަމުން ޒީވާގެ މޫނަށް ބަލާލީ ކަމެއް ދިރާސާ ކުރާ ފަދައަކުންނެވެ.
މަޔާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ އޭރުގެ ކުޑަ ކުޑަ ޓީނޭޖް ޒީވާ އެ މޫނުން ސިފަ ވުމުންނެވެ. ” ޔާ އައި ރިމެމްބަރ މީ އެއްކަލަ ރޯ ބަޑި ދޯ ” މަޔާން ހިނިގަނޑެއް ޖަހާލީ އޭރު ހިނގާފައިވާ މަޖާ ކަންތައްތައް ހިތަށް ސިފަވުމުންނެވެ. މަޔާން ، ޒިދާން އަދި ޒީވާ ވެސް އޭރު ކިޔެވީ އަހުމަދިއްޔާއިންނެވެ. މަޔާން އާއި ޒީވާ އޭރު ކިޔަވަމުންދިޔައީ ގްރޭޑް 8 ގައެވެ. އޭރު ޒިދާން ކިޔަވަމުން އައީ ގްރޭޑް10 އެކެވެ. ޒަލަފް ގެ އާއިލާއަކީ ހަގީގަތުގައި މާލެއަށް ނިސްބަތްވާ ބައެއް ނޫނެވެ. އެމީހުން މާލެ ބަދަލުވީ ޒަލަފްގެ އުމުރުން 20 އަހަރުގައެވެ. އޭގެ ކުރިން އާލިމާ ދިރިއުޅެމުން އައީ ދަރިންކޮޅާއެކު ފިރިމީހާގެ ރަށް ކަމަށްވާ ރ އަނގޮޅިތީމުގައެވެ.
ޒަޔާން އަކީ ވެސް ހަމަ އެ ރަށު ދެމަފިރިއަކަށް ލިބުނު 2 ފިރިހެން ކުދިންގެ ތެރެއިން އެންމެ ހަގަށް ހުރި ކުއްޖާއެވެ. މި މީހުންނަކީ ހަސަނުމެންނާ ތިމާގެ ބަޔެކެވެ. ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި މި ދެމަފިރިން މައްކާއަށް ކުރި ދަތުރެއްގައި ޒަޔާންގެ ބައްޕަ ވަނީ ކުއްލިގޮތަކަށް ނިޔާވެފައެވެ. އެ ހިތާމާގައި ދެ ކުދިންނާއެކު ދިރިއުޅެމުން އައި ޒަޔާންގެ މަންމަ ވެސް މާ ގިނަ ދުވަހެއް ނުވެ ވަނީ މި ދުނިޔެއާ އަލްވަދާއު ކިޔާފައެވެ. އޭގެ ފަހުން ޒަޔާންގެ ބޮޑުބޭބެ އައިސް ޒަޔާންގެ ދޮންބެ އަލްޔަސް ގެންދިޔައީ ޒަޔާން ހަސަނާ ހަވާލް ކުރުމަށްފަހުއެވެ.
އެހެންކަމުން ޒަޔާންގެ އުމުރުން އެންމެ 5 އަހަރުއްސުރެ ޒަޔާން ބަލަމުން އައީ އާލިމާއާއި ހަސަނެވެ. އަމިއްލަ ދަރިއެއްހެން މި ދެމަފިރިން ޒަޔާން ބަލަމުން އައީ ވަރަށްވެސް ލޯބިންނެވެ. ކުޑައިރުއްސުރެވެސް ޒަލަފް އާއި ޒަޔާން އާއި ދެމެދު ވަރުގަދަ ގުޅުމެއް އުފެދިފައި ވަނީ މި ސަބަބާހުރެއެވެ. މި އާއިލާ މާލެ ބަދަލުވީ ޒަޔާންވެސް ގޮވައިގެންނެވެ. ޒަޔާން މަރީނާ އާއި ކައިވެނި ކުރީ އުމުރުން 22 އަހަރުގައެވެ. އޭރު މަރީނާގެ އުމުރަކީ 20 އަހަރެވެ. ޒަލަފް ވެސް ކައިވެނިކުރީ ޒަޔާން އާ އެކުއެވެ. މަރީނާ އަށް ވުރެ ކުރިން މިޔާނާ ވިހައިފިއެވެ. އޭގެ 3 އަހަރު ފަހުން މިޔާނާ އާއި މަރީނާ ބަލިވެ އިނީ އެ އަހަރުއެވެ. ނަމަވެސް މަޔާން ޒީވާ އަށް ވުރެ 6 މަސް ބޮޑެވެ. ޒަޔާން އަމިއްލަ އާއިލާއެކު މާލޭގައި އުޅުނު ނަމަވެސް ދިރިއުޅެމުން އައީ ވަކިން ތަނެއް ހިފައިގެންނެވެ. ޒަޔާން އަކީ ލޯޔަރެކެވެ. އެހެންކަމުން އަމިއްލަ އާއިލާ ބެލެހެއްޓޭ ވަރުގެ ފެންވަރު އޭރު ޒަޔާންގެ ހުއްޓެވެ.
ނަމަވެސް ޒަޔާން އާއި ޒަލަފް އާއި އަދި އެ އާއިލާއާ އޮންނަ ގުޅުމެއް ކުޑަ އެއް ނޫނެވެ. ދުވަސްތަކަށްފަހު ޒަލަފް އެމެރިކާއާ ބަދަލުވުމާ ގުޅިގެން ޒަޔާން އާ އާލިމާމެންނާ އޮންނަ ގުޅުން ހީނަރުވަމުން ދިޔައެވެ. ދޭތެރެ ދެތެރެއިން ޒަޔާންގެ އާއިލާ އެ ގެއަށް ގޮސް އުޅުންވެސް އެކަށް ހުއްޓިއްޖެއެވެ. އޭގެ 7 އަހަރު ފަހުން މަރީނާގެ މަންމަ ބަލިވުމާ ގުޅިގެން މަރީނާ ޒީވާ ގޮވައިގެން އުނގޫފަހަރަށް ބަދަލުވީ ޒީވާ އަށް 21އަހަރުގައެވެ. ޒަޔާން އަށް ވަޒީފާގެ ގޮތުން ބަދަލުވެވެން ނެތުމުންނެވެ. ނަމަވެސް ދުވަސްކޮޅެއްތެރޭ މަރީނާއަށް ލިބުނީ ގަބޫލުކުރަންދަތި ހަބަރެކެވެ. ޒަޔާން މި ދުނިޔެއާ ވަކިވި ހަބަރު ވެގެންދިޔައީ
އޭގެ 7 އަހަރު ފަހުން މަރީނާގެ މަންމަ ބަލިވުމާ ގުޅިގެން މަރީނާ ޒީވާ ގޮވައިގެން އުނގޫފަހަރަށް ބަދަލުވީ ޒީވާ އަށް 21 އަހަރުގައެވެ. ޒަޔާން އަށް ވަޒީފާގެ ގޮތުން ބަދަލުވެވެން ނެތުމުންނެވެ. ނަމަވެސް ދުވަސްކޮޅެއްތެރޭ މަރީނާއަށް ލިބުނީ ގަބޫލުކުރަންދަތި ހަބަރެކެވެ. ޒަޔާން މި ދުނިޔެއާ ވަކިވި ހަބަރު ވެގެންދިޔައީ މިޔާނާ އަށް ގަބޫލުކުރަން ދަތިވި ހަގީގަތަކަށްށެވެ.
ހަސަނާއި އާލިމާއަށް ވެސް އަށް މި ހަބަރު ލިބުމުން ވީ ހަމަ މިވަރެވެ. އަމިއްލަ ދަރިއަކު މި ދުނިޔެއާ އަލްވަދާއު ކިޔުމުން ވާހާ ދެރަ އެ ދެމަފިރިން ވިއެވެ. އެދުވަސް ކޮޅު ވެގެން ދިޔައީ އާލިމާ ވަރަށް ބަލިކޮށް އުޅުނު ދުވަސްކޮޅަކަށްށެވެ. އެހެންކަމުން އާލިމާ އެދުނީ ހަސަނު ގާތު މީގެން އެއްވެސް ވާހަކެއް އެއްވެސް ދަރިއެއް ގާތު ނުދެއްކުމަށްށެވެ. ހާއްސަކޮށް ޒަލަފް އެވެ.
………………………………
” އައިމް ނޮޓް ރޯ ބަޑި ” ޒީވާ ދެ ލޯ ހަނިކޮށްލުމަށްފަހު މަޔާން އަށް ބުނެލިއިރު އަނގަޔަށް ހަދާލި ގޮތުން މަޔާން ހީލިއެވެ. އަދި ތިއީ އޭރު ކުލާހުގައި އަބަދު ރޮވިފަ އިންނަ މީހެކޭ ބުނެލީ ޒީވާ އިތުރަށް ރުޅި އަރުވާލުމުގެ ބޭނުމުގައެވެ.
މި ދެކުދިންނަށް ވާހަކަ ދައްކާލުމަށް ފުރުސަތު ދެމުން ޒަލަފް ޒީވާގެ ފޮށި ކޮޓަރިއަށް ލައިދޭން ހިނގައިގަތެވެ. މަޔާންގެ ވާހަކައިގައި ޖެހިފައި ހުރި ޒީވާ ޒަލަފް ގެ ހަބަރެއް ނުވުމުން ފަހަތް ބަލާލި ވަގުތު ފެނުނު މަންޒަރުން އިތުރު ތަނަކަށް ނަޒަރު ވަކިކޮށްލުމެއް ނެތި ބަލަހައްޓައިގެން ހުރެވުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
