Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިވެވުމުން 8

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
July 10, 2021 5 Mins Read
2 Comments

”މުޖާ. އެނގޭތަ މި އަކޭ ކޮށްގެން އުޅޭ ކަމެއް. މީނަ ދިޔައެއްނު އަހަރު ދުވަހަށް އޭނަ މަންމަ ރަށަށް. ގޮސް އައީ އެރަށުން ކުއްޖަކާ ރައްޓެހިވެގެން އުޅެ އުޅެފަ. ނަން ވެސް ބަދަލުކޮށްގެން އެކުއްޖައަށް އޮޅުވާލީ. އަދި ކުރީ ދުވަހު އެކުއްޖައަށް މެސެޖް ކޮށްފަ ބުނީ އޭނަ އުޅެނީ ކައިވެނިކޮށްގެންނޭ އުނދަގޫ ނުކުރާށޭ. ވަރަށް ކުރީގަ މީނަ އުޅެނީ.” އަފްއާން ބުނެލި ވާހަކައިން މުޖާހުގެ ބޮލުގައި ހީވީ މީހަކު ބާރު އެތިފަހަރެއް ޖަހައިލި ހެންނެވެ.

”ކީކޭ؟ ކޮން ރަށަކު ކޮން ނަމެއް ކިޔާ ކުއްޖެއް؟” އެތައް ސުވާލެއް މުޖާހުގެ ސިކުނޑިއަށް އެމުނިގެން ދިޔައެވެ.

ނަމަވެސް ދުލާ ހަމައަށް އެ ސުވާލުތައް ގެންނަން އޭނާއަށް އުނދަގޫވެގެން ދިޔައެވެ. ބޯ ހާސްވާން ފެށިއެވެ. ހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ. ހިތާ ހިތުން އެހެން ނަމެއް ބުނުމަށް ދުއާ ކުރަމުން ދިޔައެވެ.

”މުޖާ ތި ދިޔަ ރަށް. ނޮޅިވަރަމް.. ހަޔާތު ކިޔާ ކުއްޖެއް. ވަރަށް ރީތިވެސް ކުއްޖެއް. އެކަމަކު މަ އޭނަ ބޭނުން ނުވީ. އޭރު ވަރަށް ލޯބިވިން. ފަހުން ފަހުން އައިސް ފޫހިވީ. ކިޔަވަން އިންޑިއާއަށް ދަނީ އޭ ކިޔާފަ މާލެ އައީ. ފަހުން ހަބަރެއް ނުވަން. އޭނަގެ މެސެޖް އާދޭ ކޮންމެ ދުވަހަކު ހެން. ގުޅަންވެސް ގުޅާނެ.” އަކްރަމް ހެމުން ކިޔާދިނެވެ.

އޭރުވެސް މުޖާހަށް ހުރީ ގަބޫލު ނުކުރެވިފައެވެ. އޭނާގެ އެކުވެރިއެއް އެކަހަލަ ކަމެއް ކޮށްދާނެކަމަކަށް އޭނާ ހިޔެއްވެސް ނުކުރެއެވެ. އެހައި ދަށު ދަރަޖައަކަށް ވެއްޓިދާނެއެކޭވެސް އޭނާ ހިތަކަށް ނާރައެވެ.

”އެއީ އަނެއްކާ އެ ހަޔާ ބާއެވެ. ބައިވަރު ހަޔާތު އެރަށުގައި އުޅެދާނެ ނޫން ހެއްޔެވެ؟ އެކަމަކު ހަމަ އެއްގޮތެއް އެންމެންނަށް ވެދާނެ ހެއްޔެވެ؟” މުޖާހުގެ ސިކުނޑި ސުމަކަށް ދާ ވަރުވިއެވެ. ހަތަރެސް ފަރާތުން ބޯ ފިތޭކަހަލަ އިހުސާސެއް ކުރެވެމުން ދިޔައެވެ.

”ދެން ކީއްވެ ނަން ބަދަލުކުރީ؟ ކީއްވެ ކަލޭގެ އަސްލު ނަން ނުބުނީ؟ ކޮން ނަމެއް ކީ؟” މުޖާހު ހުރީ ދޫ ދޭ ގޮތަކަށް ނޫނެވެ.

ހުރިހާ ސުވާލެއްގެ ޖަވާބު ހޯދާފައި ނޫނީ އޭނާ އެތަނުންވެސް ނުދިއުމަށް އެހުރީ ގަސްތު ކޮށްގެންނެވެ.

”އަސްލު އޭނާ ގާތު ރައްޓެހިވާން އެހީ އެރަށުގައި އުޅޭ މަގޭ ރައްޓެއްސެއް ކުރި ބެޓަކަށް. އެހެންވެ ހިތަށް އެރީ ނަން ބަދުލުކޮށްގެންނޭ އެކަން ކުރާނީ. އެކަކުވެސް ނުބުނާނެ އެއްނު. ގިނަ މީހުންނަކަށް ނޭނގޭނެ މަ ގޮތެއް މަގޭ މަންމަ އުފަން ރަށަސް އެއީ. ޝަމްވީލޭ ކިޔާގެން އުޅުނީ.”  ތެދުތެދަށް ހިނިތުންވެލައިގެން އިނދެ އަކްރަމް ކިޔައިދެމުން ދިޔަ ނަމަވެސް މުޖާހުގެ އެތެރެ ހަށީގައި އަނދަމުން ދިޔައީ އަލިފާނެއެވެ. އެ އަލިފާނުން އަކްރާމުވެސް ފިއްސާ އަޅިއަށް ހަދައިލަން އޭނަ ބޭނުންވިއެވެ.

”ވަޓް؟ އޭނަ ކީއްކޮށްގެން އަކޭ އޭނާއަށް އެހައި ބޮޑު ދެރައެއް ތިދިނީ؟ މީހަކަށް އެކަހަލަ ކަމެއް ކުރާއިރު ނޭނގޭތަ އެމީހަކު ވާނެ ދެރައެއް؟ ކުރާނެ އަސަރެއް؟ ކިހާ ދިގު އިންތިޒާރެއް އޭނާ ލައްވާ ތިކުރުވީ މާ ސަޅި ކަމެއްކަމަށް. އަކޭއަށް ވެސް މީހަކު ތިހެން ހެދިނަމަ ވާނެ ދެރަ އެނގޭނަމަ އެހެން ނުހަދާނެ ކަން ޔަގީން. ބެޓަކަށް ވެސް މީހަކަށް ދެރައެއް ދޭން ދުވަހަކުވެސް އެކަހަލަ ކަމެއް ކޮށްގެން ނުވާނެ. ދެން އެކަހަލަ ކަމެއް ކޮށްފިނަމަ އަހަރެންގެ މަޢާފެއް ދުވަހަކުވެސް އަކޭ އަކަށް ނުލިބޭނެ. އަހަރެންނާ އަކޭ އާ ދެމެދު އޮތް އެކުވެރިކަން ވެސް ނެތިގެން ދާނެ. މިކަން ހަނދާންކުރާތި!” މުޖާހު އައިސްފައި ހުރި ރުޅި ހަރުކަށި ބަސްތަކުން އަކްރަމް ކުރިމައްޗަށް ބަންޑުން ކޮށްލިއެވެ. އޭރު ރުޅިއައިސްގެން މުޅި މީހާގެ ގައިވެސް ދިޔައީ ތުރުތުރު އަޅަމުންނެވެ.

”ކަމޯން މުޖާ. އެއީ އެހައި ވަރުގެ ކަމެއްތަ؟ އައި ޖަސްޓް ޑިޑް އިޓް ފޯ ފަން. ފޯ މައި ލޯންލިނެސް. އެންޑް ދެޓްސް އަ ގަރލް. އައި ޑޯންޓް ކެއަރ އެބައުޓް ދެމް. އައި ހޭޓް ދެމް.” ދަތްކުޑި ވިކައިލަމުން އަކްރަމް ބުނެލިއެވެ.

ކައިރީގައި ދެމީހުންގެ ވާހަކަތައް އަޑުއަހަން ހުރި އަފްއާނަށް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެންމެ ގާތް އެކުވެރިޔާ އަކްރަމުގެ އަމަލުތަކުގެ ސަބަބުންނެވެ. ބަސްތަކުގެ ސަބަބުންނެވެ.

”ފަން އޭ. ލޯންލިނެސް އޭ. އެނޫން ކަމެއް ކުރާކަށް ނޭނގުނު ތަ މަޖާ ކުރަންވެސް؟ އަންހެނުން ދެކެ ތިހާ ރުޅި އަންނަންޏާ ފުރަތަމަ ވިސްނާލަބަލަ ތިމާ މީހާގެ މަންމައަކީ ކާކު ކަން. ބަލައިބޮޑު ކުރީ އަންހެނެއް ނޫންތަ؟ ކަލޭ ލޯބިވަނީ އެމަންމަ ދެކެ އެއް ނޫންތަ؟” މުޖާހުގެ ރުޅި ދިޔައީ އިތުރުވަމުންނެވެ.

އަކުރަމުގެ ދުލުން ބޭރުވަމުން ދިޔަ ކޮންމެ ބަހެއް ހީވަނީ މުޖާހުގެ އެތެރެ ހަށީގައި އަނދަމުން ދިޔަ އަލިފާނަށް އެޅޭ ދަރުތަކެއް ހެންނެވެ.

”ހުއްޓާލާ މުޖާހު. މަގޭ ހާލަތު އެނގޭނަމަ ތިހެންނެއް ނުބުނާނެ. އެކަކުވެސް ތިހެންނެއް ނުބުނާނެ. އަހަރެން އަންހެނުންނަށް ނަފްރަތު ކުރަން.” އަކްރަމް ހަލުވި ފިޔަވަޅުތަކެއްގައި އެތަނުން ދިޔައެވެ. އޭރު އޭނާގެ ދެލޮލުންވެސް ކަރުނައެއް ވެއްޓިގެން ދިޔައެވެ. އެ މަންޒަރު ރަނގަޅަށްވެސް މުޖާހު އާއި އަފްއާނަށް ފެނުނެވެ. ނަމަވެސް ދެމީހުންގެ ސިކުނޑީގައި ވެސް ސުވާލެއް އުފެދިގެން ދިޔައެވެ. ”އަކްރަމްގެ ހާލަތަކީ ކޮބައި ހެއްޔެވެ؟”

މުޖާހަށް އޭނާގެ ބޮލުގައި އަތް އަޅައިލެވުނެވެ. އޭރު އޭނާގެ ދެލޮލުންވެސް ކަރުނަތައް ފައިބައިގަތެވެ. ފިރިހެނަކަސް އޭނާއަށް ވެސް ކެތް ކުރެވޭނީ ވަކި ވަރަކަށެވެ. ކިތަންމެހާވެސް ކެތްކޮށްފިއެވެ. ނަމަވެސް އެއްވެސް އިހްތިޔާރެއް ނެތި އެކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބާގަތީއެވެ.

”މުޖާ. އޭއި. މަށަށް ވަރަށް އެބަހީވޭ މުޖާއަށް ކަމެއް ވެއްޖެހެން. މަށަށް ކިޔާދީބަލަ.” އަފްއާން މުޖާހުގެ ކޮޑުގައި ހިފައިލިއެވެ. އަދި ދެމީހުން އެކުގައި ގޮސް އެތަނުގައި ހުރި ޖޯލި ފައްޗެއްގައި އިށީންދެލިއެވެ.

”އާން. ތިހީވީ ރަނގަޅަށް. އަކޭ އެ ލަނޑެއް ދިން ކުއްޖާއަކީ އަހަރެންގެ ހިތުގެ ވިންދު. އަހަރެން އިންތިހާއަށް އޭނާ ދެކެ ލޯބިވަން. ފެނުނު ފުރަތަމަ ދުވަހުން ފެށިގެން އަހަރެންގެ ހިތުގައި އެސޫރަ ބިންވަޅު ނެގުނު. އަހަރެންގެ ކުރިމަތީގައި އޭނާ އަކޭގެ ސަބަބުން އެހިތާމަތައް ކުރީ. އޭނަ ވަރަށް ލޯބިވި އެ ހިޔާލީ ޝަމްވީލްދެކެ. ވަރަށް ބޮޑަށްވެސް.” މުޖާހަށް ހުއްޓާލެވުނެވެ. އަޑު ބެދިގެން ދިޔައީއެވެ. ހިތްވަރު ގެއްލެނީއެވެ.

”މުޖާ ހާސްނުވޭ. މިހާރުވެސް އެކުއްޖާ އެހުރީ މުޖާއަށް ލިބޭށެއްނު. އަކޭ އޭނަ ދޫކޮށްލީނުން.” އަފްއާން ބުނެލިއެވެ.

”މަށަކަށް ނުހީވެ ލިބޭނެ ހެންނެއް. މަމީ އެއަކްރަމްގެ އެކުވެރިއެއް ކަން އެނގިއްޖާ އަދި. ހަޔާ ހީކުރާނީ މަވެސް ވާނީ އެކަހަލަ މީހަކަށް ކަމަށް. އެ ބިރުވެރިކަން އޭނަގެ ހިތުގަ އުފެދޭނެ. މަ މިއަދު ވަރަށް ދެރަވޭ އެކަހަލަ އެކުވެރިއެއް ލިބުނީމަ. ހިޔެއް ނުކުރަން އަކްރަމް އެހެން ވެދާނެ ކަމަކަށް. އެންޑް އަފްއާނަށް އެނގޭތަ އޭނަ އެބުނި ހާލަތެއް؟ ކޮން ކަމެއްގެ ވާހަކަ އެބުނީ؟”  މުޖާހުގެ ހިތުގައި އުފެދިފައިވާ އުންމީދުގެ ހުޅުކޮޅު ނިވެން އުޅޭ ފަދައެވެ.

ހަޔާތު ލިބެން ހުރި ހުރިހާ މަގެއް އޭނާއަށް ބަންދުވާން އުޅޭ ކަހަލައެވެ. ނަމަވެސް އޭނާއަށް ހަޔާތު އާ ނުލައި ނޫލެވޭނެއެވެ. އެއީ އެހިތުގެ ވިންދެވެ. އެހިތުގެ ހަމަޖެހުމެވެ. ވީއިރު އޭނާއަށް އެހައި ފަސޭހައިން ހަޔާތު ދޫކޮށެއް ނުލެވޭނެއެވެ. ހަނދާންވެސް ނައްތައެއް ނުލެވޭނެއެވެ. އޭނާގެ ފުރާނައަށް ވުރެ ބޮޑަށްވެސް ހަޔާތުދެކެ ލޯބިވެވިއްޖެއެވެ. އެކަން ހުދު މުޖާހަށްވެސް މިހާރު ޔަގީންކުރެވެއެވެ.

”ލިބޭނެ. މުޖާ ހިތްވަރު ގެއްލުވާނުލާ. މަ މިހިރީ މުޖާއާއެކު.” ހިނިތުންވެލާފައި އަފްއާން ބުނެލިއެވެ. މުޖާހަށްވެސް ހިނިތުންވެލެވުނެވެ. އެފަދަ ރަނގަޅު އެކުވެރިއެއް އޭނާއަށް ލިބިފައިވީތީއެވެ. ”އަކޭ އެބުނި އެއްޗެއް މަށަކަށްވެސް ނުވިސްނޭ. އަދި ފަހުން އެނގިދާނެތާ ދޯ..”

***

އެނދުމަތީގައި އޮށޯވެލައިގެން އޮތް ހަޔާތު ލޮލުގެ ހިމަކޮޅުން ދިޔައީ ކަރުނައެއް ފައިބަމުންނެވެ. އޭރު އޭނާގެ ނަޒަރު ހުއްޓިފައިވީ މަތީގައި ހަލުވިކޮށް އެނބުރެމުން ދިޔަ ފަންކާއަށެވެ. މަޑުމަޑުން ހަޔާތަށް އޭނާގެ އަތް ހިއްލައިލެވުނެވެ. އަދި ބޭސްމަލަން އަޅާފައި އިން ބޮޑުވައި އިނގިލި މައްޗަށް ހިއްލައިލާ އެ އިނިގިއްޔަށް ބަލައިލިއެވެ. އެއާއި އެކު އޭނާއަށް ހިނިތުންވެލެވުނެވެ. ކަރުނައިގެ ތެރެއިންނެވެ. އެއިނގިލީގައި އޭނާއަށް ފިރުމައިލެވުނެވެ.

މުޖާހުގެ ސޫރަ ހަމަ ރަނގަޅަށްވެސް ހަޔާތުގެ ހިތުގައި ރަން ކުލައިން ފަވައިލެވިއްޖެއެވެ. އޭނާއަށް ނޭނގި ހުއްޓައެވެ. އެކަމާ ނުވެސް ވިސްނާ ހުއްޓާއެވެ.

ނަމަވެސް މުޖާހު އެހައި އަވަހަށް ރަށުން ދިޔުމުން އެހިތުގައި ރިހުމެއް އުފެދިގެން ދިޔައެވެ. މުޖާހު ފެނުމަށް ހިތް އެދެވެނީއެވެ. އެއަޑު އަހައުލުމަށް ކަންފަތް ބޭގަރާރު ވަނީއެވެ. އަބަދުވެސް ގާތުގައި ވުމަށް އެދެވެނީއެވެ.

އޭނާއަށް ވަމުން ދާ ގޮތް ނޭނގޭތީ ހަޔާތު ދިޔައީ ހާސްވަމުންނެވެ. އޭނާއަށް ވެވިފައި އެވަނީ ލޯބިކަމަށް ގަބޫލު ކުރާކަށް ބޭނުމެއް ނުވެއެވެ. އެހެންވާކަށްވެސް އޭނާ ބޭނުމެއް ނުވެއެވެ. އެއީ ޝަމްވީލް ފެނިގެންވެސް އޭނާއަށް ވީ ގޮތްތަކެއް ނޫނެވެ. އެހެންކަމަށް ވަންޏާ ދެން އެވަނީ ކިހިނެއްތޯ ހަޔާތުގެ ހިތަށް އަރަމުން ދިޔައެވެ. އެހެންކަމުން އޭނާ ޒަންމަތުއަށް ހުރިހާ ކަމެއް ކިޔައިދޭން ނިންމިއެވެ. އެހިތަށް ދެން އެންމެ އަވަހަށް ހަމަޖެހުމެއް ލިބޭނީ އޭރުން ކަމަށް ވާތީއެވެ.

އެނދުކައިރީގައި ހުރި ކަބަޑްމަތީގައި އޮތް ފޯނު ނަގައިލިއެވެ. އަދި ‘ޒަންމަ’ ޖަހާފައި އިން ނަންބަރަށް ޑައިލް ކޮށްލާ ކަންފަތުގައި ޖަހައިލިއެވެ. ހަޔާތު އޭނާގެ ފޯނު އެނދުމަތީގައި ބާއްވާލީ ޒަންމަތުމެން ގެޔަށް ދިޔުމަށް ތައްޔާރުވުމަށެވެ. ނަވާޒްވެސް ގޭގައި ނޫޅޭ ވަގުތަކަށް ވުމުން އޭނާއަށް ޒަންމަތުއަށް އެކަން ކިޔައިދޭން ފަސޭހަވެސް ވާނެތީ އަވަހަށް ދިޔުމަށް ބޭނުންވިއެވެ.

***

”ރަޝީދު ދެން ތިވަރަށް ނުވިސްނަބަލަ. އަހަރެން މިހާރު ރަނގަޅޭ.” އެނދުމަތީގައި އޮތް ރަޝީދުގެ އަތުގައި ހިފައިލަމުން މުނާ ބުނެލިއެވެ.

މިއަދު ދޫކޮށްލެވޭނެ ވާޙަކަ ބުނި ނަމަވެސް ރަޝީދުގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. އޭނާގެ ހިތް ދިޔައީ ހާސްވަމުންނެވެ. ދެން ވެސް މުނާއަށް އެކަހަލަ ކަމެއް ވެދާނެތީއެވެ. މާ ގިނައިން އެކަހަލަ ކަންތައް ވުމަކީ ފުރާނައަށްވެސް ނުރައްކާވާނެ ކަމެކެވެ.

”އެކަމަކު މުނާ. އަހަރެން ބިރުގަނޭ ދެވަނަ ފަހަރަށްވެސް އެހެން ވެދާނެތީ. ކޮންކަމަކާތަ މާ ބޮޑަށް ވިސްނީތީ؟” ރަޝީދުގެ އަޑުގައި ވަނީ މަޑުމޮޅިވެރިކަމެވެ. އުދާސްކަމެވެ.

”ކަމަކާ ނުވިސްނަން.” މުނާގެ ޖަވާބު ވަރަށްވެސް ކުރެވެ.

އިތުރު އެއްޗެއް ބުނާކަށް އޭނާ ގަސްތެއް ނުކުރެއެވެ. އެހެންކަމުން އެދެމެދުގައި ދެން ފެތުރިގެން ދިޔައީ ހަމަހިމޭންކަމެވެ.

***

”ހަޔާ. އަހަރެން ބުނާނީ އެންމެ ވާހަކައެއް. އަހަރެންނަށް ޔަގީން އެކަން.” ޒަންމަތު ހިނިތުންވެލައިގެން އިނދެ ވާހަކަދައްކަމުން ދިޔައެވެ. ހަޔާތުގެ ވާހަކަތައް އަހާފައި އޭނާގެ ތުންފަތުގައި ވީ ނުފިލާފަދަ ހިނިތުންވުމެކެވެ. ”ހަޔާއަށް ތިވަނީ މުޖާދެކެ ލޯބިވެފަ. އަހަރެންނަށް ޔަގީން.”

ޒަންމަތު ބުނެލި ވާޙަކައިން ހަޔާތުއަށް ސިހުމެއް ލިބިގެން ދިޔައެވެ. ހިތުގެ ތެޅުން ބާރުވެލިއެވެ.

”އެކަމަކު. ކީއްވެ އެހެންވާންވީ؟ އަހަރެން.. އަހަރެން އަދި ބޭނުމެއް ނޫން. ބޭނުމެއް ނޫން މީހަކާ ރައްޓެހިވާކަށް. އާ ދިރިއުޅުމެއް ފަށާކަށް.” ހަޔާތުއަށް ވާހަކަ ދައްކަންވެސް ދަތިވިއެވެ.

~ ނުނިމޭ ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ހާދަ ލޯބިންނޭ (3)

Next

ނޭނގި ވެވުނީ ލޯތްބޭ 2- 1

Next
July 10, 2021

ނޭނގި ވެވުނީ ލޯތްބޭ 2- 1

Previews
July 10, 2021

ހާދަ ލޯބިންނޭ (3)

2 Comments!

  1. Aishath Faruha Abdulla says:
    July 10, 2021 at 5:56 pm

    Vaahaka varah reethi… Masha Allah ❤️ Comment nukuriyass hurihaa bayeh baraabarah kiyan… Kiyun therin munifoohi filhvumah thiya kuramundhaa bura masaihkathah fahfashun shukuruverivann…. ❤️❤️

    1. Nafu says:
      July 11, 2021 at 11:31 am

      Thank u so much dear.. and ur welcome.??

Comments are closed.

Next Episodeލޯބިވެވުމުން 9←


All Right Reserved!