Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިވެވުމުން 7

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
July 6, 2021 5 Mins Read
1 Comment

އާދުވަހަކަށް އިރުއަރައިގެން އައީ މުޖާހު އާއި ރަޝީދުގެ ކަންފަތް ބުޑުގައި ހޮނު ގުރުގުރިއެއް ޖަހައިލަމުންނެވެ. ހިތުގެ ތެޅުން އަވަސްކުރުވައި ހާސްކުރުވަމުންނެވެ.

ވަގުތުން ވަގުތަށް ދެމީހުން މާލެ ދިޔުމަށް މިސްރާބު ޖެހިއެވެ. އޭރު ދެމީހުންގެ ހިތުގައި ވެސް އުފެދިފައިވަނީ ނުތަނަވަސްކަމެވެ. ހިތްދަތިކަމުގެ ބާންޏެކެވެ.

ދިގު ދަތުރަކަށް ފަހު މާލެ ދެވުމާއިއެކު ފުރަތަމަ ވެސް ދެމީހުންގެ މިސްރާބަކަށްވީ އައިޖީއެމްއެޗް ހޮސްޕިޓަލެވެ. ކާރުގައި ދެމީހުން އެކުގައި ދިޔައިރު ދެމީހުންގެ ހިތްވެސް ދިޔައީ އޮބި ނޯންނަ ވަރަށް ތެޅެމުންނެވެ. ހަމަޖެހެން މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބު ވާ ގޮތެއް ނުވެއެވެ.

”ބޮޑުދައިތާ. މަންމައަށް ކިހިނެއްވީ؟” މުޖާހު ހާސްވެފައި ހުރެ އަހައިލިއެވެ. އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ.

”އިއްޔެއިންސުރެ މަންމަ އުޅުނީ މެއަށް ތަދެއް އަރައިގެން. ނޭވާ ލާންވެސް އުނދަގޫ ވާތީ. ދެން މިއަދު ފެނުނީ މޭގައި އަތް އަޅައިގެން އޮވެ ތެޅޭތަން. އެހެންވެ އަވަހަށް ގެނައީ. ދައްތައަށް ހީވަނީ މަންމަ މާ ބޮޑަށް ކަމަކާ ފިކުރުކުރާހެން. ޑޮކްޓަރުންވެސް އަދި ވަކި ޖަވާބެއް ނުދޭ. ގެނައި ގޮދަށް އެމަޖެންސީ ރޫމަށް އެވެއްދީ.” މުޖާހުގެ ބޮޑުދައިތަ ރުޝްދާގެ އަޑުގައި ވަނީ މަޑުމޮޅިވެރިކަމެވެ.

އަޑު އަހަން ހުރި ރަޝީދުގެ ދެ ލޯ ކަރުނުން ތެތްމާލިއެވެ. މުނާއަށް އެވީ ގޮތުންނެވެ.

ތިން މީހުންގެ ސަމާލުކަން ދެން ހުއްޓުނީ އެމަޖެންސީ ރޫމުގެ ދޮރު ހުޅުވާލާފައި ނުކުތް ޑޮކްޓަރަށެވެ. ޑޮކްޓަރުގެ މޫނުމަތިން ފެންނަމުން ދިޔަ ހިތްހަމަ ޖެހުމުގެ ސަބަބުން ތިން މީހުންގެ ހިތަށްވެސް ހަމަޖެހުމެއް ލިބިގެން ދިޔައެވެ.

”ޑޮކްޓަރ. ވަޓް ހެޕެން؟” ކައިރިއަށް ގޮސް ރަޝީދު އަހައިލިއެވެ.

”ޝީ އިޒް ފައިން. ޑޯންޓް ވޮރީ. ޕޭޝެންޓް ގެ ބްލަޑް ޕްރެޝަރ ވަރަށް މަތީގަ ހުރީމަ ވީ ގޮތެއް އެއީ. އެންޑް މާ ބޮޑަށް ވިސްނާތީ. ހާޓް އެޓޭކެއް ޖެހުނީ. ނަމަވެސް މިހާރު ބްލަޑް ޕްރެޝަރ އަންނަނީ ދަށް ވަމުން. ހާލަތުވެސް އަންނަނީ ރަނގަޅު ވަމުން. އިރުކޮޅަކުން ޕޭޝެންޓް ވާޑަށް ބަދަލުކުރެވޭނެ.” އެތެރެއަށް ވަންނަން އުޅެފައިވެސް އަނެއްކާވެސް ޑޮކްޓަރު އައިސް ތިން މީހުންގެ ކުރިމަތީގައި ހުއްޓިލިއެވެ. ”މާ ބޮޑަށް ކަންކަމާ ވިސްނިޔަ ނުދީ ބަލައްޗެ. އަބަދުވެސް އުފަލުގަ ބަހައްޓާ ހިތްހަމަ ޖައްސާފަ.”

ތިން މީހުންވެސް ބޯ ޖަހައިލައިފައި ކަނާތް ފަރާތަށް ބޯ އަނބުރައިލީ މީހެއްގެ ފިޔަވަޅުތަކުގެ އަޑު އިވިގެންނެވެ. ހާސްކަމުން ފުރިގެންވީ މޫނަކާއިއެކު ނަޖާހު އަންނަ ތަން ފެނުމުން ރަޝީދުގޮސް ނަޖާޙުގެ ކައިރީ ހުރިހާ ކަމެއްވެސް ރަނގަޅު ކަމަށް ބުނެ އޭނާގެ ހިތްހަމަ ޖައްސައިލިއެވެ. އިރުކޮޅަކުން މުނާ ވޯޑަށް ބަދަލުކުރެވިގެން ދިޔައެވެ. ނިދިފައި އޮތުމުން އެކަކަށްވެސް މުނާ އާ ވާހަކަދެއްކޭ ގޮތެއް ނުވިއެވެ. އެހެންކަމުން އިރުއޮއްސެން ކައިރި ވުމުން މުޖާހުއާއި ނަޖާހު އެކުގައި ގެއަށް އައީ ފެންވަރައި ތާޒާވެލުމަށެވެ. ދަތުރުގެ ވަރުބަލިކަންވެސް އެދެ ހަށިގަނޑަށް އަތްގަދަ ކުރަމުން ދާތީވެސްމެއެވެ. ނަމަވެސް އެވަރުބަލިކަން ރަޝީދުގެ ހަޑިގަނޑުގައި އަޅަމުން ދިޔަ ނަމަވެސް އޭނާ އަންނާކަށް ހިޔާލެއް ނުކުރިއެވެ. އާދޭސް ކުރުމުންވެސް މުނާ ހޭލަންދެން އޭނާ ބޭނުންވީ އެތަނުގައި އިންނާށެވެ. މުނާގެ ގާތުގައިއެވެ.

”ދޮންބޭ. މަންމަ މާ ވަރަކަށް ކޮންކަމަކާ ބާ އެހައި ބޮޑަށް އެވިސްނީ؟.” ވިސްނަން ހުރެ ގެޔަށް ވަންނަމުން މުޖާހު ބުނެލިއެވެ. އަދިވެސް އޭނާއަށް ވިސްނެމުން ދިޔައީ އެކަމާއެވެ.

”ވެދާނެ ގޭގަ އެކަނި ހުރީމަ މާ ބޮޑަށް އެކަމާ ވިސްނުނީ ކަމަށް. ބޮޑުދައިތަ އަކީވެސް ގިނަ އިރު ކޮޓަރީގައި އޮންނަ މީހެއް. އެހެންވެ ކަމަށް ވެދާނެ. ދެން މަންމަ، ދޮންބެ ގުޅާ ކޮންމެ ފަހަރަކު ބުނޭ މުޖާ ނުގުޅާ ވާހަކަ. ގުޅިޔަސް ފޯނު ނަގަނީ މަދު ފަހަރަކު އޭ. އެއީ ކީއްވެގެންތަ؟ ބައްޕަވެސް ކީ މުޖާގެ އެއްބާރުލުމެއް ނުލިބޭ ވާހަކަ.” މުޖާހުގެ މޫނަށް ބަލަން ހުރެ ނަޖާހު އެހެން ބުނެލިއެވެ. ނަމަވެސް މުޖާހު އިސްޖަހައިލީއެވެ. ކުށްވެރިކަމުގެ އިހުސާސެއް ކުރެވުމުންނެވެ.

އޭނާއަށް ވީ ކަންތައް ނަޖާހުއަށް ކިޔައިދޭކަށް ބޭނުމެއް ނޫނެވެ. އެއީ ފަސޭހަ ކަމަކަށްވެސް ނުވާނެއެވެ.

”އެއީ ދެން އާ ރަށަކަށް ދެވުނީމަ އެކި ކަންކަމުގައި އުޅެވުނީ. މަޖާ ކޮށްލަން ބޭނުންވީ. ވަރަށް ފޯނާވެސް ދުރުން އުޅެވުނީ. އެހެންވެ.” މުޖާހު ދޮގެއް ހަދައިލިއެވެ.

އޭނާގެ ކަންތައްތައް ކިޔައިދޭނެ ހިތްވަރެއް ނެތުމުންނެވެ. އެހެން ބުނެފައި މުޖާހު ގޮސް ކޮޓަރިއަށް ވަނީއެވެ. އިތުރު ސުވާލެއް ނަޖާހުގެ ފަރާތުން އައިސްދާނެ ކަމުގެ ބިރަށެވެ.

ކޮޓަރިއަށް ވަދުމާއިއެކު ފުރަތަމަވެސް މުޖާހުގެ ލޮލުގައި އަޅައިގަތީ އޭނާގެ އަރާމު އެނދެވެ. ވަގުތުން އެއެނދުގައި އޮށޯންނަ ހިތްވިއެވެ. ނަމަވެސް އެހިޔާލު އަވަހަށް އޭނާ ދޫކޮށްލީ ފެންވަރަށް ދިޔުމަށެވެ. ފެން ވަރައިގެން އައިސް ކުޑަކޮށް ނިދާލުމަށެވެ.

ފެންވަރައިގެން ހުދުކުލައިގެ ޓީޝާޓަކާއިއެކު ކަޅުކުލައިގެ ޖީންސް ސޯޓެއް ލާފައި ގައިގައި ކޯލޯން އުނގުޅާލުމަށްފަހު އައި ގޮތަށް އައިސް މުޖާހު އެނދު މައްޗަށް ޖެހިގަތެވެ. އޭރު ނިދީގެ އަސަރުތައް އެމޫނުމަތިން ފެންނަމުން ދިޔައެވެ. ނަމަވެސް އޭނާއަށް ނިދޭ ގޮތެއް ނުވިއެވެ. ހަޔާތުގެ ހިޔާލުތައް އޭނާގެ ސިކުނޑި ފުނި ޖައްސަމުން ދިޔައެވެ. ލޯ މަރައިލާ ކޮންމެ ފަހަރަކު ރޭގެ ހާދިސާތައް އޭނާގެ ކުރިމައްޗަށް ކުލަޖެހެމުން ދިޔައެވެ. ހަޔާތު އޭނާއާ ދިމާލަށް ބެލި ޖާދޫވީ ބެލުމެވެ. އެ ތުންފަތުގައި ވި ނަލަނަލަ ހިނިތުންވުމެކެވެ. އެހައިމެ ހިތްގައިމެވެ. މުޖާޙަށް ވަގުތުން ފޯނު ނަގައި ގެލެރީއަށް ވަދެ ފޮޓޯއެއް ހުޅުވައިލިއެވެ. އެއީ ރޭގައި ހަޔާތަށް ނޭނގި އޭނާ ނަގައިފައިވާ ފޮޓޯއެކެވެ. އެރީތި ހިނިތުންވުމުގައި އިންދައެވެ. އަންނާރު އޮށްތަކެއް ފަދަ ދަތްތަކެއް ދައްކާލާގެން އިންދައެވެ. ބޭއިހްތިޔާރުގައި މުޖާހަށް ހިނިތުންވެލެވުނެވެ. މޭގައި އަތް އަޅައިލެވުނެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި އޭނާގެ މޫނުމައްޗަށް ނުތަނަވަސްކަން ވެރިވެ ގަތީ ދެން އޭނާއާ ހަޔާތު އާ ބައްދަލުވާނެ ގޮތެއް ނެތުނީމައެވެ. ވާހަކަދައްކާލެވޭނެ ގޮތެއްވެސް ނެތުނީމައެވެ. އަވަސް އަރުވައިލައިގެން އަންނަން ހަދައިގެން އާދެވުނީ ހަޔާތުގެ ނަންބަރުވެސް ނުހޯދިއެވެ. މުޖާހަށް އޭނާގެ ބޮލުގައި ޖަހައިލެވުނެވެ. އަދި އަވަސްއަވަހަށް ތެދުވެ އެނދުމަތީގައި އިށީންދެލިއެވެ. ނަންބަރަކަށް ގުޅާލާފައި ކަންފަތުގައި ޖަހައިލިއެވެ.

”ހޭއި ނަވާޒް. މިއީ މުޖާހުއޭ.” ހިތް އަވަސްވެފައިވާ ހާލު މުޖާހަށް އަހައިލެވުނެވެ.

***

”ކިހިނެއްތަ މަންމަ މިހާރު؟ ރަނގަޅުތަ؟” މުޖާހުގެ ހަބަރެއް ވުމުން އަވަހަށް ނާވާޒަށް އަހައިލެވުނެވެ. މުޖާހުގެ އަޑު ޒަންމަތަށްވެސް އަޑު އިވޭނެ ގޮތަށް ނަވާޒްވަނީ ސްޕީކަރަށް ލާފައެވެ.

”މަންމަ ރަނގަޅު. ހާޓް އެޓޭކެއް ޖެހުނީ. ބްލަޑް ޕްރެޝަރވެސް މާ މަތީގައި ހުރީ. އެހެންވެ ވީ ގޮތެއްކޭ ޑޮކްޓަރު ބުނީ.” މުޖާހު މަޑުމަޑުން ވާހަކަ ދައްކަމުން ގޮސް އޭނާ ގުޅި ބޭނުން ބުނަން އުޅުނެވެ. ނަމަވެސް އެކަމަށް ފަސްޖެހެވުނީއެވެ. ޒަންމަތުމެން އޭނާއާ ދިމާކުރާނެ ވަރު އެނގުމުންނެވެ. ނަމަވެސް ހިތްވަރާއިއެކު އޭނާ އަހައިލިއެވެ. ”އޭއި ހަޔާގެ ނަންބަރު ދެވިދާނެތަ؟”

އެއާއިއެކު ޒަންމަތުއާއި ނަވާޒަށް އެއްފަހަރާ ހޭން ފެށުނެވެ. އެތައް އިރެއް ވީއިރުވެސް ހުއްޓާނުލުމުން އެންމެ ފަހުން މުޖާޙު ކުދިކިޔަން ފެށުމުން ދެމީހުންވެސް ހުނުން ހުއްޓާލާ ވާހަކަދައްކަން ފެށިއެވެ.

”އޭރުވެސް އެނގެއޭ ކޮންމެސް އެއްޗެކޭ ކިޔާފަ މުޖާ ގުޅާނެކަން ހަޔާގެ ނަންބަރު ހޯދަން. އެހައި ފަސޭހައެއްކޮށް ނަންބަރު ދެވޭކަށް ނެތް. ހަޔާ ގާތު އަހައިލާފަ އާއެކޭ ބުނެފިއްޔާ ނަންބަރު ލިބޭނީ.” ޒަންމަތު ހެމުން ހެމުން އެހެން ބުނެލިނަމަވެސް މުޖާހުގެ ހިތް ތެޅިލިއެވެ.

ހަޔާތުގެ ނަންބަރު އޭނާއަށް ލިބުމަކީ ވަރަށްވެސް ނާދިރު ކަމެކެވެ. ޒަންމަތު އެބުނިހެން ފަސޭހައެއްކޮށް އޭނާއަކަށް އެނަންބަރެއް ނުލިބޭނެއެވެ. އެހެންކަމުން އާވެފައިވި އުންމީދުގެ ހުޅުކޮޅުވެސް އެކުގައި ނިވިގެން ދިޔައެވެ.

”ކަމޯން. މަށެއް ހަޔާއަށް އުނގުލެއް ނުކުރާނަމޭ. އައި ޖަސްޓް ވޯންޓް ޓު ޓޯކް ޓު ހާ އިފް ޝީ ވޯންޓް. ޕްލީޒް ގިވް މީ ހަރ ނަންބަރ. އައިމް ބެގިން ޔޫ.” އާދޭހާއިއެކު މުޖާހު ބުނެލިއެވެ.

”ނޯނޯ މުޖާހު. ހަޔާ އަހަރެމެން ދެކެ ރުޅި އަންނާނީ އޭނާ ގާތު ނުބުނެ މީހުންނަށް ނަންބަރު ދިނީމަ. އެހެންމަ ހަޔާގެ ރުހުން ލިބިގެން ނަންބަރު ދެވެން އޮތީ. ކީޕް ވެއިޓިން. މޭބީ ޝީ ވިލް ސެއި ޔެސް.” ނަވާޒް އެހެން ބުނެފައި ހޭން ފެށިއެވެ. މުޖާހަށް ވެފައި ހުރި ވަރު އެނގުމުންނެވެ.

މުޖާހު އާ ވާހަކަ ދައްކަން އިރުކޮޅަކު ތިބުމަށްފަހު ދެމީހުންވެސް ބޭރު ޖޯއްޔަށް ނުކުތީ ފިނި ވައި ހޯދައިލުމަށެވެ. އެތާގައި އެކި އެކި ސަމާސާތައް ކުރަން ތިއްބައި ހަޔާތު އައުމުން ޒަންމަތުއާއި ނަވާޒަށް އެކުއެކީގައި ހިނިތުންވެލެވުނެވެ. ގެޔަށް ވަދެގެން އައި ހަޔާތު އުޅެމުން ދިޔަ ގޮތުން ޒަންމަތުއަށް ކަމެއް ފާހަގަވެގެން ދިޔައެވެ. ހަޔާތު ދިޔައީ ހުއްޓާ ނުލައި ގޭތެރެއަށް ބަލަމުންނެވެ. އެކި ފަރާތްފަރާތަށް ބޯ އަނބުރަމުންނެވެ.

”ހަޔާ އާދޭ އިށީންނަން.” އެތަނުގައި ކޮޅަށް ހުރުމުން ޒަންމަތު ބުނެލިއެވެ.

”ދެމީހުން އެކަނިތަ؟” ހަޔާތު އަދިވެސް ދިޔައީ ތަންތަން ބަލަމުންނެވެ.

”ދެން މީ މާ ބައިވަރު މީހުން އުޅޭ ގެޔެއް ނުނެއްނު. އަނެއްކާ މީހަކު ހޯދަނީތަ ތި؟ އަހަރެމެން ދެމީހުން ކައިރިއަކަށް ނޫންތަ ތިޔައީ؟” ޒަންމަތު ލާނެތް ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެން އިނދެ އެހެން ބުނެލިއިރު ހަޔާތު އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

”އަހަރެން ބައްދަލުކުރާނެ އިތުރު މީހަކު އެބަހުރިތަ ދެން މިގޭގަ؟.. ޒަންމަމެން ކައިރިއަށެއްނު އަންނާނީވެސް.” ހަޔާތުވެސް އިނީ ދޫދޭގޮތަކަށް ނޫނެވެ. އެގޮތުގައި ދެމީހުންގެ ވާހަކަ އެތައް އިރަކަށް ދެމިގެން ދިޔައެވެ. ހީ ސަމާސާ ކުރުމުގައެވެ.

”ބައިދަވޭ، މިއަދު ހެނދުނު މުޖާމެން ގޮއްސި އޭނަ މަންމަ ވަރަށް ބަލިވެގެން. މިރޭ ގުޅާފަ ބުނި ހަޔާ ނަންބަރު ދޭންވެސް. ހަޔާ ކައިރީ ބުނެފަ ނޫނީ ނުދޭންވެގެން އަހަރެން ބުނިން ނުދޭނަމޭ. އޭނައެއްނު ތި ހޯދަނީ ވެސް ފަރާތް ފަރާތަށް ބަލަމުން.” ނަވާޒް ބުނެލިއެވެ.

ހަޔާތުގެ ހިތް އެކީ މާޔޫސްވެގެން ދިޔައެވެ. އެހިތަށް ތަދުވެގެން ދިޔައެވެ. ދެން މުޖާހު ނުފެންނާނެތީއެވެ. ދެން މުޖާހުއާ ވާހަކަދައްކާ ނުލެވޭނެތީއެވެ. ނަމަވެސް އެހެން ވާން ޖެހުނު ސަބަބެއް ހަޔާތުއަކަށް ނުވިސްނުނެވެ. އޭނާ އެހައި އަވަހަށް މީހަކުދެކެ ލޯބިވާކަށް ބޭނުމެއް ނޫނެވެ. އެހެން ބައިވެރިއެއް އޭނާގެ ހަޔާތަށް ގެންނާކަށް ވެސް ބޭނުމެއް ނޫނެވެ. ނަމަވެސް ކަންތައްވަނީ އޭނާ ބޭނުންވި ފަދައަކުން ނޫނެވެ. މުޖާހުގެ ހިޔާލުތަކާއި އެސޫރަ އޭނާގެ ހިތް ފަތަހަކޮށްފިއެވެ. އަބަދާއިއަބަދު ވިސްނެނީއެވެ. ހިޔާލު ކުރެވެނީއެވެ.

”އަހަރެން ދެން ދަނީ. ފަހުން އަންނާނަން. މަންމަ ގާތު ވަރަށް އަވަހަށް އަންނާނަމޭ ބުނެފަ މިއައީ.” ނަވާޒް ބުނި އެއްޗަކަށް ރައްދެއްވެސް ނުދީ ހަޔާތު ނުކުމެގެން ދިޔަ ގޮތުން ދެ މީހުންނަށްވެސް ކަމެއް ކަށަވަރުވެގެން ދިޔައެވެ. މުޖާހު ގޮއްސިއޭ ބުނުމުން ހަޔާތު ދެރަވިކަމެވެ. އެހިތަށް ތަދުވެގެން ދިޔަކަމެވެ.

***

”މުޖާ. އެނގޭތަ މި އަކޭ ކޮށްގެން އުޅޭ ކަމެއް. މީނަ ދިޔައެއްނު އަހަރު ދުވަހަށް އޭނަ މަންމަ ރަށަށް. ގޮސް އައީ އެރަށުން ކުއްޖަކާ ރައްޓެހިވެގެން އުޅެ އުޅެފަ. ނަން ވެސް ބަދަލުކޮށްގެން އެކުއްޖައަށް އޮޅުވާލީ. އަދި ކުރީ ދުވަހު އެކުއްޖައަށް މެސެޖް ކޮށްފަ ބުނީ އޭނަ އުޅެނީ ކައިވެނިކޮށްގެންނޭ އުނދަގޫ ނުކުރާށޭ. ވަރަށް ކުރީގަ މީނަ އުޅެނީ.” އަފްއާން ބުނެލި ވާހަކައިން މުޖާހުގެ ބޮލުގައި ހީވީ މީހަކު ބާރު އެތިފަހަރެއް ޖަހައިލި ހެންނެވެ.

~ ނުނިމޭ ~

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ނޭނގި ވެވުނީ ލޯތްބޭ 2 – ޓްރެއިލަރ

Next

ނޭނގޭހެ ހާދަ ލޯބިވޭ… (6)

Next
July 6, 2021

ނޭނގޭހެ ހާދަ ލޯބިވޭ… (6)

Previews
July 5, 2021

ނޭނގި ވެވުނީ ލޯތްބޭ 2 – ޓްރެއިލަރ

One Comment

  1. Nafu says:
    July 6, 2021 at 6:03 pm

    salaam readers. vr bodah maafah edhen genes dheyn buni dhe dhuvahuvs nugenes dhevunyma. i am really very sorry. and hope u like this part too.. laobivevumun ge 8th part on thursday. insha allah..

Comments are closed.

Next Episodeލޯބިވެވުމުން 8←


All Right Reserved!