ހިތްދަތި ދުވަސްތައް 19
“އައި ތިންކް ޝީ ކާންޓް ވޯކް.. ޕޭޝަންޓް ގެ ފަޔަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފަ.. އިރުކޮޅަކުން ބައްދަލު ކުރެވޭނެ..”ޑޮކްޓަރ ބުނި ވާހަކައަކުން ރައުލާ އާއި ރައުފާ އަށް ހީވީ ދުނިޔެ އެނބުރިގަތްހެނެވެ.
ޑޮކްޓަރ ބުނި ވާހަކަ އަކުން ޝޮކެއްގައި ހުރި ނައުފާ އާއި ނައުފް އަދި ނާޔާ އަށް ހޭވެރިކަންވުމުން އައިސް ރައުފާ މެން ގާތު ވީގޮތް ކިޔައި ދިނުމައް އެދުނެވެ.އެމީހުން ރައުލާ ގުޅުމުން ހޮސްޕިޓަލަށް ވަތް ގަޑިއާއި ޑޮކްޓަރ އެހެން ބުނި ވަގުތުވީ އެއް ވަގުތަކަށެވެ.
ނައުފް ކިޔާރާ އާއި ބައްދަލު ކުރަން ވަތް އިރު ކިޔާރާއަށް އޮތީ ނިދިފައި އެވެ.”ރައު އާ ދޮންތަ ދެން މިރޭ ގެއަށް ދޭ ނިދާލަން.. އަހަރެން މަޑު ކޮށްލާނަން..”ނައުފްގެ އެދުމުގެމަތިން ރައުލާ އާއި ރައުފާ ގެއަށް ދިޔައީ ވެފާ ހުރި ވަރު ބައްޔެއްގެ ސަބަބުންނެވެ.
“ހަލޯ..”ރައީފާ ހެނދުނު ސައި ބޯން އިންދާ އޭނާއަށް ފޯނެއް އައުމުން އަތް ދޮވެލުމައް ފަހު ފޯނު ނެގި އެވެ.”އޭ މަބުނީ އޭނަ ނޭނގެ މިހާރު މަރު ނުވާކަމެއްވިސް.. ވަރު ގަދަ ލަނޑެއް ދީފިން.””މިހާރު ކީއްކުރީ އަނެއްކާ..؟”ރައީފާ ކާކޮޓަރިން ނިކުމެ ބެލްކަންޏަށް ނިކުތެވެ.”މާ ބޮޑު ކަމެއް ނުކުރަން.. އެކްސިޑެންޓް ކޮށްލީ..ހިޔެއް ނުވޭ ސަލާމަތް ވާނެހެނެއް..””ސާބަސް ތިހިރަ މީހާއާ..ބަލަ ވިސްނަބިލަ..މަށަށް ހަމަ ޔަގީން އެވަގުތު އެތާ މަގޭ ދެދަރިން ތިބޭނެކަން..ދެން އެމީހުނައް ތިޖެއްސި އެތީގެ ނަންބަރު ބޯޑު ނުފެންނާނެކަމެއްވިސް ނޭންގެ..އެމީހުން ޕޮލިހުންގެ ގާތު އެވާހަކަ ބުނެގެން އެ ދުއްވި މީހަކު އަތުލައިގެންފިއްޔާ އޭނަ ބުނާނީ ކަލޭގެ ނަން..ދެން ކަލޭ ނޭންގެ މަށަށް ދޯކާ ދީފަ މަގޭ ޖަލައް ނުފޮނުވާލާނެ ކަމެއްވެސް..ސާބަސް..”
“އޮހް ޝިޓް..މަށެއް އެކަމެއް ނުވިސްނުނީ ކީއްވެބާ..އެކަމް ހިއެއް ނުވޭ އެމީހުނައް ފެނުނު ހެނެއް..އެކަމް މަގޭ ބެދިއްޖިއްޔާ ކަލޭވިސް ހަމަ ބެދޭނެ.އެއީ ކަލޭވެސް ބޭނުމީ އޭނަ މަރާލާކައްނު.. ހައްހައްހާ”ރައީފާގާތު ރުޅިއައިސް ފޯނު ކަނޑާލައިފާ ހޮސްޕިޓަލަށް ދާން ހިނގައި ގަތެވެ.
“ނައުފް..؟”ކިޔާރާ ހެނދުނު ހޭލިއިރު އޭނަގެ މޫނައް ބަލަހައްޓައިގެން އިން ނައުފް ފެނުމުން އޭނާ ހައިރާންވިއެވެ.އޭނަގެ ހިތައް އަރަމުން ދިޔައެވެ.ނައުފް މިތާ ކީއްކުރަނީބާއެވެ.އޭނަ ނުވެސް ނިދާ ހެއްޔެވެ.ރައުލާ އާއި ދޮންތަ ކޮބާބާ އެވެ.
“ކިޔާ އޯކޭތަ..ކިޔާ ކިހިނެއް އަސްލު އެގަޑީގަ ވީ..؟އައި ވޯޒް ސޯ ވޮރީ ލަވް..”ނައުފް އަށް އެހިސާބަށް ބުނެވުނުތަނާ ރައުފާ ކިޔާރާއަށް ހެނދުނުގެ ސައި ހިފައިގެން އައެވެ.
“ކިޔާ ސައި ބޯން ވީނު..”ރައުފާ ކިޔާރާ އަށް އޭނަގެ އަތުން ކާންް ދިނެވެ.
“ދަރިފުޅާ ކިޔާ ދަރިފުޅަށް ކަމެއް ވިތަ.. ބޮޑު ދައިތަ ހާދަ ބިރެއް ގަތޭ..”އޭގެ އިރުކޮޅެއް ފަހުން ރައުފާ އާއި ކިޔާރާ އަނގަ ތަޅަން ތިއްބާ ރައީފާ އައެވެ.އޭރު ނައުފް ވެސް ގެއަށް ގޮއްސިއެވެ.
“މަންމާ…ކާކު މަންމަ ގާތު ބުނީ..؟ގައިމު މަށެއް ނުބުނަން..ރައުވެސް ނުބުނޭ..ދެން؟”ރައުފާ ކުރި ސުވާލުން ރައީފާގެ މޫނުން ދާތިކިތައް ވިދަން ފެށިއެވެ.”މިމިމި..އާން ދޯ..މަންމަ ގާތު ބުނީ އެތަން ފެނުނު މީހަކު..ދެންމެ އެހެން ގުޅާފަ ބުނުމުން އަވަހަށް މިއައީ.”
ތިންމީހުން އެތާ ތިއްބާ ޑޮކްޓަރ އައިސް ކިޔާރާ އޮތް އެނދު ކައިރީގައި މަޑުކޮށްލިއެވެ.
“މިއޮތީ ކިޔާރާގެ ފައިގެ އެކްސްރޭ ރިޕޯޓް.. ހިތްވަރު ކުރަންވާނެ…ކިޔާރާގެ ފަޔައް ލިބުނު ގެއްލުމުން ކިޔާރާއަކަށް ނުއެއް ހިނގޭ..”އެތާތިބި އެންމެންވެސް އެވަގުތު ތެޅިގަތެވެ.ރައީފާއަށްވެސް މިފަހަރު ގޮތެއްވިކަން ޔަގިނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Previous part ga kujjaku in lily mee ungoofaaru kujjeh tho ahaafa.noon mee hama raaje thereyn ?.ekam ungoofaaru ga ulheyne family kudhin ???