Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގޭހެ ހާދަ ލޯބިވޭ… (5)

MAYA Level 1
June 30, 2021 5 Mins Read
0 Comments

” ހޭ ޔޫ.. މިތާ ކީއްކުރަނީ..؟ ” ނައިރާ ކުރިއަށް އެޅިފިޔަވަޅުމަތީ ހުއްޓުން އެރިއެވެ.

” މިތަނަށް އެރުން މަނާކަމެއް ނޭނގޭތަ؟ ކޮން ޑިޕާރޓްމެންޓެއްގަ މަސައްކަތް ކުރަނީ..؟” އެމީހާ ހުއްޓާނުލާ ސުވާލު ކުރިއެވެ.

ނައިރާ ޖެހިލުންވެހުރެ އެމީހާއާއި ދިމާލަށް އެނބުރުނެވެ. އަދި ބިރުގަނެފަ ހުރިކަން ނުދައްކާ މޫނުމައްޗަށް ރުޅިވެރިކަމެއް ގެނެސް ވާހަކަ ދެއްކިއެވެ.

” މިތަނަށް އެރުން މަނާ ކަމެއް ނޭނގޭ.. މަނާ ކަމެއް ކުރެވުނީމަ އެމީހާއަށް ހެދިހެން ހަދަންތަ ތިއުޅެނީ.. ” ނައިރާ އެތާ އެތެރޭ ހުރިމީހާ އަށް ބަލަމުން ބުނެލިއެވެ. ނައިރާ ނިންމައިގެން ހުރީ އެމީހާވެސް އޭނަހެން ނޭނގި އެތަނަށް އައުމުން އޭނައަށް އެހެން ހެދީ ކަމަށެވެ. ނައިރާ ކުރިމަތީ ހުރި މީހާ އަނގައިން އެއްވެސް އެއްޗެއް ނުބުނެ އޭނައާއި ދިމާލަށް ކަޅި ޖަހާނުލާ ބަލަން ހުއްޓެވެ.

” މީހަކަށް ކުށެއްކުރެވުނަސް އެވަރު ކުރާކަށް ނުވާނެނުން.. އޭނަގެ މޫނު މަތީގަ އެހެރީ ލޭ.. ތިހާ ރަހުމް ކުޑަ ވާކަށް ނުވާނެނުން.. ތީކާކުކަމެއް އަހަންނަކަށް ނޭނގޭ އަދި އެނގޭކަށް ބޭނުމެއްވެސް ނުން.. މިތާ ބޮޑު މީހާއަށް ވިޔަސް އަހަރެން ބިރެއް ނުގަންނާނަން.. ބޭނުންވެއްޖިއްޔާ ޕޮލިހަށް ގެންދިޔަޔަސް ވަރިހަމަ.. އެކަމު ގައިގަ އަތްލައިގެން ނުވާނެ..” ފަހު ޖުމްލަ ނައިރާ ބުނީ އިނގިލި ދިއްކޮށްލާފައެވެ. ނައިރާއަށް ކިޔޭ ނުކިޔޭއެއްވެސް ނޭނގެއެވެ. އޭނާ ހުރީ ހާސްވެސް ވެފައެވެ. އެކަން ނުދައްކަން ވަރަށް މަސައްކަތް ކުރަމުން ދިޔައެވެ. އަދި އަވަސް ކޮށްލާފައި އެތަނުން ދާން ހިނގައިގަތެވެ. އެމީހާ އެހުރިތަނުގައި ނައިރާ ދިޔަތަން ބަލަން ހުރީ ހައިރާންކަންމަތީއެވެ.

” ސާރ.. އަޅުގަނޑުދެން އެހެނެއް ނުހަދާނަން.. އަޅުގަނޑަށް އެންމެ ޗާންސެއް ދީފާނަންތޯ؟ ” ޝާދިން ހަމަހޭވެރިކަންވީ ލޫތު ވާހަކަ ދައްކަންފެށީމައެވެ. ވަގުތުން އޭނާ އެތަނަށް އައި ސަބަބު ހަނދާންވުމުން ލޫތު އާއި ދިމާލަށް އެނބުރިލާފަ ހިތްހަމަ ނުޖެހި ހުރެ ވާހަކަ ދައްކަންފެށިއެވެ.

” ލޫތު އަށް އަހަރެން އެއްފުރުސަތު ދޭނަން.. އެކަމު މިކުންފުނީގަ ދެން މަސައްކަތެއް ނުކުރެވޭނެ.. ތިހާ ދަށުދަރަޖައިގެ ކަންތައް ކުރާ މީހެއް މިއޮފީހުގަ ބަހައްޓާކަށް އަހަރެން ބޭނުމެއްނުން.. އެކުއްޖާ ކައިރިން މާފަށް އެދިފަ އިސްތިއުފާ ހުށަހަޅާ.. އަދި އެހެން ތަނެއްގައި މަސައްކަތް ކުރިކަމުގައިވިއަސް އަހަންނަ ލޫތުގެ އެކަހަލަ ވާހަކައެއް އަޑު އިވިއްޖިއްޔާ ދެން ދެވަނަ ފުރުސަތެއް އަހަންނެއް ނުދޭނަން.. އެކަން ހަނދާން ބަހައްޓާތި.. ” ޝާދިން އެހެން ބުނެފަ އެތަނުން ދިޔައެވެ. އަދި އޭނަގެ ކެބިން ހުރި ފަންގިފިލާއަށް ދިޔުމަށް ލިފްޓަށް އެރިއެވެ.

” ނާއި…” ޝާދިން މަޑުމަޑުން ބުނެލިއެވެ. އެހިތުގައި ނުތަނަވަސް ކަމެއް އުފެދިގެން ދިޔައެވެ. އަދި އެއްއަތުން ބޮލުގެ އިސްތަށިގަނޑުގައި ހިފާލިއެވެ. އޭނަ އެއްވެސް މީހަކަށް ދައްކަން ބޭނުންނުވާ ސިފަ ނައިރާ އަށް ފެނުނީމައެވެ. މަދު ފަހަރަކު ނޫނީ ޝާދިންއަކީ އެހާ ރުޅި ގަދަވާ މީހެއްނޫނެވެ. ޖިންސީ ފުރައްސާރަ ކުރާ މީހުންނާ ދޭތެރޭ ޝާދިންއަކަށް ރީއްޗަކަށް ކަންތަކެއް ނުކުރެވޭނެއެވެ. ކުށަކަށް ނުވާނަމަ އެކަހަލަ މީހުން އޭނާގެ އަތުން ސަލާމަތެއް ނުވާނެއެވެ. ލޫތުވެސް މިއަދު ކުރީ އެކަހަލަ ކަމެކެވެ. އޮފީހުގަ މަސައްކަތް ކުރާ އަންހެންކުއްޖަކާ ބެހުނީއެވެ. އެކަން ހިނގަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. ޝާދިންއަށް އެކަން އިނގުނީ މިއަދުއެވެ. އެހެންވެ އޭނަގެ ރުޅި މައިތިރި ނުކުރެވުނީއެވެ. އެކަމު އޭނަގެ އެސިފަ ނައިރާއަށް މިއަދު ފެނިއްޖެއެވެ. އޭނަ ޝާދިންއާއި ދޭތެރޭ އެދެކުނީ ވަރަށް ގޯސްކޮށްނެވެ. އެކަމު އެތަނަށް ނައިރާ އަންނަން ޖެހުނު ސަބަބަކީ ކޮބާބާ؟ މިއަދުގެ ޖޮބް އިންޓަރވިއުއަށްބާ؟ ޝާދިންގެ ހިތް ބާރަށް ތެޅިގަތެވެ. ނައިރާ އެބިލްޑިންގްއަށް އައީ ކީއްކުރަންތޯ ޝާދިން ބަލަން ބޭނުންވިއެވެ.

ވިސްނުމެއްގަ ތެރޭ ހުރެފަ ޝާދިން އޭނަގެ ކެބިންއަށް ވަންނަން ދޮރުހުޅާވަލަމުން ފަހަތަށް އެނބުރި ނުހާ ގާތު ކެބިންއަށް އައުމަށް އެދުނެވެ. ނުހާ އައިސް ވަނުމުން ޝާދިން މިއަދު ޖޮބް އިންޓަރވިއުއަށް އައި ކުދިންގެ ލިސްޓް ފޮނުވުމަށް އެދުނެވެ. ނުހާ އަވަސް ކޮށްލާފަ އޭނަ އަށް އެޗްއާރްއިން ފޮނުވާފައިން ލިސްޓް ޕްރިންޓް ކޮށްލާފައި ގެނެސް ޝާދިންއަށް ދިނެވެ. ޝާދިން ވަރަށް ފަރުވާތެރިކަމާއެކީ އެލިސްޓުގައި ހުރި ނަންތައް ކިޔަމުން ދިޔައެވެ. ނައިރާގެ އަސްލުނަން ނޭނުގުނަސް “ނާއި” އާ ގުޅޭ ނަމެއް އިންތޯ ބެލިއެވެ. އެކަހަލަ އެއްވެސް ނަމެއް ނެތުމުން ހިތްނުތަނަވެސްވެ އިތުރަށް ބޮލުގައި ރިއްސަން ފެށިއެވެ.

“ސާރ ކޯއްޗެއްތޯ ތިހޯދަނީ؟ ” ނުހާ ޝާދިން ކުރަމުން ދިޔަ ކަންތައް ބަލަން ހުރެފާ އެހިއެވެ.

” ނަތިން..” ޝާދިން އޭނަ ބަލަން އިން ގަނޑު އެއްފަރާތް ކޮށްލަމުން ބުނެލިއެވެ.

” ސާރ… ބިސްނަސް ޕްރޮޕޯސަލްތައް ހުށަހަޅާފަ ތިބި މީހުންގެ މީޓިންތައް ފެށޭ 10 ޖަހާއިރު.. ދިހަ ފަރާތަކުން އެބައިން ހުށަހަޅާފަ.. އޭގެން މިއަދު ފަސް ފަރާތަކާ މިބައްދަލު ކޮށްލަނީ.. މީޓިން ސްޓާރޓް ކުރަންވީތޯ؟” ނުހާ ވާހަކަ ދެއްކިއެވެ. ޝާދިން އެއްޗެކޭނުބުނެ ކޮނޑީގައި ލެނގިލައިގެން އެއްއަތުން ނިތުގައި ހިފަހައްޓާލައިގެން އިނެވެ.

” ސާރ ބޮލުގަ ރިއްސަނީތޯ؟” ނުހާ އަހާލިއެވެ.

” ކުޑަކޮށް.. ނުހާ އާއި ހާރިސް މީޓިންތައް ކުރިއަށް ގެންދަންވީނުން.. އަހަރެން މިއަދު ދެން ބްރޭކެއް ނަގާލަން ބޭނުން.. ” ޝާދިންގެ ބޮލުގެ ރިހުން ގަދަވާހެން ހީވުމުން ބުނެލިއެވެ. އޭނައަކީ އެގޮތަށް އޮފީހުން ޗުއްޓީނަގާ މީހެއްނޫނެވެ. އޭނާއަކީ އަބަދުވެސް އެންމެ ކުރިން އޮފީހަށް އައިސް އެންމެ ލަހުން އޮފީހުން ނުކުންނަ މީހާއެވެ.

” އެންމެ ރަނގަޅު ސާރ.. އަޅުގަނޑު ހާރިސް ސާރ ކައިރީ ބުނެލާނަން ސާރ މީޓިންގަ ބައިވެރިނުވާނެ ވާހަކަ.. ކުޑަކޮށް ނިދާލީމަ ބޮލުގަ ރިއްސުން ރަނގަޅުވެދާނެ ކަންނޭނގެ.. ” ނުހާ ބުނެލިއެވެ.

” ހުރިހާ ބިސްނަސް ޕްރޮޕޯސަލްތަކެއް އަހަންނަ މެއިލް ކޮށްލާތި.. ” ޝާދިން ގޮނޑިން ތެދުވަމުން ބުނެލިއެވެ. އަދި ގެއަށް ދިއުމަށްޓަކާ އޮފީހުން ނިކުތެވެ.

****

ނައިރާ ހުރީ މާނޭވާލެވިލެވިއެވެ. 15 ވަނަ ފަންގިފިލައިން 8 ވަނަ ފަންގިފިލާއަށް އޭނަ އައީ ސިޑިންނެވެ. ލިފްޓް އަންނަންދެން އެތާ ހުންނަންވެސް ނުކެރިގެންނެވެ. އޭރު ޝަހުމާ އިންޓަވިއު ނިންމާފަ ނައިރާ ވީތަނެއް ނޭނގިގެން ގުޅަނީއެވެ.

” ނާއި.. ހާދަ ހާސްވެފަ.. ވަރަށް ގުޅައިފިން.. ތިރިއަށް ދާން އުޅެނިކޮށް ތިއައީ.. ކަމެއްވީތަ؟ ” ނައިރާ ފެނުމުން ދެލޯ ބޮޑުކޮށްފަ ޝަހުމާ ބުނެލިއެވެ.

” ބީ..ސް..ޓް… ”  މާނޭވާލަމުން މައްޗަށް އިނގިލި ދިއްކޮށްލާފަ ނައިރާ ބުންޏެވެ.

” ހަމަޖެހިބަ… ކީކޭ ތިކިޔަނީ؟ ޖިންނިއެއް ފެނުނީތަ؟” ނައިރާ އެތަނުން ގޮނޑިއެއްގައި ބައިންދަމުން ޝަހުމާ ބުންޏެވެ. އިރުކޮޅަކު ނޭވާ ހަމައަކަށް އެޅެންދެން އިނުމަށްފަހު ނައިރާ ވަހަކަ ދެއްކިއެވެ.

” މި އޮފީހުގެ އެބަ އުޅޭ ބީސްޓެއް ކަހަލަ މީހެއް… މިތާ 15 ވަނަ ފްލޯއަށް މީހަކު އެރީތީ އޭނައަށް ވަރެއްކޮށްލާފަ އެބަހުރި… އެފަކީރުގެ އަނގަމަތި ފަޅާލާފަ.. ނާއި ފެނުނީމަވެސް އޭނަ ރުޅިގަދަވެގެން ހީވީ ޖަހާފާނެހެން… ބިރުން މިއައީ ދުވެފަ ސިޑިން…”

” އެހެންތަ؟ 15 ވަނަ ފްލޯ އަކީ ކޮންތަނެއް؟ އެތަނަށް އެރުން މަނަލީތަ؟” ޝަހުމާ ބުމަށް ގޮށްޖަހާލާފައި އެހިއެވެ.

” ނޭނގެ… މަނަލޯ އެތަނަށް އެރުން.. ގްރީން ހައުސް ޖަހާފަ އިނީމަ އެތަން ބަލާލާ ހިތުން މިއެރީ… އެތަނުން މަށާ މިލައިގަތީ ބޮޑު ބީސްޓަކާ.. ” ނައިރާ ކޮނޑާދިމާލުން ދެއަތުގައި ހުރަސްކޮށް އަތްހާކާލަމުން ބުނެލިއެވެ. ނައިރާ ހަމައަކަށް އެޅެން އިރުކޮޅެއް ނެގިއެވެ. ޝަހުމާގެ އިންޓަރވިއުމަތިން ހަނދާންވީ ދެނެވެ.

” ކިހިނެއް އިންޓަރވިއު ދިޔައީ؟ ”

” ރަނގަޅަށް ދިޔައީ.. ވަރަށް ނައިސް މީހެއް އިންޓަރވިއު ކުރަން ހުރީ.. ކޮންސްޓްރަކްޝަން ޑިޕަރޓްމެންޓްގެ ހެޑް.. ވަރަށް ކިއުޓް މީހެއް..” ޝަހުމާ ހެވިލާފާ ބުނެލިއެވެ. ނައިރާއަށް ހެވުނެވެ.

” ޖޮބް އިންޓަރވިއުއަކަށް ނުންދޯ ތި ދިޔައީ؟” ނައިރާ ޝަހުމާ އަތުގައި ޖަހާލަމުން ބުނެލިއެވެ. ނައިރާ ޖެހިތަނަށް ކުޑަކޮށް ތަދުވުމުން ތުން ދިއްކޮށްލައިގެން ހުރެ އެތާ އަތްހާކަމުން ޝަހުމާ ގަޑި ބަލައިލިއެވެ. އޭރު ގަޑިން 10.15ވީ އެވެ.

” ނާއި..  އިންޓަރވިއު ގަޑި ޖެހެނީ.. އަވަހަށް ދާން ހިނގާ..” ނައިރާގެ އިންޓަރވިއުގެ ގަޑި ޖެހޭކަން އިނގުމުން ޝަހުމާ ހަނދާންކޮށްދިނެވެ.

” އޯނޯ.. ގަޑި ބަލަންވެސް ހަނދާނެއްނެތް… ” ނައިރާ ފޯނު ނަގާ ގަޑި ބަލައިލަމުން ބުނެލިއެވެ. އަދި އަވަސް ކޮށްލާފައި ލިފްޓަށް އަރާ 9 ވަނަ ފަންގިފިލާއަށް އެރިއެވެ. އެތަން 8 ވަނަ ފަންގިފިލާއާއި ހިލާފަށް ހުރީ ތަންކޮޅެއް ހުސްކޮނެވެ. އެހާ ގިނަ މީހުނެއް އެތަނަކުން ނުފެނެއެވެ. ސީއީއޯގެ ކެބިންވެސް ހުންނަނީ އެތާނގަކަން ލިފްޓް ފާރުގަ އިން ބޯޑުން އިނގެއެވެ. ކޮންފަރެންސް ރޫމް އާއި މީޓިންގް ރޫމް އާއި އޮފީހުގެ އެންމެ އެގްސެކެޓިވް މީހުންގެ ކެބިންވެސް ހުރީ އެ ފަންގިފިލާގައެވެ. އޯޕަން އޮފީސް އޭރިއާގަ ހުރި ވޯކްސްޓޭޝަން ތަކުގައި ތިބެނީ ހުރިހާ ސެކެޓްރީންނެވެ. ނައިރާމެން ލިފްޓުން ނިކުމެ ރިސެޕްޝަން ކައުންޓަރު ކުރިމަތީ މަޑުކޮށްލިއެވެ. ރީތިކޮށް ހެދުން އަޅާފައި މަޑު މޭކަޕެއް ކޮށްފައި ހުރި އަންހެން ކުއްޖެއް އެތާނގާ އިނެވެ. ނައިރާމެން ފެނުމުން އެކުއްޖާ ހީލިއެވެ. ހިތްހެޔޮ ކުއްޖެއް ފާޑު ޖަހައެވެ.

” ބިސްނަސް އިންޓަރވިއުއަށް 10.30 އަށް ކިޔާފަ އިނީމަ މިއައީ.. ؟ ނައިރާ ވާހަކަ ދެއްކިއެވެ.

” ކޮންނަމެއް ކިޔަނީ..؟ އެކުއްޖާ އެހިއެވެ.

” ނައިރާ މުބީން..”

” ކޮންފަރެންސް ރޫމްގަ އިންޓަރވިއު ކުރިއަށް އެދަނީ.. އެތާނގަ މަޑުކޮށްލާ.. ނަން ގޮވާލީމަ ވަދެލާ..” އެކުއްޖާ ކޮންފަރެންސް ރޫމް ހުންނަތަން ދައްކާލަމުން ބުނެލިއެވެ. އަދި ހިނިތުން ވެލިއެވެ.

އެކުއްޖާއަށް ޝުކުރުއަދާ ކޮށްފައި ނައިރާމެން އެދިމާލަށް ދިޔައެވެ. މާ ގިނައިރެއްނުވެ ނައިރާއަށް ގޮވިއެވެ. އަވަސް ހިތަކައިގެން ނައިރާ ކޮންފަރެންސް ރޫމް އަށް ވަނެވެ. ނައިރާ ވަދެ އޭނަގެ ކުރު ތައާރަފެއް ދިނެވެ. އަދި އޭނަގެ ޕްރޮޕޯސަލް ހުށަހެޅިއެވެ. ޝައުގުވެރިމަކާއެކު ނުހާ އާއި ހާރިސް އަޑުއަހަން އިނެވެ. ހާއްސްކޮށް ހާރިސްއެވެ. އޭނަގެ ބެލުންވެސް ތަފާތުހެން ހީވެއެވެ. ނައިރާ ވަތްފަހުން އޭނަ އެންމެ ފަހަރަކުވެސް ނަޒަރު ވަކިކޮށްނުލައެވެ. އެކަން ނުހާއަށްވެސް ފާހަގަވިއެވެ. އަންހެން ކުދިންފެނި އެއީ ހާރިސްއަށް އާންމުކޮށް ވާގޮތެއްކަން އެނގި ނުހާ ދެކޮޅަށް ބޯހޫރުވާލީ އެކަކަށްވެސް ނޭނގޭހެނެވެ. އެހެން ނޫނަސް ހާރިސް އާއި ދިމާލަށް އެއްޗެކޭ އޭނައަށް ބުނާކަށް ނުކެރޭނެއެވެ. އެއީ ޝާދިންގެން ތިމާގެ މީހަކަށް ވެފައި އަދި އެއޮފީހުގެ މާކެޓިންގް އެގްޒަކެޓިވްއެވެ.

” ޕްރޮޕޯސަލް ވަރަށް ފުރިހަމަ.. އެކަމު މިހާރުވެސް ބައިވަރު ބްރައިޑަލް ފިހާރަތައް އެބަހުރި، އެހެންނޫނަސް ބައިވަރު މީހުން ވެޑިންގް ޑްރެސްވެސް ފަހައެއްނުން.. ” ނުހާ ވާހަކަ ދެއްކިއެވެ.

” ރަނގަޅުވާހަކައެއް… އެކަމު އެއްތަނަކުން އަންހެން އަދި ފިރިހެން އެއްޗެހި ހޯދަން ވަރަށް އުނދަގޫވޭ ކަންނޭނގެ.. އަދި އާންމުކޮށް ހުންނަ ބްރައިޑަލް ޝޮޕްތަކުގަ ހުންނަނީ ބޭރުން ގެނެއްސަ ހުންނަ ހެދުން.. މިތާ އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުގެ އަމިއްލަ ޑިޒައިންތައް ބަހައްޓަން.. ފަސޭހައިން ހެޔޮވަރުކުރެވޭ ގޮތަށް އަދި އެފޯރޑަބްލް ހެދުން ވިއްކަން…” ނައިރާ މިހާރު ހުރީ ކޮންމެވެސް ވަރަކަށް ހަމަޖެހިފައެވެ. އޭނާ ބޭނުންވާގޮތް ކިޔައިދިނެވެ.

” ނުހާ އެބުނީ ރަނގަޅު ވާހަކައެއް.. މީ އެހާ ޕްރޮފިޓަބްލް ކަމެއްހެން ހީނުވޭ..” ހާރިސް ވާހަކަ ދެއްކިއެވެ.

” މިކޮޅުން އަހަރުމެން އިންވެސްޓް ކުރަނީ ދެކޮޅަށްވެސް ފައިދާ ވާކަހަލަ ބިސްނަސް ތަކަށް..” ހާރިސް ކިތަންމެ އަންހެނުން ކަންތައް ބޮޑުވިޔަސް ކުންފުންޏަ ފައިދާ ނުވާނެ ކަމެއް ނުކުރާނެއެވެ. އެކަން ޝާދިންއަށްވެސް އިނގެއެވެ. އެހެންވެ އޭނައަކީ ޝާދިން އެންމެ އިތުބާރުކުރާ އެކަކެވެ.

” މި ޕްރޮޕޯސަލް އާއި މިއަށް ކޮށްފަ ހުރި ރިސަރޗް ބަލާފަ ވަރަށް މަސަައްކަތްކޮށްފަ ހުރިކަން އިނގޭ.. އިތުރަށް ސީއީއޯއާއި ޑިސްކަސް ކޮށްލާފަ މިކޮޅުން ޖަވާބެއްދޭނަން…” ހާރިސް ނައިރާއަށް ބަލާލާފައި އަދި އޭނަގެ އަތުގައޮތް ނައިރާގެ ޕްރޮޕޯސަލްގެ ކޮޕީއަށް ބަލާލާފައި ބުނެލިއެވެ.

” މި ފުރުސަތު ދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ.. ” ނައިރާ ހީލާފާ އެހެން ބުނެލާފައި އެތަނުން ނިކުތެވެ. ނައިރާގެ މޯޅިވެފައިވާ މޫނުފެނި ޝަހުމާ ދެރަވިއެވެ.

” ސަކަރާތްކޮށްތަ ދިޔައީ؟ ” ޝަހުމާ އަހާލުމުން އެތާ ދެއްކި ހުރިހާ ވާހަކައެއް ނައިރާ ކިޔައިދިނެވެ. އަދި އެއްވެސް އުއްމީދެއް ނެތްކަމަށް ބުނެ އެތަނުން ނުކުމެގެން ދިޔައެވެ.

” ހާސްނުވޭ.. ދެން އެހެން ގޮތެއް ބަލާނީ.. މިނުން އެތައް ބައެއްވެސް އުޅޭނެނުން އިންވެސްޓްކުރާ.. އެއްވެސް ގޮތެއްނެތިއްޔާ ބޭންކްއިން ލޯނަކަށް އެޕްލައިކުރާނީ.. ” ނައިރާއަށް ހިތްވަރު ދިނުމުގެ ގޮތުން ޝަހުމާ ބުނެލިއެވެ. އެކަމަށް ނައިރާވެސް އެއްބަސްވެ ހިތްހަމަ ޖައްސާލިއެވެ.

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

MAYA

Level 1

Other Articles

Previous

ތީއޭ މިހިތުގެ ދިރުމަކީ (ފަހުބައި)

Next

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ފަސްވަނަ ބައި)

Next
July 1, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ފަސްވަނަ ބައި)

Previews
June 30, 2021

ތީއޭ މިހިތުގެ ދިރުމަކީ (ފަހުބައި)



All Right Reserved!