އަރާމު ކުރުމުގެ ނިޔަތުގައި އެނދުގައި ޖައްސާލި ޝާދިންއަށް ހަމަޖެހުމެއް ނުލިބުނެވެ. އޭނަގެ ލޮލުކުރިމަތީގައި އަދިވެސް ނައިރާ ހުރިކަހަލައެވެ. އެ ދެލޮލުގައިވި ހާސްކަން ޝާދިންއަށް ފެނުނެވެ. ނައިރާގެ ދުލުން ބޭރުވި ކޮންމެ ލަފްޒެއް ހީވީ ތޫނު ހަންޖަރެއް އޭނަގެ މެޔަށް ކޮށްޕާލިހެންނެވެ. ” ތިހާ ރަހުމްކުޑަ ވާކަށް ނުވާނެ ނުން.. ” ޝާދިންގެ ކަންފަތުގައި އަދިވެސް އެ ޖުމްލަ ގުގުމަމުން ދިޔައެވެ. އޭނައަކީ ހަމަ އެހާމެ ރަހުމް ކުޑަ މީހަކީހެއްޔެވެ. ނައިރާއަކަށް އޭނައެއް ނޭނގެއެވެ. އެއްވެސް މީހަކަށް އޭނައެއް […]
” ހޭ ޔޫ.. މިތާ ކީއްކުރަނީ..؟ ” ނައިރާ ކުރިއަށް އެޅިފިޔަވަޅުމަތީ ހުއްޓުން އެރިއެވެ. ” މިތަނަށް އެރުން މަނާކަމެއް ނޭނގޭތަ؟ ކޮން ޑިޕާރޓްމެންޓެއްގަ މަސައްކަތް ކުރަނީ..؟” އެމީހާ ހުއްޓާނުލާ ސުވާލު ކުރިއެވެ. ނައިރާ ޖެހިލުންވެހުރެ އެމީހާއާއި ދިމާލަށް އެނބުރުނެވެ. އަދި ބިރުގަނެފަ ހުރިކަން ނުދައްކާ މޫނުމައްޗަށް ރުޅިވެރިކަމެއް ގެނެސް ވާހަކަ ދެއްކިއެވެ. ” މިތަނަށް އެރުން މަނާ ކަމެއް ނޭނގޭ.. މަނާ ކަމެއް ކުރެވުނީމަ އެމީހާއަށް ހެދިހެން ހަދަންތަ ތިއުޅެނީ.. ” ނައިރާ އެތާ އެތެރޭ […]
ގަޑިން 12 ޖެހި އިރު ޝާދިން ހުރިހާ މީޓިންއެއް ނިންމާފަ އޭނަގެ ބައްޕަގެ ގެއަށް ދާން ކާރަށް އެރިއެވެ. މާލެއަށް ދާންޖެހޭތީވެ ތަންކޮޅެއް ކުރިން ޝާދިން ދިޔައެވެ. ޑްރައިވަރު ކާރު ދުއްވަމުން ދިޔައިރު ޝާދިން އިނީ ފަހަތު ސީޓުގައި ލޯމަރާލައިގެން ކަމަކާ ވިސްނާށެވެ. ބައްޕަގެ ގެއަށް ގޮއްސިއްޔާ އަބަދުވެސް ކޮންމެވެސް ކަންތައްގަޑަކާ ލައިގަންނާނެއެވެ. އެގެއިން ނިކުމެ ވަކިން ޝާދިން އުޅެންފެށީވެސް މައްސަލަގަނޑުތެރޭ އުޅެން ބޭނުން ނުވާތީއެވެ. މިއަދު މަލްދާ އެވަރަށް ނުގުޅި ނަމަ އޭނަ އެގެއަކަށް […]
އެންމެ ފަހު ދުވަހު ކުދިންތައް ސޮއިކޮށް ހެޔޮދުވަޔާ ނަސޭހަތް ލިޔެފަ އޮތް ފޮތް ނައިރާ ނަގާ ހުޅުވާލިއެވެ. އަދި ވަކި ވަކިން ފަހަރަކު ގަނޑެއްގައި ލިޔެފައި ހުރި އެއްޗެހި ހިނިތުންވެ ހުރެ ކިޔަމުން ދިޔައެވެ. ކުއްލިއަކަށް ނައިރާގެ ލޮލުގައި އަޅައިގަތީ މީގެ ކުރިން އޭނަ ނުކިޔާ ލިޔުން ކޮޅެކެވެ. ” ލޯބިވާ ނާއި.. ތީ އަހަރެން އެންމެ ލޯބިވާ ކުއްޖާ.. ނާއި ނުލިބިއްޖިއްޔާ އަހަރެން ދުނިޔޭގަވެސް ނުހުންނާނަން.. ނާއި ހޯދަން އަހަރެން މުޅި ދުނިޔެއާ ހަނގުރާމަ ކުރާނަން.. […]
ދޮރު ކުރިމަތީގައި ހުރި އިސްކޮޅުން މާ ކުރު ނުން ދޮން ރީތި އަންހެން ކުއްޖާ ފެނުމުން ޝާދިން އުފަލުން ހީލިއެވެ. ” ދޮންބޭ…. ” މަލްދާ، ޝާދިންގެ ގައިގާ ބައްދާލަމުން ބުނެލިއެވެ. ” ދޮންބެ ބަލާ ދާންށޭ ހުރީ… ކީއްވެ އެކަނި ތިއައީ؟ ” މަލްދާ ފެނުމުން އުފާވިޔަސް އޭނާ އެކަނި އެތަނަށް އައުމުން ޝާދިން ހިތްހަމަ ނުޖެހުނެވެ. ” ދެން އަބަދު ބޮޑީގަރޑް ފަހަތުލައިގެން އުޅެވޭތަ؟ ދޮންބެ ތިހިރީނުން އަހަރެން ޕްރޮޓެކްޓް ކުރަން.. އައި މިސްޑް […]
އޮސްޓްރޭލިއާގެ ހިއްގައިމު ހިސާބެއްގައި ހުރި ކޮފީ ޝޮޕެއްގެ މޭޒުގައި ބޯއަޅާލައިގެން، ލޯމަރާލައިގެން އިން އަންހެން ކުއްޖާއަށް އެތަނަށް ވަދެ ނުކުމެހަދާ އެންމެންގެ ނަޒަރު ހުއްޓެމުންދިޔައެވެ. ދޮން އޮމާން މޫނުގެ މައްޗަށް ވިހުރިފައިވާ އިސްތަށިތަށް އެރީތި މޫނުގައި ބީހެމުން ދިޔައެވެ. މަރާލެވިފައިވާ ދެލޮލުގެ ދިގު އެސްފިޔަތަކުންވެސް އެލޮލުގެ ރީތިކަން އަންގައިދެއެވެ. ފިޔާތޮށި ކުލައިގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ވިއެވެ. ހިމަ ދިގު އިނގިލިތަކުން މަޑުމަޑުން މޭޒުގައި ތަޅަމުންދިޔައެވެ. ކަންފަތުގައި ޖަހާފައި އިން ހެޑްސެޓްއިން ލަވައެއް އަޑު އަހަނީކަން އިނގެއެވެ. […]