އަބަދުވެސް…18
މައިޝާ އާއި ނިހާލް މާލެ ދިއުމަށް ދިޔަ ވަގުތު މައިޝައަށް އެހެން ކަހަލަ އިހުސާސެއް ކުރެވުނެވެ. ކޮންމެވެސް ކަމެއް ވާން އުޅޭ ކަހަލަ އިހުސާސެއް ކުރެވުމުން އޭނަގެ ހިތް އާދަޔާ ހިލާފަށް ބިރުގަންނަން ފެއްޓިއެވެ.
މައިޝާގެ ސިކުނޑީގައި ވަނީ އެކި ކަންކަމުން ހައިޖާނުގަނޑެއް އުފެދިފައެވެ. އެއްކޮޅުން އެކުވެރިޔާގެ މާޒީއެވެ. އެ އެކުވެރިޔާއަށް އެހީއެއްވެދޭން ބޭނުން ނަމަވެސް އެއްވެސް ގޮތަކުން އެކަނ ކުރެވެން ނެތުމުން ހިތުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ. އަނެއްކޮޅުން އޭނާއަށް މިހާރު ކުރެވެމުން ދާ ގޮތް ނޭނގޭ ބިރުވެރި އިހުސާސެވެ.
ނިހާލްގެ ސިނކުޑިވެސް ވަނީ މައިޝާ އެކޭ އެއްފަދައިން ހަލަބޮލިވެފައެވެ. ނަމަވެސް އެނާމިހާރު ވިސްނަމުން ދަނީ ބޭޒާރު ނުވެ ސަލާމަތް ވުމެވެ. އެހެންނަމަވެސް މައިޝާ ފުލުހުންނަށް ނިހާލްއާ ދެކޮޅަށް ކްރައިމް ކޭސް އެއް ބުކް ކޮށްފަ އޮތުމުން އުނދަގޫނަމަވެސް އެތާނގަ ހުރެގެން މައިޝާ ކޮންމެވެސް ގޮތަކުން ދުރަށް ޖައްސާލުމަށްފަހު އޭނާ އެކަމުން ރެކިގަތުމެވެ. ނިހާލް އޭނާގެ ޕްލޭންގެ އެނަމެ ފުރަތަމަ ފިޔަވަޅު އަޅަން ނިންމިއެވެ.
“މައި ހިނގާބަ މިރޭ މިކޮޅުން ކައިގެން މާލެ ދާން… އޭޒް، އަ… ޑިނަރ ޑޭޓް…” ނިހާލް މައިޝަ ހުއްޓުވުމަށްފަހު މައިޝަގެ އަތުގައި ހިފައިގެން ހުރެ ލޯތްބާއި އެކު ބުނެލިއެވެ.
“އޭޒް ޔޫ ވިޝް…” މައިޝާ ބޭނުން ވީ ނިހާލް އާއި އެކު ވަގުތު ކޮޅެއް ހޭދަ ކޮށްލައިގެން ނަމަވެސް އޭނާގެ ސިކުނޑިއަށް ކުޑަވެސް ލުޔެއް ގެންނާށެވެ. އެހެންނަމަވެސް މައިޝާ އަށް ނޭނަގި އޮތް ކަމަކީ ނިހާލް އާއި އެކު އެ ޑޭޓް އަށް ދިޔުމަށް އެއްބަސް ވުން އެއީ އޭނަގެ ދިރިއުޅުމަށް އަންނަށް އުޅޭ ތޫފާނުގެ ފުރަތަމަ ކޮޅިގަނޑު ކަމެވެ.
އެތަށް ތަނެއް ވިސްނުމަށް ފަހު މައިޝާ ނިހާލް އާއި އެއްބަސްވެ ވިލިމާލެ ބާރބަކިއު އޭރިއާގައި ހުރި ރެސްޓޯރެންޓަށް ދާން ނިންމިއެވެ. އެއީ ފުދޭވަރަކަށް ދުރު ނަމަވެސް ނޫނެކޭ ބުނަން ނުކެރުމުން މައިޝަ ހިތާއި ދެކޮޅަށް ދާން އެއްބަސް ވީއެވެ. އެހެންނަމަވެސް މައިޝާ އަށް ނޭންގި ނަމަވެސް ކޮންމެ ފަހަރަކުވެސް މައިޝާ ނިހާލް ބުނާ އެއްޗަކަށް އެއްބަސް ވަމުން ދާއިރު އެއީ އެންމެ ފަހަރަކުވެސް އޭނާއަށް ހަޔާތުގަވެސް ނެގޭނެ އެންމެ ބިރުވެރި ފިޔަވަޅު ތަށް ކަމާއިމެދު ވިސްނާލައިފި ނަމަ މައިޝާ އެ ފިޔަވަޅުތަށް ނުނަގާނެ ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ. އެހެންނަމަވެސް ތަގުދީރުގައި ވާ އެއްޗެއް ބަދަލުކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ތާއެވެ.
ވިހި ވަރަކަށް މިނިޓު ހިނގުމަށް ފަހު މައިޝާ އާއި ނިހާލް އަށް ރެސްޓޯރެންޓާށް އާދެވުމުން އެދެނީހުންގެ ޑިނަރ އާއިގެން ކުރިއަށް ދިޔައެވެ. ދެމީހުންގެ މާފޮޅުވުން ތަކާއި އެކު ލޯބީގެ އެތަށް ވައުދެއް ކުރަމުން ދެމީހުން އެތަނުން ނުކުންނަން ދިޔައެވެ.
“މައި… މި ޑިނަރ އަކީ އަހަރެންގެ ފަރާތުން މައި އަށް އަހަރުމެންގެ 1 މަންތް އެނިވަރސަރީ ގިފްޓް ކަމަށް ބަލާ އިނގޭ… މައި އަހަންނަށް އެހާވަރުން ސަޕްރައިޒް ދޭން އުޅުނީމަވެސް އެކަން ނުވީ… ދެން އެހެން ވީމަ އަހަރެން މި ޑޭޓް އަށް މައި ގެންއީވެސް އަހަންނަށް މައިއަށް އެވެސް ގޮފްޓެއް އަނެއްހެން ދެވިފަ ނެތީމަ…”
ނިހާލް ބުނަމުން ދިޔަ ކޮނަމެ ލަފުޒެއް މައިޝާ ހިތުގެ އެންމެ ފުންމިނުން ގަބޫލު ކުރަމުން ދިޔަ އިރު އެ މައުސޫމް އަންހެން ކުއްޖާ އަށް ނޭންގި އޮތް ކަމަކީ އޭގެން އެއްވެސް ބަހެއްގެ ފަހަތުގަ ހަގީގަތެއް ނުވާކަމެވެ. ބުނާނީވެސް ފަހެ ކީކޭ ހެއްޔެވެ. އެ މައުސޫމް އަންހެން ކުއްޖާ އެވަނީ ނިހާލްދެކެ ވާލޯބިން އިތުބާރު ނުކުރަން ވާ ވަރަށް ނިހާލް އަށް އިތުބާރު ކުރެވިފައެވެ. އަދި މީގެ ނާޖާއިޒު ފައިދާ ނިހާލް ދަނީ ވަރަށް ރަނގަޅަށް ނަގަމުންނެވެ. އެ ހިލަ ހިތުގައި އަމިއްލަ އަބިމީހާއާއި މެދު ހަމްދަރުދީއެއް ކީއްކުރަން ލޯބީގެވެސް އެންމެ ކަންފުޅެއްވެސް ނެތީ ތާއެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


