Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީކުރުވާހަކައެހެނިހެންމަޖާލޯބި

ރައިން (6)

Anusha Mohamed Level 110 Stories100 Login
June 23, 2021 One Min Read
0 Comments

ދުވަހަކުވެސް އަހަރެން ކައިރީގައި ރައިން މަސައްކަތް ކުރާ ތަނުގެ ވާހަކަ ދައްކާފައި ނުވާތީ ރައިންގެ ފަހަތުން ދިޔުމަށް ނިންމީމެވެ. މިސްރާބު ހުރީ ޝަހީދު ހުސެއިން އާދަމް ބިލްޑިންގާ ދިމާއަށެވެ. ވަކި ހިސާބަކަށް ދެވުނު ތަނާހެން ރައިން އެތާނގަ ހުރި ސައިކަލަކަށް އަރައިގެން ހިނގައްޖެއެވެ. އަހަރެން އެތާނގެ އަނދިރިގަނޑެއްގެ ތެރޭގައި މަޑުކޮށްލައިގެން ރައިންގެ އިންތިޒާރުގައި ހުރީމެވެ. ރައިން އަންނާނެ ކަމުގެ އުއްމީދުގައެވެ. މިއީ ހަމަ ރައިން ހެއްޔެވެ؟ ވިއްސަކަށް މިނެޓު މަޑުކޮށްލައިގެން ހުއްޓާ ރައިން ސައިކަލުގައި އަތުވެއްޖެއެވެ. އަޅައިގެން ހުރި ޕޮލިސް ޔުނިފޯމް އިން ރައިންގެ ސްމާޓްކަން އިތުރަށް ދައްކުވައިދެއެވެ. ސައިކަލު ޕާކު ކޮށްފައި މަޑުނުކޮށްލާގޮސް އޮފީހަށް ވަތްއިރު ރައިންގެ ޗާލުކަމުގެ ވާހަކަ ބުނެދެންވެސް ނޭނގެއެވެ. އެހާމެ ރީތި ފިރިހެނެއް އަދި މި ދުނިޔެއަކުންވެސް ނުދެކެމެވެ. އަހަރެން އެނބުރި ގެޔަށް ދިޔުމަށް ހިނގައިގަތްވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ ރައިންގެ ސައިކަލު ނަންބަރު ބޯޑެވެ. އަވަހަށް ފޯނު ނަގައި ބަލައިލީ ދަންނަ ނަންބަރެއްހެން ހީވާތީއެވެ. ތަޤުދީރުގައިވެސް މިގޮތަށް ވެދާނެކަމަކަށް ހިޔެއްނުކުރަމެވެ. އެތައް އިރެއްވަންދެން ގެލެރީ ހާވަމުން ދަނިކޮށް އެއްކަލަ ދުވަހު ޕެޓްރޯލް ސްޓޭޝަންގަ ނެގި ފޮޓޯ ހުޅުވާ ޒޫމްއިން ކޮއްލައިފީމެވެ. މިއީ ހަމަ އެނަންބަރެވެ. އަހަންނަށް ކުލަވީ ހޮސްޕިޓަލަށް ނުދެވިގެން ޕޮލިހެއްގެ ފަހަތަށް އެރި ރެއެވެ. އެރޭވެސް އަހަރެން އެރީ ހަމަ މި ސައިކަލަށްކަން ޔަޤީންވިއެވެ. ރައިންގެ އަތުގައި އަޅައިފައިވާ އައި ވޮޗަކީވެސް ހަމަ އެރޭ އަހަންނަށް ފެނުން ގަޑިއެވެ. އަހަރެންގެ ބޮލުތެރޭ އެނބުރެމުން ދިޔަ ސުވާލުތަކަށް ދޭނީ ވަކި ކޮން ޖަވާބެއްހެއްޔެވެ؟ ރައިން އާއި އެންމެ ފުރަތަމަ ބައްދަލުވީވެސް އަހަރެން އެންމެ ހީނުކުރާގޮތަށެވެ. އަހަންނަށް އިޙުސާސް ކުރެވެނީ އަހަރެން ފިލްމެއް ތެރޭ އުޅޭހެނެވެ. މިއީ މީހަކަށް ދުވަހަކުވެސް ދިމާނުވާނޭ ފަދަ ކަންކަމެވެ. ލެޕްޓޮޕް ނަގައި ވޯޑު ފައިލެއް ހުޅުވައި ލިޔަން ފަށައިފީމެވެ. “”ކޮބާ؟ ވަރަށް ސަޅި އޭ އާ އަޕްޑޭޓު…….” މިއީ ލިޔަން އެންމެ ރަނގަޅު ވަގުތެވެ. މިކަހަލަ ހާދިޘާ ތަކަކީ ވަރަށް މަދުން ނޫނީ ނުވާނެ ކަމެއްވުމުން ވީހާވެސް ގިނަބަޔަކަށް ކިޔައިދޭން އަހަރެން ބޭނުންވިއެވެ. މިއަދާ ހަމައަށް ވީ ހުރިހާ ކަމެއްގެ ވާހަކަ ލިޔެފައި އަހަރެން އެރޭ ނިދަން އޮށޯވެތީ ރައިންގެ ޚަބަރުވެސް ބަލައިނުލައެވެ.

ހަފްތާއެއް ވޭތުވަނީއެވެ. އެރެޔަށްފަހު އަދި ރައިންގެ ޚަބަރެއްނުވެއެވެ. “ހަލޯ! ރައިންގެ ޚަބަރެއް ނުވޭތަ؟”  އާލާ އަށް ގުޅައި ޒަޔާންއާއި އެކީ ކޮންފަރެންސް ކޯލްއަކު ވަރަށް ގިނަ އިރު ވާހަކަ ދެކެވުނެވެ. އަދި ރައިންގެ ޚަބަރެއް ނުވާތީ އެކަމާ އަހަރެމެން އެންމެންވެސް ތިބީ ވަރަށް ހާސްވެ ކަންބޮޑުވެފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anusha Mohamed

Level 110 Stories100 Login

<21 writer

Other Articles

ކުލުނުނެތް ލޯބި
Previous

ކުލުނުނެއް ލޯބި 2

Next

މަންމާ އޭ.. އަހަންނަށް މާފްކުރާށެވެ.

Next
June 23, 2021

މަންމާ އޭ.. އަހަންނަށް މާފްކުރާށެވެ.

Previews
June 23, 2021

ކުލުނުނެއް ލޯބި 2

ކުލުނުނެތް ލޯބި


All Right Reserved!