Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތަމަންނާ 14

Amsa Level 110 Stories
June 24, 2021 5 Mins Read
0 Comments

ހުޅުމާލެއިން އާދެވުނުއިރު ހަތެއްޖަހަނީއެވެ. އަހަރެން އަވަހަށް ނަމާދުކޮށްލަން ބޭނުންވިއެވެ.ކޮޓަރިއަށް ވަދެ ނަމާދުކޮށްލައިގެން ނީންތައާއި ރިޔާޒުބެއަށް ގެނައި އެއްޗެހި ހިފައިގެން ބޭރަށް ނުކުތް އިރު އެއްވެސް މީހަކު ފެންނަން ނެތުމުން ނީންތަ ކޮޓަރިދޮރުގައި ޖަހައިލީމެވެ. ދޮރުހުޅުވީ ރިޔާޒުބެއެވެ. “ނީންތަ ނަމާދު ކުރަން އިނީ” ދޮރުހުޅުވާލަމުން ރިޔާޒުބެ ބުންޏެވެ. އަހަރެން ރިޔާޒުބެއަތަށް އެއްޗެހި ދިނުމުން މީ ކޮންއެއްޗެއްތޯ އަހައިލުމަށްފަހު އެތެރެއަށް ވަނެވެ. އަހަރެން ދާން ހިނގާގަތްތަނުން ނީންތަ ނުކުމެ އަހަންނަށް ގޮވާލައިފައި އަށެއްޖަހާއިރު ބޭނުންވާއެއްޗެހި ގަންނަން ބޭރަށްދާން ނުކުންނަންވާނެ ވާހަކަ ބުންޏެވެ. “ދާނީ ހިނގާފަ ދޯ، އެއްޗެހި ގަނެ ނިމިގެން ކާރު ގެންނާނީ” އަހަރެން އާނއެކޭ ބުނީމެވެ. ނީންތަ ކޮޓަރިއަށް ވަނުމުން އަހަރެންވެސް ގޮސް އަހަރެންގެ ކޮޓަރިއަށް ވަނީމެވެ. އަދި ޒިޔާންއަށް ގެނައި އެއްޗެހި ކޮތަޅަކަށް އަޅާލީމެވެ. “ނަސީބެއްނު މާޔަންއަށްވެސް އެއްޗެއްގެނެވުންކަން” އަހަންނަށް ހިތާހިތާ ބުނެލެވުނެވެ. އަދި ލަތާއަށް ގެނައި އެއްޗެހިވެސް ކޮތަޅަކަށް އަޅައިގެން ބަދިގެއަށް ގޮސް ލަތާއަތަށް ދިނީމެވެ.

ބާޒާރަށް ނުކުތީ އެމޭލިއާވެސް ގޮވައިގެނެވެ. އެވަގުތުު މާޔަން އައިސް ގެއަށް ވަންނަނީއެވެ.” ކޮންތާކަށް އެންމެން ތި ނައްޓާލީ؟” “މިދަނީ ދޮންތަ އެކޮޅަށް ބޭނުންވާ އެއްޗެހި ގަންނަން” މާޔަންގެ ސުވާލަށް ޖަވާބު ދިނީ ނީންތައެވެ. “އަހަރެންވެސް ދާންވީތަ؟” ހިނިގަނޑެއް ޖަހާލަމުން މާޔަން މިހެން ބުނުމުން އަހަރެންވެސް ޖެއްސުންކޮށްލުމުގެ ގޮތުން އަންނާށޭ ބުނީމެވެ. އަހަރެން ހީކުރިގޮތާއި ޚިލާފަށް މާޔަން އަހަރުމެންނާއި އެއްކޮށް ދާން ހިނގާގަތެވެ. އަހަރުމެންގޮސް ފިހާރައަށް ވަދެ ބޭނުންވާ އެއްޗެހި ނެގުނު އިރު ހީކުރެވުނުވަރަށް ވުރެ ގިނަ އެއްްޗެހި ހުއްޓެވެ. “ނަސީބެއްނު މާޔަން އަހަރުމެންނާއި އެކު އައިކަން، މިއޮށް ހުރިހާއެއްޗެހި އަހަރުމެނަށް ނުވެސް އުފުލޭނެއްނު.” “ދޮންތައަށް ނޭނގުނަސް އަހަރެންނަށް ތިކަން އެނގޭތީއޭ މިއައީ” މާޔަން އަހަންނަށް ޖަވާބު ދިނެވެ. “ކޮބާ އެމޭލިއާ؟” އެމޭލިއާ ފެންނަން ނެތުމުން އަހަރެން މާޔަން ކައިރީ އެހީމެވެ. “މަންމަ އާއި ދެމީހުން އެބަތިބިއެހެރަ ހަރުކައިރީގަ” ކައުންޓަރު ކައިރީ ތަންކޮޅެއް މީހުން ގިނަކަމުން އަހަރުމެން ތިބީ އެއްޗެހިތައް ހިފައިގެން ކިއުގައެވެ. ހަތަރުބާސްކެޓް ފުރާ އެއްޗެހި ހުއްޓެވެ. ނީންތަ ފަހަތުގައި ހުރެ މާޔަންއަށް ގޮވާލުމަށްފަހު ކާރަށް ގުޅަން ބުންނެވެ. “މަންމަ ކޯންޗެއް ތިނެގީ”…. “މީ އެމޭލިއާ ނެގިއެއްޗެއް” ނީންތަ އަތުގައި ހުރި އެއްޗެހިފެނިގެން މާޔަން ސުވާލު ކުރުމުން ނީންތަ ޖަވާބުދިނެވެ. ބިލްހަދާ ނިމުމުން ފައިސާދެއްކުމަށްފަހު ކޮތަޅުތައް ހިފައިގެން ބޭރަށް ނުކުތް އިރު ކާރު ނާދެއެވެ. ވަރަށް ގިނައިރު ކާރަށް އިންތިޒާރުކުރަން ޖެހުނެވެ. ކާރު އައުމުން އެއްޗެހި ކާރަށް އަރުވައިގެން ނައްޓާލީ އެހެންފިހާރައަކަށް ނީންތަ ދާން ބޭނުންވާތީ އެފިހާރައާއި ދިމާއަށެވެ.

އެއްޗެހިގަނެގެން ގެއަށް އާދެވުނު އިރު ދިހައެއް ޖަހަނީއެވެ. “ހިނގާ ކާން ދާން” ގެއަށް ވަންނަމުން ނީންތަ ބުންޏެވެ. ދޮންބެ ކޮބާތޯ ބަލާލަން އަހަރެން މާޔަން ކައިރީ ބުނުމަށްފަހު ކައިގެއާއި ދިމާއަށް ތިންމީހުން ހިނގާގަތީމެވެ. ދިޔައިރު ލަތާ ހުރީ ކާންތައްޔާރުކޮށްފައެވެ. ނީންތަގޮސް ރިޔާޒުބޭގޮވައިގެން އައުމުން ކާންފެށުނެވެ. ޒިޔާން އޮތީ ނިދާފަ ކަމުގައި މާޔަން ބުންޏެވެ. ” ކައިނިމިގެން މާޔަން ދާތި ދޮންތަމެން ހުޅުމާލެއަށް ލާން.”ރިޔާޒުބެ މާޔަން އަށް މިހެން ބުނުމުން މާޔަން ބުންޏެވެ. ” އަހަރެން އެހެންވެއޭ ދޮންބެ ކައިރީ ތިންކޮޓަރިއަށް ފަރުނީޗަރ ވައްދަންބުނީ! އަހަރެން މާދަމާ އެކޮޓަރިއަށް ފަރނީޗަރ ވައްދާނަން’ ދޮންތަމެން ފުރަންދެން އަހަރެން އެކޮޅުގައި ހުންނާނީ” ” މާޔަން އެކޮޅަށް ބަދަލްވާނެކަމެއްނެތް، ދޮންތަމެނަށް ޑިސްޓާރބް ވާނެ” ނީންތަ މިހެން ބުނުމުން އަހަރުމެނަށް އުނދަގުލެއް ނުވާނެ ކަމުގައި އަހަރެން ބުނީމެވެ. “ދޮންބެ ވެބްސައިޓް ލޯންޗް ކުރުން އޮތީ ކޮންއިރަކު؟” ދޮންތަމެންގެ ކަންތަށް ހަމަޔަކަށް އެޅުނީމަ ދުވަހެއް ނިންމާނީއޭ ދޮންބެ ބުނީ” މާޔަން ނީންތަގެ ސުވާލަށް ޖަވާބުދިނެވެ. ކައިނިމިގެން ތަށިތައްނަގައި، މޭޒުމަތި ސާފުކޮށްލުމަށްފަހު ކޮޓަރިއަށްވަދެ ހުޅުމާލެއަށް ދިއުމަށް ތައްޔާރުވެލީމެވެ. މާޔަން އައިސް ކާރު އައިވާހަކަ ބުނުމުން އެއްޗެހިހިފައިގެން ނުކުމެ ކާރަށް އަރާ ނައްޓާލީމެވެ. ނީންތައާއި ރިޔާޒުބެ މާދަމާ ހުޅުމާލެއަށް ދާނެ ކަމުގައި ބުންޏެވެ.

ހުޅުމާލެއަށް ދެވުނު އިރު ބާރަ ޖަހާފިއެވެ. ވަރުބަލިކަމާއި ނިދި އިޙުސާސް ކުރެވެން ފެށިއެވެ. މާޔަން އެމޭލިއާގެ ކޮޓަރިއަށް ފޮށިވައްދަން ދިޔުމުން އެމީހުނާއި ރޭގަނޑުގެ ސަލާމް ކުރުމަށްފަހު އަހަރެން ނިދަނީނީކަމަށް ބުނެ އަހަރެން ކޮޓަރިއަށް ވަދެ ނިދަން ތައްޔާރުވެލައިގެން އެނދުގައި ޖައްސާލީމެވެ. މާޔަން ދަންދެންވެސް މަޑުކޮށްލާނެ ހިއްވަރު ނެތެވެ. މާގިނައިރެއް ނުވެ ނިދިއްޖެއެވެ. ހޭލެވުނީ ފެންބޮވައިގަނެގެންނެވެ. ކޮޓަރިއަށް ފެންފުޅިއެއް ވެއްދިފައި ނެތުމުން ބޭރަށްދާން މަސައްކަތަށް އޮތީއެވެ. ނިދިފައި ހޭލެވުނީ ބަންގި ގޮވަނިކޮށެވެ. ތެދުވެގެން ބޭރަށް ފެންބޯން ނުކުތް އިރު މާޔަން އާއި އެމޭލިއާ ސޯފާގައި ތިއްބެވެ. “މާޔަން އަދިވެސް ގެއަށް ނުދަންތަ؟” އަހަރެން ވަރަށް ކަންތައްބޮޑުވެ ހުރެ އަހައިލީމެވެ. “އާނ އަދި ނުދެވިގެން މިއުޅެނީ” މާޔަން ޖަވާބު ދިނުމުން ނަމާދުކުރަން ދާށޭ ބުނުމަށްފަހު އައިސްއަލަމާރިން ފެންފުޅިއެއް ނަގައިގެން އަހަރެން ކޮޓަރިއަށް ވަނީމެވެ. އަހަރެން މާޔަންއާއި ވާހަކަދެއްކީ އިނގިރޭސިންނެވެ. އެއީ އަހަރެން ދެއްކިވާހަކަ އެމޭލިއާއަށްވެސް އެނގޭގޮތަށް ބުނަން ބޭނުންވާތީއެވެ. އަހަރެން ނަމާދުކޮށް ނިމިމިގެން ތެދުވިތަނުން ދޮރުގައި ޓަކި ޖެހިއެވެ. އަހަރެން ވަންނާށޭ ބުނުމުން ވަނީ މާޔަން އެވެ. “ނަމާދުކޮށްފިން ދޮންތަ ނިދަންތަ ތިއުޅެނީ؟ ކޮފީއެއް ހަދާދޭތޯ؟” “އާނ ހިނގާށޭ ބުނެ” އަހަރެން ހިނގާގަތީމެވެ. ކޮފީހަދައިގެން ބޮއެގެން “ދެން ދަނީއޭ” ބުނެ މާޔަން ނައްޓާލިއެވެ. އަހަރެންވެސް އަދި ޖައްސާލަން ދާނީ ކަމަށް އެމޭލިއާ ކައިރީ ބުނެ ކޮޓަރިއަށް ހިނގާގަތުމުން އެމޭލިއާވެސް މިދަނީ ނިދަންށޭ ބުނެ ކޮޓަރިއާއި ދިމާއަށް ހިނގާގަތެވެ. އަހަރެންގޮސް އެނދުގައި ޖައްސާލީމެވެ. ނިދޭގޮތް ނުވުމުން ފޯންނަގައިގެން ފޯނާކުޅެން އޮއްވައި މާޔަން ގުޅިއެވެ.

މާޔަން: “ދޮންތާ ކީއްކުރަނީ؟” ކޮޓަރީގައި ފޯނާކުޅެން އޮތީކަމަށް އަހަރެން ބުނީމެވެ.

މާޔަން: “ވާހަކައެއް ބުނަން މިގުޅީ ، ދޮންބެ ކައިރީ ބުނެގެންނުވާނެ، އަހަރެން އެމޭލިއާއަށް ޕުރޮޕޯސް ކޮށްފިން، އެކަމަކު އަދި ޖަވާބެއް ނުދެ، ދޮންތަ އޯކޭތަ؟”

އަހަރެން: ކޮށްފަ އޯކޭތޯ އަހަނީ ކީއްކުރަން.

މާޔަން: “ހިތަހަމަ ނުޖެހުނީތަ؟” އެމޭލިއާ ފުރަތަމަ ފެނުނު ދުވަހުވެސް އަހަރެންނަށް އެމޭލިއާ ވަރަށް ކަމުދިޔަ އަދި އެކަން ކުރަންބޭނުންވި، ދޮންތައާއި އެވާހަކަދައްކާލަން ފުރުސަތެއް ނުލިބިގެން އުޅެނިކޮށް އެމޭލިއާއާއި ވާހަކަދައްކާލަން އެހާ އޯޕަންކޮށް ލިބުނީމަ ފުރުސަތުދޫކޮށްލަން ބޭނުންނުވީ.

އަހަރެން: ކުރާކޮންމެކަމެއްވެސް ކުރަންވާނީ ވަރަށް ވިސްނާފަ އަދި ދޮންބެއަށް ސިއްރުކުރާކަށް ދޮންތައަކަށް ނުފެނެ. ދޮންބެއަށް ނޭނގެނިސް މާޔަން އަމިއްލައަށް ދޮންބެކައިރީ ބުނަންވާނެ.

އަހަރެން މިހެން ބުނުމުން “ތޭންކިޔު ދޮންތާ” މިހެންބުނެ މާޔަން ފޯންބޭއްވިއެވެ.

ދިހައެއް ޖަހާފިއެވެ. ނިދަންއުޅެ ނުނިދުމުން ބޭރަށް ނުކުތީމެވެ. ނުކުތީ އެއްޗެއްކައްކަން ހިތަށްއަރައިގެންނެވެ. ނަމަވެސް ނުކުތުމުން ކައްކާހިތެއް ނުވިއެވެ. ސޯފާގައި އިށީނދެލައިގެން އިންދައި ފޯނެއްއައެވެ. ފޯނަށް ޖަވާބުދީނީމެވެ.

ތަންޙާ: ދޮންތާ ތަންޙާ މީ، ދޮންތަ މާލެއަންނަ ވާހަކަ ނުވެސް ބުނަމެއްނު، ދޮންތަ މާލެއައިކަން އެނގުނީ ރޭގަ”

އަަހަރެން: “އާނ ކުއްލި ގޮތަކަށް އައީ، އެހެންވެ އަންގާނުލެވުނީ، ގޭ އެންމެން ރަނގަޅުތަ؟ ކޮންއިރަކުން މާލެ އަންނަނީ، ބައްޕަ ގުޅި ދުވަހެއްގަ ބުނި މާލެ ބަދަލުވާ ވާހަކަ.

ތަންޙާ: އެންމެންވެސް ރަނގަޅު، މިހާރު ހޫލުމާލޭގަ މިއުޅެނީ. އަހަރެންނާއި ކޮއްކޮވެސް މިހާރު ޖޮބުގަ، އަހަރެން އުޅެނީ ޕުރައިވެޓް ތަނެއްގަ ކޮއްކޮ އުޅެނީ ޕޮލިހުގަ.

އަހަރެން: އެހެންތަ ދޮންތަވެސް ހުޅުމާލޭގަ އުޅެނީ. ދިމާވެލަންވާނެ ކޮންމެވެސް އިރަކުން. އަދި މިއުޅެނީ މާލެ އައިސް ހަމައަކަށް ނޭޅިގެން.

ތަންޙާ: އާނ އޯކޭ ދޮންތާ ދިމާވަންވާނެ، މިވަގުތު ބާއްވަނީ ކަމެއްކޮށްލަން ޖެހިއްޖެ. ބާއި އިނގޭ.

އަހަރެން ފޯންބޭއްވުމަށްފަހު ކޮފީއެއް ގިރައިގެން އައިސް ޓީވީ ހުޅުވާލުމަށްފަހު ސޯފާގައި އިށީނީމެވެ. އެކި އެކި ނިއުސް ޗެނަލްތައް ބަލަމުންދަނިކޮށް އަހަރެންނަށް ފޯނެއް އައެވެ. ފޯނަށް ބަލާލުމަށް ފަހު ޖަވާބު ދިނީމެވެ.

ރީހާން:  ޕޮލިހުން އޭސީޕީ ރީހާން ވާހަކަދައްކަނީ. ޕޮލިހުން ތަޙުޤީގު ކުރަމުންދާ މައްސަލަ އަކާއި ބެހޭގޮތުން ވާހަކަދައްކާލަން ތަމަންނާއާއި ބައްދަލުކޮށްލަން ބޭނުންވާތީ މިގުޅާލީ. އަޅުގަނޑު ބޭނުމެއްނުވެ ތަމަންނާ މިކޮޅަށް ގެންނާކަށް އެއީ ތަމަންނާތީ ދުނިޔޭގެ މަސްހޫރު ޖާރނަލިސްޓަކަށް ވަތީ މިތަނަށް ގެނައިމަ އަޅުގަނޑުމެނަށްވެސް އިތުރު ޕުރެސަރއެއް އައުމުގެ ފުރުސަތު އޮތީމަ. ވަރަށް ރަނގަޅު ބައްދަލުކޮށްލަން ވަގުތު ކޮޅެއް ދެއްވިއްޔާ.

އަހަރެން: އެއީ ކޮންމައްސަލައެއްތޯ؟

ރީހާން: ބައްދަލުކޮށް އެވާހަކަ ދައްކާލުން ރަނގަޅުވާނީ.

އަހަރެން: އަޅުގަނޑު އިއްޔެ މާލެ މިއައީ އަދި މިއުޅެނީ ހަމައަކަށް ނޭޅިގެން.

ރީހާން: މިހާރުން މިހާރަށް ނޫނަސް އޯކޭ، ވަގުތެއް ވީމަ އަޅުގަނޑަށް ގުޅާލަދެއްވާ. އަޅުގަނޑު ގެ މޮބައިލް އިން މެސެޖްއެއް ކޮށްލާފަ ބާންދާނަން. މޮބައިލް އަށް ގުޅާލަދެއްވާ.

އަހަރެން އެންމެ ރަނގަޅުކަމަށް ބުނެ ފޯންބޭއްވީމެވެ. އަހަރެން އަވަހަށް ޒިޔާންއަށް ގުޅީމެވެ. ޒިޔާންވެސް އަހަރެން އެ ކޯލްގައި އިންދާ އަހަރެންނަށް ގުޅިއެވެ.

ޒިޔާން: ދޮންތަގެ ނަމްބަރ ހޯދަން ޕޮލިހުން ގުޅީމަ ނަމްބަރ ދިނިން، ޕޮލިހުން ބަލަމުންދާ މައްސަލައަކާއި ގުޅޭގޮތުން ވާހަކަދައްކަން ވެގެންނޯ. މާލޭގައި ހިނގި ދެހާދިސާއެއް ދޮންތަ ގެ ވާހަކައެއްގައި ވާ ގޮތާއި އެއްވެސް ތަފާތެއް ނެތި ހިނގީޔޯ.

އަހަރެން: ދެންމެ އޭސީޕީ ރީހާން ގުޅާފަ ބުނި ބައްދަލްކުރަން ބޭނުންވާހަކަ. ކޮންކަމަކާއި ކަމެއް ނުބުނި. ދޮންތަ ބުނިން ކަންތައްތައް ހަމައަކަށް އެޅިލީމަ ގުޅާލާނެ ވާހަކަ.

ޒިޔާން: ދޮންތަ އެކަމާއި މާބޮޑަށް ހާސްނުވައްޗޭ، އެއީ އެއްވެސް ކަމެއްނޫން، އަދި ރީހާން އަކީ އަހަރެންގެ ވަރަށްގާތް ރައްޓެއްސެއް. އޮފީހުގެ ކަންތައްތައް ހަމައަކަށް އަޅުވާލާފަ ދާނަން ތިކޮޅަށް.

އަހަރެން އާނއެކޭ ބުނުމަށްފަހު ފޯންބޭއްވީމެވެ. އަހަރެން ހުރީ ވަރަށްހާސްވެފައެވެ. ނަމަވެސް ވެގެން އުޅޭގޮތް އެނގުމުންނާއި އަދި ރީހާން އަކީ ޒިޔާންގެ ރައްޓެއްސެއްކަމަށް ބުނުމުން ހިތްހަމަޖެހުނެވެ.

“ގުޑްމޯރނިންގ” އެމޭލިއާ ކޮޓަރިން ނުކުންނަމުން ބުންޏެވެ. އަހަރެންވެސް އެމޭލިއާއަށް “ގުޑްމޯރނިންގ” އޭ ބުނުމަށްފަހު ކޮފީއެއް ބޯންވީނޫންހޭ ބުނީމެވެ. އަދި މިއަދު ލަންޗްއަށް ބޭރަށް ދާނީ ކަމުގައި ބުނީމެވެ. ނަމަވެސް އަހަރެން ހުޅުމާލެއަށް އިއްޔެނޫނީ ދުވަހަކުވެސް ނާންނަމެވެ. ވީމާ ހުޅުމާލެއިން ކާންދާނެ ރަނގަޅުތަނެއް އަހަންނަކަށް ނޭނގެއެވެ. އަދި ހުޅުމާލޭއިން އެއްވެސްތަނަކަށް ދާކަށްވެސް އަހަންނަކަށް ނޭނގެއެވެ. ޒިޔާން މިކޮޅަށް އަންނާނެ ވާހަކަ ބުނެފައި އޮތީމަ ޒިޔާން މިކޮޅަށް އަންނާނީ ކިހާ އިރަކުތޯ އަހާލަން ގުޅި އިރު ފޯނަށް ޖަވާބެއް ނުދެއެވެ. ދެން މާޔަންއަށް ގުޅީމެވެ.

މާޔަން: ކީކޭ ދޮންތާ.

އަހަރެން: ކޮންކަމެއްގަ ތިއުޅެނީ؟

މާޔަން: ކިހިނެއްވީ؟ އޮފީހަށް ވަދެލީ މި.

އަހަރެން: ކޮބާ ދޮންބެ. ނުނަގަ ފޯނެއް.

މާޔަން: ދޮންބެ އޮފީހަކު ނެތް. ކަމެއްވީތަ؟ ކިހިނެއްވީ؟

އަހަރެން: ދޮންތަމެން ލަންޗަށް ބޭރަށް ދާންވެގެން. ދާނެ ތަނެއް ނޭނގެ އެހެންވެ، މިކޮޅަށް އާދެވިދާނެތޯ ބަލަންވެގެން.

މާޔަން: ކާކު ދޮންބެތަ؟

އަހަރެން: ދޮންބެ ކުރިން ގުޅާފަ ބުނި އޮފީހުގެ ކަންތައް ހަމައަކަށް އަޅުވާލާފަ މިކޮޅަށް އަންނާނަމޭ އެހެންވެ. މާޔަން އަށް އާދެވެންޔާ އޯކޭ މާޔަން އަޔަސް.

ކުޑައިރުކޮޅަކުން އަންނާނެ ކަމަށް ބުނުމަށްފަހު މާޔަން ފޯންބޭއްވިއެވެ. އެވަގުތު މީހަކު ބެލްޖެހުމުން އަހަރެންގޮސް ދޮރުހުޅުވާލި އިރު ޒިޔާން ދޮރުމަތީ ހުއްޓެވެ.

ޒިޔާން: ދޮންތަ ގުޅީ ބުރިޖްމަތިން މިކޮޅަށް އަންނަނިކޮށް، ދެންމެ ފޯން ބަލާލީ މި. ކިހިނެއްވީ؟

ގުޅީ ލަންޗައް ބޭރަށް ދާންވެގެން، ދާން ނޭނގޭތީ މިކޮޅަށް އަންނަނީ ކޮން އިރަކުންތޯ ބަލާލަން. ޒިޔާން ފޯން ނުނެގީމަ މާޔަން އަށް ގުޅީ، މާޔަން ހުރީ އޮފީހުގަ، ބުނި ޒިޔާން އޮފީހުގަ ނެތް ވާހަކަ. މާޔަން އިރުކޮޅަކުން އަންނާނެކަމަށް ބުނި. އަހެންވިއްޔާ ލަންޗަށް ދާނީ މާޔަން އައީމަ ނޫންހޭ ބުނެ ޒިޔާން ސޯފާގައި އިށީނެވެ.

*****

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Amsa

Level 110 Stories

Other Articles

Previous

މަންމާ އޭ.. އަހަންނަށް މާފްކުރާށެވެ.

Next

ހިތްދަތި ދުވަސްތައް 13

Next
June 24, 2021

ހިތްދަތި ދުވަސްތައް 13

Previews
June 23, 2021

މަންމާ އޭ.. އަހަންނަށް މާފްކުރާށެވެ.



All Right Reserved!