“ޔެސް… ސްޓިލް ބެސްޓް ފްރެންޑްސް ދޯ؟” ޒަޖާ އިސްހިއްލައިލަމުން އެއްސެވެ.

“ޔެސް.. އެންޑް ނަތިން ކޭން އެވާރ ރުއިން އަވާރ ފްެންޑްޝިޕް. އައި ޕްރޮމިސް. ލަވް ދަނީ.. އަންނާނަން މިރޭ.” ޝާން މިހެން ބުނުމަށްފަހު އެގެއިން ނިކުމެގެން ދިޔައެވެ.

ޒަޖާ އެދިމާއަށް ބަލަން ހުރެވުނީ ހިނިތުންވެލައިގެންނެވެ. ތިރިއަށް ފޭބި ޖީޒާންއަށް ޒަޖާ މިހެން ހުރިތަން ފެނުމާއިއެކު ނޭނގި ނަމަވެސް ޝާން އާއި މެދު ޙަސަދައިގެ ހުޅުކޮޅެއް ރޯވެގެން ދިޔައެވެ. ރޭގަނޑު އަށް ގަޑި ބައިވީ އިރު ޒަޖާ ހުރީ ތައްޔާރު ވެގެންނެވެ. އޭނާ ލައިގެންހުރީ ޖަޝަމްގެ ފަރާތުން ހަދިޔާއަކަށް ލިބުނު ގަޔަށް ދޫ ކަޅުކުލައިގެ އަތް ދިގު ޓީޝާޓަކާއި ހަމަ އެ ކުލައިގެ ފުއްޕި ހަރުވާޅެކެވެ. އޭނާގެ އިސްތަށިގަނޑުވެސް ހަމަ އެހެން ދުވަސްތަކާއި އެއްގޮތަށް ހަމައެކަނި ހުޅިއެއް ޖަހައިލެވިފައިވީ އިރު އެހެން ދުވަސްތަކާއި ޚިލާފަށް އޭނާވަނީ ތުންފަތުގައި ލިޕް ގްލޮސްކޮޅެއް ޖައްސައިލައިފައެވެ. ޒަޖާ ތައްޔާރުވެގެން ތިރިއަށް ދާން ސިޑިން ފޭބިއިރު ޖީޒާން މިތަން ބަލަން ހުރިކަމެއް އޭނާ ނުދެނެ ހުއްޓެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ކުރީގެ ރަހުމަތްތެރިޔާ އާއި ދިމާވުމުން ހުރީ ވަރަށް އުފާވެފައެވެ. މިކަން ހެކިކޮށްދެނީ އޭނާގެ ތުންފަތުގައި ކުޅެލައިފައިވި ރީތި ހިނިތުންވުމެވެ. ޒަޖާ ތިރިއަށް ފޭބިތަން އަލިފާނުގެ ނަޒަރަކުން ބަލަންހުރި ޖީޒާން ވެސް ލައިގެންހުރި ސޯޓުގެ ދެޖީބަށް އަތް ޖަހައިލަމުން ޒަޖާއަށް ނޭނގޭ ގޮތަށް ތިރިއަށް ފޭބިއެވެ. ޖީޒާން ބޭރު ދޮރާއި ހިސާބަށް ދިޔައިރު ޒަޖާ ޝާންގެ ސައިކަލަށް އަރާ މަންޒަރު ފެނުނެވެ. ޝާން ސައިކަލު ދުއްވައިލިއިރު ވެސް ޖީޒާންހުރީ އެދެމީހުންނަށް ލޯ އަޅައިލައިގެންނެވެ. ޖީޒާން އެހެން ހުއްޓާ ސިހުނީ ޖުމްނާ އޭނާގެ ފޯނަށް ގުޅާ އަޑަށެެވެ. އޭނާ ވައްކަޅިން ޒަޖާމެން ދިޔަ ދިމާއަށް ބަަލައިލުމަށްފަހު ފޯނު ނަގައި ކަންފަތުގައި ޖަހަމުން އެތެރެއަށްވަނެވެ. ޝާން ޒަޖާ މެރީ ބްރައުން ކުރިމަތީގައި މަޑުކޮށްލުމުން ޒަޖާ ފޭބިއެވެ. ޒަޖާ ފޭބުމާއިއެކު ސައިކަލު މާ ދުރު ނޫން ހިސާބަކު ޕާކްކޮށްލައިފައި ޒަޖާ ކައިރިއަށްއައެވެ. ދެމީހުން ދެމީހުންނަށް ހިނިތުންވެލަމުން އެއްވެސް ބަހެއް ބުނުމެއްނެތި މެރީ ބްރައުންއަށް ވަންނަން ދިޔައެވެ. ދެމީހުން ވަދެފައިގޮސް އިށީނީ ދެމީހުންނަށްވެސް އިށީނދެވޭވަރުގެ މޭޒެއްގެ ކައިރީގައި އިށީނެވެ. އިރުކޮޅަކުން ވެއިޓާރ އައިސް އޯޑާރ ނަގައިފައި ދިޔައިރުވެސް ދެމީހުންކުރެ އެކަކުވެސް އިސްވެ ވާހަކަ ދައްކާކަށް ޚިޔާލެއް ނުކުރެއެވެ.

“ސޯ… ލަވްލީ ދެން ހަމަ ތިހެން އިންނާނީތަ އެއްވެސް އެއްޗެކޭ ނުބުނެ؟ އެއްވެސް ވާހަކައެއް ނުފަށާނަންތަ؟” އެދެމެދުގައިވި ހިމޭންކަން ދުއްވައިލަމުން އެއްމެ ފުރަތަމަ ވާހަކަ ދެއްކީ ޝާންއެވެ.

“ހެހެހެ.. ނޫނޭ. އެހެންނެއް ނޫން ދެން.. ފައްޓާނީ ކޮން ހިސާބަކުންކަން ނޭނގިފަ މި ހުންނަނީ.” ޒަޖާ ހީލަމުން މިހެން ބުނުމަށްފަހު ފުން ނޭވާއެއް ދޫކޮށްލިއެވެ.

“ހެހެ.. އޯކޭ. ޖީޒާން އާ މީޓްވި ހިސާބުން ފައްޓަންވީއެއްނު؟” ޝާން ގޮނޑީގައި ހަމަޖެހިލަމުން ބުންޏެވެ.

ޒަޖާ ކުޑައިރުކޮޅަކަށް ވިސްނައިލުމަށްފަހު އެންމެ ރަނގަޅޭ ބުންޏެވެ. އަދި ޖީޒާން އާއި އެންމެ ފުރަތަމަ ދިމާވި ދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް އެދެމެދުގައިވި ގުޅުމާއި އެއްޗެހި ކިޔައިދޭން ފެށިއެވެ.

××××××

ޖީޒާން ކޮޓަރީގެ އެނދުގައި އިށީނދެގެން އިންއިރު އޭނާ އިނީ ވަރަށް ފުން ވިސްނުމެއްގައެވެ. މުޅިންވެސް ވިސްނެނީ ޒަޖާ އާއި މެދުއެވެ. ޒަޖާ އާއި ޝާން އާއި ދޭތެރޭގައިވާ ގުޅުން އޭނާއަށް ނޭނގުނުކަމުގައި ވިޔަސް އެދެމީހުން ހީހީފައި ވާހަކަ ދައްކާތަން ފެނުމުން އޭނާގެ ރުޅިގަނޑު ކޮންޓްރޯލް ނުކުރެވޭހާ ދަރަޖައަށްދާހެން ހީވެއެވެ. ޖީޒާން އެކަހަލަ ވިސްނުންތަކުގައި އިން އިރު ލުޔޫން އައިސް ކޮޓަރި ދޮރު ހުޅުވައިލިއިރުވެސް ރޭކައިނުލިއެވެ. ލުޔޫން ދެތިން ފަހަރު ޖީޒާންއަށް ގޮވައިލުމުންވެސް އެއްވެސް ޖަވާބެއް ނުލިބުމުން ގޮސް ޖީޒާންގެ ކޮނޑުގައި ކޮއްޓައިލިއެވެ. ޖީޒާންއަށް ހޭވެރިކަންވީ އެހިސާބުންނެވެ. ކައިރީގައި ލުޔޫން ހުރުމުން މިރޭ ‘ޑޭޓް’ އަކަށް ދާން އޮތްކަން ހަނދާންވީ އަދި ކިރިޔާއެވެ. ލުޔޫން ލައިގެންހުރީ ގަޔަށް ބާރު ކަކުލާއި ހިސާބަށް އަންނަ ރަތް ކުލައިގެ ހެދުމެެވެ. ފަން އިސްތަށިގަނޑު ރީތިގޮތަކަށް ހަދައިލެވިފައިވީ އިރު މޫނުގައި ކޮށްފައިވާ މޭކަޕުން މީހާގެ އަސްލު ސިފަވަނީ ގެއްލިފައެވެ. ނަމަވެސް ހަޑިއެއް ނޫނެވެ.

“ޒާން އަދިވެސް ރެޑީ ނުވަންތަ؟ މިހާރު އެއޮތް ނުވައެއް ޖަހަނީ. އަވަސްކުރޭ. އަހަރެން މީނީ ބޭރުގަ ހުރި ސޯފާގަ އިށީނދެ.” ލުޔޫން މިހެން ބުނުމަށްފަހު ކޮޓަރިން ނިކުތެވެ.

ޖީޒާން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ފާޚާނާއަށްވަދެ ކުޑަކޮށް ފެންވަރައިލައިގެން ނިކުތެވެ. އޭނާ ލީ ކަޅު ގަމީހަކާއި ކަޅު ޖީންސްއެކެވެ. ފަން އިސްތަށިކޮޅު ނިތް މައްޗަށް ވައްޓައިލުމަށްފަހު ސެންޓްކޮޅެއް ޖަހައިލިއެވެ. މިހާރު ޖީޒާން ފެންނަ ކޮންމެ އަންހެން ކުއްޖަކުވެސް މޮޔަވާނެކަން ޔަޤީނެވެ. ޖީޒާން އަމިއްލަ ސޫރައަށް ލޯގަނޑުން ބަލައިލުމަށްފަހު ކޮޓަރިން ނިކުތެވެ. އެއިރު ލުޔޫން ސޯފާގައި އިށީނދެއިނެވެ. ޖީޒާން ނިކުތުމާއިއެކު ގޮސް ޖީޒާންގެ އަތުގައި އެލިގަނެގެން ޖީޒާން އާއިއެކު ސިޑިން ފައިބަން ދިޔައެވެ. ޖީޒާން ގޮސް ގަރާޖުން ކާރު ނެރެން އުޅުމުން ލުޔޫން ސައިކަލުންނޭ ދާނީ ބުނުުމުން ގެ ކައިރީގައި ޕާކްކޮށްފައި ހުރި ސައިކަލަށް އެރިއެވެ. ސައިކަލު މަގަށް ނެރުމުން ލުޔޫންވެސް ފަރި ހިނގުމެއްގައި ގޮސް ޖީޒާންގެ ފަހަތުގައި އަރައި އިށީނެވެ. ޖީޒާން ސައިކަލު ދުއްވައިލުމާއިއެކު ލުޔޫން ޖީޒާންގެ މެދު ހަށީގައި ބައްދައިލައިގެންއިނެވެ. ޖީޒާންމެންނަށް ނޭނގި ނަމަވެސް ދެވުނީ ހަމަ މެރީ ބްރައުންއަށެވެ. ދެމީހުންވެސް އަތުގުޅުވައިލައިގެން އެތެރެއަށް ވަންނަން ދިޔައެވެ.

××××××

ޒަޖާ ހުރިހާ ވާހަކައެއް ކިޔައިދީ ނިމުނު އިނީ ފެންކަޅިވެފައެވެ. ޝާންވެސް އޭނާގެ އެންމެ ގާތް އެކުވެރިޔާ އެންމެ އެހީތެރިކަން ބޭނުންވި ވަގުތު ދުރުގައި ހުރުމުން ހުރީ އަމިއްލަ ނަފްސުދެކެ ރުޅިއައިއްސައެވެ.

“ލަވްލީ.. ޑޯންޓް ވޮރީ ނައު. އައިމް ހިޔާރ ފޯރ ޔޫ.. އެން ޔޫ ނޯވް ވަޓް؟ އަހަރެންނަށްވެސް އެއީ އެކަހަަލަ މީހެއްކަން އެނގި ހުރެ އޭނާ އާއި ރައްޓެހިވީވެސް. އެކަމަކު އޭނާ އެހާ ނުބައިވެދާނެ ކަމަކަށް އަހަރެން ހިޔެއް ނުކުރަން.” ޝާން ޒަޖާގެ އަތުގައި ހިފައިލަމުން ބުންޏެވެ.

“އެންޑް… ޒަޖާއަށް އިނގޭތަ އަހަރެން ޒަޖާ އާއި މެދު ދެކެނީ ކިހިނެތްކަން؟” ޝާން ޒަޖާގެ މަޑުމަޑު އަތްތިލައިގައި ހިފައިލަމުން މިހެން އެހުމާއިއެކު ޒަޖާ ހައިރާންކަމާއިއެކު ދެފަރާތަށް ބޯ ހޫރުވައިލިއެވެ.

“އަހަރެން ޒަޖާ އާއިމެދު ދެކެނީ އެކުވެރިއަކަށްވުރެ ގާތްކޮށް. ތިއީ އަހަރެންގެ އުފަން ކޮއްކޮއެއްފަދަ ކުއްޖެއް. ސޯ.. އައިލް ލަވް ޔޫ އޭޒް އަ ލިޓިލް ސިސްޓާރ. އައި ލަވް ޔޫ!” “ޝާން!!!” ޝާން މިހެން ބުނުމާއިއެކު ދެން ފަހަތުން އިވުނު އަޑަކުން ދެމީހުންނަށް އެއްފަހަރާ ފަހަތަށް ބަލައިލެވުނީ ކޮޅަށް ތެދުވަމުންނެވެ.

އެއިރު މެރީ ބްރައުންގައ ތިބިހާ ތިބި ބަޔަކުވެސް އެދިމާއަށް ބަލަމުން ދިޔައެވެ. ޒަޖާ އާއި ޝާންއަށް ފަހަތުގައި ތިބި ދެމީހުން ފެނުމާއިއެކު މޫނު މައްޗަށް ފޫހިކަން ވެރިވިއެވެ.

– ނުނިމޭ –

63

1 Comment

  1. Princess

    June 18, 2021 at 10:00 pm

    V reethi ♥️♥️♥️♥️♥️♥️

Comments are closed.