Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި_16

Princess Level 210 Stories100 Comments
June 17, 2021 2 Mins Read
0 Comments

އަހަރެމެންނަށް ބަނދަރަށް އާދެވުނު އިރު ހަ ގަޑި ފަންސާސް ފަހެއް ވެއްޖެއެވެ. އެހެންކަމުން އަހަރެމެން އަވަހަށް ލޯންޗަށް އެރީމެވެ. އަހަރެމެންގެ ރަށަށް އާދެވުނުއިރު ގަޑިން މެނދުރު އެކެއް ޖަހައިފިއެވެ. އަހަރެން އެންމެ ފުރަތަމަވެސް ލޯންޗް އިން ފޭބުމަށްފަހު ރަށު ތެރެއަށް ނަޒަރު ހިންގާލީމެވެ. ރަށު ތެރެއަށް އެއްވެސް ބަދަލެއް އައިސަކާ ނެތެވެ. ވެފައި ހުރި ވަރުބައްޔެއްގެ ސަބަބުން އަހަރެންގެ އަންހެނުން ގޮވައިގެން ގެއަށް ދާ ން ހިނގައިގަތީ އެހެންމީހުން ބަގިގައި އައުމަށް ބުނެފައެވެ. ބަނދަރާ ގެއާ މާދުރުނޫން ކަމުން ވިހި މިނެޓުން އަހަރެމެންނަށް ގެއަށް އާދެވުނެވެ. ގެއަށް ކޮޓަރިއަށް ވަދެ އެނދުމައްޗަށް ވެއްޓިގަތީމެވެ. އެހެން އޮވެފައި އިރުކޮޅެއްނުވެ އަހަރެންނަށް ތެދުވަން މަޖުބޫރުވީ އަންހެނުން އަހަރެން ނަށް ގޮވުމުންނެވެ. އޭރު ފެންނުވަރާ އޮވެވުނީ ކަންވެސް ރޭކާލީ ދެނެވެ.

ފާހާނާ އިން ފެންވަރައިލައިގެން ނިކުމެ އަލަމާރިން ކަޅު ކުލައިގެ ޓީޝާޓަކާއި ފެހި ކުލައިގެ ސޯޓެއް ލުމަށްފަހު އަހަރެން އަނެއްކާވެސް އެނދުގައި ޖައްސާލީ ނިދާލުމަށްޓަކައެވެ. އަންހެނުންވެސް އޭރު ފެންވަރަށް ފާހާނާ ގައި އުޅެއެވެ. އަހަރެންނަށް ހޭލެވުނީ އަންހެނުން މިސްކިތަށް ދާން ގޮވުމުންނެވެ. އޭރު ގަޑިން ތިން ގަޑި ބައިވީއެވެ. އަވަސް އަވަހަށް ވުޟޫކޮށްލައިގެން ނުކުމެ ލައިގެން ހުރީ ސޯޓާއި ޓީޝާޓް ބޭލުމަށްފަހު ކަޅު ކުލައިގެ ގަމީހަކާ ކަނޑު ނޫ ކުލައިގެ ޖިންސް އެއް ލައި ރީތިވެގެން މިސްކިތަށް ދިޔައީމެވެ.

ގަޑިން ހަތަރެއް ޖެހިއިރު އަހަރެންގެ އާއިލާ ތިބީ ހަވީރުގެ ސައި ބޯށެވެ. ސައި ބޮއެ ނިމުމަށްފަހު އަހަރެންގެ އާއިލާ ދިޔައީ ރަށު ތެރޭ ހިނގާލާށެވެ. ކުޑަ އިރުކޮޅެއް ތެރޭ ހިނގާލައިފައި އަހަރެމެން ވަނީ އަހުމަދުބެއާއި އޭނާގެ އަންހެނުން އަދި އަހަރެމެންގެ އާއިލާ ވެސް ރަށްޓެހި ބައެއް ކަމަށްވާ ހަފީޒާ ނޭނގެ ގެއަށެވެ. އެހެއަށް ވަނުމުން ސައި ބޯން ވިއެވެ. އަހަރެންނާއި އަންހެނުން ފިޔަވައި އެހެން މީހުން ސައި ބޯން އެރިއެވެ. އަހަރެންނާއި އަންހެނުން ދެންމެ ގެއިން ސައި ބޮއެގެން އައި ކަމަށް ބުނެ އޭގެއިން ނުކުތީ އެގެއާއި މާ ދުރު ނޫން ބެންޗަށް ދިޔުމަށެވެ. ބެންޗުގައި ތިބިއިރު އަހަރެމެން ދެ މީހުންގެ މޫނުމަތީގައި ވަނީ ހިނތުންވުމެކެވެ. އެތާ ތިބެގެން ވާހަކަ ދައްކާލައިފައި އަހަރެމެން އެތަނުން ތެވީ އެހެން މީހުން ހަފީޒާއްތަ މެން ގެއިން ނުކުތީމަ އެވެ.

ގެއަށް އައިސް ވަން އިރު އަހަރެން ހުރީ އިންތިހާ އަށް ވަރުބަލިވެފައެވެ. ނަމަވެސް ދެން ޖައްސާލެވޭނީ އިޝާ ނަމާދު ފަހުން ކައިގެން ކަން އެނގުމުން އަވަސް އަވަހަށް ވުޟޫކޮށްލައިގެން ނުކުމެ ރީތިވެލައިގެން ކޮޓަރިން ބޭރަށް ނުކުތީ މަޣްރިބު ނަމާދަށް ދިޔުމަށެވެ. މަޣްރިބު ނަމާދުން އައިސް ކިޔަވާލީމެވެ. އިޝާ ނަމާދު ބަންގި ގޮވުމުން މިސްކިތަށް ގޮސް އައިސް ކައިގެން ނިދަން ޖައްސާލީމެވެ. މާ ގިނައިރު ތަކެއް ނުވެ އަހަރެންނަށް ނިދުނެވެ.

އަހރެންވެސް ހޭލެވުނީ ފޯނު އެލާރމް ވާ އަޑަށެވެ. އޭރު ފަތިސް ނަމާދު ބަންގީގެ އަޑު އިވެއެވެ. އަވަހަށް ވުޟޫކޮށްލައިގެން ނުކުމެ މިސްކިތަށް ދިޔައީމެވެ. މިސްކިތުން އައިސް ސައި ބޮއެގެން ސޯފައިގައި ޖައްސާލީ ވަރަށް ފޫހިވާތިއެވެ. ކުރާނެ ކަމެއްވެސް ނެތެވެ. އެހެން އިންދާ އިރުކޮޅެއް ނުވެ އަހުމަދުބެއާ އައިސް ޖައްސާލިއެވެ. އެއަށްފަހު ދެމީހުން އޮލަ ވާހަކަ ފެއްޓީމެވެ.

ދިހަ މަސް ފަސް

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Princess

Level 210 Stories100 Comments

Other Articles

Previous

ޕޯޝަން – 2

Next

އޭލިޔަން ސިލްސިލާ 2 – ހަނގުރާމަ 4

Next
June 17, 2021

އޭލިޔަން ސިލްސިލާ 2 – ހަނގުރާމަ 4

Previews
June 16, 2021

ޕޯޝަން – 2



All Right Reserved!