Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތްދަތި ދުވަސްތައް 8

Lily Level 210 Stories
June 14, 2021 2 Mins Read
0 Comments

ކިޔާރާ އެރޭ ދަތުރު ދާ ހިތުން ހަތަރެއް ނުޖަހަނީސް ތެދުވެގެން ރެޑީ ވެގެން ދަބަސް ހިފައިގެން ނުކުތެވެ.ކިޔާރާ އަނެއް ދެމީހުން ނުކުންނަންދެން ބޭރު ޖޯލީގައި އިށީނެވެ.އަދި އިރު ނާރާކަމުން ބޭރު ފުދޭވަރަކައް އަނދިރި އެވެ.

“ކޮބާ އެމީހުނައް ގުޅާލަންވީނު.. އޭރަށް އެމީހުން އަންނާނީ..އެހެންނޫނީ އަހަރުމެން ނުލާ ދާނީ ޖެޓީ އަށް.”ރައުލާ މެން އައުމުން ކިޔާރާ ނައުފާ މެނައް ގުޅން ބުނުމުން ރައުލާ ފޯނު ނަގާ ނައުފާއަށް ގުޅާލި އެވެ.

“ކީކޭއޯ ބުނީ..”ރައުލާ ފޯނު ބޭއްވުމުން ކިޔާރާ އަވަހަށް އަހާލިއެވެ.”މިނައްޓާލީޔޯ ކިރިޔާޔޯ ތިގުޅީ..”

“ކޮބާތަ..އަދިވެސް ދައްކާވެސް ނުލާ..މި ނައްޓާލީޔޯ..”ރައުފާ ނައުފާ މެން އައުން ލަސްވެގެން ދެފައި ބިމުގައި ތަޅައި ގަނެފާ ތުން ދަމާލިއެވެ.

“ކޮބާ ހިނގަދާން.. ރައުފާގެ ތުންގަނޑު ހާދަ ދިގޭ ދޯ.. ކޮންކަމަކާ ގުޅިގެން ރުޅި އިސްކުރައްވާފަ ތިޔަހުންނަވަނީ.”ނައުފާ އާއި ނާޔާ ފުރަތަމަވެސް އައިސް ރައުފާ އާއި ދިމާ ކޮށްލިއެވެ. “ކޮންކަމަކާ ހެއްޔޯ.. އަހަރުމެން މިހާރު މިތާ ތިމީހުން އަންނަންދެން ތިބެ ތިބެ ނޭނގެ ބޮލުގަ ނުރަ ނުފަޅާ ކަމެއްވެސް.ދެންވެސް ހިނގަދާން”ރައުފާ ދަބަސް ނަގައިގެން ހިނގައި ގަތުމުން ދެންތިބި މީހުން ވެސް އޭނާ ފަހަތުން ހިނގައިގަތެވެ.

އެކި އެކި ވާހަކަ ދައްކަމުން ފަސް މީހުނައް ޖެޓީ ހިސާބައް ވާސިލް ވިއެވެ.ދަބަސްތައް ފުދޭވަރަކަށް ބަރުވުމުން އެންމެން ޖެޓީ މަތީގައި ދަބަސްތައް ބެހެއްޓިއެވެ.އޭރު އަދި ދޯނި ގާތް ނުކުރާތީ އެންމެން ޖެޓީ ގަ ހުރި ލަކުޑި ގޮނޑިބަރި ތަކުގައި އިށީނެވެ.

“ހައި ގާއީސް..އައްދެ ތިމީހުން ހަދަ ކުޑަ ދަބަހެއް..ހަތަރުދުވަހައް ތިއެއްޗެހިންވާނެ..”ފަރި ހިނގުމެއްގައި ދަބަސް ހިފައިގެން އައި އުޝާ އެންމެންގެ ދަބަސްތައް ކައިރި ދަބަސް ބާނދާލިއެވެ.

ކިޔާރާ އުޝާ އަށް ނުބަލަންވެގެން އިސްޖަހާލިއެވެ.ލައިފާ ހުރި ހެދުމުން އަތްހިއްލާލާ އިރަށް ބަނޑު ފެނެއެވެ.ތިރިއަށް ލާފައި ހުރި ލެގިނސް ބަރުކަމުން ލޭހިނގާނެ ކަމެއްވެސް ނޭނގެއެވެ.ދަތުރު ދާއިރުވެސް މޫނުގައި ފައުންޑޭޝަން އުނގުޅައި ތުންފަތުގައި ރަތްކުލަ ޖައްސާފައި އެވެ.

“އޭނާ މޭކަޕްސެޓާ އެއްޗިސް ގެންދާ މީހާގެ ދަބަސް ދެން ބޮޑު ވާނެއްނު..ހީހީ.”އުޝާ އެހެން ބުނުމުން ރައުލާ ރައުފާ ގާތު ބުނެލި އެވެ.”ދޯ..ހީހީ..އައްދެ ތިމީހުން ހާދަ ކުޑަ ދަބަހެއް.ލޮލް..ހީހީ.”ރައުފާ އުޝާ ބުނެލި ރާގައް އަޑުބަދަލުކޮށްގެން ބުނެލި އެވެ.

“އޭ..ބަލާލަ ތިހިރަ މީހާ ލާފަ ހުރި ހެދުމެއް.”އިސްޖަހައިގެން އިން ކިޔާރާ އިސް އުފުލާލީ ނާޔާ ކިޔާރާގެ ކަންފަތް ބުޑުގައި އެހެން ބުނުމުން ނެވެ.”ސާބަސް ނާއަށް..އެއީ ނާގެ ކަޒިން އެއްނޫނތަ.”ނާޔާ އެހެންބުނުމުން ކިޔާރާ ހިތްހަމަ ނުޖެހުނެވެ.”ހަހް ކަޒިން.. އަހަރެން ނުދެކެން އެއީ އަހަރެންގެ ކަޒިންއެއް ކަމައް.. އަހަރެންގެ ކަޒިން އެހާ ބޮޑާވެފަ ފޮންޏެއް ނުވާނެ.”ނާޔާ އަނގައަށް ވައްތަރެއް ޖައްސާލިއެވެ.”ހުމްމް ދެން އޯކޭއޭ”

ދޯނި ފާލަމާއި ގާތްކުރުމުން ކިޔާރާމެން ތިބި ތަނުން ތެދުވެ ދޯންޏައް ދަބަސް ތައް އަރުވަން ދިނެވެ.އެންމެން ހަމަވެ އެއްޗިހިތައް އެރުވިއިރު ގަޑިން ފަސްގަޑި ފަނަރަވެއްޖެއެވެ.ހުރިހާކަމެއްނިމުމުން އެންމެން ދޯންޏަށް އަރާ ހަމަޖެހެލިއެވެ.ކިޔާރާމެން ތިބީ ދޯނީގެ ގެގަނޑު މަތީގައި އެވެ.ކިޔާރާމެން ފަހަތުން އުޝާވެސް އައިސް ގެގަނޑު މައްޗަށް އެރިއެވެ. އެހެންތިބޭއިރު އެމީހުން ތިބޭނީ ސީދާ ހުނގާނާ ދިމާއަށެވެ.

“ނައުގެ ދޮންބެ ހޭންޑްސަމްވާނޭބުންޏަސް އެހާ ހޭންޑްސަމްވާނެ ކަމަކަށް ހިއެއް ނުކުރަން.”ރައުލާ ނައުފާ ގެ ކަންފަތްބުޑުގައި އެހެން ބުނި އަޑު އިވުމުން ކިޔާރާ ރައުލާ ބަލަހައްޓައިގެން އިން ދިމާއަށް ބަލައިލި އެވެ.ކުރިމަތިން ފެންނަން ހުރި ސޫރައަށް ކިޔާރާއަށް ބަލަހައްޓައިގެން އިނދެވުނީއެވެ.ކޮނޑާ ހަމައަށް އަރާ ކުޑަކޮށް ބުޅި އިސްތަށިގަނޑު ވަޔާ ވިހުރެމުން ދިޔަ އެވެ.އަންހެންކުދިންގެ ހިތްތައް ކަތިލާ ފަދަ ބެލުމެކެވެ.ލައިފާހުރި ކަޅުކުލައިގެ ޓީޝާޓާއި ކަކުލާ ހަމައަށް އަރާ ހަމަ އެކުލައިގެ ސޯޓު އެ ހިތްގައިމު ހަށިގަނޑާ ނުހަނު ގުޅެއެވެ.އާދައިގެވަރަކައް ދިގުކޮށް ހުރި މިޒުވާނާ އާއި ދިމާލަށް ކިޔާރާއަށް ބަލަހައްޓައިގެން އިނދެވުނީއެވެ.އެހެންޏާ ނުވާ ގޮތެއް ކިޔާރާގެ ހިތައް ވިއެވެ.

އެހެންއިންއިރު އެ ޒުވާނާ ކީޔާރާއާއި ދިމާލަށް ވަރަށް ބަލާކަން ފާހަގަ ވިއެވެ.އަދިހަމައެހެންމެ ކައިރީގައި އިން އުޝާ އެދިމާއަށް ބަލަބަލާފައި ފަރިވާކަންވެސް އެނގުނެވެ.

“އޭ ކިޔާ އެއޮތީ އެރަށް…ވަރަށް ރީތި ރަށެށް.”ކިޔާރާއަށް ހޭވެރިކަންވީ ނާޔާ ކިޔާރާގެ އަތުގައި ކޮއްޓާލުމުންނެވެ.

ދޯނި އެރަށަށް ކައިރި ކުރިއިރު ފަސްގަޑި ސާޅީސް ފަހެއް ވެއްޖެ އެވެ.

ހުރިހާ އެންމެން ދޯނިން އެއްޗިސްތައް ބާލާފައި ރަށުތެރެއަށް ބަލައިލަން ދާން ހިނގައިގަތެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Lily

Level 210 Stories

Other Articles

Previous

އޭލިޔަން ސިލްސިލާ 2 – ހަނގުރާމަ 1

Next

އެކުއްޖާ 2 – 38

Next
June 14, 2021

އެކުއްޖާ 2 – 38

Previews
June 14, 2021

އޭލިޔަން ސިލްސިލާ 2 – ހަނގުރާމަ 1



All Right Reserved!