Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތްދަތި ދުވަސްތައް 9

Lily Level 210 Stories
June 15, 2021 3 Mins Read
0 Comments

އެއްކޮށް އަދި އިރު ނާރާކަމުން ރަށުތެރެ ފުދޭވަރަކަށް އަނދިރިއެވެ.ކިޔާރާ ފޯނު ނުލައި އާދެވުނު ކަން ހަނދާންވީ އެވަގުތު އެވެ.އެހެންކަމުން އޭނާ ނައުފާ ގާތު ބުނެފައި ދަބަސްތައް ހުރި ދިމާއަށް ދިއުމަށްޓަކައި ހިނގައިގަތެވެ.”ކިޔާ އެކަނި އެނގޭނެތަދާން.. މިހާރު މިތިބީ އެތަނާ ވަރަށް ދުރުގަ.. ދޮންބެ އާއެކީ ދަގަ.. ދޮންބެ އަށް އެނގޭނެ ދާން.”ކިޔާރާ ހިނގައި ގަތްތަނުން ނައުފާ އޭނާގެ ދޮންބެ ގާތު ކިޔާރާ އާއި އެކީ ދިޔުމަށް ބުންޏެވެ.ކިޔާރާވެސް ދެކޮޅު ހެދުމެއް ނެތި ނައުފާގެ ދޮންބެ ފަހަތުން ހިނގައިގަތެވެ.

ކިޔާރާ ނައުފާ ދޮންބެ ގާތު ހުންނަންވުމުން ހުރީ ފިނިވެފައުވެ.”ކޮންނަމެއް ކިޔަނީ..؟”އޭނާ ކިޔާރާއަށް ބަލައިލި އެވެ.”ކިޔާރާ..”ކިޔާރާ އިސްޖަހާލައިގެން ހުރެ ހިނގަމުން ދިޔަ އެވެ.”މީ ނައުފް..އިނގޭނެ ކަންނޭނގެ ނައުފާ ގެ ދޮންބެ..”ނައުފް ވާހަކަ ދެއްކި ގޮތުން އެއީ އެހާ އެކުވެރި މީހެއް ނޫންކަން ކިޔާރާއަށް އެނގުނެވެ.”އަސްލު ކިޔާރާ ކީއްވެޔޯ އުޝާ ގާތު ދޯނީގަ އިނީ.. އަސްލު މިހެން މިއެހީ ތިހާ ކަޓު ކުއްޖަކު އެހާ ފެޝަން ކުއްޖަކު އެކީ ފެނުމުން ދެން ވަރަށް އޮޑް..ހީހީ..”ނައުފް ކިޔާރާއަށް ދިމާކުރާ ނަޒަރަކުން ބަލައިލި އެވެ.

ނައުފް އެހެން ބުނުމުން ކިޔާރާގެ ހިތުގައި ރިއްސާލިއެވެ.ދޯނިމަތީ ކިޔާރާމެނައް ނައުފް ބެލީވެސް އެހެންވެގެން ކަން ކިޔާރާއަށް އެނގުނެވެ.

“އަހަރެންނެއްނޫނޭ އޭނަ ކައިރީ އިށީނީކީ އޭނާ އަމިއްލައަށް އައިސް އިށީނދެ ވާހަކަ ދައްކަން ފެށީ.”ކިޔާރާއަށް އެހެން ބުނެވުނީ ރުޅިއައިސްގެނެވެ.ނައުފް އުޝާގެ ވާހަކަ ދައްކަން ފެށުމުން އޭނާ ވަރަށް ރުޅި އައެވެ.ކިޔާރާ ފޯނު ހިފައިގެން ހިނގައިގަތެވެ.

އައި މަގުމަތީގައި ދެމީހުން ދޭތެރޭގައި ވަނީ ހަމަހިމޭންކަމެވެ.ނައުފް ެއެހެން އެހުނު މޮޔަ ހިތަށް އެރިއެވެ.ކިޔާރާއާ ދިމާލައް ކަޓު މީހެކޭ ބުނުމުން ކިޔާރާއަށް ނައުފް ކިޔާރާދެކެ ފޫހިވާކަމެވެ.އޭނާކަހަލަ ކަޓުމީހަކާ ނައުފް ކަހަލަ މީހުން އަނގައިންވެސް ނުބުނާނެއެވެ.

ރަށުތެރެ ބަލާލާފައި އައިސް އެންމެން އަވަސްވެގަތީ ހެނދުނު ސައި ހަދާށެވެ.ކިޔާރާ އިނީ މަސްހުނި ހަދަން ފިޔާ ކޮށާށެވެ.އެހެން އިންދާ ނާޔާ ގޮވާލުމުން ކިޔާރާ ތެދުވިއެވެ.”އޭ އުޝާ..މަ އެބައަންނަން ނާޔާއަށް ވަޅި ދީފަ..އަހަރެން އަންނަން ވާއިރަށް މި ފިޔާކޮޅު ކޮށާލަދީބަ..”ކިޔާރާ ފިޔާ ތަށި އުޝާ އުނގަށް ލިއެވެ.”އިޔޫ..އައި ކާންޓް..ތީގެން ދުވާ ވަހެއް..ޔަކް.. އެހެންނޫނަސް އަހަރެންނަކައް ނޭނގެ ކޮށާކައް..”އުޝާ އެ ތަށި އަނބުރާ ކިޔާރާއަށް ދިނެވެ.”ކިޔާ ގެނޭ އަހަރެންނައް.”އެތާ އިން ނައުފާ ތެދުވެގެން އައިސް ކިޔާރާ އަތުން ތަށި އަތުލިއެވެ.

“އޭ ސައި ހެދިއްޖެ..ދެން ސައި ބޮއެގެން ތި ހަދާނީ.. އެންމެން އާދޭ ސައި ބޯން.”ސައި ހަދާ ނިމުމުން ނާޔާގެ ދައްތަ ނާހާ ޓެންޓް ޖަހަން ތިބި މީހުނައް ގޮވާލިއެވެ.

“އޭ ކޮބާ މިހުރީ ޓެންޓް ތައް ނިމިފަ.. ކޮންމެ ޓެންޓަކައް ދެމީހުން.”ޓެންޓް ނިންމާފަ ނައުހާން ގޮވާލިއެވެ.

“ސަޕްރައިޒް..”އެންމެން ސިއްސައިގެން ދިޔައީ މީހަކު ވަރަށް ބާރަށް ހަޅޭއްލަވައި ގަތުމުންނެވެ.އެނާމެން އެއީ ކާކުތޯ ބަލައިލަން ފަހަތައްއެނބުރުނެވެ.
ފަހަތައް ބަލައިލި ރައުލާ އުފަލުން ގޮސް ފަހަތުގައި ހުރި ޒާން ގެގައިގާ ބައްދާލިއެވެ.”އަޅޭ ހާދަ ގޯހޭ ނާދެވޭނޭ ކިޔާފަ”ޒާން ގާތު ދަތުރު ދާން ބުނުމުން އޮފީސް މާ ބުރަވެ ޗުއްޓީ ނުލިބޭނޭ ކިޔާފަ ދަތުރު ނާދެވޭނޭ ކަމައް ބުނުމުން ރައުލާ ވަރަށް ދެރަވިއެވެ.ނަމަވެސް މިހާރު ޒާން ކުރިމަތީ ހުރުމުން ރައުލާ ވީ އުފާ ބަޔާން ކުރަން ދަތި ވާނެއެވެ.

“އަހަރެން ބުނެފަ އައި ނަމަ އުލާ ތިހާ ސަޕްރައިޒް އެއް ނުވާނެ..ދެން ސަޕްރައިޒް ވިތަ.”ރައުލާ ގަޔާ ދުރުކޮށްލަމުން ޒާން އަހާލިއެވެ.”ޔެސް އައިއޭމް ސޯ ހެޕީ.”ރައުލާ އަނެއްކާ ޒާންގެ ގައިގާ ބައްދާލިއެވެ.

“އުހު އުހޫމް..އަހަރުމެން އެބަ ތިބިން އެނގޭ.”ނާހާ ލާނެތް ގޮތަކައް ހީލިއެވެ.އޭނާއަށް ކުރެވުނު ކަންތައް އެނގުމުން ރައުލާގެ ދެކޯތާފަތް ރަތްވިއެވެ.

އެދުވަހު މެންދުރު އެމީހުން މަޖާ ހަދައިގެން މޫދަށް އެރުނެވެ.ކިޔާރާއަށް ފަތަން ނޭނގޭތީ މޫދަކައް ނޭރެއެވެ.ނައުފާމެން އާދޭސް ކުރުމުންވެސް ހަމަހިލާ ދާކަށެއް އެއްބަހެއް ނުވިއެވެ.

“ހެއި…ކިޔާރާ ދޯ..؟މީ ނާޔާގެ ދޮންބެ ނައުހާން.”ކިޔާރާ ބޯޖަހާލަމުން ނައުހާން ދިއްކުރި އަތުގައި ހިފާ ސަލާންކޮށްލަމުން ހީލިއެވެ.”ކީއްވެޔޯ މިތާ އެކަނި ތީނީ..މޫދައް އެރޭހިތްވެސް ނުވާނީތަ.؟”ނައުހާންގެ ހިތުގައި ކިޔާރާ އެކަނި މޫދަށް ނޭރި އިނުމުން ސުވާލް އުފެދުނެވެ.”ހީހީ..ކީއްކުރަނީ ފަތަން ނޭނގޭތީވެ..އޭރޭވެސް ހިތްވޭ އެކަމް ނުކެރޭނެ.”ކިޔާރާ ހީލަމުން ޖަވާބުދިނެވެ. “ސުވާލެއް ކޮށްލަންތަ..؟”ކިޔާރާ ބޯ ޖަހާލިއެވެ.”އެހެރީނު ބްލޫ ހެދުމެއްލައިގެން ނައުފާ ގާތު..އޭނައަށް ކިޔަނީ ކޮންނަމެއް.؟”ނައުފާ ގާތު މޫދުގައި ހުރި ރައުފާ ދައްކާލަމުން ނައުހާން އަހާލިއެވެ.”އެއީ ރައުގެ ދޮންތަ ރައުފާ.. ކިހިނެއްވީ””އައި ތިންކް އައި އެމް އިން ލަވް ވިތް ހާ.”ނައުހާން މޭގައި އަތްއަޅާ އެހެން ބުނެލުމުން ކިޔާރާއަށް އުފަލުން ހަޅެއް ލަވައިގަތެވެ.ރައުފާދެކެ ނައުހާން ކަހަލަ ރަނގަޅު ކުއްޖަކު ލޯބި ވުމުންނެވެ.ނައުހާންއަށް އޭނާ ނޭނގުނަސް އޭނާ އަށް ނައުހާން ވަރަށް ރަނގަޅަށް އެގެއެވެ.

މޫދުގައި ޒާން ގާތު ހުރި ނައުފްއަށް އިރު ކޮޅަކާ ކިޔާރާމެނައް ބަލައިލެވެއެވެ.އެދެމީހުން އެކުގައި ފެނުމުން އޭނާއަށް ރުޅި އާދެވުނެވެ.ހުދު އޭނައަށްވެސް އެއީ ކީއްވެ ކަމެއް ނޭނގެއެވެ.

“އޭ ބަލާބަ އެތިބީ ކަޕްލްސް ބާ.”ނައުފާ އެހެން ބުނުމުން ނައުފާ ބަލަހައްޓައިގެން އިން ދިމާލައް ރައުފާ ބަލައިލި އެވެ.ރައުފާގެ ހިތައް ވަރަށް ތަދުވިއެވެ.އޭނައަށް ނައުހާން އާއި ދެކެވެނީ ރައްޓެއްސަކައް ވުރެ ގާތް ކޮށެވެ.އެހެންކަމުން ނައުހާން އާއި ކިޔާރާ އެކުގަ ފެނުމުން އޭނާގެ ހިތުގައި ހަސަދަވެރި ކަމުގެ ހުޅުކޮޅެއް ދިއްލުނެވެ.

ކިޔާރާ ބުނި ގޮތައް ނައުހާން މިރެއަށް ރައުފާއަށް ޕްރޮޕޯސް ކުރަން ރެޑީވިއެވެ.

“ދޮންތާ ހިނގާބަ ހިނގާލަން.. ފޫހިވެގެން މިއުޅެނީ.”ކިޔާރާ އެމީހުން ރޭވިގޮތައް ހިނގާލަން ދާން އެހިއެވެ.ނަސީބަކުން ރައުފާވެސް ފޫހިވެފަ ހުރުމުން ވަރަށް ފަސޭހައިން އެއްބަސް ވިއެވެ.

“ދޮންތަ މަޑުކުރައްޗޭ ފާހާނާއަށް ގޮސްލާފަ އެބައަންނަން.”ނައުހާން ބުނި ތަނުގަ ރައުފާ ބަހައްޓާފައި ކިޔާރާ ދުވެލައިފާ އެއްގަމައް އެރިއެވެ.

ކިޔާރާ ހުރީ ރައުފާ އާއި ނައުހާން އަންނަން ދެނެވެ.އިރުކޮޅަކުން އެދެމީހުން އަތްގުޅާލައިގެން އަންނަތަން ފެނުމުން ރައުފާ އާއެކޭ ބުނީކަން ކިޔާރާއަށް އެނގުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Lily

Level 210 Stories

Other Articles

Previous

ޝިކާޔަތް

Next

ޕޯޝަން – 1

Next
June 15, 2021

ޕޯޝަން – 1

Previews
June 15, 2021

ޝިކާޔަތް



All Right Reserved!