Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހި ހިތްދަތި ދުވަސްތައް 6

Lily Level 210 Stories
June 11, 2021 3 Mins Read
0 Comments

ރައުލާ އެހެން ބުނުމުން ކިޔާރާ ދެލޯ ބޮޑުވިއެވެ.”ރައޫ ދެން ތިދައްކަނީ ކޮންވާހަކައެއް…އެހެން ނޫނަސް މަށެއް ނޫޅެން މީހަކު ނުލިބިގެނެއް.”ކިޔާރާގެ ދެ ކޯތާފަތް ރަތްވިއެވެ.”އެހެންވެތާދޯ އަހަރުމެން އެންމެން ތިންހަތަރުމީހުނާ ރައްޓެހިވެ މީހަކާ އިންނަ އިރު ވެސް ކުއްޖަކާ ރައްޓެހި ނުވެ ތިހުންނަނީ.”ރައުލާ ކިޔާރާ އަދި ބޮޑަށް ލަދުގަންނަ ވާލިއެވެ.”ކޮން އެންމެނެއް..ގައިމު ނައު ވެސް މިހުރީ.”ކިޔާރާ ދެރަނުވާންވެގެން ނައުފާ އަށް އިޝާރާތް ކޮށްލިއެވެ.”މަ ދޯ ދެން ކުރިން ވިޔަސް ކުއްޖަކާ ރައްޓެހި ވީމެއްނު އެކަމް ކިޔާ ތިހުރީ ހުރިގޮތައް..އެކަމް ކިޔާ އަހަރެންގެ ދޮންބެ ދައްތައަށް ވާނެނަމަ ކިހާ ސަޅި..މައި ބިގެސްޓް ޑްރީމް.”ނައުފާ ހިޔާލެއް ގައި ހުރެ ބުންޏެވެ.”ޕިސް ޕިސް.. ސާބަސް ކަލޭމެނައް..ދެން ތިއެއްނޫނޭ މިހާރު ބޮޑު ދައިތަ ފުރީތަ..؟”ކިޔާރާ ރައުލާ އާއި ވީފަޅިއަށް އެނބުރުނެވެ.”ހުމް މިއައީ މަންމަ ފުރުވާފަ..މަހެއްހާ ދުވަސް ވާނެޔޯ އެކޮޅުގަ.”ރައުލާ އެހެން ބުނުމުން ކިޔާރާ ހިތްހަމަ ޖެހުނެވެ.

އެރޭ ކިޔާރާ އޭނާގެ ކޮޓަރީގައި ފޫހިވެގެން ގަނޑުތަކަކުން އެއްޗިހި ތަކެއް ހަދަން އިނެވެ.ކިޔާރާ ގަނޑުކޮޅެއް ކަފަން އިންދާ ކޮޓަރި ދޮރުގައި މީހަކު ޓަކި ޖަހާލިއެވެ.ރައުލާވެސް ގޭގައި ނެތުމުން އޭނާ ބިރުގަތެވެ.ބިރުންހުރެ ގޮސް ކޮޓަރީގެ ދޮރު ހުޅުވާފައި ބަލައިލި ކިޔާރާއަށް ހައިރާންކަން ލިބުނީ ދޮރުމަތީގައި ހުރި ރައުފާ ފެނިފައި އެވެ.އެހެންޏާ ރައުފާ އެއީ ފޮނިބޮޑުވެގެންގޮސް އޭނާގެ ކޮޓަރިއާ ވައި ވެސް އެޅިނުލާމީހެކެވެ.ނަމަވެސް މިއަދު އެހެން ކިޔާރާ ކޮޓަރީގައި ޓަކި ޖެހުމުން އޭނާ ވަރަށް ހައިރާންވިއެވެ.

“ކިޔާ..އަމް..މީ.. ވާހަކަ އެއް ދައްކާލަން..މީ.. ވަންނަން ތަ އެތެރެއަށް..؟”ކިޔާރާއަށް އިތުރު ހައިރާން ކަމެއް ލިބުނީ ރައުފާ އޭނާއަށް”ކިޔާ”އޭ ކިޔާފައި މުޚާތަބު ކުރުމުންނެވެ.އެހެން ދުވަސްދުވަހު ހެން މިއަދަކު ރައުފާގެ މޫނުމަތިން ފާޅުވާ ރުޅިވެރިކަމެއް ނެތެވެ.

ކިޔާރާ އެތެރެއަށް ވަންނަން ތަން ދެއްކުމުން ރައުފާ އެތެރެއަށް ވަނެވެ.ކިޔާރާ ދޮރު ލައްޕާލާފައި ރައީފާއަށް އިށީންނަން އިޝާރާތް ކުރިއެވެ.”އަމް..މީ.. ވަރަށް ބޮޑު ވާހަކަ އެއް ދައްކަން މިއައީ.”ރައުފާ ވާހަކަ ދައްކަން ފެށުމުން ކިޔާރާ ރައުފާ ކައިރީގައި އިށީނެވެ.

“ކިޔާ އައި އެމް ސޮރީ.. އަހަރެން.. އަހަރެން މި ހުރިހާ ދުވަހު ކިޔާ އާއި މެދުގައި ކަންތައް ކުރެވުނީ ރަނގަޅަކައްނޫން.. އަހަރެންނަށް ވިސްނިއްޖެ.. އަހަރެން މަންމަ ކަހަލަ މީހަކަށް ވާކަށް ބޭނުމެއްނޫން.. ކިޔާ އަހަރެން އެ ހެދުން ވިރުވާލައިފަ ކިޔާގެ ބޮލުގައި އެޅުވީ..އައިއެމް ސޯ ސޮރީ.. އަހަރެންގެ އަމިއްލަ ކޮއްކޮ ވެސް އަހަރެންނައް މިހާރު ނަފުރަތު ކުރޭ އެއީވެސް ހަމަ އަހަރެން އުޅޭ ގޮތުން.. ޕްލީސް ފޮގިވް މީ.”ރައުފާ ދެރަވެގެން ރޮވުނެވެ.

“ދޮންތާ… އަހަރެންގެ ހިތް ހަމަ ދޮންތަ އަށް ސާފު..އެންޑް ދެން މާފައް ނޭދޭތި.. އަހަރެން އަބަދުވެސް ދޮންތަ އަށް މާފު ކުރާނަން..ކޮޒް އައި ލަވް ޔޫ.. އަހަރެން ރައު އާއި ދޮންތަ ދެކެނީ ހަމަ އެއްބަނޑު އެއްބަފާ ކޮއްކޮ އަކާއި ދައްތައެއް ގޮތައް.. ޕްލީސް ދެން ނުރޮއެ ހުއްޓާލާ.”ކިޔާރާ ރައުފާ ރޯތީވެ ރައުފާގެ ބުރަކަށީގައި ފިރުމާލިއެވެ.

“ކިޔާ.. ތެންކިއު.. އައިއެމް ސޯ ހެޕީ ނައު..ސޯ ވަޓް އާ ޔޫ ޑުއިންގް ވިތް ދިސް ޕޭޕަރސް.. އަހަރެން ލައިގެން ތިހަދާއެއްޗެއް ހަދާބަ.. އަހަރެން ވަރަށް ޕޭޕަރ ކްރާފްޓް ހަދާހިތްވޭ.”ރައުފާ ގޮސް ކިޔާރާ ކަފާފައި ހުރި ކަރުދާސް ތައް ކައިރި އިށީނެވެ.”ޔޫ ޓޫ..މަވެސް ވަރަށް ޕޭޕަރ ކްރާފްޓް ހަދާހިތްވޭ.”ކިޔާރާ ހިނިގަނޑެއް ޖަހާލަމުން ރައުފާ އާއި ބައިވެރިވި އެވެ.އެރޭ ރައުފާ ކޮޓަރިއަށް ދިޔައީ ބާރަވެސް ޖެހިފަހުންނެވެ.

ހެނދުނު އިރު އެރުމުން ކިޔާރާ ނިކުތީ ގޭދޮށް ކުނިކަހާ ފައި ސައި ހަދާށެވެ.އޭނާ ކޮޓަރިން ނިކުތް ވަގުތު ރައުލާ ވެސް އޭނާގެ ކޮޓަރިން ނުކުތެވެ.ދެމީހުންއެއްކޮށް ބޭރަށް ނުކުތީ ކުނިކަހާށެވެ.ނަމަވެސް ދެމީހުން ވެސް ތިބީ އަނގަ ހުޅުވިފައި އެވެ.އެއޮށް ބޮޑު ގެ އެއްކޮށް އޮތީ ކުނި ކަހާފައިއެވެ.
ދެން އެމީހުން ދިޔައީ ސައި ހަދާށެވެ.ނަމަވެސް ދެން ފެނުނު މަންޒަރުން އެ ދެމީހުންވެސް ހައިރާންވެގެން ވެއްޓޭވަރުވިއެވެ.

އެހެން ނުވާންވީ ކީއްވެ ހެއްޔެވެ.މެންދުރުވުމުން ނޫނީ ކޮޓަރިން ނުނިކުންނނަ ރައުފާ މިއަދު މިހުރީ ސައި ހަދާ ނިންމާފައި ތަށިތައް އަތުރާށެވެ.”

“އަހަ ދެކުދިން ހެލީތަ.. އަދި ދޮންތަ މިދަނީ ގޮވަން ކަމައް.. ކިޔާ ރައޫ މިއަދު މީ ދޮންތަ ސްޕެޝަލް ލަންޗް އެނގޭ”ރައުފާ އެހާ ގާތްކޮށް ކީޔާރާއާއި ވާހަކަ ދެއްކުމުން ރައުލާ ހައިރާންވެފާ ކިޔާރާއަށް ނިތް އަރުވާލީ ކިހިނެއްވީ ހޭ އަހާ ގޮތަކަށެވެ.ރައުފާ އަށް އެ މަންޒަރު ފެނުމުން ރޭގައި ވީ ކަންތައް އޭނާއަށް ކިޔައިދިނެވެ.އަދި ރައުލާ ނަސޭހަތް ދިނުމުން އެތައް ފަހަރަކު ޝުކުރު އަދާ ކުރިއެވެ.އެދުވަހު ތިން މީހުން ސައިބޮއެ ނިންމާލީ އުފާވެރި މާހައުލެއްގައި އެވެ.

“ކިޔާ.. ފޯނެއް..ނައު.”ކިޔާރާ ބޭރު އުނދޯލީގައި އޮށޯވެ އޮއްވާ ރައުލާ ދުވެފައި އައިސް ކިޔާރާއަށް ފޯނު ދިނެވެ.”ހަލޯ..ކީކޭ ނައު.”ކިޔާރާ ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.”އޭ ކިޔާ މަ ބުނީ ސްޕީކަރައް ލައިބަ..މަ ބޭނުމީ ދެމީހުނާއޭ ވާހަކަ ދައްކަން.”ނައުފާ އެހެން ބުނުމުން ކިޔާރާ ސްޕީކަރައް ލުމުން ރައުލާ ކިޔާރާ ކައިރީގައި އިން އުނދޯލީގައި އިށީނެވެ.

“މަބުނީ ހިނގާ މާދަން ދަތުރު ދާން..އޯވާ ނައިޓް އަކައް ދޯ ދާނީ..ނާޔާވެސް ދާނަމޯ.”ނައުފާ ވަރަށް ފޯރީގައި ވާހަކަ ދައްކަން ފެށިއެވެ.”ހުމްމް ތީ ރަނގަޅު ހިޔާލެއް…އެކަމް ދާނެ އެއްޗެކޭ ނެތީ.”ކިޔާރާ ބުނެލި އެވެ.”ތިކަމާ ހާސް ނުވޭ.. ބައްޕަ ދޯނި އޮންނާނެ.. ދޮންބެ އަށް އެނގޭނެ ދޯނި ދުއްވަން.”ނައުފާ އަނެއްކާ ވެސް ހަމަ އެހާ ފޯރީގައި ބުނެލި އެވެ.”ހުމްމް ދެން ދާމީހުންގެ ލިސްޓް ކިޔާބަލަ ދޯ”ރައުލާ ކިޔާރާއަށް ބަލާލައިފައި ލާނެއް ފާޑަކަށް ހީލިއެވެ.

“ކިޔާ،ރައު،ނާޔާ،ނާޔާގެ ދައްތަ ނާހާ،ނާޔާ ދޮންބެ ނައުހާން،އުޝާ،ދޮންބެ،މަ….ދެން ތިމީހުން ބޭނުން މީހުން އެޑްކުރޭ.”ނައުފާ ބޮޑު ލިސްޓެއް ކިޔާލިއެވެ.

ނުނިމޭ

މި ވާހަކައިގެ ޕާރޓް ހައަކާއި ހަތެއް މިވަނީ އޮޅިފަ.އަސްލު މީ ޕާރޓް ހައަކީ.އެހެންކަމުން ކިޔުންތެރިންގެ ސަމާލުކަމަށް ދަންނަވަން ކުރިން އަޕްވެފަ އެއީ ޕާރޓް ހަތެއް.?

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Lily

Level 210 Stories

Other Articles

Previous

މަންމަ

Next

ގެއްލުނު އެކުވެރިޔާ ( ފަހުބައި )

Next
June 11, 2021

ގެއްލުނު އެކުވެރިޔާ ( ފަހުބައި )

Previews
June 11, 2021

މަންމަ



All Right Reserved!