ތަމަންނާ 12
ދުވަސްތައްމާޒީއާއި އެކުވަމުންދެއެވެ. އަހަރެން ހުސްވަގުތު ފުރާލުމުގެ ގޮތުން އިންޓަރނޭސަނަލް ނިއުސް ޗެނަލަކުން ވަޒީފާ ހަމަޖެއްސީމެވެ. މާބޮޑު އުނދަގުލަކާއި ނުލާ ވަޒީފާ ހަމަޖެހުމުން އަހަރެން ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. އެހެންނަމަވެސް މިކަމަކީ ރިޔާޒުބެ އެހާ ހިތްހަމަޖެހޭކަމަކަށް ނުވިއެވެ. ކިޔެވުމަށް ދަތިވާނެކަމުގަޔާއި ،އަހަރެންނަށް މާ ބޮޑަށް ބުރަވާނެކަމަށް ބުނެ ވަރަށް ވާހަކަދެއްކިއެވެ. އަހަރެން ކިޔެވުމަށް ދަތި ނުވާނެ ކަމުގައި ބުނީމެވެ. އަދި މިކަން ކުރަން ނިންމީ ހުސްވަގުތު ގިނަކަމުންކަމުގައި ބުނެ ރިޔާޒުބެގެ ހިތްހަމަޖެއްސީމެވެ. ޒިޔާން އާއި ނީންތަ އަހަރެނަށް ވަރަށް ހިތްވަރުދިނެވެ. އަދި އަހަރެންނަށް ވަރަށް އިތުބާރު އޮތްކަމުގައި ދެމީހުންވެސް ބުންޏެވެ. ޒިޔާންއާއި ނީންތަ މިކަމުގައި އަހަރެންނާއި އެކު ހުރިކަން އެނގުމުން ވަރަށް ހިތްހަމަޖެހުން ލިބުނެވެ. ދުވަސްތައްމާޒީއާއި އެކުވަމުންގޮސް މިއަހަރަކީ އަހަރެންގެ ކިޔެވުން ނިމޭ އަހަރެވެ. މިއަހަރު ކުރިއާއި ޙިލާފަށް ތަންކޮޅެއް ގިނަވަގުތު ކުލާހުގައިވެސް އަދި ކިޔެވުމުގެ ކަންތަކުގައިވެސް ހޭދަކުރަންޖެހެއެވެ.
ކިޔެވުން ނިމުނަަސް އަހަރެން ރާއްޖެއަށް ނުދާން ވިސްނަން ފެށީމެވެ. މިކަމާއި ވަރަށް ބޮޑަށް ވިސްނުމަށްފަހު މިގޮތައް ނިންމާ ޒިޔާން އާއި މިކަމާ ހިޔާލް ބަދަލްކޮށްލީމެވެ. މިކަމަކީ ޒިޔާން އެހާ ހިތްހަމަޖެހޭކަމަކަށް ނުވެއެވެ. “ތިއީ އެއްގޮތަކަށްވެސް ރަނގަޅު ވިސްނުމެއްނޫން، އަހަރުމެން އެންމެންވެސް ދޮންތަ ދެކެ ވަރަށް ލޯބިވޭ، އަދި ދޮންތައާއި އެންމެން އެއްކޮށް އުޅެންވެސް ބޭނުން، މަންމަމެނަށް ތިކަން އެނގުނީމަ އަދި މަންމަމެން މާދެރަވާނެ، ދޮންތަ އަދި ތިކަމާ ވިސްނާ” ޒިޔާންގެ މިވާހަކަތައް އިވުމުން އަހަރެން ވަރަށް ދެރަވިއެވެ. އަދި އެކަމާއި ވިސްނަން ފެށުނެވެ. ޖެހިގެން އައިދުވަހު ނީންތަ އަހަރެންނަށް ގުޅާ އަހަރެންގެ އެނިންމުން ބަދަލްކޮށް ކިޔެވުން ނިމުމުން މާލެއަށް އައުމަށް އެދުނެވެ. ” އަހަރެން ދެކެނީ ތަމަންނާ އަކީ އަހަރެންގެ ދަރިއެއްކަމުގަ، އަދި ރިޔާޒުބެވެސް ދެކެނީ ތީ ހަމަ އަހަރުމެންގެ ދަރިއެއްގޮތައް، ތަމަންނާ އަހަރުމެންގެ ދިރިއުޅުމަށް އައި ހިސާބުން ޒިޔާން އެކޭ މާޔަން އެކޭ އެއްގޮތައް ތަފާތުކުރުމެއްނެތި ތަމަންނާއަށްވެސް ކަންތައް ކޮށްދެމުން އައީ، ދަރިފުޅު ތި ވިސްނުން ދޫކޮށްލާ، ކިޔެވުން ނިމުނީމަ މަންމަ މެނާއި އެކު އުޅެން މިކޮޅަށް އާދޭ” ނީންތަގެ މިވާހަކަތަކުން އަހަރެންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. އަދި ދަރިފުޅު އޭ ކިޔާ އަހަންނާ މުޚާތަބުކުރުމުން ބުނަންނޭނގޭފަދަ އުފާވެރިކަމެއް ހިޙުސާސް ކުރެވުނެވެ. އެއީ މީގެ ކުރިން އަހަންނާ އެއްވެސް މީހަކު އެހާ ލޯބިން ދަރިފުޅާއޭ ކިޔާ ވާހަކަ ދައްކާފައި ނުވާތީއެވެ. އަހަރެން ވަރަށް ވިސްނުމަށްފަހު މޮޅުގޮތެއް ނިންމީމެވެ. ދެތިންދުވަސް ފަހުން ޒިޔާން އަށް ގުޅީމެވެ. “ޒިޔާން ދޮންތަ ބޭނުން ހުޅުމާލެއިން އެޕާރޓްމަންޓްއެއް ގަންނަން. ރަނގަޅު ތަނަކުން އެޕާރޓްމަންޓްއެއް ބަލާފަ އެކަމާ އުޅެދީބަލަ” ” ދޮންތަ މިކޮޅަށް އަންނަ ގޮތަށް ނިންމީމަ ވަރަށް އުފާވެއްޖެ، މަންމަކައިރީވެސް ބުނާނަން ކިޔެވުން ނިމުނީމަ ދޮންތަ މާލެ އަންނަގޮތައް ނިންމާފިއޭ. އެޕާރޓްމަންޓް ކަންތަކާ ބައްޕައާއި ވާހަކަ ދައްކާނަން، ސޯހެޕީ އިނގޭ ދޮންތާ، ވިލް ކޯލްޔޫ ލޭޓަރ” ޒިޔާން އުފާވެފައި ހުރި ވަރު އެނގުމުން އަހަރެން ވަރަށް ދެރަވިއެވެ. އެއީ އަހަރެން މާލެ ދިއުމުގެ ވިސްނުން ނުގެންގުޅޭތީއެވެ. ނަމަވެސް އަހަރެން ޒިޔާން ކައިރީ އިތުރު އެއްޗެއް ނުބުނެ ފޯނެ ބޭއްވީއެވެ.
އަހަރެން އަދާކުރަމުންދާ ވަޒީފާގެ ގޮތުން އަހަރެންނަކީ އިނގިރޭސީވިލާތުގަޔާާއި ދުނިޔޭގައި ގިނަމީހުންނަށް ފަރިތަ ނަމަކަށް އަހަރެންގެ ނަން ވަނީ ވެފައެވެ. އެހެންވުމުގެ ސަބަބުން އަހަރެން ބޭރަށް ނުކުމެ އުޅެންވެސް ދަތިތަކެއްް ކުރިމަތި ވެއެވެ. އަހަރެން ގޭގައި ރިޕޯރޓްއެއް ލިޔުމުގެ މަސައްކަތުގައި އުޅެނިކޮށް ފޯން ރިންގްވާންފެށިއެވެ. މަސައްކަތަށް ގެއްލިފައިންވަރުން ކާކުތޯ ބަލާވެސް ނުލާ ޖަވާބު ދިނީމެވެ. “ހެލޯ އަޅުގަނޑަށް ވަގުތުކޮޅެއް ދެވިދާނެތޯ؟” އަހަރެންނަކަށް އަޑުން އެއީ ކާކުކަމެއް ނޭނގުނެވެ.” ހޫ އިޒް ދިސް؟” އަހަރެން ސުވަލުކޮށްލީމެވެ. “މީ ފާރިޝް އެނގިއްޖެތޯ؟” އެގިއްޖެ ، މިވަގުތު ތަންކޮޅެއް ބިޒީކޮށް މިއުޅެނީ. އަހަރެން މިހެންބުނުމުން ފަހުން ގުޅާލާނަމޭ ބުނެ ފާރިޝް ފޯން ކަނޑާލިއެވެ. އަހަރެން ކުރަމުންދިޔަ މަސައްކަތް ނިމުމުންު ކުޑަކޮށް އަރާމްކޮށްލަން ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު މާދަމާ ކުލާހަށް ދާންވާއިރަށް ނިންމަންޖެހޭ މަސައްކަތެއް އޮތުމުން އެކަމާއިގެން މަސައްކަތް ފެށީމެވެ. އެކަން ނިންމާލުމަށްފަހު ނިދަން ޖައްސާލިތަނުން ފޯނު ރިންގްވާން ފެށިއެވެ. އަހަރެން ފޯނަށް ބަލާނުލާ ރިންގް ކަނޑާލުމަށްފަހު ލޯމަރާލީމެވެ. ނުނިދެނީސް އަނެއްކާފޯން ރިންގްވާންފެށިއެވެ. އަހަރެން ފޯނަށް ބަލާލުމަށްފަހު ޖަވާބު ދިނީމެވެ. “ނިދަނީ ދޯ، ކުރިންވެސް ދެފަހަރަކު ގުޅިން، ފޯނަށް ނުގުޅެ، ދެންމެ ގުޅިއިރު ރިންގްވީމަ އަނެއްކާ މިގުޅީ، ދޮންތަ ބަލީތަ؟” މާޔަން ވާހަކަދެއްކި އިރު ހުރީވަރަށް ހާސްވެފައެވެ. “މާޔަން ކިހިނެއްވީ މާހާސްވެފަ ތިހުރީ؟’ އަހަރެން މާޔަން އާއި ސުވާލުކުރުމުން މާޔަން ޖަވާބު ދިނެވެ. “ދޮންތައަށް ނުގުޅިގެން، ކޮންމެވެސް ކަމެއްދިމާވީކަމަށް ހީކޮށް، ދޮންތަ އޯކޭދޯ؟” “އާނ އޯކޭ، ވަރަށް ބިޒީކޮށް މިދުވަސްކޮޅު މިއުޅެނީ ” އަހަރެން ޖަވާބުދިނީމެވެ. “އޯކޭ ދޮންތަ ނިދާލާ ގުޅާނަން އެހެން އިރަކުން. ގުޑް ނައިޓް” އަހަރެންވެސް “ގުޑު ނައިޓް” ކިޔުމަށްފަހު ފޯންބޭއްވީމެވެ.
ކޮލެޖް ނިންމާލުމަށްފަހު ގެއަށް އައިސް ނަމާދު ކޮށްލައިގެންު ޖައްސާލީމެވެ. ކުރަން ވަރަށްގިނަ މަސައްކަތް ހުރުމުން މަސައްކަތް ފެށުމުގެ ކުރިން ކުޑަކޮށް އަރާމް ކޮށްލުމުގެ ބޭނުމުގައެވެ. އިރުކޮޅަކު އަރާމުކޮށްލުމަށްފަހު ތެދުވެ އެއްޗެއްކާލައިގެން މަސައްކަތްތަށް ނިންމާލަން އަވަސްވެގަތީމެވެ. ކިޔެވުމާއި ގުޅޭކަންތައް ނިންމާލުމަށްފަހު ރޭގަނޑުކާނެ އެއްޗެއް ތައްޔާރުކޮށްލަން ބަދިގެއަށް ވަދެ ކާއެއްޗެއް ހަދާލުމަށްފަހު ފާޚާނާއަށްވަދެ ފެންވަރާލީމެވެ. ފެންވަރައިގެން ނުކުތްއިރު ނަމާދުވަގުތު ވެފައި ހުރުމުން ނަމާދުކޮށްލައިގެން އިޝާ ވަގުތު ވަންދެން ޤުރުއާން ކިޔަވަން ފެށީއެވެ. ނަމާދުން ނިމިގެން ބޭރަށް ނުކުމެ ކައިގެން އަހަރެންގެ އެޕާރޓްމަންޓުގެ އަނެއްރޫމް ގައި އުޅޭ އެމޭލިއާ އާއި ވާހަކަ ދައްކާލަން އިނުމަށްފަހު ކޮޓަރިއަށް ވަދެ ޒިޔާން އަށް ގުޅާލީމެވެ. “ޒިޔާން ކަންތައްތައް ކިހިނެއް؟ އެޕާރޓްމަންޓް ކަންތައް ބަލާލިންތަ؟” … “ރަނގަޅު، ބައްޕަ ބުނުއްވި އެކަންބަލާފަ ދޮންތައާއި ގުޅާނެކަމަށް، އެހެންވެ ޒިޔާން އެކަމަކާ އަޅައެއްނުލަން، ބައްޕަ ނުގުޅާތަ؟”… ” އާނ އަދި ނުގުޅަ، މަންމަ ގުޅި، ވިޔަފާރިކަންތައް ރަނގަޅުތަ؟”… ” އާނ ރަނގަޅު، ދޮންތަ ކީއްކުރަނީ ތި، ކައިފިންތަ؟”… “އާނ ކައިފިން، މިހާރު ނިދަން މިއުޅެނީ”… “އެހެންތަ ކަންތައްތައް ރަނގަޅުދޯ”… “އިންޝާﷲ ހުރިހާކަމެއްވެސް ރަނގަޅު”….” ދެން އަވަހަށް ނިދާލާ ގުޑްނައިޓް”…އަހަރެންވެސް ގުޑްނައިޓް އޭ ބުނުމަށްފަހު ފޯންބޭއްވީމެވެ. ދެން ފާޚާނާއަށް ވަދެ މޫނު ދޮވެލުމަށްފަހު ނިދަން ތައްޔާރުވެލީމެވެ.
ކޮލެޖްއަށް ދާން ނުޖެހޭ ދުވަހެއްކަމުން ތަންކޮޅެއް ގިނައިރު ނިދާލުމުގެ ބޭނުމުގައި ފަތިސް ނަމާދުކޮށްލައިގެން ފޯން ރިންގް އޮފްކޮށްލައިގެން ޖައްސާލީމެވެ. ހޭލެވިގެން ގަޑި ބަލާލިއިރު އެގާރަ ޖަހާފިއެވެ. ފޯންބަލާލިއިރު މިސްކޯލްތަކެއް ހުރުމުން ކޯލްލޮގު ބަލާލުމަށްފަހު ޗެނަލްއިން ގުޅާފަ އިނުމުން ފުރަތަމަ ޗެނަލްއަށް ގުޅާލުމަށްފަހު ތެދުވެ އެއްޗެހި ބަދަލްކުރުމަށްފަހު ކޮފީއެއް ގިރާލަން ބޭރަށް ނުކުތީމެވެ. ކޮފީއެއް ގިރައިގެން މޭޒުކައިރީ އިށީންތަނުން އެމޭލިއާވެސް ނުކުމެ އަހަރެންނާއި ބައިވެރިވިއެވެ. ދެމީހުން އެކިއެކި ވާހަކަދެއްކުމުގައި ވަރަށް ގިނައިރު ތިބީމެވެ. އަހަރެން ބައެއްތަކެތި ގަންނަން ބޭނުންވާތީ ބޭރަށް ދާވަހަކަ ބުނުމުން އެމޭލިއާވެސް ދާނެ ކަމުގައި ބުންޏެވެ. ތައްޔާރުވެލުމަށް ކޮޓަރިއަށްވަދެ ތައްޔާރުވަލައިގެން ނަމާދުކޮށް ނިންމާލިތަނުން ދޮރުގައި ޓަކިޖަހާލިއެވެ. އަހަރެން ނުކުތް އިރު އެމޭލިއާ ދޮރުމަތީ ހުއްޓެވެ. އަހަރެން ދާން ހިނގާށޭ ބުނެ ހިނގާގަތީމެވެ. ފުރަތަމަ އެއްޗެއް ކާން ދާންވީނޫންހޭ އަހަރެން ބުނީމެވެ އެމޭލިއާވެސް އާއެނކޭ ބުނުމުން ރެސްޓޯރަނޓް އަކަށް މިސްރާބު ޖެހީމެވެ. އަދި ޓެކުސީއެއް ނަގާނީ ކައިގެން ކަމުގައި އެމޭލިއާ ކައިރީ ބުނީމެވެ. ކައިނިމުމުން ބޭރަށް ނުކުމުމެ ޓެކްސީއެއް ނަގައިގެން ނައްޓާލީމެވެ. ބާޒާރުކޮށްލައިގެން ގެއަށް އާދެވުނު އިރު އިރުއޮށްސެން އުޅެއެވެ. އަހަރެން ކޮޓަރިއަށް ވަދެ އަވަހަށް އަސުރު ނަމާދު ކޮށްލީމެވެ. އަދި ރޭގަނޑު ކާނެ އެއްޗެއް ތައްޔާރުކޮށްލަން ބަދިގެއަށް ވަނީމެވެ. ބަދިގޭ މަސައްކަތް ނިންމާލުމަށްފަހު ފެންވަރައިގެން ނަމާދު ކޮށްގެން އަހަރެންގެ އާދައިގެ މަތިން އިޝާވަގުތު ވަންދެން އިނީ ޤުރުއާން ކިޔަވާށެވެ. މިރޭ އަހަރެން ކެއްކީ އެމޭލިއާ އާވެސް އެއްކޮށްނެވެ. އަހަރެން ނުކުމެ އެމޭލިއާއަށް ކާންގޮވުމަށްފަހު އެއްޗެހި މޭޒުމަތީ އަތުރާލީމެވެ. އެމޭލިއާ ނުކުތުމުން ދެމީހުން ކާން ފެށީމެވެ. ކާނިމިގެން ކިޔެވުމާއި އަދި މަސައްކަތާއި ބެހޭގޮތުން ވާހަކަދައްކަން ވަރަށް ގިނައިރު ތިބީމެވެ. އަހަރެންގެ ފޯން ރިންގްވާން ފެށުމުން ބަލާލިއިރު ގުޅަނީ ފާރިޝް އެވެ. މިއަދު ހެނދުނުވެސް ދެފަހަރު ފާރިސް ގުޅާފައި އޮތެވެ. އަހަރެން ދެވިސްނުމެއްގައި އިނދެ ފޯނަށް ޖަވާބު ދިނީމެވެ.
*****
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

