Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތްދަތި ދުވަސްތައް 6

Lily Level 210 Stories
June 11, 2021 2 Mins Read
1 Comment

“ދޮންތަ ދާނެ..ދެން ދޮންތަގެ ބެސްޓް ފްރެއިންޑް ރާޔާ ވެސް.”ރައުލާ އިތުރު ކޮލިއެވެ.”ދެން ނައު އާދޭ މިގެއަށް އެންމެން ގޮވައިގެން ގަންނަން ޖެހޭ އެއްޗެހީގެލިސްޓް ހަދަން.”ކިޔާރާ އެހެން ބުނެ ނައުފާ އަށް އެއްޗެކޭ ނުބުނެވެނީސް ފޯނު ކަނޑާލި އެވެ.

ރައުލާ އާއި ކިޔާރާ އަނގަތަޅަން ތިއްބާ ނައުފާ އައެވެ.”އޭ ދެން އަވަހައް ފޮތަކާ ގަލަމަކާ ގެނައީމަ ދޯ ލިޔެވޭނީ.”ނައުފާ ޖޯލީގައި އިށީނެވެ.”ދޮންތާ..ފޮތަކާ ގަލަމަކާ ގެނެބަ.”ރައުލާ ރައުފާ އަށް އަޑު އިވޭ ވަރަށް ގޮވާލި އެވެ.”އޭ ކޮބާ އަނެއް މީހުން.”ކިޔާރާއަށް ނީނދެވިގެން އަހާލިއެވެ.”ނާޔާ އާއި އުޝާ އެބަ އާދެ..ދެން ދޮންބެ ދިޔައީ ނައުހާން ކައިރިއަށް..ނާޔާ ދައްތަ އަންނާނެ ތަންކޮޅެއް ފަހުން… ދޮންބެ ބުނީ އެއްޗިހީގެ ލިސްޓް ފޮނުވާށޯ އޭރަށް ދާނަމޯ ގަންނަން..ދެން މާދަން ފަތިހު ފަހެއް ޖަހާއިރު ޖެޓީ އިން ނައްޓާލަމޯ.”ނައުފާ އެއްފައްޗަކައް އަމުނާލިއެވެ.

“ހޫ އިޒް އުޝާ..؟”ކިޔާރާ ސުވާލު ކުރާ ރާގަކަށް އަހާލިއެވެ.”އެއީ ދޯ.. ސިމްޕަލް ކޮން ބުނާނަމަ.. ރަށުގަ ހުރި އެންމެ ފޮނި އަންހެނާ.. ދެން އާންމު ގޮތެއްގައި ބުނާނަމަ ނާޔާގެ ކަޒިން..ނާޔާވެސް ވަރަށް ފޫހިވާނެ އޭނާ ދެކެ..އެކަމް އެއުޅޭ ނައުހާން ވެއްޖެ ވިއްޔަ އޭނަ ކައިރީ ބުނަން.”ނައުފާ އެހެން ބުނިގޮތުން އެންމެނަށް ހެވުނެވެ.

“އަން މިއޮތީ ފޮތް..މަ ދާނަން އެންގޭ ދަތުރު..މަ ލާތި..ޕުލީލީލީޒްޒްޒް..މަ ރުފިޔާ ވެސް ދޭނަމޭ.”ރައުފާ އައިސް ވަރަށް ފޯރީގައި ބުނެލި އެވެ.”ސާބަސް ދޮންތާ…އެކަކު ނުގެންދިޔަސް މަ ދޮންތަ ގެންދާނަމޭ.”ކިޔާރާ އެހާ ގާތްކޮށް ރައުފާއާއި ވާހަކަ ދެއްކުމުން ނައުފާ ހައިރާންވިއެވެ.އަދި ބޮޑަށް ހައިރާން ވީ ރައުފާ ޔޫ އާ ދި ބެސްޓް އޭ ކިޔާފައި ކިޔާރާ ގައިގާ ބައްދާލުމުންނެވެ.ރައުފާ ދިޔުމުން އެ ސުވާލު ކީޔާރާއާއި އޭނާ ކުރިއެވެ.ކިޔާރާގެ ބަދަލު ގައި ރައުލާ ރޭގަ ވީ ހުރިހާ ކަމެއް އަކުރުން އަކުރަށް ކިޔައިދިނެވެ.

“އޭ މިއައީ..ދެން ކީއްކުރަންވީ މަ..؟”އިރުކޮޅަކުން ނާޔާ އައެވެ.އޭގެ ފަސްވަރަކަށް މިނެޓް ފަހުން އުޝާވެސް އައެވެ.”ހެއި ގާއީސް.. އަހަރެންގެ ރައްޓެއްސަކު ވެސް ދޭ އިނގޭ..މާނިއު ބުނީ އޭނާވެސް ގެންދާށޭ.”އުޝާ ވާހަކަ ދެއްކި ގޮތުން ވެސް ފޮނިކަން އެނގެއެވެ.

އެ އެންމެން ލިސްޓް ހަދާނިންމާފައި އެމީހަކު ދިޔައީ އެމީހެއްގެ ގެއަށް މާދަން ފުރާ ދަބަސް ތައްޔާރު ކުރާށެވެ.

ކިޔާރާ ދަބަސް ތައްޔާރު ކޮށް ނިންމާފައި ދިޔައީ ރައުލާ ކޮޓަރިއަށެވެ.”އައްދެ ރައޫ… ކޯޗެއް ގެއްލިގެން..؟”ކިޔާރާ ރައުލާ ކޮޓަރިއަށް ވަތް އިރު ރައުލާ އެއްޗެއް ނުފެނިގެން މުޅިތަން ހީވަނީ އެވެ.”އޭ ކިޔާ މަގޭ އައިނު ދެކުނިންތަ..؟ދެންމެ އަހަރެން އޭތި ގެންގުޅުނިން.”ރައުލާ އަށް ކިޔާރާ ފެނުމުން އަހާލިއެވެ.”ސާބަސް..ހީހީ..ރައޫ.. ޕިސް ޕިސް..ހީހީ..ރައުގެ ބޮލުގައި ތީނީނު ރައުގެ އައިނު..”ކިޔާރާ އެހެން ބުނުމުން ރައުލާ ބޮލުގައި އަތްކާތާލިއެވެ.ތެދެކެވެ އޭނާ އެ ހޯދާ އައިނު އެއޮތީ އޭނާގެ ބޮލުގައި އެވެ.އަމިއްލަ މޮޔަކަން ހިތައްއަރާ އަމިއްލަ އަށް ހެވުނެވެ.އެރޭ ރައުލާ އާއި ރައުފާ އާއި ކިޔާރާ އަކަށް އެގާރާޖެހިއިރުވެސް ނުނިދުނެވެ.ކިޔާރާ ކޮޓަރިން ނިކުތީ ދެން މިރޭ އަވަހަކަށް ނުނިދޭނެކަން އެނގޭތީއެވެ.

ކޮޓަރިން ނިކުމެ ބެލްކަންޏަށް މިސްރާބު ޖަހިތަނުން ހުއްޓުނީ ބެލްކަނީގެ ދޮރު ހުޅުވާފައި ހުރުމުންނެވެ.ކިޔާރާ މާ ބޮޑު ކަމަކަށް ނުހަދާ އަނެއްކާ ބެލްކަނީއާއި ދިމާލަށް މިސްރާބު ޖެހިއެވެ.

ބެލްކަނި ދޮރުމަތީގައި ހުއްޓުން ކިޔާރާއަށް ހައިރާންކަން ލިބުނީ ރެއިލިންގައި ހިފަހައްޓާލައިގެން ހުރި ރައުލާ ފެނުމުންނެވެ.ރައުލާއަށްވެސް ވީ ހަމަ ކިޔާރާއަށް ވީ ވަރެވެ.މިގަޑީގަ ކިޔާރާ ހޭލާ އުޅޭނެ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ.

“ކިޔާ..މިތާ ކީއްތިކުރަނީ..؟”ރައުލާ ކިޔާރާ ގާތައް އައިސް ހުއްޓުނެވެ.”މަށަށް ނުނިދިގެން..ފޫހިވެގެން މި ނިކުތީ..ހަމަ ދަތުރު ދާ ހިތުން ނުނިދުނީ..”ކިޔާރާ ހިނިގަނޑެއް ޖަހާލިއެވެ.”މަވެސް ހިންގާ މޫވީއެއް ބަލަން..ދޮންތަ ކޮބާބާ..؟”ރައުލާ ކިޔާރާ އަތުގައި ހިފައިގެން ރައުފާ ކޮޓަރިއަށް މިސްރާބު ޖެހިއެވެ.

ރައުލާ ދޮރު ތަޅުގައި އަތްލާއިރައް އެތެރެއިން ދޮރު ހުޅުވުމުން ދެކުދިންވެސް ސިހުނެވެ.

ރައުފާ ނުނިދިގެން އެނދުން ތެދުވެ ދޮރު ހުޅުވާލީ ބެލްކަންޏަށް ދާށެވެ.ނަމަވެސް ދޮރުގައި ތިބި ރައުލާއާއި ކިޔާރާ ފެނުމުން އޭނާ އަށް ހުއްޓެވުނެވެ.”ރައުއްކޮ ކިޔާ މިގަޑީގައި ހޭލާ ކީއްކުރަނީ..؟”ރުއުފާ އެ ދެމީހުން ގާތައް ދިޔައެވެ.”މީ.. ދޮންތަ ވެސް ނުނިދަން..އަހަރެންނާ ކިޔާވެސް ނުނިދިގެން މިއައީ ދޮންތަ ނިދާފަ ތޯ ބަލާލަން.”ރައުލާ ވީގޮތް އޮޅުންފިލުވައިދިނެވެ.”އެހެން..ދޮންތަވެސް ތިހާލު… އެހާގިނަ ދުވަހަށް ފަހު ދަތުރު ދާތީ އެކްސައިޓެޑްވެގެންގޮސް ނުވެސް ނިދުނު.. ހިންގާ އެއްޗެއް ހަދަން.”ރައުފާ އޭނައަށް ވީގޮތް ކިޔައިދިނެވެ.”ހުމްމް.. ކިހިނެއް ވާނީ ޕޮޕްކޯން އެނޑް މޫވީ..؟”ރައުލާ ވިސްނާލާފައި ބުންޏެވެ.”ހުމް ގުޑް އައިޑިއާ..”.”ހުމް ގުޑް އައިޑިއާ..”ރައުފާ އާއި ކިޔާރާ އެއްފަހަރާ ބުންޏެވެ.އިރުކޮޅަކުން ދެމީހުން އެކުގައި ހީގަތެވެ.

ރައުފާ މޫވީ އަޅުވާލުމުން ރައުލާ އާއި ކިޔާރާ އެންމެނައް ޕޮޕްކޯން ގެނައެވެ.އެމީހުން ބަލަމުން ދިޔައީ ކޮމެޑީ މޫވީ އެކެވެ.އެރޭ މޫވީ ނިންމާފަ އެންމެން އެމީހެއްގެ ކޮޓަރިއަށް ވަން އިރު އެކެއްވެސް ޖަހައިފިއެވެ.އެހެން ކަމުން ތިންމީހުން ވެސް ބެލީ އަވަހަށް ނިދޭތޯއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Lily

Level 210 Stories

Other Articles

Previous

ތީއޭ މިހިތުގެ ދިރުމަކީ (8)

Next

ލޯބި_14

Next
June 11, 2021

ލޯބި_14

Previews
June 11, 2021

ތީއޭ މިހިތުގެ ދިރުމަކީ (8)

One Comment

  1. Nayaa Nayaa says:
    June 11, 2021 at 12:13 pm

    reethi story eh.. keep it up!

Comments are closed.

Next Episodeހި ހިތްދަތި ދުވަސްތައް 6←


All Right Reserved!