Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތަމަންނާ 10

Amsa Level 110 Stories
June 8, 2021 4 Mins Read
0 Comments

މޯލްއިން ނުކުމެގެން އެކިހިސާބުތަކުގައި ދުއްވުމަށްފަު އެއްޗެއްކާން ދިއުމުގެ ވާހަކަ ފެށުނެވެ. މިވާހަކަ ފެށީ ރަމީޒުއެވެ. ރަމީޒުއަށް ބަލާލުމުންވެސް ކެއުމުގައި ވަރަށް ފަރުވާތެރި މީހެއްކަން އެނގެއެވެ. “މާޔަން ހާދަ ހިތްވަރު ގަދައެވެ. މިއޮށް ހުރިހާ އިރު ވީއިރުވެސް އެއްޗެއް ކެއުމުގެ ވާހަކައެއް ނުދެއްކިއެވެ. އަހަރެން ހިތްވަރު މިކުރީ ތީގެން މީހަކު އެކަހަލަ ވާހަކައެއް ދައްކާތޯއެވެ. އެއްވެސް މީހަކު އެކަހަލަ ވިސްނުމެއް ނެތްހެން ހީވުމުން ކެއްނުވެގެން ބުނެވުނީއެވެ. އަހަރެން ބަނޑުހާވެގެން ހަލާކުވާން ކާރިވެއްޖެއެވެ. މޫނުމަތީ ކޮކާ ބުރާހެންވެސް ހީވެއެވެ.” “އެހެންތަ. އަހަރެން ވަރަށް ގިނަ ދުވަސްތަކަކަށްފަހު ހިތްހަމަޖެހިލައިގެން ވަރަށް ރަނގަޅަށް މެންދުރު ކާލެވުނީމަ ބަނޑުހާވެސް އެހާބޮޑަށް ނުވާތީ އެވާހަކަ ނުދައްކާ މިއިނދެވުނީ. ހަނދާނެއްނެތް ރަމީޒު މަތިންނެއް” ހިނގާ ރަނގަޅު ދިމާއަކަށް އެއްޗެއްކާން މަޑުކުރަމާ. މާޔަން ރަމީޒުއަށް ބުންޏެވެ. ދުއްވަމުންދިޔަވަރަށްވުރެ ބާރަށް ރަމީޒު ކާރުދުއްވާލިއެވެ. “މަށަށް އެނގޭ މިނޫންތަނަކަށް ރަމީ މަޑުނުކުރާނެކަން” މާޔަން ރަމީޒުއަށް ބުންޏެވެ. އެންމެން ކާރުން ފާބައިގެން ކުރިމަތިން ހުރި ރެސްޓޯރެންޓް އަކަށް ވަނީމެވެ. “ރަމީ މިތަނަށް ނުވެއްޓެނިސް އަވަހަށް ފަށަން އުޅޭ” މާޔަން ރަމީޒުއަށް ބުންޏެވެ. ރެސްޓޯރެންޓްގެ ބުފޭޓޭބަލް ހުރީ ތައްޔާރުވެފައެވެ. އެންމެން ބުފޭޓޭބަލް އިން އެއްޗެހި އަޅައިގެން އައިސް މޭޒެއްގެ ކައިރީ އިށީނދެ ކެއުމަށް އިންސާފް ކުރަން ފެށުނެވެ. “ދޮންތާ މެލޭ ކިހިނެއް؟” މާޔަން މިހެން އެހުމުން “ރަނގަޅު” ކަމުގައި އަހަރެން ބުނީމެވެ. “މެލޭގައި ގިނަދިވެހިންނަށް މައްސަލައަކަށް ވާނީ ކެއުމުގެ ކަންތައް. ވަރަށް މަދު ތަނަކުން ދިވެހިންގެ ޓޭސްޓް ލިބޭނީ. އެހެންވެ ރަމީވެސް ބާރަށް ދުއްވާފަ މިތަނަށް އެއައީ” މާޔަން ވާހަކަދެއްކިއެވެ. ރަމީޒު އެއްވެސް އެއްޗެއް ނުބުނެ ކެއުމާއިގެން މަސްއޫލްވެގެން އިނެވެ. “މަންމައަށްވެސް މިތަން ވަރަށް ހިތްހަމަޖެހޭ. މާގަނޑު އެއްޗަކަށް ސީފުޑް ހުންނާތީ” ނީންތަ މާޔަންއަށް ބުންޏެވެ. “ރަމީ އަހަރުމެން އަދި ގެއަށްވެސް ދާންޖެހޭނެ” ރަމީޒު ދެވަނަ ފަހަރަށް އެއްޗެހި އަޅައިގެން އައުމުން މާޔަން ހިނިތުންވެލުމަކާއި އެކު ބުންޏެވެ. ކެއުމުގެ ކަންތައް ނިމިގެން އިރުކޮޅަކު އެކިއެކި ވާހަކަ ދެއްކުމުގައި ވަގުތު ކޮޅެއް މަޑުކޮށްލުމަށްފަހު ރެސްޓޯރެންޓްއިން ނުކުމެ ކާރަށް އަރާ ދުއްވާލިއެވެ. “މާޔަން ކޮންތާކަށް ދާންވީ؟” ރަމީޒު ސުވާލުކުރިއެވެ. “ދެންދާނީ ގެއަށް ދޯ މަންމާ، އެއިރުން ރަމީއަށް އަވަހަށް އެނދަށް އެރޭނީ” އާނ މިހާރު މާލަސްވެއްޖެ ދޯ” މާޔަންގެ ސުވާލަށް ނީންތަ ޖަވާބުދިނެވެ.

ބާރުދުވެލީގައި އިރުގަނޑަކު ކާރު ދުއްވުމަށްފަހު އަހަރުމެން އުޅޭ ބިލްޑިންގގެ ދޮރުމަށްޗަށް ކާރު މަޑުކޮށްލުމުން އަހަރުމެން ތިންމީހުން ކާރުން ފޭބީމެވެ. “ރަމީ މާދަމާ ގުޅާނަން ބޭރަށްދާނެ ގަޑިއެއް ހަމަޖެހުނީމަ” މާޔަން ރަމީޒުއާއި ދިމާއަށް މިހެން ބުނުމުން “އާނ އޯކޭ ގުޅާ” ރަމީޒު ޖަވާބުދިނެވެ. މާޔަން ކާޑު ޖެއްސުމަށް ފަހު ދޮރުހުޅުވާލުމުން ތިންމީހުން ގޮސް ލިފްޓަށް އަރާ އެޕާރޓްމަންޓް ހުންނަ ފަނގިފިލާއަށް ދިޔުމަށް ލިފްޓް ސުޓާރޓް ކޮށްލިއެވެ. އިރުކޮޅެއްގެ ތެރޭ ލިފްޓް މަޑުވުމުން ފާބައިގެން ގޮސް އެޕާރޓްމަންޓް އަށް ވަދެވުމުން ވެފަ ހުރި ވަރުބަލިކަން އިޙުސާސް ކުރެވުނެވެ. “ވަރަށް ވަރުބަލި ވެއްޖެދޯ؟” ދެން ހިނގާ ރެސްޓްކޮށްލަން” އާނ ވަރަށް ވަރުބަލިވެއްޖެ. ކުޑަކޮށް ބޮލުގަވެސް އެބަ ރިއްސާ. މާބާރަށް ކާރު ދުއްވީމަކަންނޭނގެ އެއީ” ނީންތައަށް ޖަވާބު ދެމުން އަހަރެން ބުނީމެވެ. “ބޭސް ގުޅައެއް ދެންތަ؟”  ނޫން އޯކޭ ވާނެ ރެސްޓްކޮށްލީމަ، މާޔަންގެ ސުވާލަށް ޖަވާބުދެމުން އަހަރެން ބުނީމެވެ. ވަރުބަލި ވެފަހުރިވަރުން ކޮޓަރިއަށް ވަދެ އެނދުގައި ޖައްސާލަން އުޅެފަވެސް ފާޚާނައަށް ވަދެ މޫނުދޮވެލައި، ވުޟޫކޮށްލައި ހަދައިގެން ނުކުމެ ނަމާދު ކޮށްލީމެވެ. މަޤުރިބާއި އިޝާ އެއްކޮށް ކޮށްލައިގެން އިތުރުކަމެއް ކުރާހާ ހިތްވަރު ނެތުމުން އެނދުގައި އޮށޯވެލީމެވެ. އޮށޯވެލުމާއި އެކު އިސާހިތަކުން ނިދިއްޖެއެވެ. އަހަރެންނަށް ހޭލެވުނީ ދޮރުހުޅުވާލި އަޑަށެވެ. ދޮރުހުޅުވާލީ ވަރަށް މަޑުމަޑުންނެވެ. ނަމަވެސް ދޮރުހުޅުވާ ލައްޕާހަދާ އިރު އެދޮރުން ބާރުއަޑެއް އިވެއެވެ. އަހަރެން ބޯހިއްލާލާފައި ދޮރާ ދިމާއަށް ބަލާލިއިރު ނީންތަ ދޮރު ލައްޕާލަނީއެވެ. ނިދި ހުރިވަރުން ތެދުވަން ބޭނުންނުވާތީ އަޅާނުލާ ގަޑި ބަލާލުމަށް ފަހު ލޯމަރާލީމެވެ.

ހޭލެވިގެން ގަޑި ބަލާލިއިރު ފަސްގަޑި ބައިވަނީއެވެ. އަވަހަށް ތެދުވެ ވުޟޫކޮށްލައިގެން ނުކުމެ ފަތިސްނަމާދު ކޮށްލާއިގެން ބޭރަށް ނުކުމެ ބަލާލިއިރު އެއްވެސް މީހަކު ފެންނަން ނެތުމުން އެނބުރި ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލީމެވެ. ދެރޭގެ ނިދިހަމަކޮށްލުމުގެ ބޭނުމުގައެވެ. ހޭލެވުނީ ނީންތަ ގޮވާލުމުންނެވެ. “ތަމަންނާ އެއްޗެއް ކާލަން ތެދުވާކަށް ނުވޭތަ؟” ލޯހުޅުވާލާފައި ގަޑިބަލާލީމެވެ. ކުއްލިއަކަށް ފުންމާގެން ތެދުވެވުނެވެ. ބާރަ ޖަހަނީއެވެ. އަވަހަށް ފާޙާނާއަށް ވަދެ ތައްޔާރުވެލައިގެން ބޭރަށް ނުކުތްއިރު މާޔަންއާއި ނީންތަ ސޯފާގައި އިށީނދެ ތިއްބެވެ. އަހަރެންނަށް ހޭލެވުނުލެއް ލަސްކަމުން ވަރަށް ލަދުން ހުރެ ގޮސް ސޯފާގައި އިށީނީމެވެ. ” ދެން ކޮފީއެއް އެއްޗެއް ބޮއެލަން ދާންވީނު ” ނީންތަ މިހެން ބުނުމުން “މާޔަން ކޮފީއެއް ގިރަންތަ؟ ނީންތަ ކޮފީއެއް ބޭނުންތަ؟” މިހެން އަހާލުމަށްފަހު ހިނގާގަތީމެވެ. “އާނ މާޔަން އަށްވެސް ދެންމެ މި ނުކުމެވުނީ، މަންމަ ބުނެފި ދޮންތަ ގިރާ ކޮފީ މީރުވެގެން ދޮންބެ އުޅޭވާހަކަ، އެހެންވެ ދޮންތަ ނުކުންނަންދެން ކޮފީއެއް ނުބޮއެ މި އިންނަނީ” ” ނޫން ނީންތަ ކޮފީބޮއެފިން” އަހަރެން ދެތަށި ކޮފީގިރައިގެން އެއްތަށި މާޔަން އަށް ދިނުމަށްފަހު އަނެއްތަށި ހިފައިގެން ސޯފާގަ އިށީނދެ ކޮފީބޯންފެށީމެވެ. “ނީންތައަށްވެސް ތަންކޮޅެއް ލަސްވީފަހުން ނުކުމެވުނީ، އެހެންވެ ހެނދުނު ސަޔަށް އެއްވެސް އެއްޗެއް ނަހަދަން، މެންދުރުކާން އެއްޗެއް ތައްޔާރުކޮށްލާފަ އެހެރީ” ނީންތަ މިހެން ބުނުމުން ” އެހެންވިއްޔާ އަވަހަށް ކާން އުޅެންވީނު” މާޔަން ސަމާސާ ރާގެއްގައި ނީންތައަށް ބުންޏެވެ. “ކިހާއިރަކު ބޭރަށް ދާނީ؟” “މެންދުރު ނަމާދުކޮށްގެން ނުކުންނާނާނީ” މާޔަންގެ ސުވާލަށް ނީންތަ ޖަވާބު ދިނެވެ. ” އެހެންވީމަ ރަމީ ކާއިރީ ބުނަންވީ ދޯ ޓޫގަ އަންނާށޭ” ނީންތަ އާނ ރަނގަޅުވާނެ ކަމަށް ބުނަމުން ރަމީއަށް މެންދުރުކާން މިގެއަށް އަންނަން ދައުވަތުދޭން ބުންޏެވެ.

އެޕާރްޓްމަންޓްގެ ބެލްގެ އަޑު އިވުމުން އަހަރެންގޮސް ދޮރުހުޅުވާލި އިރު ރަމީޒު ހެވިފައި ދޮރުމަތީ ހުއްޓެވެ. ރަމީޒު އަހަރެންނަށް ގޮވާލަމުން އެތެރެއަށް ވަދެގެން ގޮސް ސޯފާގައި އިށީނެވެ. “ރަމީ ހިނގާ ކާން އުޅެމާ” ރަމީޒު ކާން ދާން ބުނަމުން މާޔަން ހިނގާގަތެވެ. އަހަރެން ނީންތަ ކޮޓަރިއަށް ގޮސް ނީންތައަށް ގޮވުމަށްފަހު މާޔަންއަށް ސައިތައްޓެއް ހަދައިދޭން ބުނުމުން ސައިތަށި ގިރައިގެން އައިސް ކެއުމުގައި ބައިވެރިވީމެވެ. “މާޔަން މިހާރު ކިތައް ޕުރޮޖެކްޓް ނިންމާފިން؟ އަހަރެންނަށް ނިންމުނީ އަދި ދެޕުރޮޖެކްޓް” ރަމީޒު މާޔަންއާއި ސުވާލުކުރުމުން “އަހަރެން ތިންޕުރޮޖެކްޓް ނިންމާފަ ހުށަވެސް އާޅާފިން” ޖަވާބުދިނެވެ. “މިހާރު ފަހު ޕުރޮޖެކްޓް ވަރަށް ބޮޑުބައެއް ނިމިއްޖެ ދެތިންދުވަހުން ނިންމާލެވޭނެ” ރަމީޒު ބުންޏެވެ. “އަހަރެން މަންމަމެން މިކޮޅުގައި ތިބޭ އިރު އެއްކޮށް ފުރީވެލަންވެގެން އަވަހަށް ނިންމާލީ” ކެއުމުގެ ކަންތަކުން ނިމިގެން ނީންތަ އާއި އަހަރެން ދިޔައީ ތައްޔާރު ވެލުމަށް ކޮޓަރިއަށެވެ.

ހަތަރުމީހުން ގޮސް ކާރަށް އެރުމަށްފަހު ކާރު ދުއްވާލިއެވެ. “ފުރަތަމަ ކޮންތާކަށް ދާންވީ؟” ރަމީޒު ގެ މިސުވާލަށް ޖަވާބުދިނީ ނީންތައެވެ. “މޯލަކަށް ދާނީ. އިއްޔެ ދިޔަތަން ނޫން އެހެންތަނަކަށް. ތަމަންނާއަށް އިތުރު މޯލެއްވެސް ދައްކާލަން ޖެހޭނެ. އޮފީސް މީހަކު އެއްޗެއް ގެނެސްދެން ބުނީމަ މިއަދު އަނެއްކާ މޯލަކަށް ދާންމިޖެހުނީ.” ދިގު ދަތުރަކަށްފަހު ބޮޑު އިމާރާތެއްގެ ޕާރކިންއަށް ކާރު ވައްދާލިއެވެ. ޕާރކުކުރުމަށް ފަހު ލިފްޓްއިން މައްޗައްއެރީމެވެ. އެކި ފިހާރަތަކުން އެކިއެއްޗެހި ނީންތަ ގަތެވެ. އަހަރެން އެއްވެސް އެއްޗެއް ގަންނަން ބޭނުން ނޫންކަމުގައި ބުނީމެވެ. އިރުގަނޑަކު މޯލްގައި އުޅުމަށްފަހު ނީންތަ ގަންނަންއުޅުނު ތަކެތި ގަނެގެން ކާރަށް އަރާ ދުއްވާލީމެވެ. އެކި އެކި ދިމަދިމާގައި ދުއްވާ، ބައެއްތަންތަނަށް ފައިބަމުން ގޮސް އިރުގަނޑެއް ހޭދަވެއްޖެއެވެ. ” ރަމީ މިއަދު ކޮންމެވެސް އެހެން ރެސްޓޯރަންޓްއަކަށް ދާނީ. އިއްޔެ ކެއުމުގެ ވާހަކަ ނުދައްކައިގެން ރަމީ ދެރަވެފަ ހުރިވަރުން ކުރީބައިގަ މި ބުނީ” މާޔަން ރަމީއަށް ބުންނެވެ. ރަމީޒު ހިނގަނޑެއް ޖަހާލުމަށްފަހު ދުއްވަމުންގޮސް ތަނަކަށް މަޑުކޮށްލިއެވެ. “މިތަން ރަނގަޅެއްނު” ކުރިމަތިން ހުރި ރެސްޓޯރަންޓްއަކަށް އިސާރާތް ކުރަމުން ރަމީޒު ބުންނެވެ. ރެސްޓޯރަންޓްއަށް ވަދެ އެއްޗެއް ކައިގެން ގެއަށް ދިއުމަށް ދަތުރު ފެށުނެވެ. އިރުގަނޑަކު ދުއްވުމަށްފަހު އަހަރުމެން އުޅޭ އިމާރާތުގެ ކުރިމަތީ ކާރު މަޑުކޮށްލުމުން ކާރުން ފައިބާފީމެވެ.

މާދަމާއަކީ ފުރާ ދުވަހަށްވާތީ ތަންކޮޅެއް ބޮޑަށް އަރާމުކޮށްލަން އަހަރެން ބޭނުންވާހަކަ ނީންތަ ކައިރީ ބުނުމަށްފަހު ކޮޓަރިއަށްވަދެ އެއްޗެހި ބަދަލުކޮށްލައިގެން ނަމާދުކޮށްލީމެވެ. އަވަހަށް އެނދަށް އަރަން ބޭނުންވާތީ އަވަސްއަވަސް ކޮށްލައިގެން އެދަށް އަރާ އޮށޯތީމެވެ. މާގިނައިރެއް ނުވެ ނިދިއްޖެއެވެ. ހޭލެވުނީ ފަތިހު ފަހެއްޖަހަނިކޮށެވެ. ތެދުވެ ނަމާދުކޮށްލައިގެން އަނެއްކާ އޮށޯވެ ނިދީއެވެ. ހުންނަނީ ހޮޑުލަވާ ބޯއަނބުރާ ގޮތްވެފައެވެ. އެއީ ދަތުރަކަށް އުޅޭއިރު އަހަންނަށް އަބަދުވެސް ވާގޮތެކެވެ. ހެނދުނު ތެދުވެ ބޭރަށް ނުކުތުމުގެ ކުރިން ފޮށިތައްޔާރު ކޮށްލީމެވެ. ފޮށި ތައްޔާރުކޮށްލުމަށް ބޭރަށް ނުކުމެ ކޮފީއެއް ގިރައިގެން ބެލްކަނީގައި ޖައްސާލީމެވެ. އިރުކޮޅަކުން ނީންތަވެސް ކޮފީއެއް ހިފައިގެން އަހަރެން ކައިރީ އިށީނެވެ. “ދިހައެއް ޖަހާއިރު އެއާރޕޯރޓަށް ނައްޓާލަން ޖެހޭނެ.” ނީންތަ މިހެން ބުނިތަނުން މާޔަން އައިސް ކޮފިއެއް ހަދައި ދިނުމަށް އަހަރެންކައިރީ ބުނުމުން އަހަރެން މާޔަން އަށް ކޮފީއެއް ހަދައިދީގެން އައިސް ނީންތަ ކައިރީ އިށީނީމެވެ. ކޮފީބޮއެ ނިމިގެން ކޮޓަރިއަށްވަދެ ފޮށިބޭރަށް ނެރުނީމެވެ. ދިހައެއް ޖެހުމުން އެއަރޕޯރޓަށް ދިޔުމަށްޓަކައި ތިރިއަށް ފޭބި އިރު ދޮރުމަތީ ރަމީޒުގެ ކާރު އޮތެވެ. އަހަރުމެން ނުކުތުމުން ރަމީޒު ކާރުން ފާބައިގެން އައިސް މާޔަން އާއި ދެމީހުން ފޮށިތަށް ކާރަށް އެރުވިއެވެ. އެއާރޕޯރޓަށް ދެވުނު އިރު ބާރަޖަހަނީއެވެ. އަހަރުމެން ދޮރުމަށްޗައް ބޭލުމަށްފަހު ކާރު ޕާރކް ކޮށްލާފައި އެބަ އަންނަމޭ ބުނެ ރަމީޒު ނަށްޓާލިއެވެ. ރަމީޒު އައުމުން އެތެރެއަށް ވަދެ ޗެކިންގ ނިންމާލުމަށްފަހު މާޔަން އާއި ރަމީޒުއާ ސަލާމް ކޮށްފައި އެތެރެއަށް ހިނގާގަތީމެވެ. ހުރިހާކަމެއް ނިންމާލުމަށްފަު ބޯޑިންގް ގޭޓަށް ގޮސް ބޯޓަށް އަރައިފީމެވެ.

******

ނުނިމޭ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Amsa

Level 110 Stories

Other Articles

Previous

ހިއްސާކޮށްލަމޭ ލޯބިވާ ވަރު (ކިޔުންތެރިންގެ ސަމާލުކަމަށް)

Next

ހިތި ނިމުން – 3

Next
June 8, 2021

ހިތި ނިމުން – 3

Previews
June 8, 2021

ހިއްސާކޮށްލަމޭ ލޯބިވާ ވަރު (ކިޔުންތެރިންގެ ސަމާލުކަމަށް)



All Right Reserved!