Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީކުރުވާހަކައެހެނިހެންމަޖާލޯބި

ރައިން (4)

Anusha Mohamed Level 110 Stories100 Login
June 8, 2021 3 Mins Read
0 Comments

“އައްސަލާމު އަލައިކުމް. ވާހަކަ ދައްކަނީ ސަރާ.” މިޔޮތީ ވާ ކަމެއްނު ހެއްޔެވެ؟ މިއަދުގެ 5 ވަނަ އިންޓަވިއުއެވެ. އެތައް ތާކަށް އެޕްލައި ކޮށްގެން މަސްދުވަސްވީއިރުވެސް ވަޒީފާއެއް ލިބޭނެގޮތެއް ނުވިއެވެ. އިންޓަވިއުތަކަށް ދެވުނު އަދަދެއްނޭނގެއެވެ. މިއަދު ހަވީރުވެސް ތައްޔާރުވާން މިޖެހުނީ މިތަނަކަށް ދާށެވެ.

ކުޑަ ކުޑަ ފިހާރަ ގަނޑެކެވެ. އަހަރެންނާ ބޮޑުމީހާ ވާހަކަދެއްކިގޮތުން އުމުރުން ހަގު މީހެއްކަން އިނގުނެވެ. މަޖާ މިޒާޖެއްގެ އެކުވެރި މީހެއްކަން ޔަޤީންވިއެވެ. ޖެހިގެން އަންނަ އާދިއްތާގައި ވަޒީފާއަށް ނިކުންނާށޭ ބުނެ އަހަރެން ގެޔަށް ދިޔައީ މޯޅި ވެފައިވާ ހަޔާތް ކޮޅަށް ޖެހުމުގެ އާ އުއްމީދާއި އެކުއެވެ.

“ކީއްކުރަން ތި ގުޅަނީ” ވަޒީފާ ލިބުން ވާހަކަ ބުނަން އާލާއަށް ގުޅުމުން އަހަންނާ ދިމައަށް އެއްޗެހި ކިޔަން ފެށިއެވެ. އާނއެކެވެ. އާލާ ހުންނަނީ އަހަރެން ދެކެ ހިތްހަމަ ނުޖެހިފައެވެ. ބައްޕަ ނިޔާވި ފަހުން ކުދިން ބަހައްޓާ ގެޔަކަށް ބަދަލު ވާން ޖެހުނީ ބޭބެވެސް ރަށަށް ދިޔުމާއިއެކުގައެވެ. އަހަރެން ރަށަށް ނުދިޔައީ ބައްޕަގެ ހަނދާނތަށް ލޯކުރިމަތީ ފެންނަން ހުރުމުން އިތުރު އުނދަގޫ ތަކަކާ ކުރިމަތި ލާން ޖެހިދާނެތީއެވެ. އަދި މަންމަގެވެސް އާދޭހަށެވެ. އެކަނި އުޅެން ދަސްކުރަން ޖެހޭނެކަމަށް ބުނެ މަންމަވެސް ބޭނުންވީ އެގޮތްކަމުންނެވެ. ވާހަކަ ދައްކައި ނިމުމުން ފޯނުބޭއްވީ ގަނޑަކަށް އަރާށޭ ކިޔާފައެވެ. ޑޭތާ ހުރިނަމަވެސް ގަނޑަކަށް ނާރާތާ ވަރަށް ދުވަސް ވެއްޖެއެވެ. ހަމަ ކުޅޭހިތް ނެތީއެވެ. ނަމަވެސް އަނެއްކާ މިޖެހުނީ އާލާ ގެބުނުމަށް ކުޅެން ފަށާންށެވެ.

ހަމަ އެހެންޏާ ވެސް އަރާ ސްކޮޑެވެ. ޒަޔާން، އާލާ، ރައިން އަދި އަހަންނެވެ. ކުރިއެކޭވެސް އެއްފަދައިން ޕަބްޖީގެ އަޑު ނަގައިލައިފައިވަނީ ޒަޔާން އާއި އާލާގެ މައު ފޮޅުވުމުގެ ފޮނި ވާހަކަތަކުންނެވެ. އެދެމީހުން ރައްޓެހިވެގެން އުޅޭތާ މިހާރު ދުވަސްކޮޅެއްވެސްޖެއެވެ. ރައިން އަރައި އެހެންޏާވެސް ހުންނަހެން ހަނު ހުއްޓެވެ. ހަމަ އާލާމެން އޮފްލައިން ވި ތަނާހެން މައިކް ޖައްސާފިއެވެ. “އަހްހްހްހްހހހ” ފުރަތަމަވެސް އިވުނީ ރައިން ލީ ފުން ނޭވައެއްގެ އަޑެވެ.  އަހަރެން ގައިން ހީބިހި ނެގި ކަހަލައެވެ. “ކީއްވެގެންތަ ނުކުޅެނީ މިހާރު” ރައިން ކައިރީ ވީގޮތް ކުރުގޮތަކަށް ބުނިނަމަވެސް އަހަރެން މާލޭގައި އުޅޭ ވާހަކައެއް ނުބުނަމެވެ. ސަބަބަކީ އަދިވެސް ރައިން އަކަށް އަހަރެން މީ ކޮން ރަށެއްގެ މީހެއްކަމެއްވެސް ނޭނގޭނެތީއެވެ. “ސްނެޕް އައިޑީ ދޭނަންތަ؟” އަހަރެންގެ ދެލޯ ބޮޑު ވެގެން ދިޔައެވެ. ދުވަހަކުވެސް ރައިން އެހެން އަހާފާނެކަމަކަށް ހިޔެއް ނުކުރަމެވެ. ސްނެޕް ބޭނުން ނުކުރާ ވާހަކަ ބުނީމެވެ. “ކިހިނެއް ދެން ޚަބަރެއްވާނީވެސް ކުޅެން؟ ފޯނު ނަންބަރު ދީބަލަ އެހެންނޫނީ” އަހަރެންގެ ފޯނު ނަންބަރު ރައިންއަށް ދީފީމެވެ. އަދި މިރޭ ނިދާށޭ މިދަނީ ކިޔައިފައި އޮފްލައިން ވީމެވެ.

ދުވަސްތަށް ވޭތުވަނީއެވެ. ކޮންމެ ދުވަހަކާ ނުގުޅިޔަސް ގިނަ ރޭރޭ ނިދެނީވެސް އަހަންނާއި ރައިން ގުޅައިގެން ތިއްބައެވެ. ޕަބްޖީ ކުޅެކުޅެ ފޯނުން ޗާޖު ދިޔައިމާ ރޭގަނޑުގެ ދެން އޮތްވަގުތު ހޭދަކުރަނީ ގުޅައިގެން މާޖާ ވާހަކަ ތަކުގައެވެ. މިހެން ވާހަކަ ދައްކަމުން ދަނިކޮށް އެއްދުވަހު އަހަރެން ޑިއުޓީގައި ހުއްޓާ ރައިން ގުޅިއެވެ. އަދި ގަނޑަކަށް އަރަން އެދުމުން އަހަރެން އެރީމެވެ. ދުވަހަކީ ވަރަށް ފިނި ކުޑަކޮށް ވާރޭ ވެހިލަ ވެހިލާ އޮތް ދުވަހެކެވެ. އިރުއޮއްސުމުން ގަނޑުގައި އިން ރައިން ފިހާރައަކަށް ދަޅެއްގަންނަން ދަނީ އޭ ކިޔާފައި ހިނގައްޖެއެވެ. ކޭމްޕް ކޮށްލައިގެން މިޑްގެ ގެއެއްތެރޭ އަހަރެމެން ތިބީ ރައިން އެ ގަންނަން ދިޔަ އެއްޗެއް ގަނެގެން އަންނަން ދެނެވެ. އަނެއްކޮޅުން އަހަރެން އިން ފިހާރައަށް ބަޔަކު އައުމުން އެމީހުން ނިމެންދެން އަހަރެންވެސް ހުރީއެވެ. ފިހާރައިގެ ކައުންޓަރު ވަތްގަނޑު ތެރޭ ފޯނު ބޭންދީ ލޮކް ވެސް ނުކޮށްލާ ގަނޑުގަ އިނީމާއެކުއެވެ. ފަހަރަކު މީހެއްގެ ބިލު ކަނޑަމުން ކަނޑަމުން ދިޔައީމެވެ. “ކާޑުން ކެނޑޭތަ؟” ފިހާރައަށް އައި މީހަކު ސުވާލު ކުރުމުން އަހަރެން ނޫނެކޭ ބުނެ އޭނަ ގެ މޫނަށް ބަލައިލެވުނެވެ. “ޓްރާންސްފަރ ކުރެވޭނެ” އެހެންބުނެ އަހަރެން މޫނު އަނެއްފަރާތަށް ލީ ދަންނަ އަޑަކާއި ވައްތަރުވީމައެވެ. އަދި ހަތަރު ކަޅި ހަމަ ކުރަން ނުކެރުމުން އިސް ޖަހައިގެން އިންނަން މަޖުބޫރުވިއެވެ. “މަރުވީ އެ” ކައިރީ ހުރި ކުއްޖާ ފޯނާ ދިމާއަށް ބަލައިލަމުން އެހެން ބުނި އިރު އަހަރެން ކަންފަތަށް ޖަހާފައި އިން ހެޑްސެޓުން އޭނާގެ އަޑު އިވެއެވެ. ވާނުވާގައި ހުއްޓާ އެކުއްޖާ ސަރާ އެބައިނިން ހެއްޔޭ ބުނި އަޑުވެސް ޚުދު އަހަންނަށް އިވުނެވެ. އަހަރެންގެ ކުރިމަތީ މިހުރީ ކާކުހެއްޔެވެ؟ ފޯނުނަގައި ކުޅެންފެށިތަނާހެން ބޮމަކަށް އަރައި މަރުވެއްޖެއެވެ. އަހަންނަށް ބަލައިލެވުނީ ކުރިމަތީ ހުރި ކުއްޖާގެ މޫނަށެވެ. އަދި އެކުއްޖާ އަހަރެންގެ މޫނަށް ފާޑަކަށް ބަލައިލިއެވެ. ”ސަ…ސަރާ ތަ؟” އަހަރެން ނޫނެކޭ ބުނެ އިސް ޖެހީ ވަރަށް ހައިރާން ކަމާއި އެކީއެވެ. ނަގައިފައި ހުރި އެކްސެލް ދަޅާއި ކޭކުތަކެއް ކޮތަޅަކަށް އަޅަން ހުއްޓައި ކައުންޓަރު މަތީއޮތް އަހަރެންގެ ފޯނު ރިންގު ވިއެވެ. “ރައިން3>” ޖަހާފައި އިން ނަންބަރުން ގުޅި އިރު އަހަރެން އަވަހަށް ފޯނު ކަނޑައިލާފީމެވެ. “ހަމަ އަސްލަށްވެސް، އާރ ޔޫ ސަރާ؟” އަހަންނަށްވެސް ކުރިމަތީ މިހުރީ ރައިންކަން ޔަގީންވިއެވެ. “ކި…ކިހިނެތް މިތާނގަ؟” ރައިން ކުރަމުން ދިޔަ ސުވާލުތަކަށް ދޭނެ ޖަވާބެއް ނެތިފައިވާ ޙާލުގައި، ހުތް ވެފައި އަހަރެން އިނީމެވެ. ކުރާނެ އިތުރު ކަމެއް ނެތެވެ. މިޔޮތީ ރައިން އާވެސް ދިމާވެފައެވެ. އަހަރެން އެންމެ ބޭނުންވިކަންތައްކަމުގައި ވީނަމަވެސް މިގޮތަށް ދިމާވެދާނެ ކަމަކަށް ހިޔެއް ނުކުރަމެވެ. ޑިއުޓީ ނިންމާފައި ގެޔާ ދިމާއަށް ދިޔައީ އަވަހަށް ފޯނު ޗާޖު ކޮށްލުމަށްފަހު ރައިންއާ ވާހަކަ ދައްކާލުމަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anusha Mohamed

Level 110 Stories100 Login

<21 writer

Other Articles

Previous

ހިތި ނިމުން – 3

Next

ލޯބި އޭގެ އަސްލުގައި 2

Next
June 8, 2021

ލޯބި އޭގެ އަސްލުގައި 2

Previews
June 8, 2021

ހިތި ނިމުން – 3



All Right Reserved!