Skip to content
އެސްފިޔަ

ހިތި ނިމުން – 3

??????ކިޔުންތެރިންނަށް މިވާހަކަ ރީތިވާނެ  ކަމަށް  ހީކުރަން.  ޕޮޒިޓިވް އަދި ނެގެޓިވް ކޮމެންޓްސް ކުރެއްވިއަސް އެއަށް އުފަލާއިއެކު ޖަވާބު ދޭނަން?

ޕާރޓް-3

14  ދުވަސް ފަސް……………….

މިއަދަކީ ޖުނޭދު މާލެދާން ފުރާ. ދުވަހެވެ.އެކަމާ ޖުނޭދު ހުރީ. ވަރަށް އުފަލުން ނެވެ.ނަމަވެސް ނާޒިމާ ގެ ހިތްދަނީ  ބާރުބާރަށް ރޮމުންނެވެ.

************************************************************

ނާޒިމާ ޖުނޭދު އާ ގުޅުނުފަހުން ޝަކީލު. ގެ ކަމަކީ އަބަދުރޮއެ ހިތާމަ ކުރުމެވެ.އޭނާ. ނާޒިމާ ދެކެ ލޯބިވާ ވާހަކަ ކުރިން ބުނެވުނުނަމަ އޭ ހިތަށް އާދައެވެ.

ޖުނޭދު މާލެއަށް އެއައި އަލަށެވެ.އެވެސް ރަށު ކަތީބު އާ އެއްކޮންނެވެ.

ކަތީބް:ހިނގާ ދާން އަވަހަށް. ޖުނޭދު ބަހައްޓަން ހަމަޖެހިފައިވާ ގެއަށް .

ޖުނޭދު:ލައްބަ…ހިންގަވާ އަވަހަށް.

މާލޭގެ މަގުމަތިން ދަނީ  ރީތި އަންހެންކުދިން ފެންނަމުންނެވެ.ޖުނޭދުގެ ހިތް އެތަނުން ކުއްޖަކަށް ދެވުނެވެ.އަދި އޭނާ ދުއްވަން އިން ކާރުގެ ނަންބަރު ވެސް ހިތުދަސްކޮށްލިއެވެ.

***********************************************************************

ރީތި ދުވަހެކެވެ.އުޑުމަތި ސާފު އަވިގަދަ ދުވަހެކެވެ.ނާޒިމާ އުޅުނީ ދޮވެފައި ހުރި އެއްޗިހި ހިއްކަން  އަޅާށެވެ.ކުއްލިއަކަށް ބޮލަށް. އެނބުރުން. އަރައިގަތެވެ.އަދި އިރުކޮޅެއް ނުވެ ހޮޑުލެވުނެވެ ހަމަ އެގަޑީ އެގެއަށް ޝަކީލު އައެވެ.ނާޒީ….ކިހިނެއްވީ އަނެއްކާ  ނާޒި ބަލިވީތަ.ޝަކީލު އެހިއެވެ.

ނޭނގެ ކުއްލިއަކަށް ހުރެފަ އެނބުރުން އަރައި ހޮޑުލެވުނީ..ނާޒިމާ ބަލިއަޑަކުން ބުންޏެވެ.

އަހަރެން ބޭނުން ޝަކީލް އަށް ވާހަކައެށް ކިޔައިދެން..

ހުމާމް…ކިޔާބަލަ.

އަހަރެން  ޖުނޭދު މާލެ ނުދާއިރުގަ އެށްރޭ  ދެމީހުން ބައްދަލުކުރަން ތިއްބަ ވާރޭ ވެހެން ފެށީމަ އަހަރެމެން އައި މިގެއަށް.ދެން އަހަރެން ދިޔައީ ކޮޓަރިއަށް ތުވާލި ބަލާ ޖުނޭދުގެ ބޯހިއްކަން.އިރުކޮޅެއް ނުވެ ޖުނޭދު ހުރީ އަހަރެންގެ ކޮޓަރިތެރޭގަ.ދެން ޖުނޭދު ބުނީ  މި ފިނިފިނި ރޭ މި މަސްތީ ދާނުގަ އަހަރެން ގެ ހިއްސުތަކަށް ކެތްނުވާނެ އޭ ބުނީމަ އަހަރެންވެސް ބުނިން އަހަރެންގެ ހިއްސުތަކަށް ކެތްނުވާ ވާހަކަ.

އަނހާ…..ޝަކީލް ކީތްކޮށްލަނީ..ގެއަށް އައި އަބްދުﷲ ޝަކީލް އިންތަން ފެނުމުން އަހައިލިއެވެ.

ދެން ހަމަ އައިސްލީ ގޭގަ އޮވެ ބައިވެގެން…ޝަކީލު ބުންޏެވެ.

****************************************************************

ޖުނޭދު ހުރީ ހާލިދު ގެ ގަމީހެއް އިސްތިރި ކުރަން ދިނުމުން އެލައިގެންނެވެ.

ހަބީބާ:ޖުނޭދު ވަރަށް އަވަހަށް ދަސްކޮށްފި ގޭތެރޭ ކަންތައްތައް ކުރަން..އަހަރެމެންނަށް މިލިބުނީ ހަމަ ރަނގަޑެއް ކަހަލަ ދަރިއެއް.

ހާލިދު:ދެން ރަނގަޅަށްނު އަހަރެން ރާއްޖޭގައި ނޫޅޭ އިރު ފަސޭހަވާންނު.. ހަބީބާ ކޮބާތަ އިސްތިރި ކުރަން ދިން ގަމީސް ހާދަ ލަސްވެޔޭ އެބަ.

ހަބީބާ:އާނ…..ދޮގެއް ނޫން އެބައަންނަން ކޮބައިތޮ ބަލާލާފައި .

ހަބީބާ: ޖުނޭދޫ… ޖުނޭދޫ

ޖުނޭދު:އަވަސް އަވަހަށް ގަމީސް ބަލާފައި ….ކީކޭ ދައްތާ.

ހަބީބާ:ގަމީސް ނުނިމޭތަ …..

ޖުނޭދު: އަވަސްއަވަހަށް އިސްތިރި ގަމީހުގަ ކާއްތާލާފަ…މިނިމުނީ ދައްތާ….

******************************************************

❤️ނުނިމޭ?