“ލެޓް ގޯވް އޮފް މައި ހޭންޑް.” ޒަޖާ ދެބުމަ ކައިރިކޮށްލަމުން ބުންޏެވެ.

“ނޯވް.. ވީ ނީޑް ޓު ޓޯކް!” ޖީޒާން ދެބުމަ މައްޗަށް ހިއްލައިލަމުން މިހެން ބުނުމަށްފަހު އަދިވެސް ޒަޖާގެ އަތުގެ ހުޅުގައި ހިފައިގެންހުރެ ސިޑިންއަރައި އޭނާގެ ކޮޓަރިއަށްވަދެ ދޮރު ލައްޕައި ތަޅުލިއެވެ.

ޖީޒާންގެ މި ޢަމަލުގެ ސަބަބުން ޒަޖާގެ ހިތުގައި ކުޑަ ބިރުވެރިކަމެއް އުފެދުނެވެ. އެހެންކަމުން އޭނާ ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ލައްވީ ފާރުގައި ޖެހިފައެވެ. އޭނާގެ މޫނު މަތިންވެސް ބިރުގަނެފައިވާ މިންވަރު ފާހަގަވެފައި ހުއްޓެވެ. ނަމަވެސް މިއާއި ޚިލާފަށް ޖީޒާންގެ ތުންފަތުގައި ކުޅެލައިފައިވަނީ ވަރަށް ލާނެތް ހިނިތުންވުމެކެވެ. ޖީޒާން ގޮސް ޒަޖާ ކައިރިއަށް ފިޔަވަޅު އަޅަމުންގޮސް ޒަޖާ އާއި އެއް ފޫޓުހާ ދުރު މިނުގައި ހުއްޓުނެވެ. ޒަޖާ ޖީޒާންއަށް ދެލޯ އަޅައިގެން އެހުރި ގޮތަށް ހުރި އިރު އޭނާގެ އަތްފައި ވަނީ އާދައާއި ޚިލާފަށް ފިނިވެފައެވެ.

“މަރްޔަމް ޒަޖާ ޒިޔާދު!” ޖީޒާން ހަރަމް ބަނެލަމުން ބޮޑާގޮތަކަށް ބުނެލިއެވެ.

“ޔެސް އަޙްމަދު ޖީޒާން ބިން ސުލައިމާން!” ޒަޖާވެސް ހަމަ ޖީޒާން ބުނި ރާގަށް ރުޅިވެރިކަން އެކުލެންވީ އަޑަކުން ބުންޏެވެ.

“ސޯ… ޑިޑް ޔޫ ސްޓިލް ވޯންޓް ޓު ގޯ އޯން ވިތް ޔުއަރ ސިލީ ޑްރާމާ ޒަޖާ؟” ޖީޒާން ދެބުމަ ކައިރިކޮށްލަމުން އެއްސެވެ.

“ކޮން ޑްރާމާއެއް؟” ޒަޖާ ޖީޒާން އެބުނާ އެއްޗެއް ފަހުމު ނުވާ ޙާލު އެއްސެވެ.

“ކޮން ޑްރާމާއެއްހޭ؟ މައި ގޯޑް ޒަޖާ! ޒަޖާއަށް ހަމަ ނޭނގިގެންތަ ތި އަހަނީ؟ ޒަޖާ އަހަރެންގެ ކޮއްކޮ ލައްވަ ގޭގަ ގެންގުޅޭ ނޯކަރެއްހެން މަސައްކަތްކުރުވުމާއި މަންމަގެ ކުރިމަތީގައި މާ މާތްކޮށް އުޅުން. އަދިވެސް ގެޓެއް ނުވޭތަ؟” ޖީޒާން ވަރަށް ބާރަށް ބުންޏެވެ.

“ޖީޒާން! އައި ޑޯންނޯ ވަޓް ޔުއަރ ޓޯކިން އެބައުޓް. އަހަރެން ބުނެގެނެއް ނޫން ޖަޝޫ މަސައްކަތްކުރަން ފެށީކީ. އަދި އަހަރެން ދައްތަ ކައިރީގަ މި އުޅެނީ ހަމަ އަހަރެން ކުރީގަވެސް އުޅޭ ގޮތަށް. ޖީޒާންއަށް ބެހެވޭކަމެއްތަ އެއީ؟ ދެން އަހަރެން އިތުރަށް މިތާކު މަޑުކުރާކަށް ނެތިން. ބާއި!” ޒަޖާ މިހެން ބުނުމަށްފަހު ދާން އުޅުނެވެ.

ނަމަވެސް ޖީޒާން މާ ޚުށިޔާރެވެ. ޒަޖާ ދާން ފައި ހިއްލައިލިތަނާ ޖީޒާން ޒަޖާ ދިއުމުގެ ކުރިން ދެފަރާތުން އަތް ވިއްދައިލަމުން ޒަޖާގެ މޫނާއި މޫނު ކައިރިކޮށްލިއެވެ. އެއާއިއެކު ޒަޖާގެ ދެލޯ ބޮޑުވެ ނޭވާ ތާށިވިކަހަލަ އިޙުސާސެއް ކުރެވުނެވެ. ޖީޒާންއަށްވެސް ކުރިން އެއްގޮތަކަށްވެސް ނުކުރެވޭފަދަ ތަފާތު އިޙުސާސެއް ކުރެވުނު ނަމަވެސް އެކަން މޫނު މައްޗަކުން ނުދައްކައެވެ. ޒަޖާއަށް ޖީޒާންގެ މޫނުމަތިން ފެނުނީ ތަރުޖަމާކުރަން އުނދަގޫ ކުލަވަރެކެވެ. ނަމަވެސް ލޮލުން ފެންނަންހުރި ނުރައްކާތެރި ކަމުންނާއި ތޫނުކަމުން ޒަޖާގެ ހިތް ދިޔައީ ބާރުބާރަށް ތެޅެމުންނެވެ.

“އައިމް ގިވިން ޔޫ ދި ލާސްޓް ވާރނިން ޒަޖާ! ސްޓޮޕް ދި ޑްރާމާ އޯރ އެލްސް… ދެން އަހަންނަށްވުރެ ނުބައި މީހެއް ދެން މިގެއަކު ނުހުންނާނެ! އިނގިއްޖެތަ؟” ޖީޒާން ޒަޖާގެ ކަންފަތްދޮށަށް ކައިރިވެލަމުން މަޑުމަޑުން ބުންޏެވެ.

އެހެން ބުނުމަށްފަގު ޖީޒާން ޒަޖާ އާއި ދުރުވެލިއެވެ. ޒަޖާ އިސްޖަހައިލައިގެން ހުރެ އެއްވެސް އެއްޗެކޭ ނުބުނެ ކޮޓަރިން ނިކުންނަން ދިޔައެވެ. ޖީޒާން ވަށް ކަޅިން ޒަޖާ ދިޔަ ދިމާއަށް އިރުކޯކޮޅާ ބަލަމުން ދިޔައިރު ހީވަނީ ދުވަހަކުވެސް ނުފެންނަ މީހަކު އޭނާއަށް ފެނުނު ހެންނެވެ. ހަވީރު ވެއްޖެއެވެ. ޒަޖާ ސިޓިން ރޫމަށް ނިކުތީ ޓީ.ވީ ބަލައިލުމުގެ މަޤްސަދުގައެވެ. ނަމަވެސް ޖަޝަމް ޓީ.ވީ ބަލަން އިނުމުން ޖަޝަމް ކައިރީގައި އިށީނެވެ. ޖަޝަމް ޒަޖާއަށް ބަލައިލަމުން ހިނިތުންވެލުމަށްފަހު އަނެއްކާވެސް ޓީ.ވީއަށް ނަޒަރު ހުއްޓައިލިއެވެ. ރަތް ކުލައިގެ ޓެކްސީ މަޑުކޮށްލީ ކުއިލް ގޭގެ ކުރިމައްޗަށެވެ. އެއާއިއެކު އެއިން ނިކުތީ ޒުވާނެކެވެ. އެހާ ދޮން ނޫނަސް ކަޅެކޭވެސް ނުބުނެވޭނެއެވެ. އެ ޒުވާނާގެ ފަރާތުން ފެންނަ އެންމެ ހިތްގައިމު ސިފައަކީ އެ ދިގު އިސްކޮޅެވެ. އޭނާ ޓެކްސީއިން ފައިބަމުން ލޮލުގައި އަޅައިލެވިފައިވި އަވި އައިނު ނަގައިލުމަށްފަހު އެގެއާއި ދިމާއަށް ބަލައިލިއެވެ. އަދި ހިނގައިލައިފައިގޮސް އެގެއަށް ވަދެ ސަލާމް ގޮވައިލިއެވެ.

“އައްސަލާމު ޢަލައިކުމް.” މީހަކު ސަލާމް ގޮވައިލުމާއިއެކު ޓީ.ވީ ބަލަން ތިބި ޒަޖާ އާއި ޖަޝަމް ސިހިފައި ދެމީހުން ދެމީހުނަށް ބަލައިލިއެވެ.

“ކާކު އެއީ؟” ޖަޝަމް ޒަޖާއަށް ބަލައިލަމުން އަހައިލިއެވެ.

“ނޭނގެ. ޖަޝޫ މަޑުކުރޭ! ތޫ އަންނާނަން އެއީ ކާކުތޯ ބަލައިފަ.” ޒަޖާ މިހެން ބުނުމަށްފަހު ދޮރާއި ދިމާއަށް މިސްރާބު ޖެހިއެވެ.

ނަމަވެސް ވަކި ހިސާބަށްގޮސް މަޑުކޮށްލަން ޖެހުނީ ދޮރު ކުރިމަތީގައި ހުރި ޒުވާނާ ފެނިފައެވެ. ދޮރުން އެތެރެއަށް ވަދެވަދެ ހުރި ޒުވާނާއަށްވެސް ވީ އެވަރެވެ. އެދެމީހުން އެހެންހުރި އިރު ދެމީހުންގެ މޫނު މަތިންވެސް ފެންނަނީ ހައިރާންކަމެވެ.

“ޝާން! އިޒް ދެޓް ރިއަލީ ޔޫ؟ ތިއީ ހަމަ ޝާން އާދަމްތަ؟” ޒަޖާއަށް ބޭ އިޚްތިޔާރުގައި ބުނެވުނެވެ.

“ޔެސް.. ތިއީ ޒަޖާ ދޯ؟ ހަމަ އަހަރެންގެ ޒަޖާ ދޯ؟” ޝާން ވަރަށް ބާރަށް ބުންޏެވެ.

ތިރީގައި މާ އަޑުގަދަވެގެން ކޮޓަރީގައި ހުރި ޖީޒާން އާއި ޓީ.ވީ ބަލަން އިން ޖަޝަމްވެސް އެތަނަށްއައެވެ. ދެ މީހުންގެ މޫނު މަތިންވެސް ފެނުނީ ޙައިރާންވީ ދެމީހުން ދެމީހުންނަށް ބަލަން ތިބި ޒަޖާ އާއި ޝާންއެވެ. ދެން ފެނުނީ ޝާން ވަރަށް ބާރަށް ހިނގައިފައިގޮސް ޒަޖާ ގައިގައި ބައްދައިލިތަނެވެ. ޖީޒާންގެ އަތް މުއްކެވިގެން ދިޔައިރު ޖަޝަމް އަނގަމަތީގައި އަތް އެޅިއެވެ.

“ލަވް.. އައި މިސްޑް ޔޫ!” ޝާން ޒަޖާ ދުރުކޮށްލުމަށްފަހު ބުންޏެވެ.

“މީ ޓޫ…” ޒަޖާ ރަކި ހިނިތުންވުމަކާއިއެކު ބުނެލިއެވެ.

“ހެހެހެ.. ލަވް ކީތްވެ މިގޭގަ އުޅެނީ؟” ޝާން މިހެން ބުނުމާއިއެކު ޒަޖާއަށް ބަލައިލެވުނީ ދެބުމަގޮއް ޖަހައިގެން ރުޅިއައިސް ރަތްވެފައިހުރި ޖީޒާންއަށެވެ.

“އޮހް.. އެއީ.. އެއީ.. އަމް.. މަންމައާ ބައްޕަ އިންޑިޔާއަށް ދިޔައިމަ. ދެން ޖީޒާންގެ މަންމައަކީ އަހަރެންގެ މަންމަގެ ވަރަށް ގާތް ފްރެންޑެއް..” ޒަޖާ ދޫ އޮޅެމުން ކަހަލަ ގޮތަކަށް ބުންޏެވެ.

“ވޮނަ ޝެއާރ ސަމްތިން؟” ޝާން އެއްބުމަ މައްޗަށް އަރުވައިލުމާއިއެކު ޒަޖާ އިސްޖަހައިލުމަށްފަހު ބޯ ޖަހައިލީ ޝާން އެ ކިޔަން ފެށި ކަމެއް ނުކޮށް ނޫނީ ނުހުއްޓާނެތީއެވެ.

“އޯލްރައިޓް.. މީ.. އަހަރެންގެ އަތުގަ އަދިވެސް އެބައޮތް ލަވްލީގެ ފޯނު ނަމްބާރ. ދެން.. ލަވްލީގެ ޚަބަރެއް ނުލިބޭތީ ނުގުޅަނީ. ގެއަށް ގޮއްސަ ގުޅާނަން ލަވްލީއަށް.” ޝާން ހިނިތުންވެލަމުން ބުންޏެވެ.

ހަމަ އެވަގުތު ފެނުނީ ޖީޒާން ރުޅިއައިސްފައި ހުރެ ގޮސް މައްޗަށް އެރިތަނެވެ. ޝާން އާއި ޒަޖާ ވާނުވާ ނޭނގޭ ޙާލު އެކަކު އަނެކަކަށް ބަލައިލިއެވެ.

“އެކްސްކިއުޒް! ބުނެވިދާނެތަ ތިދެމީހުން ތިހެން އުޅުނު ގޮތާ ޝާންބެ ތޫއަށް ލަވް އޮރ ސަމްތިން ލައިކް ދެޓް ކިޔަން ޖެހުނު ސަބަބު؟” ޖަޝަމް އުންގަނޑުގައި އަތް އަޅުވައިލަމުން އެހެން ބުނިއިރު ހީވަނީ މަންމައަކު އޭނާގެ ދަރިންތަކެއް ދެކެ ހިތްހަމަ ނުޖެހިގެން ބުނި ވާހަކައެއް ހެންނެވެ.

ޖަޝަމް މިހެން އެހިލެއް ސީރިއެސްކަމުން ޒަޖާ އާއި ޝާން އެކަކު އަނެކަކަށް ބަލައިލައިފައި ފެށީ ހޭށެވެ. ޖަޝަމް އަދިވެސް ވާނުވާ ނޭނގިފައި ހުއްޓެވެ.

“ސޮރީ! ސޮރީ! ޖަޝޫ.. ޖަޝޫ ތިހން ބުނިއިރު ހީވީ ހަމަ ޝާންބެގެ މަންމަހެން. އެހެންވެ ހެވުނީ.” ޝާން ހުނުން މަތަކުރަމުން ބުންޏެވެ.

“އެންޑް ޔެއަހް.. ޖަޝޫ.. މީ ތޫގެ ޗައިލްޑްހޫޑް ބެސްޓް ފްރެންޑް. ގްރޭޑް ވަން ޓު އެއިޓްއަށް. ދެން ތިބުނީއެއްނު ދޯ ލަވްލީ ކިޔަނީ ކީތްވެހޭ؟ އެ އަސްލު ގްރޭޑް ތްރީގަ ޓްރުތް އޯރ ޑެއާރ ތޫގެ އެެހެން ފްރެންޑް އަކާ ޝާންބެ އާ އެއްކޮށް ކުޅެގެން ޝާންބެ ޑެއާރ ނެގީމަ ލިބުނު ޑެއާރ. ޓްވެންޓީ ސިކްސް އަހަރު ވަންދެން ތޫއަށް ލަވްލީ ކިޔަން ޖެހެނީ. ހެހެހެ..” ޒަޖާ ޝާންއަށް ބަލައިލަމުން މަޖާ ފާޑަކަށް މިހެން ބުނުމާއިއެކު ޝާން ރަކި ހިނިތުންވުމަކާއިއެކު އިސްތަށިގަނޑު ތެރެއަށް އަތް މަހައިލިއެވެ.

“އޯހް. އެހެންދޯ؟ ތޫއަށް އިނގޭތަ؟ ޝާންބެއަކީ ދޮންބެގެ ވެސް ބެސްޓް ފްރެންޑް.” ޖަޝަމް އަލުން ސޯފާއާއި ދިމާއަށް ދަމުން ބުނެލިއެވެ.

“ސޭ ވަޓް؟ އެއީ ތެދެއްތަ؟” ޒަޖާއަށް ލިބުނު ސިހުމާއިއެކު ދެލޯ ބޮޑުކޮށްލަމުން ޝާން އާއި ދިމާއަށް އެނބުރުމަށްފަހު އެއްސެވެ.

“ޔެސް.. ކިހިނެތްވީ؟” ޝާން ފާޑަކަށް ޒަޖާއަށް ބަލަމުން އެއްސެވެ.

“އަމް… އައި ގެސް އައި ހޭވް އަ ލޮޓް ޓު ޓެލް ޔޫ ދެން.” ޒަޖާ އިސްޖަހައިލަމުން ބުނެލިއެވެ.

“އަމް.. އެހެންވިއްޔާ އަހަރެން މިރޭ އަންނާނަން ލަވްލީ ބަލާ ރޭގަނޑު 8:30 ގަ. ޑިނާރއަކަށް. އެތަނުގަ ތި ކިޔާދޭން ޖެހޭ ހުރިހާ ވާހަކައެއް ކިޔައިދެވޭނެއެއްނު ހަމަ ޖެހިލައިގެން؟ އޯކޭތަ؟” ޝާން ޒަޖާގެ ދެކޮނޑުގައި ހިފައިލަމުން އޯގާތެރިކަމާއިއެކު ބުންޏެވެ.

“ޔެސް… ސްޓިލް ބެސްޓް ފްރެންޑްސް ދޯ؟” ޒަޖާ އިސްހިއްލައިލަމުން އެއްސެވެ.

“ޔެސް.. އެންޑް ނަތިން ކޭން އެވާރ ރުއިން އަވާރ ފްެންޑްޝިޕް. އައި ޕްރޮމިސް. ލަވް ދަނީ.. އަންނާނަން މިރޭ.” ޝާން މިހެން ބުނުމަށްފަހު އެގެއިން ނިކުމެގެން ދިޔައެވެ.

ޒަޖާ އެދިމާއަށް ބަލަން ހުރެވުނީ ހިނިތުންވެލައިގެންނެވެ. ތިރިއަށް ފޭބި ޖީޒާންއަށް ޒަޖާ މިހެން ހުރިތަން ފެނުމާއިއެކު ނޭނގި ނަމަވެސް ޝާން އާއި މެދު ޙަސަދައިގެ ހުޅުކޮޅެއް ރޯވެގެން ދިޔައެވެ.

– ނުނިމޭ –

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!