Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންމަޖާލޯބި

ވާނަމޭ އެކުގައި…….. 5

Smoke gurl Level 1
July 11, 2021 4 Mins Read
0 Comments

ހުރިހާ ކިޔުންތެރިންނައްވެސް މިބައި ކަމުދާނެ ކަމައް އުންމީދުކުރަން……….. ?

 

****************************************************************

އީކަން ދިޔުމުން ޒަކުވާން، ގޮސް ކޮމްޕިޔުޓާރ ދޮށުގައި ހަމަޖެހިލިއެވެ. އިރުކޮޅަކުން ޒަކުވާން ކޮމްޕިޔުޓާރުގެ ފިތްތަކައް ބާރު ކުރަން ފެށިއެވެ…….

************************************************************

ޔޫނާ ގެއައް ގޮއްސައި ޒަކުވާން އައް ގުޅާލާ ހިތްވިއެވެ. ފޯނު ހިފައިގެން ކޮޓަރިއައް ވަދެ ޔޫނާގެ އެނދުމަތީގައި އޮށޯވެގެން އޮއްވައި ހިތައް އެރިއެވެ. ނަމަވެސް އިސް ނަގައިގެން ޒަކުވާން ގުޅަންދެން މަޑު ކުރާނީ ކަމައް ނިންމިއެވެ. ފޯނު ނަގައި ކަންފަތައް ހެޑްސެޓް ގުޅާލިއެވެ. އިނގިރޭސީ ލަވަ އެއް ކަމައްވާ ‘ޝައި’ ޖައްސާލިއެވެ. ހޫނު ގަދަ ވުމުން އޭސީ ޖައްސާލިއެވެ. ސްޓަޑީ ޓޭބަލް ދޮށުގައި އިށީނދެ ފޮތެއް ނަގައި އެ ފޮތުގައި އެއްޗެހި ތަކެކޭ ލިޔަން ފެށިއެވެ. ޔޫނާ ގެ ކޮޓަރިއަކީ ބޮޑު ކޮޓަރިއެކެވެ. ފާރުގައި ޕިޔުއާރ ވައިޓް ކުލަ ލާފައި ވާއިރުގައި، ފަރުނީޗަރުތައް ހުރީ ޕީޗް އާއި ހުދު ކުލައިގައެވެ. ފްލޯރިން އަޅާފައި ވާއިރުގައި ކުޑަދޮރުގެ ދޮރު ފޮތިތަކުގައި ވެސް ހުރީ ހުދު ކުލައެވެ. ޔޫނާގެ އަލަމާރީގައި ޕީޗް، ހުދު، ފެހި، ކަހަލަ އަލި ކުލަ ކުލައިގެ ގަމީސް، ޖީންސް، ކަހަލަ ހެދުން ހުއްޓެވެ.

****************************************************************

ނައިލީ ގެއައް ދިޔަ ގޮތައްގޮސް ކޮޓަރިއައް ވަދެ އޭސީ 16 އައް ލާފައި، އެނދުމަތީގައި އޮށޯވެލިއެވެ. ސީލިންގ އައް ބަލަހައްޓައިގެން އޮތްއިރުގައި، ޔޫނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އީކަންގެ ހިޔާލުތަކެވެ. މިހެން އޮއްވައި ނައިލީ ތާއްޔާ ޖެހެން ފެށިއެވެ. ނައިލީ ގެ ކޮޓަރި އަކީ ބޮޑު ކޮޓަރިއެކެވެ. އަޅި ކުލައިގެ ފާރުތަކެކެވެ. ކަޅު ކުލައިގެ ފަރުނީޗަރުތަކެއް ހުރިއިރުގައި، ކަޅުކުލައިގެ ފްލޯރިނ އަޅާފައި ހުއްޓެވެ. އެނދު ވެސް ކަޅެވެ. ބެޑުޝީޓުވެސް ކަޅެވެ. އަލަމާރީގައި ހުރި ޓީޝާޓުތަކާއި، ޖިންސު ތަކާއި، ގަމީސްތަކާ ހުރިހާ އެއްޗެއްވެސް ހުރީ ކަޅާއި އަޅި ކުލާގައެވެ. އަލަމާރީގެ އެއްފަރާތުގައި ނައިލީގެ ތޮފިކަހަލަ އެއްޗެހި އެޅުވުމައް ހަރުކޮއްފައި އިން ހަރުގައިވެސް ގިނައީ ކަޅުކުލައެވެ. ނައިލީ އަކީ ކަޅު ކުލައައް ލޯބި ކުރާ ކުއްޖެއް ކަން މި ހުރިހާ ކަމަކުން އެނގެއެވެ.

**************************************************************

ލައިޒާވެސް އެހެން އެންމެންނެކޭ އެއްފަދައިން ގޮސް ކޮޓަރިއައް ވަދެ އޭސީ ޖައްސާލިއެވެ. ލައިޒާގެ ކޮޓަރިއަކީވެސް ވަކި ކުޑަ ކޮޓަރިއެއް ނޫނެވެ. އޭނާގެ ކޮޓަރީގެ ފާރުގައި ޑަސްޓީ ޕިންކް ލާފައި ހުރިއިރުގައި، ބިންމަތީގައި މަޑު ވައިލެޓް ފާޑެއްގެ ކާރޕެޓްއެއް އަޅާފައި ހުއްޓެވެ. އެނދު ހުރީ ބޭބީ ޕިންކް ކުލައިގައެވެ. ފަރުނީޗަރުތައް ހުރީ މަޑު ދަނބު، ބޭބީ ޕިންކް، މަޑު ރީނދޫ، ސްކައި ބްލޫ، ފަދަ ‘ކިޔުޓް’ ކުލަކުލައިގައެވެ. ލައިޒާގެ އަލަމާރީގައިވެސް ހުރީ ‘ކިޔުޓް’ ކުލަކުލައިގެ، ‘ކިޔުޓް’ ހެދުމެވެ. މެންދުރު ވަގުތު ޖެހެން އަދި އިރުކޮޅެއް އިނުމުން ރާއްޖޭގައި ތިބި ލައިޒާގެ އާއިލާ މީހުންނައް ގުޅާލައިގެން ވާހަކަ ދައްކާލަން ލައިޒާ އެނދު މަތީގައި ހަމަޖެހެލިއެވެ.

**************************************************************

އީކަން ގެއައް ގޮސް ބޭސް ގުޅައެއް ކައިގެން އޭސީ ޖައްސާލާފައި އެއްދުމަތީ އޮށޯތެވެ. އޮށޯވެގެން އޮވެފައި ވެސް ރުކާންގެ ފަރާތުން އިތުރައް އޮޅުން ފިލުވަން ބޭނުންވާތީ ރުކާން ކައިރިއައް ދިއުމައް ތައްޔާރުވެލައިގެން، ސައިކަލައް އަރައި ނައްޓައިލިއެވެ. ރުކާން މި ގަޑީގައި ވާނީ އޭނާގެ ގޭގައިކަން ހަނދާން ވުމުން އީކަން ސައިކަލު އަނބުރާލިއެވެ. ނަމަވެސް އިތުރައް ކުރިއައް ދެވުމުގެ ކުރިން ސައިކަލެއް އައިސް ކުރިމައްޗައް ހުއްޓުނެވެ. އީކަން އެކަމައް ތައްޔާރު ނުވެ ހުރުމުން ބުރަކި ޖައްސައިލެވުނީ ކިރިޔާއެވެ. އޭނާ އެގޮތައް އައިސް ކުރިމައްޗައް އެރުމުން އީކަން ގާތައް ރުޅި އައީ އެހެނެއް ބަލާފައެއް ނޫނެވެ. ނަމަވެސް އީކަން ރުޅިގަނޑު ހިންދާލިއެވެ. ނޭނގޭ ކަމު ހަދާފައި އެހެން މަގަކުން ދާން އަނބުރާލިއެވެ. މަގު މަގައް ބަދަލު ކުރަމުން، ގޯޅި ގޯޅިއައް އަޅުވަމުން އީކަން ސައިކަލު ދުއްވީ ފަހަތުން އުޅޭ ގޮތް ނޭނގޭ މީހާ ފުލުން ނެއްޓޭތޯއެވެ. ވަރަށް އިރު ދުއްވައިގެން ފުލުން އެމީހާ ނެއްޓުނެވެ. ނަމަވެސް އޭރުގައި ސައިކަލުގެ ޕެޓްރޯލް ހުސް ވަނީއެވެ. މިހެން ކަމުން ގޭސް ސްޓޭޝަން އެއް ކައިރިއައް އީކަން ދިޔައެވެ. ޕެޓްރޯލް އަޅަން ހުއްޓައި ރުކާން އެތަނުން ފެނުމުން އީކަން ހައިރާން ވި އެވެ.

”އިކޭ!!” ރުކާން ގޮވައިލިުމުން އީކަން އެ ދިމާލައް ދިޔައެވެ. އެތަނުގައި އެހެން މީހެއް ނެތުމުން އީކަން އަހައިލިއެވެ. ” މިރޭ ކޮންތާކައް؟ ކީއްކުރަން؟ ކީވެޔޯ ދަނީ؟” އީކަން ސުވާލު ބޮނޑި އޮއްސައިލިއެވެ. ރުކާން ހިނިގަނޑެއް ޖަހާލާފައި ބުންޏެވެ. ” އެ މީހެއް ބުނެގެން… ދެން ދިޔާމަ އެނގޭނެ ކީއްކުރަންކަން..” ރުކާން މިހެން ޖަވާބު ދިނުމުން އީކަން އަކައް ކަމަކު ނުދިޔައެވެ. ނަމަވެސް ކެތްތެރިވެގެން އީކަން މަޑު ކުރީއެވެ. ރުކާން އަކީ އެހެންނާ މީހަކު ގުޅާލާފައި ތަނަކައް ދާށޭ ބުނާއިރައް އެ ކަމެއް ކުރާ މީހެއް ނޫނެވެ. މިހެން ކަމުން އީކަން އައް ކަމެއް ގޯސް ވެއްޖެ ކަން އެނގުނެވެ. ” އޭ އިކޭ؟ ކައެ އެހާ ގިނައިން ބޭރައް ނުނިކުތިއްޔާ ރަނގަޅު ވާނީ…… މަ ބުނީތީވެ ބަސް އަހާބަލަ..” އީކަން އަކީ މީހުން ބުނާގޮތް އެހާ ވަރު ކޮއްގެން ނޫނީ ނަހަދާ މީހެއްކަމުން އާދޭސް ކުރާ ވައްތަރަކައް ރުކާން ބުންޏެވެ. މިއީ ބޮޑުކަމެއްކަން އިީކަންގެ ވިސްނުންތޫނު ސިކުނޑި ވިސްނައިދިނުމުން އީކަން ހޫމމމ އަޅުވައިލިއެވެ. އިރުކޮޅަކު ރުކާން ގާތުގައި މަޑުކޮށްލާފައި އީކަން ގެއައް ދިޔައެވެ.

ގެއައްވަދެ ކޮޓަރިއައް ވަދެ އެނދުމަތީގައި އިށީނދެލާފައި ވިސްނައިލިއެވެ. މި ދުވަސް ކޮޅަކީ އީކަން މެންނައް ނުރައްކާތެރި ދުވަސް ކޮޅެއްކަމުން އީކަންމެންނާއި އެކު އުޅޭ މީހުންނައްވެސް ޑޭނޖަރު ބޮޑެވެ. މިހެންކަމުން އެންމެ ފުރަތަމަވެސް އީކަން ކަންބޮޑު ވީ ނައިލީ އައް ވާނެ ގޮތެއް ނޭނގޭތީއެވެ. އަދި ނައިލީއައް އީކަން އަކީ ގޭންގެއްގައި އުޅޭ މީހެއްކަން އެނގިއްޖެއްޔާ ވާނެ ގޮތަކާއި ވެސް ކަންބޮޑުވިއެވެ. މިހެންކަމުން އީކަން ފޯނުނަގައި ނައިލީއައް ގުޅައިލިއެވެ.

ފޯނު ރިންގުވާ އަޑައް ނައިލީއައް ހޭލެވުނެވެ. ލޯއުނގުޅަމުން ނައިލީ ތެދުވެ އިށީނދެފައި ފޯނު ބަލާލިއެވެ. ގުޅަނީ އީކަން ކަމުން ނައިލީގެ ނިދިކޮޅު ދިޔައީ ކޮންތާކައް ކަމެއްވެސް ނައިލީއަކްއަ ނޭނގެއެވެ. އަވަހައް ފޯނު ނަގައި ހަލޯއޭ ބުނެލިއެވެ.

އެކޮޅުން ޖަވާބު ދިންއަޑު އިވިފައި އީކަންގެ ހިތައް ވެރިވީ ނޭނގޭ ހިތްހަމަ ޖެހުމެކެވެ. ” މަގޭ ރަންކޮޅު ކިހިނެއްތަ ހާލު؟” ނައިލީ އައް ޖެއްސުމައް އީކަން ބުނެލިއެވެ. ” ހެހެ……. ނައި ހަމަ އޯކޭ… އީކަން ކިހިނެއް؟” އީކަން އެހެން ބުނުމުން ނައިލީ ގާތައް ހި ި އައެވެ. ” މަ ހަމަ އޯކޭ…. އަމމމ… ނައި ދެން ބޭރައް ނިކުމެ ނޫޅެއްޗޭ އެހާ ގިނައިން…” އީކަން މިހެން ބުނުމުން ނައިލީ ހައިރާން ވިއެވެ. ” އެކީއްވެ؟”. ” ދެން މަ ބުނީމަ… ޕްލީސްސްސް…..” އީކަން ކުޑަ ކުއްޖެއް ހެން ބުނުމުން ނައިލީ އެއްބަސް ވިއެވެ. އެހެން ނޫނަސް ދެން އީކަން ބުނުމުން ނައިލީއައް ނޫނެކޭ ބުނާކަށް ނުކެރޭނެއެވެ. މި ގޮތައް ކޫސަނި ވާހަކަ ދައްކަން ދެ މީހުންނައް ތިބެވުނީ ކިހާއިރެއް ވަން ދެނެއްވެސް ނޭނގެއެވެ. ނަމާދު ވަގުތު މިހާރު ގޮއްސިކަން އެނގުމުން އަވަހައް ދެ މީހުން ފޯނު ބޭއްވިއެވެ. މިހެން ދުވަސް ދިޔައީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ.

**********************************************************

އެރޭ….

2:30 ވުމުގެ ކުރިން އީކަން ތައްޔާރު ވެގެން ސައިކަލައް އަރައިގެން ދިޔައީ ރުކާން މެންގެއަށެވެ. އޭރު ރުކާން ހުރީ ބެރައް ނިކުމެއެވެ. މިހެންކަމުން އީކަން ސައިކަލުން ފޭބިއެވެ. އަވަހައް ކާރަކައް އަރައިގެން އިކަން އާއި ރުކާން ދިޔައެވެ. ދާަ ތަނެއް ނެނގޭތީ އީކަން ހުރީ ދައްކާނެ ވާހަކަ އެއްވެސް ނޭނގިފައެވެ. މިހެންކަމުން ރުކާން ދާން ބޭނުންވި މަންޒިލަ ހަމައައް ދެވުނު އިރުގައި އީކަން އިނީ ނިދި ޖެހި ޖެހި އެވެ. ދެވުމުން ފައިބާށޭ ބުނުމުން އީކަން ތެޅިގަނެފައި ފޭބިއެވެ. އީކަންގެ އަތައް ކުޑަ ބަޑި އަކާ ވަޅިއެއް ދީފައި ރުކާން ބުނީ އެ ފޮރުވައިގެން ހުންނާށެވެ. މިހެންކަމުން އީކަން އަވަހައް ބުނި ގޮތައް ކަންތައް ކުރިއެވެ. އަދި އަތައް ކަޅު ކުލައިގެ އަންގިއެއްލެއްވިއެވެ.ރުކާން ވެސް އެ ގޮތައް ތައްޔާރުވެގެން މޫނުގައި މާސްކެއް އެޅުމައް މަޑު ނޫކުލައެއްގެ މާސްކެއް ދިނުމުުން އީކަން ހިތްހަމައެއް ނުޖެހުނެވެ. އަލުން ކާރައް އަރައި އިކަންގެ ދަބަސް ހާއްވައިލައިގެން ކަޅު މާސްކެއް ނަގައި އަޅައިގެން ފޭއްބިއެވެ. އީކަން އެ ގޮތައް ކަންތައް ކުރުމުން ރުކާން ގާތައް ހިނި އައެވެ. ނަމަވެސް ހިނިގަނޑު ހިންދާލާފައި ރިޝްވާން ބުނި ގެއައް ވަނެވެ……… ގެއައް ވަން އިރުގައި ރިޝްވާން އާއި އިތުރު މީހެއް ހުއްޓެވެ. “ހެހެ.. ބްރޯ؟ އާދެވިއްޖެ ދޯ؟” ނުލަފާ ހިނިތުންވިމެއް ތުންފަތް މައްޗައް ގެނެސްގެން އިނދެ ރިޝްވާން ބުނެލިއެވެ.

***************************************************************

ނުނިމޭ……

6 ވަނަ ބަޔައް އިންތިޒާރު ކޮށްލައްވާ!!………?

Share Article

Follow Me Written By

Smoke gurl

Level 1

Other Articles

Previous

ޔޫސުފުގެފާނު ވާހަކަ: ޤުރްއާނުގައިވާ އެންމެ ރީތި ވާހަކަ 03

Next

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (އެގާރަވަނަ ބައި)

Next
July 11, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (އެގާރަވަނަ ބައި)

Previews
July 11, 2021

ޔޫސުފުގެފާނު ވާހަކަ: ޤުރްއާނުގައިވާ އެންމެ ރީތި ވާހަކަ 03



All Right Reserved!