Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
characters of the story
ލޯބި

ނޭނގޭހެ ހާދަ ލޯބިވޭ… (2)

MAYA Level 1
June 1, 2021 6 Mins Read
0 Comments

ދޮރު ކުރިމަތީގައި ހުރި އިސްކޮޅުން މާ ކުރު ނުން ދޮން ރީތި އަންހެން ކުއްޖާ ފެނުމުން ޝާދިން އުފަލުން ހީލިއެވެ.
” ދޮންބޭ…. ” މަލްދާ، ޝާދިންގެ ގައިގާ ބައްދާލަމުން ބުނެލިއެވެ.
” ދޮންބެ ބަލާ ދާންށޭ ހުރީ… ކީއްވެ އެކަނި ތިއައީ؟ ” މަލްދާ ފެނުމުން އުފާވިޔަސް އޭނާ އެކަނި އެތަނަށް އައުމުން ޝާދިން ހިތްހަމަ ނުޖެހުނެވެ.
” ދެން އަބަދު ބޮޑީގަރޑް ފަހަތުލައިގެން އުޅެވޭތަ؟ ދޮންބެ ތިހިރީނުން އަހަރެން ޕްރޮޓެކްޓް ކުރަން.. އައި މިސްޑް ޔޫ ސޯ މަޗް… ” މަލްދާ އަނެއްކާވެސް ޝާދިން ގައިގާ ބައްދާލިއެވެ. މަލްދާގެ ހުންނަ ޅަގޮތް ގަނޑުން ޝާދިންއަށް ހެވުނެވެ.
” އެއްޗެއް ކައިފިންތަ؟ ” ޝާދިން ގައިން މަލްދާ ދޫކޮށްލުމުން އެހިއެވެ.
” ދޮންބެއާ އެއްކޮށް ކާންވެގެން އަދި މިހިރީ ނުކައި…”
” ހިނގާ ކާން.. ދޮންބެވެސް މިހިރީ ކޮފީއެއް ބުއި ގޮތަށް… ” ޝާދިން ކޮޓަރިއަށްވަދެ އޭނަގެ ފޯނާއި ވޮލެޓް ޖީބައްލަމުން ބުނެލިއެވެ. ދެމީހުން އެކީގާ އެ ހޮޓެލުގެ ރެސްޓޯރަންޓަ ދިޔައެވެ. ކާންބޭނުންވާ އެއްޗެހި އޯޑަރ ކުރުމަށް ފަހުގައި ޝާދިން ވާހަކަ ދެއްކިއެވެ.
” މިހާރު އެސައިންމެންޓް ހަވާލު ކުރީތަ؟ ”
” ނުން.. ދެދުވަސް އެބަ އޮތް.. އަނެންހެން ނިމިފަ އޮތީ.. މޮޑެލްގެ މަސައްކަތުގަ މިއުޅެނީ..” މަލްދާ ޖަވާބު ދިނެވެ.
” ދޮންބެވެސް ނިންމަންޖެހޭ ބައެއް ކަންތައްތައް އެބަހުރި މިކޮޅުގަ.. ދެދުވަސް ތެރޭ ނިމޭ ވަރުވާނެ.. އެސައިންމެންޓް ނިމުނީމަ އެއްވެސް ތަނަކަށް ދާން ބޭނުންތަ ރާއްޖެ ދިޔުމުގެ ކުރިން؟ ” ކާއެއްޗެހި އައުމުން މަލްދާގެ ތައްޓަ އަޅައިދެމުން ޝާދިން ބުނެލިއެވެ. ޝާދިންގެ އެއަމަލަކީ މަލްދާ އަށް އާ ކަމެއް ނޫނެވެ. ފިރިހެންވަންތަ ހުރިހާ ސިފައެއް ޝާދިންގެ ގައިގާ ހުންނަކަން މަލްދާ އަށް އިނގެއެވެ. އޯގާތެރިކަމާ، މަޑުމައިތިރިކަމާ، އެހެންމީހުންނާ ދޭތެރޭ ވިސްނުމާ، ރީތިކޮށް ހެދުން އެޅުމާއި، މީރުވަސް ދުވުން އެއީ ޝާދިންގެ ގައިގާ ހުންނަ ސިފަތަކެކެވެ. އޭނަ އިންނަން ބޭނުންވާ މީހާ ގައިގާވެސް އެހުރިހާ ސިފައެއް ހުރުމަށް މަލްދާ އަބަދުވެސް އެދެއެވެ.
” ނޫން.. ރާއްޖެ ދާން ބެނުންވަނީ.. މަންމަ ކޮންމެ ދުވަހަކު ގުޅާފަ ކޮލެޖް ނިމޭ ދުވަސް އަހައަހާ ހުންނަނީ.. އެންމެން މަތިން ވަރަށް މިސްވޭ.. ” މަލްދާ އެހެން ބުނުމުން ޝާދިން ބޯޖަހާލާފަ ހީލިއެވެ.
މަލްދާ އިންޓީރިއަރ ޑިޒައިން ކިޔަވަން ބޭނުންވުމުން ޝާދިން އޭނާ އޮސްޓްރޭލިއަރގެ ކޮލެޖަކަށް ވެއްދިއެވެ. ކޮންމެ މަހަކު ހަފްތާއެއްވަރު މަލްދާ ކައިރީ ހޭދަކުރަން އާދެއެވެ. އޭނާ އެކަނިވެދާނެތީވެ އިތުރު އަންހެން ކުއްޖަކަށްވެސް ޝާދިންގެ ޙަރަދުގައި އެކޮލެޖުގައި ކިޔަވައި ދެއެވެ. މަލްދާ އެކަނިވިޔަ ނުދިނުމަށްޝަރުތު ކޮށްގެންނެވެ. މިފަހަރު ޝާދިން އެއައީ މަލްދާ ޑިގްރީ ނިމުމުން ރާއްޖެގެންދަންވެގެންނެވެ.
*******

އެއާރޕޯޓުގެ ޑިއުޓީ ފްރީ ފިހާރަތަކުތެރޭ އެކި އެއްޗެހި ބަލަމުން ނައިރާ އާއި ޝަހުމާ ދިޔައެވެ.
” ނާއި، އާދެބަ ސެންޓުފުޅިތައް ޗެކްކޮށްލަން… އެބަޖެހޭ މަންމައަށް ސެންޓުފުޅިއެއް ގެންދަން..” ޝަހުމާ ނައިރާގެ އަތުގަ ހިފާލަމުން ބުނެލިއެވެ. ދެކުދިން ސެންޓު ފިހާރައަށް ވަނުމުން ނައިރާ ފުރަތަމަވެސް މިސްރާބުޖެހީ ފިރިހެން ސެންޓު ވިއްކާ ދިމާލަށެވެ. އެތަނުން އެކި ފުޅިތަކުގެ މަތިނައްޓައިގެން ވަސް ބަލަމުން ދިޔައެވެ.
” ކޯއްޗެއް ތި ހޯދަނީ؟ ” ޝަހުމާ ނައިރާ ގާތަށް ޖެހިލަމުން އެހިއެވެ.
” މި އުޅެނީ އެއްކަލަ ވަސް ހޯދަންވެގެން.. މިތާނގަ އެފުޅިއެއް ނެއްކަންނޭނގެ..” ދެރަވެލާފައި ނައިރާ ބުނެލިއެވެ.
” ސާބަސް؟ ތި ވަހެއް ނާއި އަކަށް ފަސޭހައެއްނުވާނެ ހޯދާކަށް! ” ޝަހުމާ ނައިރާއާއި ދިމާ ކޮށްލަމުން ބުނެލިއެވެ.
” މިހާރު ހަމަ ރަނގަޅަށްވެސް އެމީހާ ވެއްޖެދޯ ނާއި ގެ ޕްރިންސް ޗާރމިންއަށް.. ” ޝަހުމާ ނައިރާގެ ކޮނޑަށް އަތްލަމުން ބުނެލިއެވެ.
” ނޭނގެ ދޯ؟ ” ނައިރާ ރަކިގޮތަކަށް ބުނެލިއެވެ.

ޝަހުމާއި ނައިރާ އަކީ ސުކޫލް ދައުރުން ފެށިގެންވެސް ގާތް ދެ ރަޙްމަތްތެރިންނެވެ. އެދެކުދިންގެ ދެމެދުގައި އެއްވެސް ވާހަކައެއް ސިއްރު ކުރެވިފައި ނުބާއްވައެވެ. ނަދާ އާއި ދިމާވީ ކޮލެޖުންނެވެ. އޮސްޓްރޭލިއާގައި ނަދާ ހުންނަން ހަމަޖެހިފައި ހުރި ގެއިން ނުކުންނަން ޖެހުމުން ނައިރާމެން އެމީހުންނާއި އެކީ އުޅުމަށް ފުރުސަތު ދިނެވެ. ހަތަރު އަހަރު އެކީގައި އުޅުމުން ތިން ކުދިންގެ މެދުގައި ގާތް ގުޅުމެއްވަނީ އުފެދިފައެވެ. ފެޝަނަށް ލޯބިކުރާ ނަދާ ނައިރާ މެންނާ ހުރިހާ ގޮތަކުންވެސް ތަފާތެވެ. މިޒާޖާ އުޅުމުންވެސް މެއެވެ. ނަދާގެ ހުވަފެނަކީ މުއްސަނދި މަހުޖަނަކާ އިނދެގެން އަރާމު ދިރިއުޅުމެއްގައި އުޅުމެވެ. ކޮންމެ ކަހަލަ މީހަކަށް ވިޔަސް ވަރިހަމައެވެ. ޑިގްރީ ނިމުމަށްފަހުގައި ނަދާ އޮސްޓްރޭލިއާގައި ދުވަސް ކޮޅަކު މަޖާކޮށްލުމުގެ ނިޔަތުގައި މަޑުކުރިއެވެ.

” ނާއި… އެހެރީ އެއްކަލަ މަބުނިކުއްޖާ.. މާލޭގެ ބޮޑު މުއްސަންޖެއްގެ ކޮއްކޮ އެއް.. އޭނަވެސް ކިޔެވީ އިންޓީރިއަރ، އެކަމު އެހެން ކޮލެޖަކުން.. ” ޝަހުމާ ނައިރާ ގާތު ތަންކޮޅެއް ދުރުގާ ހުރި ކުއްޖެއް ދައްކާލަމުން ބުނެލިއެވެ. ނައިރާ އެކުއްޖާއަށް ބަލައިލީ މާ ބޮޑު ޝައުގުވެރިކަމެއް ނެތިއެވެ.
” އެހެރީތަ ތިބުނާ މުއްސަންޖަކީ..؟” އެކުއްޖާގާތު މަޑު ކޮށްލައިގެން ހުރި މީހާ ދައްކަމުން ނައިރާ އަހާލިއެވެ.
” އެހެން ކަންނޭނގެ.. ނުދެކެން ދުވަހަކުވެސް.. އެހާ އެއްނުންދޯ..؟ ” ޝަހުމާ އަނގަޔަށް ވައްތަރެއް އަރުވާލަމުން ބުނެލިއެވެ.
” ސާބަސް ޝަހޫއަށް.. މީނަ ނުވާނެ ދުވަހަކުވެސް ރަނގަޅެއް.. ” ނައިރާ ޝަހުމާ ގައިގާ ޖަހާލަމުން ބުނެލިއެވެ. އަދި އެކީ ބޯޓަށް އެރުމަށްޓަކާ ހިނގައިގަތެވެ.

މަލްދާ ބޭނުންވާ ހުރިހާ އެއްޗެއް ގަނެ ނިމުމުން ޝާދިން ބޯޓަށް އަރަންދާން އެދުނެވެ. ގަޑިއަށް ހުރުމަތްތެރިކޮށް ހިތުން އެއީ ޝާދިން އަބަދުވެސް ބަލާ ކަމެކެވެ. ޝާދިންމެނަށް ފުރާ ގޭޓުކައިރިއަށް ދެވުނު އިރު ބޯޓަށް މީހުން އަރަނީއެވެ.
” ސޮރީ ދޮންބޭ.. ތަންކޮޅެއް ލަސްވީދޯ..؟ ” މަލްދާ އެތަނުން ބޯޓަށް އަރަމުންދާ މީހުންނަށް ނަޒަރު ހިންގާލަމުން ބުނެލިއެވެ.
މީހުން މަދުވަންދެން މިތާ މަޑުކޮށްލާ.. ” މާ މީހުން ގިނަ ތަންތާ ޝާދިންނަކީ ހުންނަން ބޭނުންވާ މީހެއް ނޫނެކެވެ. މީހުންގެ ލޯތަށް އޭނާއަށް އަމާޒުވާނެތީއެވެ. އޭނާގެ ސިފައަށް ބަހެއް ބުނެފާނެތީއެވެ. އެކަން މަލްދާއަށްވެސް އިނގެއެވެ. އެހެންވެ އިތުރު އެއްޗެއް ނުބުނެ އެކަމާ އެއްބަސްވީއެވެ.
މީހުން މަދުވުމުން ޝާދިން މަލްދާ ގޮވައިގެން ބޯޓަށް އެރިއެވެ. އަދި ބިޒްނަސް ކުލާހުގައިވި އެމީހުންގެ ގޮނޑީގައި ހަމަޖެހިލިއެވެ.

ސާދަ ގަޑިއިރުގެ ދިގު ރާސްތާއެއް ކަނޑަތު ކުރުމަށް ފަހުގައި މާލޭ އިންޓަނޭޝަނަލް އެއާރޕޯޓަށް ބޯޓު ޖެއްސުނު އިރު އަނދިރިވެއްޖެއެވެ. ބޯޓުން ނުފޭބިގެން އެންމެންވެސް ތިބީ ކެންމަދުވެފައެވެ. އެންމެ ފުރަތަމަ ބޯޓުން ފައިބަން ފުރުސަތު ދެނީ ބިޒްނަސް ކުލާހުގެ މީހުންނަށެވެ. ޝާދިން މަލްދާޔާ އެކީ ބޯޓުން ފޭބިއެވެ. ދެއަހަރު ފަހުން މާލެ އާދެވުމުން މަލްދާ ހުރީ ވަރަށް އުފަލުންނެވެ. މަންމަ އާއި އާއިލާގެ އެހެން މީހުންނާ ބައްދަލުވާނެތީއެވެ.
މަލްދާ ޓާރމިނަލުން ނުކުތްއިރު އޭނާގެ އިންތިޒާރުގައި އާއިލާގެ އެންމެން ތިއްބެވެ. މަލްދާގެ މަންމަ ފާތިންގެ ލޮލުން ކަރުނަ ފާއްދާލާފައިވިއެވެ.
” އެއްކަލަ މަންމަ އިމޯޝަނަލްވީ ދޯ؟ ” މަލްދާ ފާތިންގެ ގައިގާ ބައްދާލަމުން ބުނެލިއެވެ.
” ދެއަހަރު ފަހުން ވިއްޔާ ތިއައީ.. ދެން މިސްވާނެނުން.. ” ފާތިން މަލްދާގެ ކޮލުގާ ބޮސްދެމުން ބުނެލިއެވެ.
” މަންމަގެ ރަންދަރި އައީމަ އަހަރުން މަތިން ދެން ހަނދާނެއްވެސް ނުވާނެ ދޯ…؟ ” މަލްދާގެ ފިރިހެން ކޮއްކޮ މާތިން ބުނެލިއެވެ.
” ދެން ހުރޭ ޖޭވެފަ… އެންމެންވެސް އެންމެ ލޯބިވަނީ މަލްދެކެ… ދޮންބެވެސް… ” މަލްދާ ފޮނިވެލާފައި އެހެން ބުނެލީ ޝާދިންނަށް ބަލާލަމުންނެވެ. އެވަގުތު ފާތިންގެ މޫނުގެ ކުލަ ބަދަލުވެގެން ދިޔައެވެ. އެމަންޒަރު ބަލަން ހުރި ޝާދިން ލުއި ހިނިތުންވުމެއް މަލްދާއަށް ބަދަލު ކޮށްލިއެވެ.
“ސަރ… ކާރު ރެޑީ… ” ޝާދިންގެ އެސިސްޓަންޓް ފޮށި ނަގަމުން ބުނެލިއެވެ.
“މަލް..، ދޮންބެ ދަނީ އިނގޭ… ” ޝާދިން މަލްދާ ގާތަށް އައިސް ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.
” މާދަން ގެއަށް އަންނަށްޗޭ.. މެންދުރު ކާން ދޮންބެއަށް މީރު އެއްޗެހި މަލް ހަދާނަން.. ” މަލްދާ އާދޭސް ކުރާ ކަހަލަ ގޮތަކަށް ބުނެލުމުން ޝާދިން އަންނާނެ ކަމަށް ބުނެ އެތަނުން ދިޔައެވެ. މަލްދާމެންވެސް އެމީހުންނަ ހަމަޖައްސާފައި އޮތް ކާރަށް އަރާ ގެއަށް ދިޔުމަށް މިސްރާބު ޖެހިއެވެ.
ޝާދިން ދާން ހިގައިގަތްތަނާ ބަޔަކު މާބާރަށް ހަޅޭލަވާ އަޑަށް ފަހަތަށް އެނބުރި ބަލައިލިއެވެ. އެވަގުތު ޝާދިންގެ ލޮލުގައު އަޅައިގަތީ އޮސްޓްރޭލިއާގެ ކޮފީޝޮޕް އިން ފެނުނު އަންހެން ކުއްޖާއެވެ. އެތާތިބި ބައެއްގެ ގައިގާ އެކުއްޖާ ބައްދަމުން ވާހަކަ ދައްކަމުން ދިޔަތަނެވެ. ޝާދިން ހުއްޓުން އަރާފަ އިރުކޮޅެއްވަންދެން އެކުއްޖާގެ ހަރަކާތްތަކަށް ބަލަން ހުއްޓެވެ. އެކުއްޖާގެ ލޯ ކޮންމެވެސް މީހަކު ހޯދާ ކަހަލައެވެ. އިރުކޮޅަކުން އެތަނުން މީހަކު އެކުއްޖާއަށް “ނާއި” އޭ ކިޔާ ގޮވާލިއެވެ. ” ނާއި” ޝާދިން މަޑުމަޑުން ބުނެލިއެވެ. އަދި ލުއި ހިނިތުން ވުމަކާއެކީ ކާރަށް އަރިއެވެ.

ނައިރާ ނުކުމެގެން އެންމެ ފުރަތަމަވެސް އޭނަގެ ބައްޕަ ހޯދިއެވެ. އޭރު ޝަހުމާގެ އާއިލާ މީހުން އެން އަޑަކުން ހަޅޭއްލަވަމުން ޝަހުމާއި ނައިރާ ގައިގާ ބައްދަމުން ދިޔައެވެ. ނައިރާ މާލެ އެއައީ ހަތަރު އަހަރު ފަހުންނެވެ. ކޮންމެ ހަމަހުން ކަހަލަ ގޮތަކަށް ނައިރާގެ ބައްޕަ އޭނަގެ ގާތަށް ދާތީވެ މާލެ އަންނާކަށް ބޭނުމެއް ނުވެއެވެ. އޭނަގެ ހަމަ އެކަނި މީހަކަށް ދުނިޔޭގައި ހުރީ ބައްޕަ ކަމަށްވާތީއެވެ. އުމުރުން ދިހަ އަހަރުގައި މަންމަ މިދުނިޔެއާއި ވަކިވިއެވެ. ތިމާގެ މީހުންނާ އެހާ ގުޅުމެއް ނޯވެއެވެ. ތަންކޮޅެއް ދުރުގައި ނައިރާގެ ބައްޕަ މުބީން ހެވިފައި ހުއްޓެވެ. ނައިރާ ފެނުމުން އަވަހަށް އައިސް އޭނާގެ ގައިގާ ބައްދާލިއެވެ.
” ބައްޕަ ނާންނަކަމަށް ހީކުރީ.. ” ނައިރާ ބުނެލިއެވެ.
” ދެން ދަރިފުޅުބަލާ ބައްޕަ ނައިސް ނުހުންނާނެނުން…” މުބީން ނައިރާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.
އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ފެނުމުން އުފާ ކުރާހާލު އެހިތުގައި ނޭނގޭ ބިރުވެރިމަކެއްވެސް އުފެދިގެން ދިޔައެވެ.
“ހިނގާ އަވަހަށް ދަމާ.. މިހާރު ދަރިފުޅު ހުންނާނީ ވަރަށް ވަރުބަލިވެފަ އެންނުން.. ޒާހިރުމެން ގެއަށް ހެނދުނު ސައިބޯންވެސް ދައުވަތު ދީފައޮތީ ” މުބީން ޒާހިރަށް ހަނާ އަޅާލަމުން ނައިރާ ގާތު ބުނެލިއެވެ. ޒާހިރަކީ ޝަހުމާގެ ބައްޕައެވެ. ދެމީހުންނަކީ ބިޒްނަސް ޕާރޓްނަރުންނެވެ. މަހުޖަނުން ކަމުގައި ނުވިޔަސް ފުދިގެން އުޅޭ ބައެކެވެ. ދަރިން ބޭނުންވާ ކަންތަ އެއްވެސް އުނދަގުލެއްނެތި ކުރެވޭ ވަރުގެ ބައެކެވެ.
” ހިނގާ ދަމާ.. މާދަން ހެނދުނު ސައިބޯން އަންނާތި އިނގޭ! ” ޒާހިރު ނައިރާ ގާތަށް އައިސް ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.
” އެއީ ތެދެއް.. ނާއި އަންނާތި.. ދަރިފުޅު ކާހިއްވާ އެއްޗެހި ހަދާނަން މާދަން.. ” ޝަހުމާގެ މަންމަ ނާޒިމާ ނައިރާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ނައިރާ އަށް ނާޒިމާގެ ފަރާތުން އަބަދުވެސް މަންމައެއްގެ ލޯބި ލިބެއެވެ. ޝަހުމާ އާއި ވަކި ތަފާތެއް ނުކުރެއެވެ. ކުޑައިރު ގިނަ ވަގުތު އަބަދުވެސް ނައިރާ ހޭދަ ކުރަނީ އެގޭގައެވެ. ނައިރާ ގައިގާ ހުންނަ ބަނިޔާދަންކަން އެންމެންވެސް ލޯބި ކުރެއެވެ.
” ދާނަމޭ ދައްތާ… ޝަހޫ ތެދުކުރުވާތި.. އޭނަ އޮންނާނީ ނިދަންކަން ހަމަ ޔަގީން… ” ޝަހުމާ އަށް ލޯ އަޅާ ލަމުން ނައިރާ ބުނެލިއެވެ.
” މަންމަ ކައްކާ އެއްޗެހި ކާހިތުން މިހުންނަނީ.. މަށެއް މިރޭ ނުވެސް ނިދާނަން.. ” ޝަހުމާ ޖެއްސުމުގެ ރާގެއްގާ އެހެން ބުނެލުމުން އެންމެން ހޭން ފެށިއެވެ.
********

ހުޅުމާލޭގެ ހުރި ފަނަރަ ބުރީގެ އިމާރާތުގެ ޕާރކިންގައި ކާރު ޕާރކް ކުރުމަށްފަހުގައި ޝާދިން އޭނަގެ އެޕާރޓްމަންޓަށް ދިޔުމަށް ލިފްޓަށް އެރިއެވެ. އެންމެ ފެންވަރަށް ހަދާފައި ހުރި އެ އިމާރާތުގެ ނުވަވަނަ ބުރިއަށް ލިފްޓުގެ ދޮރު ހުޅުވުމުން އޭގެން ޝާދިން ނުކުތެވެ. ކޮންމެ ފުލޯއެއްގައި ދެ އެޕާރޓްމަންޓް ހުންނަ އިރު ޝާދިންގެ އެޕާރޓްމަންޓް ހުރީ ކަނާތުގައެވެ. އެޕާރޓްމަންޓްގެ ދޮރު ހުޅުވުމުން އެއީ ބޮޑު ތަނެއްކަން އެނގިގެން ދެއެވެ. ދެބުރިއަށް ހަދާފަހުރި އެ އެޕާރޓްމަންޓަށް ވަންނަ އިރު ހުސް ޖާގައެއް ހުރެފައި ކަނާތުން ފެންނަނީ ބޮޑު ބަދިގެއެވެ. ވަކިން އައިލަންޑެއް ލާފައި ހުރި އެބަދިގެ ހުރީ އެންމެ ޒަމާނީ ފެންވަރަށް ހަދާފައެވެ. ކަހާލަވޭ ކަހަލަ ބިއްލޫރި ދޮރެއްލާފައި ހުރި އެބަދިގެ ފެނުމުން ކޮންމެ މީހަކުވެސް ކައްކާ ހިތްވާނެއެވެ. ބަދިގޭގެ ބޭރުގައި ބޮޑު ސަންގު މަރުމަރުގެ ކާމޭޒެއް ހުރި އިރު އޭގެ އަނެއްފަރާތުން ބޮޑު ބެލްކަނި ރީއްޗަށް ފެންނަން ހުއްޓެވެ. ބަދިގެ ފެށޭ ހިސާބާ ހަމައަށް ހުރި އެބެލްކަނީގައި ބޮޑު އަރާމު ސޯފާއެއް ހުރިއިރު އޭގެ ކައިރީ ވަކިން ދެގޮޑިއާއި ކޮފީ މޭޒެއްވެސް ހުއްޓެވެ. އޭގެ ތަންކޮޅެއް ދުރަށް ވާގޮތަށް އުނދޯންޏެއްވެސް ވަކިން ހުއްޓެވެ.
ބަދިގެ ކުރިމަތީގައި ހުރި ބޮޑު ސިޓިންގްރޫމްގައި ހުރި ސޯފާ ގައި ޝާދިން ހަމަ ޖެހިލިއެވެ. ހަތަރު ކޮޓަރީގެ އެ ބޮޑު އަރާމު އެޕާރޓްމަންޓުގައި ޝާދިން އުޅެނީ އެކަންޏެވެ. ކިތަންމެ އެކަނިވެރިކަން އިހުސާސް ވިޔަސް މިހާރު އޭނަ އެއަށް ވަނީ ހޭނިފައެވެ. އޭނަގެ ދިރިއުޅުމުގައި ހިތް އެދޭ ބައިވެރިއަކު ނާންނާނެކަން އެނގޭތީއެވެ.
ސޯފާގެ ލެނގޭ ބައިގާ ދެއަތް ދަމާލައިގެން ބޯޖައްސާލައިގެން ޝާދިން އޮތީ ލޯމަރާލައިގެންނެވެ. ގެނައި ސޫޓްކޭސްވެސް ހުރީ ސޯފާ ކައިރީގައެވެ. އެހެން އޮވެގެން ޝާދިން ކަމަކާ ވިސްނަމުން ދިޔައެވެ. އޭނަގެ ދޮންމަންމަގެ ހަރަކާތްތައް މިއަދު ހުރިގޮތުން އެކަމާދޭތެރޭއެވެ. އެއީ އަލަށް އޭނާގެ ދޮންމަންމަ ކަންތައް ކުރަމުން އައި ގޮތެއް ނުންކަމުގައިވިޔަސް އެގޮތަށް ކަންތައް ކުރުމުން ޝާދިން ހިތުގަޖެހެއެވެ. ކިތަންމެ މަންމައެއްގެ ލޯބި ބޭނުންވިޔަސް އޭގެން އޭނަވަނީ މަހުރޫމްވެފައެވެ. ފުންނޭވާއެއް ބޭރުކޮށްލުމަށް ފަހުގައި ކޮޓަރިއަށް ދާން ޝާދިން އެތަނުން ތެދުވިއެވެ. އަދި ފޮށި ހިފައިގެން ސިޑިން އަރާ އޭނަގެ ކޮޓަރިއަށް ވަނެވެ.

**********

ހުޅުމާލޭގެ މަގުތަކަށް އައިސްފާހުރި ބަދަލުތަކާ އާތަންތަން ފެނި ނައިރާ ހުރީ އެތަންތަން ބަލާލަން ދާހިތުން ކެންމަދުވެފައެވެ. ބާރު ދުވެލީގައި ކާރު ދުއްވަމުންގޮސް ރީތިކޮށް ހަދާފައިހުރި މާ ބޮޑުނުން ގެއެއްގެ ދޮރުމައްޗަށް މަޑުކުރުމުން ނައިރާ އޭގެން ފޭބިއެވެ. އަދި ކަޅި ޖަހާނުލާ އެގެއަށް އިރުކޮޅެއް ވަންދެން ބަލަން ހުރެފާ ގޭގެ އެތެރެއަށް ވަދެގެން ދިޔައެވެ. މަޑުމަޑުން އެކި ތަންތަން ބަލަމުން އެއްޗެހީގައި އަތް ކާއްތަމުން ދިޔައެވެ. ހަތަރު އަހަރު ވީއިރުވެސް މާބޮޑު ބަދަލެއް ގެއަކަށް އައިސްފައެއް ނެތެވެ.
” ދަރިފުޅުއާދޭ ފެންވަރާލައިގެން.. ބައްޕަ ކާންހަދާލާނަން.. މޭރީ ލައްވާ ދަރިފުޅަށް މީރު އެއްޗެހި ހުންނާނެ ހަދާފަ ” ނައިރާގެ ފޮށި އޭނަގެ ކޮޓަރިއަށް ވައްދަމުން މުބީން ބުނެލިއެވެ.
” ލައްބަ ބައްޕާ.. ވަރަށް ބަނޑުހައިވެފަ މިހިރީ.. ” ނައިރާ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. އެއީ އޭނަގެ މުޅި ހަޔާތް ހޭދަކުރި ކޮޓަރިއެވެ. މުބީން ހުރީ ކޮޓަރީގެ ފަރުނީޗަރުތައް އާކޮށްފައެވެ. ސްކޫލް ދައުރުގައި ނައިރާ ކިޔަވަން ގެންގުޅުނު ބައެއް ފޮތްތައްވެސް ފޮތް ހަރުގަނޑުގައި ހުއްޓެވެ. ނައިރާ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ސްކޫލް ދައުރަކީ ހަނދާނުން ފުހެލެވޭނެ ދުވަސް ވަރެއް ނޫނެކެވެ. މަޖަލާ ސަކަރާތުގައި ގިނަދުވަސްތައް ހޭދަކުރެވުނެވެ. ފޫހިކަމެއްނެތި ކިޔެވުމުގަޔާ އެކުވެރިންނާއި އެކު ވަގުތު ހެދަކުރުމުގައި އުޅެވުނެވެ. އެންމެ ފަހު ދުވަހު ކުދިންތައް ސޮއިކޮށް ހެޔޮދުވަޔާ ނަސޭހަތް ލިޔެފަ އޮތް ފޮތް ނައިރާ ނަގާ ހުޅުވާލިއެވެ. އަދި ވަކި ވަކިން ފަހަރަކު ގަނޑެއްގައި ލިޔެފައި ހުރި އެއްޗެހި ހިނިތުންވެ ހުރެ ކިޔަމުން ދިޔައެވެ. ކުއްލިއަކަށް ނައިރާގެ ލޮލުގައި އަޅައިގަތީ މީގެ ކުރިން އޭނަ ނުކިޔާ ލިޔުން ކޮޅެކެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

MAYA

Level 1

Other Articles

Previous

ހިތްދަތި ދުވަސްތައް

Next

ވަރުދާ-4

Next
June 1, 2021

ވަރުދާ-4

Previews
June 1, 2021

ހިތްދަތި ދުވަސްތައް



All Right Reserved!