އިބްރަހިމް މިސްކިތަށް އަރާ ދުޢާ ކުރަން ފެށިއެވެ. “ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ.. މިއަޅާ އަށް 20 ރުފިޔާ ދެއްވާންދޭވެ..” އިބްރާހިމް ދުޢާ ކުރީ މިސްކިތުގައި ދެން ތިބި މީހުނަށްވެސް އިވޭވަރަށެވެ. މިހެން އިރުގަނޑެއްގައި ދުއާުކުރަން އިނުމަށްފަހު މިސްކިތުން ފައިބައިފިއެވެ. އިބްރާހިމްގެ މޫނަށް ހިނިތުންވުމެއް ގެނުވީ އަހުމަދު ގޮވާލުމުންނެވެ. އަހުމަދު ގާތަށް ދިޔުމުން އަހުމަދުގެ ވޮލެޓް ބަލާލާފައި 15 ރުފިޔާ ދިއްކޮށްލިއެވެ. ލިބުނު ލާރިކޮޅު ހިފައިގެން އިބްރާހިމް އަނެއްކާވެސް އެރީ މިސްކިތަށެވެ. އަދި ކުރި އެކޭ އެއްގޮތަށް އަނެއްކާވެސް […]
އެމެރިކާގެ ރައްޔިތަކު އޭނާގެ ޕެޓްރޯލުގެ ވިޔަފާރި އިތުރަށް ކުރިއެރުވުމަށްޓަކައި “ފުލްޓޭންކް ޕެޓްރޯލް އެޅި ކޮންމެ މީހަކަށް މުޅިން ހިލޭ ދޮނެއްދެމެވެ.” މިހެން ލިޔެފައި ޕެޓްރޯލް ޝެޑްގައި ބޯޑެއް ހަރުކުރިއެވެ. ޕެޓްރޯލް އަޅަން އައި މީހަކު އޭނާގެ ކާރަށް ޓެންކް ފުލްކޮށް ޕެޓްރޯލް އެޅުމަށްފަހު ހިލޭ ދޭ، ދޮން ހޯދުމަށް އެދުނެވެ. ޝެޑްގެ ވެރިޔާ ބުނީ 1 ން 10 އަކާ ދެމެދުން ނަންބަރެއް ނަގާށެވެ. އަދި އޭނާ ހިތުލީ ނަމްބަރު ނެގިއްޖެނަމަ ދޮނެއްދޭނަމޭ ވެރިޔާ ބުންޏެވެ. ޕެޓްރޯލް […]
އަލަށް އެއްޗެއް ތަޢާރަފުވާ ކޮންމެ ފަހަރަކީ އާ ކަންތައްތައް އަބަދުވެސް ހިނގާފަހަރު ތަކެކެވެ. މިގޮތުން އެކި ފަހަރު ހިނގަނީ އެކި ގޮތަށެވެ. ބަޔެއް ފަހަރު އެއީ ހެއްވާ މަޖާ ކަންތަކަށް ވެފައި އެބަހުއްޓެވެ. އަނެއް ބައި ފަހަރު އެއީ ނުހަނު ހިތާމަވެރި ހާދިސާތަކަށްވެސް ވެފައި އެބަހުއްޓެވެ. މިސާލަކަށް ކަރަންޓު އިސްތިރި ގެނައިތާ ކައިރީ އޭގެ ދަށްފުށް ރީތިވެފައި އޮމާންވީމާ އަތުން ބަލާލާ ހިތްވެގެން، އިސްތިރި ނުހަނު ދޮންބޮޑު ވެފައި ހުއްޓައި އަތްކާތާލެވިގެން އަތް ފިހިފައިވެސް އެބަހުއްޓެވެ. އެކަމަކު […]
މުޅި ކޯޓުތެރެ އޮތީ ފުރިބާރުވެފަ އެވެ. ދުވަހަށް ކަނޑައަޅާފައި އޮތް ޝަރީއަތެއްގެ ސަބަބުންނެވެ. އެޖެންޑާގައި އެއީ ހެކިން ހާޒިރުކޮށް ސުވާލުކުރަން ހަމަޖެހިފައި އޮތް ދުވަހެވެ. ފަނޑިޔާރު ވަޑައިގެން އިށީންނެވި އެވެ. އަދި މަރުހަލާ ފެށުމަށް އިޝާރާތްކުރެއްވި އެވެ. ދިފާއީ ވަކީލު ތެދުވެ ހެކިން ހާޒިރުކުރަން އިޝާރާތްކުރި އެވެ. މުސްކުޅި އެހެނަސް ފިސާރި ހިތްވަރެއް ހުރި އަންހެނަކު ފުލުހުންގެ ހިމާޔަތުގައި ކޯޓަށް ވަނެވެ. އެއީ މުޅި އަވަށަށް މަޝްހޫރު ކަތްދާތަ އެވެ. ބުނެވޭ ގޮތުގައި ކަތްދާތަ އަކީ ތެދުވެރި، […]