މިލޯބި ލާރާ އަހަރެން ދެކެނީ އަހަރެން ހަމައެކަނި ލޯބިވާ ލާރާގެ ނިޝާނެއްގެ ގޮތުގައި. މިތުއްތު ލާރާގެ މޫނަށް ބަލާލާ ކޮންމެފަހަރަކު އަހަންނަށް އަހަރެންގެ ލާރާގެ ހަނދާންތައް އާވޭ. އެމޫނު ސިފަވެގެންދޭ…” އެލެކްސް ނިދާފައިއޮތް ތުއްތު ލާރާގެ ކޮލުގައި ލޯބިން ފިރުމާލަ ފިރުމާލާއިނެވެ. އަހަންނަށް ހުރެވުނީ ހައިރާންވެފައި ބަލަހައްޓައިގެންނެވެ. އަހަރެންގެ ހިތަށް ލިބުނު ވޭން އެލެކްސްގެ ވާހަކަތަކުން އެއްކޮށް ފިލައިގެންދިޔައެވެ. ”ލާރާ ހޯދަން އަހަރެން ވަރަށް މަސައްކަތް އެބަކުރަން. މުޅި އުމުރު އެމަސައްކަތުގައި ހޭދަކޮށްލަންޖެހުނަސް ފަރުވާލެއް ނެތް. އިރާދަ […]
އެލެކްސް އަހަރެން އެރަށަށް ގެނައީ އަހަންނަށް ހެދުންގަތުމަށެވެ. މަހެއްވަންދެން ތަކުރާރުނޮކޮށް ލެވޭވަރަށް އޭނާ އަހަންނަށް ހަވީރު ހެދުންގަނެފައި ދިނެވެ. ހުސް އޭނާގެ ޗޮއިސްއެވެ. އެއީ އަހަރެން ލައިއުޅޭ ވައްތަރުގެ ހެދުންތަކެއްވެސް ނޫނެވެ. ހުސް އަތްކުރު ޓޮޕާއި ޖިންސެވެ. އަހަރެން އެހެދުމުގައި ހުރިތަންފެނުމުން އެލެކްސްހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަހަންނަށް ހިވީ ގައިން އެއްބައި މަދު ހެންނެވެ. އެކަމަކު އެހެދުމުގައި އަހަރެން ހުންނައިރު އެލެކްސްއަށް މާރީއްޗެވެ. އެހެދުންތަކުގެ އިތުރަށް ކުރު ސޯޓާއި ޓީޝާޓުވެސް ގަތީމެވެ. އަދި ރީތިވާން ބޭނުންވާ […]
ރޫމަށްވަދެ އަހަރެން ފްރެޝްވެލީމެވެ. ތައްޔާރުވެ ނިމުނުތަނާހެން މީހަކު ދޮރުގައި ޓަކިޖަހާލިއެވެ. އަހަރެން ދޮރުހުޅުވާ ބަލާލިއިރު ދޮރުމަތީގައިހުރީ އެލެކްސްއެވެ. އޭނާގެ މޫނު ސާފުކޮށް ފެނުނީ އަދިކިރިޔާއެވެ. އަހަންނަށް ހުރެވުނީ އަނގަ ހުޅުވިފައެވެ. ”އަހަރެން ފެނުނީމަ އަނގަ ހުޅުވެނީ ކީއްވެތަ؟” އެލެކްސް ސަމާސާ ރާގަކަށް ބުނެލިއެވެ. އޭރު އަހަރެން ހުރީ ބޮލުގައ ތުވާލި އޮޅައިގެންނެވެ. ”އެތެރެއަށް ވަނުމަށް ހުއްދައެއް ނުދޭނަންތަ؟” އޭނާ އެހިއެވެ. ”ނޫނޭ… ވަދޭ… އަވަހަށް ވަދޭ….” އަހަރެން ތަންދެމުން ބުނެލީމެވެ. އެލެކްސް އެތެރެއަށްވަދެ ދޮރުލެއްޕިއެވެ. އަހަރެން އަވަހަށް […]
ކުއްލިއަކަށް އެއްޗެއްގައި އަޅައިގެންފައި އަހަރެން ވެއްޓުނެވެ. ވެއްޓުނީ މީހެއްގެ ގައިގެ މައްޗަށެވެ. އޭނާއަށް ވަރަށް ތަދުވިއެވެ. ދޮންވެލިގަނޑުމަތީގައި މީހަކު އެގަޑީގައި، އެއޮށް ބޯވާރޭތެރޭގައި އޮށޯވެގެން އޮވެދާނެކަމަށް ހީކުރާނީ ކާކުހެއްޔެވެ؟….. މޫނު ހިއްލާލާ ރަނގަޅަށް ބަލާލުމުން އެއީ ޒުވާން ފިރިހެނެއްކަން އަހަންނަށް އެނގުނެވެ. އަހަރެން ސޮރީއޭ ބުނެލަމުން އަވަހަށް ތެދުވީމެވެ. އޭނާ ވާހަކަދެއްކުމުން އެއީ ބޭރުމީހެއްކަން އަހަންނަށް އެނގުނެވެ. އަހަރެންވެސް ވާހަކަދެއްކީ އިނގިރޭސިންނެވެ. އޭނާވެސް ހީކުރީ އަހަންނަކީ އިނގިރޭސިއެއްކަމެވެ. ނަމަވެސް ލާފައިހުރި ހެދުމުންވެސް އަހަންނަކީ ދިވެއްސެއްކަން ނޭނގެނީ ހެއްޔެވެ؟ […]
އަހަރެން ބައިގަޑިއެއްހާއިރު މަޑުކޮށްލާފައި އަވަހަށް ގެއަށްދިޔައީ ލަސްވެދާނެހެން ހީވެދާނެތީއެވެ. އެއިރުން ކުރިމަތިލާންޖެހިދާނެ ވޭނެއްގެ ކޮޅެއްވެސް ނޭގޭނެވެ. އަހަރެން ގެއަށް ވަނުމާއިއެކު ނަޒަރު ހުއްޓުނީ ގޭތެރޭގައި އިން ދޮން މީހަކާއި ދިމާލަށެވެ. އެއީ އިނގިރޭސިއެކެވެ. އޭނާ އަހަންނާއި އިނގިރޭސި ބަހުން ވާހަކަދެއްކިއެވެ. ގޭގެ އެންމެންވެސް އޭރު އެތާގައި ތިއްބެވެ. އެންމެން ކަހަލަ ގޮތަކަށް އަހަންނަށް ހީނފައި މަލާމާތް ކުރިއެވެ. އެމީހުން ހީކުރީ އަހަންނަށް އިނގިރޭސިބަހުން ވާހަކަދައްކަން ނޭނގޭ ކަމަށެވެ. އަހަރެން އެމީހާއަށް ޖަވާބު ދިންގޮތުން އެންމެން ތިބީ އަނގަ […]
ރެއަކީ ފިނިރެއެކެވެ. މަޑުފިނި ތެތްކަމެއް މުޅި މާހައުލަށްވަނީ ފެތުރިފައެވެ. އަހަރެން އެނދުގައި އޮށޯތީ ނިދޭތޯބަލާށެވެ. ނަމަވެސް މިރެއަކު ލޮލަކަށް ނިންޖެއް ނާދެއެވެ. ތަންމަތި ހަރުކަމުން ގައިގައި ރިއްސާވަރުން ކަމެއްވެސް ނޭނގޭއެވެ. ދެފަރާތަށް ފުރޮޅި ފުރޮޅި އޮއްވާ ނިދުނީ ކިހާއިރަކު ކަމެއްވެސް ނޭނގޭއެވެ. ހީވާގޮތުން އަހަންނަށް ނިދުނީ އޭގެ ގަޑިއެއްހާ އިރުފަހުންނެވެ. އެއަށްފަހު އަހަރެންގެ ދެލޯ ހުޅުވުނީ މުޅިންއާ ދުވަހަކަށެވެ. އިރު ފެނުން ތޮޅިލައިފިއެވެ. އޭގެ އަލިން މުޅިޖައްވު އަލިކޮށްލައިފިއެވެ. އޭގެ ވާޖިބު އަދާކުރުމަށް ދުނިޔެއަށް ސަލާމް ކިޔާލިއެވެ. […]