
އިންތިހާ ލޯބިވޭ…(2)
ނާޒް އަށް ސިހުމެއް ލިބުނީ ނާޒްގެ ފޯން ރިންގްވާން ފެށުމުންނެވެ. އެއީ މިއަދު އޭނާގެ ދޮންބެ ހަދިޔާއަކަށް ދިން ފޯނެކެވެ. ނަމަވެސް ނާޒްގެ އެންމެގާތް ރައްޓެހިންނަށް ފިޔަވާ އިތުރު މީހަކަށް ނާޒްގެ ނަންބަރު ނޭނގޭނެތީ ގުޅަނީ ކާކުތޯ ބަލައިލުމަށް ފޯން ނަގާ ގުޅާ ނަންބަރަށް ބަލައިލީ ހައިރާންވެ ހުރެއެވެ. ***
ނުދަންނަ ނަންބަރެކެވެ. އެތަށް ސުވާލެއް ބޮލުތެރޭ ޖަމާވީ އެޅަސިކުނޑިއަށް ހަދަންވީ ގޮތެއް ނުވިސްނުމުންނެވެ. ފޯންގެ ސްކްރީނަށް ބަލަހައްޓައިގެން އިންދާ ފޯން ކެނޑުން އިރުވެސް ނާޒްއަށް ނޭނގުން ކަހަލައެވެ. ފޯން ކެނޑުމާއި އެކު އަނެއްކާވެސް ރިންގްވާން ފެށުމާއިއެކު ސިހިފައި ނާޒް ސްކްރީނަށް ބަލައިލިއެވެ. ދެފިކުރެއްގައި އިނުމަށްފަހު ފޯން ނެގީ ކާކުތޯ ބަލައިލުމަށެވެ.
“ހެލޯ” ވަރަށް މަޑުމަޑުން ނާޒް ފޯނަށް ޖަވާބު ދިނެވެ.
އެއްވެސް ޖަވާބެއް ނުލިބުމުން ދެވަނަ ފަރަށް އަދި ތިންވަނަ ފަހަރަށްވެސް ތަކުރާރުކޮށްލިއެވެ. އަދި އަޑެއް ނައުމުން ފޯން ބޭއްވުމަށް އުޅުނު ވަގުތު މީހެއްގެ އަޑު ޖެހުނެވެ.
“ނާޒްތަ؟..” ގުޅި މީހަކު ސުވާލު ކޮށްލިއެވެ.
ފިރިހެން އަޑެއް ކަމުން ކާކުކަން ނޭނގިފައި ނާޒްއަށް ވެސް ކާކުތޯ އަހާލެވުނެވެ. އަދި ހިތުގައި ނުތަނަވަސްކަމެއް އުފެދުނީ މީގެ ކުރިންވެސް ނާޒްއަކީ ފިރހެން ކުދިންނާ އެހާ ވާހަކަ ދައްކާ އުޅޭ ކުއްޖެއް ކަމުގައި ނުވާތީއެވެ. އަދި އަމުދުން ފޯނުން އެއްވެސް އިރެއްގައި ފިރިހެން ކުއްޖަކާއިން އަނގައިން ބުނެފައެއް ނުވެއެވެ. އަލަށް އަމިއްލަ ފޯނެއް ގެންގުޅެން ލިބުނު ދުވަހު ނުދަންނަ ނަންބަރަކުން ގުޅުންވެސްވީ ނާޒްއަށް ވަރަށް ހިތްނުތަނަވަސްވީ ކަމަކަށެވެ.
“ތީ ކޮންބޭފުޅެއްތޯ؟” ހަމަޖެހިލަމުން ނާޒް ވާހަކަ ދެއްކީ އެއީ ކާކުތޯ ޔަގީން ކޮށްލުމަށެވެ.
“އުމްމްމްމް.. ނޭނގުނު ދޯ؟ ފަރާ އަތުން ނަންބަރު ހޯދީ. މިއީ ޝާދް” ނާޒްގެ ސުވާލަށް ޖަވާބު ދެމުން ޝާދް ބުންޏެވެ. ޝާދް އަކީ ނާޒް އާއި އެއް ގްރޭޑެއްގައި ކިޔެވ ކުއްޖެކެވެ. ދެކުލާހުގައި އުޅުނު ނަމަވެސް ނާޒްގެ އެންމެ ގާތް ރަޙްމަތްތެރިޔާ ފަރާގެ ރައްޓެއްސެކެވެ. ނާޒްއާއި ސްކޫލުން ދިމާވެފައި ހުރި ނަމަވެސް ނާޒްގެ މިޒާޖު ހުންނަ ގޮތުން ޝާދްއާއި މާގިނައިން ވާހަކަ ދެކެވިފައެއް ނެތެވެ.
“ޝާދް.. މިގަޑީގަ ނާޒްއަށް ތިގުޅީ ކަމަކުތަ؟ ނޫނީ ފަރާގެ ކަމަކުތަ؟” ގަބޫލުކުރަން ދަތިގޮތަކަށް ސުވާލު ކޮށްލިއެވެ. ނާޒް ހީވިގޮތުގައި ޝާދް އޭނާއަށް ގުޅަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އެހެން ނޫނަސް ޝާދްއަކީ ފަރާގެ ރައްޓެއްސެކެވެ. އަދި ރޭގަނޑު 10 ވެސް ޖެހިފަހުން ނާޒްއަށް ގުޅުމުން އިތުރަށް ސުވާލު އުފެދުނެވެ.
“ވަރަށް ބޮޑަށް ސޮރީ މިގަޑީގަ ގުޅުނީމަ. ބަޓް އައި ޖަސްޓް ވޯންޓެޑް ޓު ނޯ ޔޯ ރެސަލްޓަސް” އާދައިގެ ގޮތަކަށް ޝާދް އޮޅުން ފިލުވައިދިނެވެ.
މާގަޔާނުވާފަދަ ގޮތަކަށް ޝާދްގެ ސުވާލަށް ނާޒް ޖަވާބުދިނީ ހިތުގައި ފަރާ އާއި މެދު ޝަކުވާތަކެއް ކުރަމުންނެވެ. އޭނާގެ ފޯން ނަންބަރު އެހެން މީހުންނަށް ނުވެސް ބުނެލާ ދިނުމުގެ އިތުރުން އަދި އެވެސް ފިރިހެން ކުއްޖަކަށް ދިނުމުންނެވެ. ދައްކާނެ އިތުރު ވާހަކަ އެއް ނޭނގިފައި ނާޒްއަށް އޮވެވުނީ ޝާދް އެއްޗެކޭ ބުނޭތޯއެވެ. ނޫނީ ފޯން ބާއްވާތޯއެވެ.
ނާޒްގެ މަޑުމައިތިރިކަން ފެނި ޝާދް ވެސް މާގިނަ ވާހަކަ ދައްކަން ނުކެރިހުރެ ފޯން ބޭއްވީ ބާއްޖަވެރި ރެޔަކަށް އެދެމުންނެވެ. ފޯން ބޭއްވުމަށްފަހު ނާޒްއަށް ވިސްނެމުން ދަނީ ޝާދްއާއި ދޭތެރޭގައެވެ. އަދި މިވީ ހުރިހާ ދުވަހުވެސް އެހާ ވާހަކަ ނުދައްކާ މީހަކު ހަމައެކަނީ ރިޒަލްޓް ލިބުމުން އޭގެ ވާހަކަ އަހަން ގުޅާނެބާއޭ ހިތަށް އަރަމުން ދިޔައެވެ. މިކަހަލަ ޚިޔާލު ތަކެއްގައި އޮވެ ނިދުނީ ކޮންއިރަކު ކަމެއްވެސް ނާޒްއަކަށް ނޭނގުނެވެ.
ދުވަސްތައް އާދައިގެ ގޮތަކަށް ދައުރުވަމުންދެއެވެ. މަދުމަދުން ނަމަވެސް ނާޒް އަށް ޝާދްގެ ފޯން ކޯލްތައް ލިބެމުންދެއެވެ. އެކިފަހަރު އެކި ބަހަނާތަކާއި އެކުއެވެ. ނާޒް އެއީ މާބޮޑުކަމަކަށް ނުހަދައެވެ. އަދި އެގޮތަށް އެކަން ހިނގާކަން ރަޙްމަތްތެރި ކުދިންނަށް ސިއްރުކުރީ އެމީހުންގެ ދިމާކުރުންތަކުން ސަލާމަތް ނުވާނެކަން އިނގޭތީއެވެ. އަދި މިހާރު ނާޒްއަށްވެސް އެފޯން ކޯލްތަކަށް އިންތިޒާރު ކުރެވޭތީއެވެ.
ދުވަހަކީ އުޑުމަތި ސާފު ރީތި ދުވަހަކަށްވުމުން ނާޒްގެ ރަޙްމަތްތެރި ކުދިންކަމުގައިވާ ފަރާ، އައިނީ އަދި ނަޝާ ދިޔައީ ރަށުގެ ތުނޑި ބަލައިލުމަށެވެ. ރަށަކީ ޤުދުރަތުގެ ރީތިކަމުން ބޮޑު ތުނޑިއަކާއި ސާފު ދޮންވެލީގެ އަތިރިމައްޗެއް ލިބިފައިވާ ރަށަކަށްވުމުން ރަށުގެ ކޮންމެ ދިމާލަކަށް ބެލިޔަސް ފެންނަނީ ބަލާ ފޫހި ނުވާފަދަ މަންޒަރު ތަކެވެ. އެހިތްގައިމު ހަވީރުގެ ވަގުތުގައި ހަތަރު އެކުވެރިން އެކި ވާހަކައިގައި ތިބެ ތުނޑިއާއި ދިމާލަށް ދިޔައީ އެކުދިންގެ ފޯންތަކުން ރަށުގެ އެކި ތަންތަން ފޮޓޯނަގަމުންނެވެ.
ތުނޑިއަށް ފައިބަން އޮންނަމަގަށް ނިކުމެވުމުން ނާޒް އޭނާގެ ތިން އެކުވެރިންގެ ކުރިއަށް އަރާ ފޮޓޯނަގަމުން ތުނޑިއާއި ވީ ފަރާތަށް ފަރަގަސްދީގެން ހުރެ ހެމުން ސަމާސާކުރަމުން ދިޔައީ ޚިޔާލެއް ފިކުރެއްނެތިއެވެ. އެކީގައި ތިބި ތިން ކުދިންވެސް ނާޒްގެ ފޮޓޯތައް ނަގަމުން އެކަކަށްވުރެ އަނެކަކަށް ގިނަ ފޮޓޯނެގޭކަން އަންގަމުން ކުރިއަށް ދިޔައީ ސްކޫލް ނިމުން ފަހުން އެފަދަ ގޮތަކަށް ހަތަރު ކުދިން އެކީ ހިނގާލަން ގޮސްފައި ނުވާތީއާއިވެސް އެކުއެވެ.
ފަހަތަށް ފަހަތަށް ދިޔަ ނާޒް އަރިއަޅާލައިގެން ވެއްޓެންދިޔަ ވަގުތު ބާރުގަދަ އަތަކުން ނާޒްގެ އުނަގަނޑުގައި ހިފަހައްޓާލީ ހުށިޔާރު ކަމާއިއެކުއެވެ. ދެލޯ މަރާލަމުން ތޫލިއަޑެއް ލައްވާލެވުނީ އިޙްތިޔާރުން ބޭރުގައެވެ. އެހެން ނަމަވެސް ހީކުރިގޮތާއި ޚިލާފަށް ބިމުގައި ނުޖެހި ސަލާމަތްވީ ކިހިނެތްތޯ ބެލުމަށް ނާޒްގެ ލޯ މަޑު މަޑުން ހުޅުވާލި ވަގުތު ކުރިމަތިން ފެނުނު މޫނުން ނާޒްގެ ހިތް ބާރަކަށް ތެޅިލިއެވެ. އަދި މިއުޅެވެނީ ހުވަފެނެއްގައި ހީކުރެވުނު ވަގުތު ކޮޅެއްވެސް އައެވެ. ނާޒްގެ ގައިގާހިފަހައްޓާލައިގެން ކުރިމަތީ ހުރި ޝާދުގެ ފިރިހެންވަންތަ މޫނު ފެނުމުން ހިތަށް ގޮތެއްވެގެން ދިޔައެވެ. އަދި އެލޮލުގެ ތެރެއަށް ގެނބިގެން ދާން ހިތް އެދެވުނުވެ. ނަމަވެސް އެ ހިދުކޮޅު މާގިނައިރަކަށް ދެމިގެން ނުދިޔައެވެ. ކައިރީ ތިބި ފަރާ އާއި އައިނީގެ ހުނުމުގެ އަޑަށް ޝާދް އަދި ނާޒްއަށްވެސް ހަމަ ބިމަށް އާދެވުނެވެ. އަދި ތެޅިގެންފައި ޝާދްގެ އަތުތެރެއިން ދެމިގަންނަމުން ހަމަޖެހޭ ގޮތް ދައްކާލިއެވެ. އަދި ކަތި ނަޒަރަކުން ޝާދްގެ މޫނަށް ބަލައިލަމުން ޝުކުރު އަދާކޮށްލިއެވެ.
“އެނީތިންގ ފޯ ޔޫ” ވަރަށް މަސްނޫއީ ބެލުމަކުން ނާޒްގެ މޫނަށް ބަލަންހުރެ ޝާދް ޖަވާބުދިނެވެ.
“އޯ ހޯ… ހާދަ ވަގޭ ދޯ މިމީހުން. އަދި ނާޒްވެސް މާނޫން ކަމަށް ހެދިގެން އެބައުޅެޔޭ ދޯ. އަނެއްކާ ކަމެއްތަ؟” ނާޒް އަދި ޝާދްގެ ހަރަކާތްތަކަށް ބަލަންހުރެ ނަޝާއަށް ބެހިނުލާ ނުހުރެވިގެން ބުނެލިއެވެ. އަދި ނަޝާގެ ވާހަކައިގައި ބައިވެރިވެލަމުން ފަރާވެސް ދިމާކޮށްލަމުން ނާޒްގެ ކަންފަތުގައި ހިފާލިއެވެ.
ނާޒްގެ މޫނު ރަތްވެގެން ދިޔައީ އެޔެއް މިއެއް ބަލާފައެއް ނޫނެވެ. އަދި މިވީ ހުރިހާ ދުވަހު ނުކުރެވޭ ކަހަލަ އިޙްސާސްތަކެއް ހިތުތެރޭ އުތުރެން ފެށީ ނާޒްއަށްވެސް މިވާ ގޮތެއް ނޭނގިހުއްޓައެވެ. ޝާދް ލައިގެންހުރި ޖީންސްގެ ޖީބަށް އަރްޖަހާލީ ނާޒްއަށް ލޮލުން އިޝާރާތެއް ކޮށްލަމުން ހިނިތުންވެހުރެއެވެ.
“ކިހިނެތްވީ؟ އަހަރެމެން ކަމެއްކޮށްފިތަ؟ ތިމީހުން ކުރިމަތީއެއްނު ވީ ކަމެއް އެވީ. ނާޒް ވެއްޓިދާނެތީއޭ މަ ހިފެހެއްޓީ. ޑޯންޓް ޓޭކް އިޓް ރޯންގް ގައިޒް” ޝާދް ވާހަކަ ދެއްކީ ސީދާ ނާޒްގެ ލޮލަށް ބަލަންހުރެއެވެ. އެބެލުމުން ނާޒް އަށް އެއްޗެއް ހާމަކޮށްދޭން އުޅޭހެން ނާޒްއަށް އިޙްސާސް ކުރެވެމުން ދިޔައެވެ.
“އާނ އާނ.. ދެން ތިހެން ކިޔާ.. ދެމީހުންގެ މޫނަށް ކޮންހާ ކުލަބަރިއެއްތަ ތިއަރަނީ ކަމެއް ނޫޅެންޏާ؟” ހެމުން ހުމުން އައިނީ ވާހަކަ ދެއްކީ ފަރާއަށް ނިތްއަރުވާލަމުނެވެ.
“ދެން ކިހާ ދެރަކަމެއް. މަ އެއްޗެކޭ އަދި ބުނި ނަމަ ހާދަވަރެއްވާނެޔޭ ދޯ ތިމީހުނަށް. ތިމީހުން އޭނަ އާއި ސަކަރާތްޖަހާ ހަދާއިރު މަ އެއްޗެކޭ ކިޔާތަ؟” މޫނު ހަދާލަމުން ނާޒް ވާހަކަ ދެއްކިއެވެ.
“އޯކޭ އޯކޭ.. މޫޑް ޚަރާބުނުކޮށް ދެން މިކަން ނިންމާލަމާ. އޮއި ޝާދް މިހިސާބަށް އަރައިގަނެގެން ތިއުޅެނީ ކޮންކަމަކު؟ އަދި އެވެސް އެކަނި. އަނެއްކާ މީހަކަށް ފާރަލަނީތަ؟” ފަރާ ވާހަކަ ދެއްކީ ތުނޑިއާއި ވީ ކޮޅަށް ހިނަގައިގަންނަމުންނެވެ.
“އަސްލު ފޫހިވެގެން ނިކުތީ ބުރެއް ޖަހާލަން. ތިމީހުން ގްރޫޕުގަ މަ ބައިވެރިކުރަންވީނު. މިއަދު ހަމަ އެކަނި ވެގެން މިއެނބުރެނީއޭ. މަނުލާ އެންމެން ނައްޓާލައިފި މަސްބާނަން.” ޝާދް ޖަވާބު ދިނެވެ.
ޝާދްގެ ވާހަކަ އަޑު އިވުމުން ވެލިގަނޑު މަތީ އިށިންނަން ދިޔަ ހަތަރު ކުދިންނަށް ހުއްޓެވުނެވެ. އަދި ނާޒްގެ މޫނަށް ބަލައިލެވުނީ ނާޒް ހިންހަމަ ނުޖެހިދާނެތީއެވެ.
“ކީއްވެތަ މަގޭ މޫނަށް ތިބަލަނީ އެންމެން. އެއްޗެއް ހުރީތަ؟” މޫނުގައި އަތް ހިންގާލަމުން ނާޒް ސުވާލު ކޮށްލީ ދެބުމަ ކައިރި ކޮށްލަމުންނެވެ. އަދި ގޮސް ވެލިގަނޑުމަތީ އިށިނެވެ.
މިމަންޒަރު ބަލަން ދެތިން ފޫޓް ދުރުގައި ހުއްޓިލައިގެން ހުރި ޝާދް ހުރީ ނާޒް ހިންހަމަ ނުޖެހުނީކަމަށް ހީކޮށްގެނެވެ.
“ނާޒް އޯކޭތަ ޝާދް މިތާ ހުއްޓަސް. އާފްޓާރ އޯލް ހީ އިސް ފްރޮމް އަވަރ ބެޗް ދޯ.” އެއްލޯ މަރާލަމުން ފަރާ ވާހަކަ ދެއްކިއެވެ.
“ވައި މީ. އެމީހަކު ހުންނަން ބޭނުމިއްޔާ ހުންނާނެންނު.” ނުސީދާގޮތަކަށް ޝާދްއަށް ބަލައިލަމުން ނާޒް ވާހަކަ ދެއްކިއެވެ. ޙަޤީޤަތުގައި ޝަދް އެތާހުރުމުން ނާޒް އުފާވިއެވެ. ކީއްވެ ކަމެއް ޚުދު ނާޒްއަކަށްވެސް ނޭނގެއެވެ.
“އޯކޭ ދެން. އެހެންވީމާ ޝާދް ވެސް ޖައްސާލަބަލަ މިތާ އަނގަ ތަޅާލަން. ނާޒް އާވެސް ފްރެންޑް ވާންވާނެންނު ދޯ.” އައިނީ ވާހަކަ ދެއްކީ ސަމާސާ ކުރާ ރާގަކަށެވެ. އެއީ އަބަދުވެސް އައިނީގެ އާދައެވެ.
“ސޯ… ކޮބާތަ ތިމީހުންގެ ޕްލޭން އަކީ ދެން. އޭލެވެލް މިކޮޅުންތަ ހަދަނީ؟ ނޫނީ އެހެން ދިމާލަކަށްތަ ދަނީ” ނާޒް އާއި ދާދި ގަތުގައި އިށީންނަމުން ޝާދް ވާހަކަ ދައްކަން ފެށިއެވެ.
ހުރިހާ ކުދިން މިކަހަލަ ވާހަކަ ތަކެއްގައި ތިބި އިރު ނާޒް އިނީ އެއްވެސް އެއްޗެއް ބުނެނުލާ ހިމޭނުންނެވެ. ޝާދް އާއި އެހާ ކައިރީ އިންނަންވުމުން މުޅި މީހާ އިނީ ފިނިވެފައެވެ.
“ނާޒް ހާދަމަޑުން ތިއިންނަނީ. ކިހިނެތްވީ؟ މަ އިނީމަ ހިންހަމަ ނުޖެހިފަތަ؟” ފަރާ، އައިނީ އަދި ނަޝާ ތެދުވެގެން ފޮޓޯ ނަގަންފެށުމުން ޝާދް ނާޒްއަށް އިވޭ ވަރަށް މަޑުމަޑުން އަހާލިއެވެ.
“ނޫން. ވަކި ކަމެއް ނުވެ” ކުރު ޖަވާބަކުން ނިންމާލމުން ޝާދްގެ މޫނަށް ބަލައިއެވެ.
އެވަގުތު ޝާދްގެ ވެސް ނާޒްއަށް ބަލައިލުމުން ދެމީހުންގެ ނަޒަރު ސީދާވެގެން ދިޔައެވެ. އަދި އެހާ ކައިރީ ތިބެވުމުން މަޑުމަޑުން ޝާދްގެ މޫނު ނާޒްގެ މޫނާ ކައިރިކޮށްލެވުނީ އިޙްތިޔާރަކާއި ނުލައެވެ.
(ނުނިމޭ)
13 Comments!
Comments are closed.
Hello guys.
Here is the 2nd part. Sorry for the delay. Yesterday I tried to upload. Bt some issues was there. Couldn’t upload.
Hope u all will understand. Plz do comment ur views.
Lot of luvs ??❤
WOW V Reethi
Thank you dear ?
V V V Reethi. waiting for next…
Thanks dear ?
Nice BT thankolheh digu kohlahchey dhn
Thanks. Yh in Sha Allah nxt time dhw.
Hurihaa kudhinge kibain v bodah sorry. Yesterday I was trying to upload this part. Bt coz of some issues I couldn’t upload. Hope u all will understand. Plz do comment ur views. Luv u all. ?❤
Warah reethi kon irakun aneh part up kohlanee waiting
Vvvvvv NICE….
Waiting 4 nxt… Prt…. Avavah up kohdhehcheyyy.
Varah reethi.. but thankolheh kuru hen heevanee.. nxt part dhigu kollahchey.. 🙂
Reethi ??
….waiting
Plx thankolheh avahah upload kohdhyba next part….plxplx