“ވެލް ވެލް ވެލް..” ޔަލާގެ ޚިޔާލުގެ ކަނޑުން ބޭރުވީ ކުއްލިއަކަށް އިިމީގެ އަޑު އޭނާގެ ކަންފަތުގައި ޖެހުމުންނެވެ. އިމީ އަކީ ޔުނިވާރސިޓީގައި ޔަލާ އާއި އެންމެ ނަފުރަތު ކުރާ ކުއްޖާއެވެ. ތެދަށް ބުނާނަމަ އިމީ ނަފުރަތު ނުކުރާ އެއްވެސް މީހަކު އެ ޔުނިވާސިޓީގައި ނޫޅޭނެއެެވެ. އިމީ އަކީ މުއްސަނދި އާއިލާއެއްގެ ކުއްޖަކަށް ވުމަކީ އެހެން މީހުން ދަށްކޮށްލުމަށް ލިބިފައިވާ ފުރުސަތެއް ކަމަށް އޭނާ ދެކޭފަދައެވެ. “ލުކް ހޫޒް ބެކް ފްރޮމް ހާރ ލިޓިލް ޓްރިޕް..” ނުލަފާ ހިނިތުންވުމަކާއި […]
މޫސުމީގޮތުން އެދުވަހާއި އެއްގޮތްކަމެއް ހުއްޓަސް މީގެ 4 އަހަރު ކުރިން ހަމަ އެބޯޓުގައި މާލެދާން ފުރި ދަވަހު އިނާޝާއަށް ކުރެވުނު އިހުސާސް މިއަދު އޭނާއަށް އެކުރެވޭ އިހުސާސާއި ވަރަށް ތަފާތެވެ. އެދުވަހު ދަތުރަށް ފުރީ ފުރާހިތަކުން ނޫނެވެ. ނަމަވެސް މިއަދު މާލެއިން އުފަން ރަށްަށް ދާން އެ ފުރަނީ އަހަރުތަކެއް ފަހުން މައިންބަފައިންގެ މޫނު ދެކިލުމަށް ކެތްމަދުވެ ހުރެއެވެ. އެމީހުންގެ އޯގާތެރި ބަސްތަކުން ލިބޭ ހިތްހަމަޖެހުމަށް ފެންބޮވައިގަނެފައިވާހާލުގައެވެ. ހަވީރުގެ ފިނި ރޯޅިތަކާއި އެކު އިނާޝާ ރަށަށް ކުރި […]
ބެލްކަނީގެ ރެއިލިންގ ގައި ހިފަހައްޓައިލަމުން މަގުމައްޗަށް ނަޒަރު ހުއްޓާލިއެވެ. އެކި ޚިޔާލުތަކުން ސިކުނޑި ފުރެމުން ދިޔައިރު މަޑުމަޑުން ޔަލާ، ރެއިލިންގ ގެ އަނެއް ފަރާތުގައި އޮތް ހަނި ތަންކޮޅުގައި ފައި އަޅައިލިއެވެ. އަދި މަޑުމަޑުން ދެލޯ މަރާލަމުން ފުން ނޭވާތަކެއް ލާންފެށިއެވެ. އެއާއެކު އޭނާގެ ސިކުނޑި ވަށައިލީ އޭނާގެ އާއިލާ އާއި ރަށްޓެހިންގެ ޚިޔާލު ތަކުންނެވެ. ބޭނުން ނުވި ނަމަވެސް ޒެއިންގެ ސޫރަވެސް އޭނަގެ ޚިޔާލަށް އައެވެ. އެ ހުރިހާ އެންމެން ވާނެ ދެރަ އާއި ކުރާނެ […]
.ޔަލް.. ޔަލާ!” މޫދަށް ނަޒަރު ހުއްޓާލައިގެން އޮތް ޔަލާ އަށް” ހޭވެރިކަންވީ އޭނާގެ ކައިރީގައި އިން އިނާ އޭނާ އޮށޯވެގެން އޮތް އުނދޯލީގައި ޖަހާ ދުރަށް ހެއްލާލުމުންނެވެ. “ހޫމް.. ސޮރީ، ކީކޭ؟” ޔަލާ އަވަސް އަވަހަށް ބިންމަތީގައި ފައިން ޖަހާ އުނދޯލި ހުއްޓާލަމުން އަހާލިއެވެ. “ސާބަހޭ.. ކީކޭ ހެއްޔޯ.. މަށެއްނޫނޭ.. ޔަލް އަށް ކިހިނެއްވެފަތަ ތިއިންނަނީ؟” އިނާ ރުޅިމޫނު ހަދާލާފައި މިހެން ބުނިނަމަވެސް ކަންބޮޑުވުމުގެ އަސަރު އޭނާގެ އަޑުގައި ވެއެވެ. ޔަލާ އަކީ އިނާގެ އެންމެ ގާތް […]